ފޭރެން އުޅުނު މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު 3 މީހެއްގެ ވަނަވަރު އާންމުކޮށްފި
މި މަހުގެ 25 ވަނަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ބަޔަކު ފޭރެން އުޅުނު މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު 3 މީހެއްގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ބުނީ، ރޫޓް ފިހާރައިގެ ފަރާތުން ބެންކް އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހުންނަށް އެހީތެރިވެދީ އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ތިން […]