ރާއްޖެ ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަކީ, އެންމެ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތް: ނައިބު ރައީސް ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ, މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދިޔަ އެއް މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ ހުޅުމާލެ ބިލިއާޑު ހައުސް ހުޅުވައިދެއްވުމަށް ރޭ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ސަރުކާރަށް ދެ އަހަރު ވެގެންދާއިރު އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެމުންދަނީ ޤާބިލު ޒުވާނ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރިޕޯޓް ހުބާ ޕްލާންޓްސް - ދަރުމައަށް ކުރާ މުހިއްމު މަސައްކަތެއް ދިވެހީންގެ ތެރޭގައި ސޯޝަލް މީޑިއާގެ މަޤްބޫލުކަން ބޮޑުވެފައިވާ މިޒަމާނުގައި ވަރަށް ފައިދާހުރިގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންވެސް އުޅެއެވެ. އެފަދަ އެއް ފަރާތަކީ މިހާރު ފޭސްބުކާއި ޓެލެގްރާމްގައި ކުރިއަރަމުން އަންނަ ހުބާ ޕްލާންޓްސް އެވެ. ހުބާ ޕްލާންޓްސް ގެ މައިގަނޑު މަޤްޞަދަކީ ގަހާއި ގަސްހެއްދުމާ ގުޅޭ މަޢުލޫމާތު އެއްކޮށް ރާއްޖޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ ދަނޑުވެރިކަމާއި ގަސް ހެއްދުމަށް ޝަޢުޤު ހުންނަ ފަރާތްތަކަށް ގެނެސްދިނުމެވެ. އަދި ގަސް ހައްދައި ވިއްކާފަރާތްތަކާއި ގަންނަ ފަރާތްތައް އެއްތ... ހުބާ ޕްލާންޓްސް · 6 އަހަރު ކުރިން
ރާއްޖެ މާލެ އަކީ ހިތްފަސޭހަ މާޙައުލަކަށް ހެދުމަށް، ވަރަށް ގިނަ ކަންކަން ކުރަން އެބަހުރި: ރައީސް މާލެއަކީ ހިތްފަސޭހަ މާޙައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ “ލޮނުޒިޔާރަތް ޕާކު” ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ފަދަ ޕާކެއް އޮތުމުގެ މުހިންމު... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ބަޙްރައިންގެ ރަސްގެފާނަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި ބަޙްރައިންގެ ބޮޑުވަޒީރު ޕްރިންސް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމުގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ބަޙްރައިންގެ ބޮޑުވަޒީރު، ޝެއިޚް ޚަލީފާ ބިން ސަލްމާން އަލްޚަލީފާ މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެކަން އެޤައުމުގެ ރިޔާސީ ގަނޑުވަރުން ހާމަކޮށްފައިވަނީ މިއަދު އެވެ. ބޮޑުވަޒީރު އަވަހާރަވީ އެމެރިކާގެ މަޔޯ ކްލިނިކް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮނ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރާއްޖެ ޓެރަރިޒަމް ހަމަލާއެއް ހުއްޓުވާ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފި ޓެރަރިޒަމްގެ ހަމަލާއެއް ހުއްޓުވާ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާފައިވާކަމަށެވެ، ފުލުހުން އިތުރަށް ބުނީމިކަމާއި ގުޅިގެން ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދާކަމަށެވެ. ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ އައު އިންޖީނު ގޭގެ ބިންގާ އަޅައިފި ހއ. ދިއްދޫގައި އިމާރާތް ކުރާ އައު އިންޖީނުގެ އިމާރާތުގެ ބިންގާ އަޅައިފި އެވެ. މި ބިންގާ އަޅާފައިވަނީ މިކަމަށް ހާއްސަ ކޮށްގެން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އަދި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަހީދު އެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ދިއްދޫގައި އިމާރަތްކުރާ އައު އިންޖީނުގޭގެ މަޝްރޫޢަކީ 13 މިލިޔަނާ 15 މިލިޔަނާ ދެމެދުގެ އަގެއް ކަނޑައެޅިގެން […] ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ބައިނަލްއަގުވާމީ ޤަޠަރުގެ ބިންތަކެއް "ސޭލް" އަޅުވައި ޤައުމުން ބޭރު މީހުންނަށް އައު ވިސާ ތަކެއް ޢަރަބި ދުނިޔޭގެ އިތުރުން، މުޅި ދުނިޔޭގައި އިޤްތިޞާދު ކުރި އަރަމުން އަންނަ ޤައުމުތަކުގެ އެންމެ މަތީ ފަންތީގައި ހިމެނޭ ޤަޠަރުގެ ގިނަ ބިންތަކެއް ސޭލް އަޅުވައި “ޕްރޮޕަޓީ ވިސާ”ގެ ނަމުގައި އައު ވިސާ ތަކެއް ދިނުމަށް ނިންމައިފިއެވެ. ތެލުން މުއްސަނދި ވެފައިވާ ޤަޠަރުން މިވަނީ އެ ޤައުމުގެ ގިނަ ބިންތަކެއްގެ އިތުރުން، ގެދޮރު ޢިމާރާތްކޮށް އެ ތަންތަން “ސޭލް” އަގުތަކެއްގައި ވިއްކުމަށް ނިންމައި، ޤައުމުން ބޭރު މީހުން އެ ޤައުމަށް އިންވެސްޓްކުރަން އެދިއްޖެ ޙާލަތެއްގައި އެ ފުރުޞަތު […] މުޙައްމަދު މާއިލް ހަސަން · 6 އަހަރު ކުރިން
ރާއްޖެ ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއިބެހޭ ސައްހަ މަޢުލޫމާތު ހިއްޞާ ކުރުމަށް އިލްތިމާސްކޮށްފި ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއިބެހޭ ސައްހަ މަޢުލޫމާތު ހިއްޞާ ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިލްތިމާސް ކޮށްފިއެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގައި ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް ޢާންމުންގެ ތެރޭގައި ޙިއްޞާކުރަމުން އަންނަ ޙަޤީޤަތާއި ޚިލާފު މަޢުލޫމާތު ސާފުކޮށްދިނުމުގެ ގޮތުން އިކޮނިމިކް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން ކޯޕ... އިބްރާހިމް ޚަލީލް · 6 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020 ފަށައިފި ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން “ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020” ނަމުގައި ހިންގުމަށް އިޢުލާން ކޮށްފައިވާ ވޮލީ މުބާރާތް ފަށައިފިއެވެ. 10 ނޮވެމްބަރ 2020 ވީ އަންގާރަ ދުވަހު މި މުބާރާތް ހަނިމާދޫ ޔޫތު ސެންޓަރު ޓާފް ވޮލީ ކޯޓުގައި ފަށާފައިވާއިރު މި މުބާރާތް ހުޅުވުމުގެ ގޮތުން ފުރަތަމަ ކުޅެފައިވަނީ އަންހެން ކެޓަގަރީގެ މެޗެކެވެ. މި މެޗުގައި ބައްދަލު ކޮށްފައިވަނީ ޓީމް އުންމީދާއި ޓީމް ކަނބަލުންނެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ޓީމް […] އިބްރާހިމް ޚަލީލް · 6 އަހަރު ކުރިން
ރާއްޖެ ފެނިގެންދިޔައީ ޤާސިމްގެ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތަށް އިސްކަންދެއްވިތަން: ރައީސް ވެންޓިލޭޓަރުތަކުގެ މައްސަލައާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި، ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވުމުން، އެ ސްލޮޓަށް ވަޒީރެއް އައްޔަނު ކުރުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ ކިބައިން ފެނިގެން ދިޔައީ ޤާސިމްގެ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތު އިސްކުރެއްވިތަން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ”ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙ... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
ރިޕޯޓް ދިވެހިރާއްޖެ 2 ވަނަ ޖުމްހޫރިއްޔާއަކަށް އަލިވިލުން ރާއްޖޭގެ ރައްޔިތުންގެ ސަތޭކަ އިންސައްތައިގެ ތާއީދާއިއެކު 1 ޖެނުއަރީ 1953 ވަނަ އަހަރު އުފެދުނު ރާއްޖޭގެ ފުރަތަމަ ޖުމްޙޫރިއްޔާގެ ހިޔަލުގެ ދަށުން އެ ޖުމްޙޫރިއްޔާގެ ރައީސްކަން ކުރެއްވި މުޙައްމަދު އަމީންގެ ވެރިކަން 7 މަހާއި ދުވަސްކޮޅެއްގެ ތެރޭގައި އޮތުމަށްފަހު ދެންއަނެއްކާވެސް އަލިވިލުނީ ރަސްކަމަކަށެވެ. އެޖުމްޙޫރިއްޔާގެ ތެރެއަށް އިތުރަށް ނުގެނބި ދަންނަވާލަން އޮތީ ޅެންވެރިޔެއްގެ ޅެމެކެވެ. ” ފިންޏަކުން އަދި ހޫނަކުން ތިޔަ އަސަރުތައް ފިލުމެއްނެތޭ، ހިތްވަރާ އަޒުމުގެ ނަމޫނާ ގެއްލިދާނެ ގޮތެއް ނެތޭ”. ޖަލާލަތ... ޙުސައިން ޝަހުދީ · 6 އަހަރު ކުރިން
ރާއްޖެ އަޅުގަނޑަކީ ވަކިމީހަކު ބާކީކޮށް، ވަކިމީހަކު ދުރަށްލާފައި ކަންތައް ކުރާނެ މީހެއްނޫން: ރައީސް އެމަނިކުފާނަކީ ވަކިމީހެއް ބާކީކޮށް، އަދި ވަކިމީހެއް ދުރަށްލާފައި ކަންތައްތައް ކުރަށްވާނެ މީހެއް ނޫންކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ”ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނުގެ މިޒާޖަކީ ގިނަ މީހުން ގޮވައިގެން މަސައްކަތް ކުރެއްވުން ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަކުގައި ވަރަށް ގިނަމީހުން މަޝްވަރާ ކުރަށްވައިގެން ކަންތައްތައް ނިންމަވާ ބޭފުޅެއް ކަމަށެވެ. އަދި... ޝިއުނާ އާދަމް · 6 އަހަރު ކުރިން
ރާއްޖެ ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން: ރައީސް ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ”ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރުތެރޭ ކުރެވުނު އެންމެ ހިތްޕުޅުހަމަޖެހިވަޑައިގަތް އެއްކަމަކީ ހިލޭ ޑިގްރޭއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމާއި، މަތީ ތަޢުލީމަށް ހުޅުވާލެވުނު ފުރުޞަތުތައް ކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކު... ޔުމްނާ ޢަލީ · 6 އަހަރު ކުރިން
މަޖިލިސް އޮފްޑޭ ނިންމައި ރިސޯޓަށް ދިޔުމުން 14 ދުވަސް ކަރަންޓީނުގައި ހުންނަން މަޖުބޫރު ކުރޭ: ސަޢީދު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން އޮފްޑޭގެ 4 ދުވަސް ނުވަތަ 8 ދުވަސް ނިންމައި އެނބުރި ރިސޯޓަށް ދިއުމުން 14 ދުވަސް ކަރަންޓީނުގައި ހުންނަން ރިސޯޓުތަކުގެ މެނޭޖުމަންޓްތަކުން މަޖުބޫރު ކުރަމުންދާކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ސަޢީދު މިހެން ވިދާޅުވީ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ކޯވިޑް-19 ޖެހި ހާލު ބޮޑުވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވި ދ. މާއެނބޫދޫ، ދިލްބަހާރުގެ، އާދަމް ނަސީރު، 60، ގެ މަރާ ގުޅޭ ގޮތުން ރައްޔިތުންގެ […] އަލީ އާދިލް · 6 އަހަރު ކުރިން
މަޖިލިސް ޔައުގޫބުގެ ގޮނޑިއާއި ގުޅޭ ދުސްތޫރީ މައްސަލައިގެ ހުކުމް މި މަހު 16ގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ގެ ހުކުމްކުރާ އަޑުއެހުން މި މަހުގެ 16 ވާ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްމެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމަވައި، ހުސްވި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހަލީމް ވިދާޅުވެފައި ވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި […] އަޙްމަދު ވަހީދު · 6 އަހަރު ކުރިން