ރާއްޖެ ފިނޭ އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލައިފި ފެނަކައިގެ ފަރާތުން ހދ. ފިނޭގައި އިމާރާތްކުރާ އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ފެނަކައިން މިކަން ހާމަކުރީ، އެ ކުންފުނީގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގައި އިމާރާތް ކުރާ އިންޖީނުގެތަކާއި، އޮފީސް އިމާރާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރަށްވަމުންނެވެ. މިގޮތުން ފެނަކައިން ބުނީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ހދ. ފިނޭ އާ އިންޖީނުގެ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އިހަވަންދޫ ބަނދަރުގެ 35 ޕަސެންޓް އަދި މިލަދޫ ބަނދަރުގެ 38 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް އަންނަ ހއ. އިހަވަންދޫ ބަނދަރުގެ 35 ޕަސެންޓް އަދި ނ. މިލަދޫ 38 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 59 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 21،295 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ "ވޯރލްޑް މެމޮރީ ޗެމްޕިއަންޝިޕް" ކާމިޔާބު ކުރީ މުސްލިމް އަންހެން ކުއްޖެއް! ޗައިނާގައި މި އަހަރު ބާއްވާފައިވާ “ވޯރލްޑް މެމޮރީ ޗެމްޕިއަންޝިޕް” ގައި ވާދަކޮށް، މުސްލިމް އަންހެން ކުއްޖެއް މި މުބާރާތް ކާމިޔާބު ކޮށްފިއެވެ. އެމާ އާލާމް ނަމަކަށް ކިޔާ މި ކުއްޖާ އަކީ ޕާކިސްތާނަށް ނިޞްބަތްވާ ކުއްޖެކެވެ. އަދި މި ކުއްޖާއަށް މި މުބާރާތުގެ އެއް ވަނަ ލިބިފައިމިވަނީ، 300 އެތައް ކުއްޖަކާއި ވާދަކުރުމަށް ފަހުގައެވެ. މި މުބާރާތުގައި ވާދަކުރި ކުދިން ނިޞްބަތްވާ ޤައުމުތަކަށް ބަލާއިރު، ޗައިނާ، ކެނެޑާ، މެލޭޝިޔާ، ޔޫކޭ، ސައުތު ކޮރެޔާ، ވިއެޓްނާމް، އިންޑިޔާ، އަލްޖީރިޔާ، […] މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ކޮލަމް ދަނޑުވެރިކަން: ކޮން އެންޕީކޭ އެކޭތަ ލިޔެފަ މިހުންނަނީ؟ އެންޕީކޭ އަކީ ގަސްގަހާގެއްސަށް ކާނާގެ ގޮތުގައި ބޭނުންވާ މައިގަނޑު 3 އުންސުރު ރަމްޒުކޮށްދޭ 3 އަކުރެވެ. އެއީ ނައިޓްރިޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމް އެވެ. ފިހާރަތަކުން ވިއްކާ ކާނާ ޕެކެޓާއި ފުޅީގައި މިގޮތަށް ލިޔެފައި ހުރެއެވެ. މި ތިން އުސުރަކީ މާކަނާދެވެ. އެއީ ގަހަށް ކޮންމެހެން ބޭނުންވާ 3 އުންސުރަށް ވާތީ މާކަނާދު ކިޔަނީ އެވެ. މަދުންބޭނުންވާ އުންސުރުތަކަށް ކިޔަނީ ލީކަނާދެވެ. އެއީ ކެލްސިއަމް، ފެރަން (އަޔަން)، މެގްނީސިއަމް، މެންގަނީޒް، ބޯރޮން ފަދަ އުންސުރުތަކެވެ. ދެން އޮތީ […] ހުބާ ޕްލާންޓްސް · 5 އަހަރު ކުރިން
ރާއްޖެ ރާއީގެ ޝުކުރު ލޮޓަސް ފިހާރައަށް މަކުނުދޫ ދާއިރާގެ ރަށްތަކުގެ ސްކޫލްތަކަށް ލޮޓަސް ފިހާރައިގެ ފަރާތުން ހޭންޑް ސެނިޓައިޒަރ ހަދިޔާ ކޮށްދީފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ލޮޓަސް ފިހާރައަށް ޝުކުރު ދަންނަވައިފިއެވެ. ލޮޓަސް ފިހާރައިގެ ފަރާތުން ހޭންޑް ސެނިޓައިޒާ ހަދިޔާ ކޮށްފައިވާ ސްކޫލްތަކަކީ އެ ދާއިރާގައި ހިމެނޭ ތިން ރަށުގެ ސްކޫލްތައް ކަމުގައިވާ މަކުނުދޫ ސްކޫލް، ކުމުންދޫ ސްކޫލްގެ އިތުރުން ނޭކުރަންދޫ ސްކޫލެވެ. ލޮޓަސް ފިހާރައަށް ޝުކުރު ދަންނަވައި ރާއީ ކުރެއްވި ޓްވީޓްގައި، ޝުކުރުގެ އިތުރުން، 10... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ކުޅިވަރު ސިޓީއާއި ޗެލްސީ އެފްއޭކަޕްގެ ހަތަރުވަނަ ބުރަށް އިނގިރޭސި އެފްއޭކަޕް ގެ ހަތަރުވަނަ ބުރަށް މެންޗެސްޓާ ސިޓީއާއި ޗެލްސީ ދަތުރު ކޮށްފިއެވެ. ހަތަރުވަނަ ބުރުގެ ޖާގަ ސިޓީން ކަށަވަރު ކޮށްފައިވަނީ، ތިނަވަނަ ބުރުގައި ބާމިންހަމް ސިޓީގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. އާދީއްތަ ދުވަހުގެ ރޭ ސިޓީގެ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ސިޓީން ކާމިޔާބުކުރި ތިން ލަނޑު ވެސް ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ 8 ވަނަ މިނެޓުގައި ސިޓީއަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އެމްޓީސީސީގެ ޓީމެއް ހއ. އަދި ހދ. އަތޮޅަށް ޒިޔާރަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޓީމެއް ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރަން ނިންމައިފިއެވެ. އެމްޓީސީސީން ބުނީ މި ޓީމު ފުރަތަމަ ޒިޔާރަތް ކުރާނީ ހއ. އަތޮޅަށް ކަމަށެވެ. މިގޮތުން އެ އަތޮޅުގައި މި ޓީމު ހަރަކާތްތެރިވާން ހަމަޖެހިފައިވަނީ މިމަހުގެ 12 އިން 18ގެ ނިޔަލަށެވެ. އަދި ހދ. އަތޮޅުގެ ރަށްތަކަށް މި ޓީމު ދަތުރު ކުރާނީ ވެސް މިމަހުގެ 19 އިން 24 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ. މިދަތުރުގެ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވެމްކޯއިން ދިއްދޫގެ ކުނިކޮށި ސާފުކުރަން ފަށައިފި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ފަރާތުން ހއ ދިއްދޫގެ ކުނިކޮށި ސާފުކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާޝިމް ވިދާޅުވީ ދިއްދޫގެ ކުނި ކޮއްޓާއި ފުލެޓް ސަރަހައްދުގައި ޒަމާންތަކެއް ވަންދެން ޖަމާވެފައިހުރި ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތް ވެމްކޯގެ އެހީތެެރިކަމާއި އެކު ވަރަށް ބާރަށް ފެށިގެން ކުރިއަށް ދާކަމަށެވެ. ހާޝިމް ވިދާޅުވީ ކުނީގެ މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. ކުނިތައް ނަގާ ސާފުކުރުމާއި އެކު ރައްޔ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކު އަޒީޒް ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުހައްމަދު މަބްރޫކް އަޒީޒް ހަމަޖައްސައިފިއެވެ. އޭނާ މި މަގާމަށް ޢައްޔަން ކުރައްވާފައި ވަނީ ވަޒީރުންގެ ނައިބުންގެ ފެންވަރުގައެވެ. އޭނާ މި މަގާމަށް އައްޔަންކުރައްވާފައި ވަނީ ޖެނުއަރީ 1، 2020 ދުވަހުން ފެށިގެންނެވެ. މަބްރޫކް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކެޓްރީގެ މަގާމުގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވީ އިބްރާޙީމް ހޫދެވެ. މަބުރޫކަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރަށްވާ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރިޕޯޓް އައިންސްޓެއިންގެ ސިކުނޑިއަށް ވީ ގޮތް އެނގޭތަ؟ 20 ވަނަ ޤަރުނުގެ ތެރޭގައި ދުނިޔެ ދެކެފައިވާ އެންމެ ވިސްނުންތޫނު އެންމެ މޮޅު ސައިންޓިސްޓަކީ އެލްބާރޓް އައިންސްޓެއިންއެވެ. ޖަރުމަނަށް އުފަން މި ތިޔޮރެޓިކަލް ސައިންޓިސްޓްއަކީ ތަފާތު ގިނަ އީޖާދުތަކެއް ދުނިޔެއަށް އުފަން ކުރުވާފައިވާ މީހެކެވެ. އައިންސްޓެއިންއަށް ވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށްވާ ނޯބެލް ޕްރައިޒްވެސް ލިބިފައެވެ. އޭނާއަށް މި އިނާމު ލިބިފައިވަނީ އޭނާގެ މަޝްހޫރު ތަހުލީލީ މަސައްކަތް ކަމަށްވާ، ތިއޮރީ އޮފް ރިލޭޓިވިޓީ އަދި ލޯ އޮފް ފޮޓޯ އިލެކްޓްރިކް އިފެކްޓްއަށެވެ. އައިންސްޓެ... މުޙައްމަދު މާއިލް ހަސަން · 5 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލްގެ ކުރެޑިޓް ލިމިޓް 150 ޑޮލަރަށް ދަށް ކޮށްފައިވާ ކަމަށް ބުނެ ފޭކް ލިއުމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އާ އަދަދުތަކެއް ކަނޑައަޅައި ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދުތައް މިއަދު ދަށް ކޮށްފައިވާ ކަމަށް ބުނެ ފޭކް ލިއުމެއް ދައުރުވާންފަށައިފި އެވެ. ނޫސްތަކަށް މަޢުލޫމާތު ދެމުން އެކުންފުނިން ބުނެފައިވަނީ، ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ބޭންކުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައި ނުވާނެކަމަށެ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ވިޔަފާރި މިރެއިން ފެށިގެން މާލޭގެ ގޭބީސީތަކުން ކުނި ނެރޭނީ 22:00 އިން 00:00 އަށް: ވެމްކޯ މިރެއިން ފެށިގެން މާލޭގެ ގޭބީސީތަކުން ކުނި ނެރެންޖެހޭނީ ރޭގަނޑު 22:00 އިން 00:00 އާއި ދެމެދުކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ނިންމާފައިވާ ނިންމުން އެކުންފުނިން ހަނދާންކޮށްދީފި އެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ކުނި ނެގުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 އިން ފެށިގެން ކަމަށެވެ. ހެނދުނުން ފެށިގެން ބަޔެއް ގޭބީސީތަކުން ކުނި ނެރުމުންދާތަން ފެނަން ކަމަށާއި މިރޭ22:00 ގެ ކުރިން ކުނި މަގުމައްޗަށް ނުނެރުމަށް ވަނީ އެދި [... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ޕްރޮގްރާމް ފުނަދޫގައި ފަށައިފި “ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ގެ ނަމުގައި ޕްރޮގްރާމެއް ށ. ފުނަދޫގައި ފަށައިފި އެވެ. މި ޕްރޮގުރާމާއި ބެހޭގޮތުން މަޢުލޫމާތު ދެމުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ، މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގާއި ޔުނިސެފް އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން، މި ޖެނުއަރީ މަހުގެ 9 ން 14 އަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ. މި ޕްރޮގްރާމުގެ ތެރެއިން […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުރާނަ ހުރިހާ ހިނދަކު ދައްޕަރު ''ތިދޭން އުޅޭ ބަޔަކަށް ނުދެވޭނެ'': ޙުސައިން ހަށީގައި ފުރާނަ ހުރިހާ ހިނދަކު ހއ. ދައްޕަރު ”ތިދޭން އުޅޭ ބަޔަކަށް ނުދެވޭނެ” ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޕްރޮގްރެއްސިވް ކޯލިޝަނުން ވާދަކުރާ ކެނޑިޑޭޓު ޙުސައިން ރަޝީދު ބުނެފިއެވެ. ޙުސައިން މިހެން ބުނީ، ހއ. ކެލާގައި ރޭ އިދިކޮޅު ޕްރޮގްރެއްސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ ”މުޅިފޯ،މުޅިފޯ- ހޭވާ މުޅިފޯ” ޖަލްސާގައި ބައިވެރިވެ، ދެއްކި ވާހަކާގައި އެވެ. ޙުސައިން ބުނީ ވޭތުވި 2 އަހަރުގެ ތެރޭގައި 70 ބިލިއަން […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުންދޭ “އިންކަމް ސަޕޯޓް އެލަވަންސް”ގެ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިގޮތުން ޖޮބް ސެންޓަރުން ވަނީ، ނިމުނު އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” ލިބޭނީ ދިވެހިރާއްޖޭގައި […] ޝިއުނާ އާދަމް · 5 އަހަރު ކުރިން