ޗައިނާގައި މި އަހަރު ބާއްވާފައިވާ "ވޯރލްޑް މެމޮރީ ޗެމްޕިއަންޝިޕް" ގައި ވާދަކޮށް، މުސްލިމް އަންހެން ކުއްޖެއް މި މުބާރާތް ކާމިޔާބު ކޮށްފިއެވެ.

އެމާ އާލާމް ނަމަކަށް ކިޔާ މި ކުއްޖާ އަކީ ޕާކިސްތާނަށް ނިޞްބަތްވާ ކުއްޖެކެވެ. އަދި މި ކުއްޖާއަށް މި މުބާރާތުގެ އެއް ވަނަ ލިބިފައިމިވަނީ، 300 އެތައް ކުއްޖަކާއި ވާދަކުރުމަށް ފަހުގައެވެ.

Ad
rt

މި މުބާރާތުގައި ވާދަކުރި ކުދިން ނިޞްބަތްވާ ޤައުމުތަކަށް ބަލާއިރު، ޗައިނާ، ކެނެޑާ، މެލޭޝިޔާ، ޔޫކޭ، ސައުތު ކޮރެޔާ، ވިއެޓްނާމް، އިންޑިޔާ، އަލްޖީރިޔާ، އެމެރިކާ، ލީބިޔާ، އަދި ޤަޠަރު ހިމެނެއެވެ.

3 ދުވަސް ތެރޭގައި އެމާ ވަނީ 10 ރައުންޑް މި މުބާރާތުގައި ކަނޑައްތުކޮށްފައެވެ. އަދި 29 ވަނަ މެމޮރީ ވޯރލްޑް ޗެމްޕިއަން ކަން އޭނާ ހޯދާފައިވަނީ، 9500 ޕޮއިންޓް ހޯދުމަށްފަހުގައެވެ. މި މުބާރާތަކީ، އެންމެ ވިސްނުންތޫނު، ވިސްނުމުގައި އެންމެ އަވަސް، އަދި ކަންކަން ދެނެގަތުމުގައި އެންމެ އަވަސް ކުއްޖަކު ހޯދުމަށް ބާއްވާ ޤައުމީ ފެންވަރުގެ މުބާރާތެކެވެ. އަދި މިއީ، އިންސާނާގެ ސިކުނޑި ތަރައްޤީ ކުރުމަށްވެސް އެޅިގެންދާ ބިންގަލެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެމާއަކީ، ވިސްނުންތޫނު ގިނަ މުބާރާތްތަކުން މީގެ ކުރިންވެސް ރަންވަނަތައް ހާސިލު ކުރަމުން އައި ދަރިވަރެކެވެ. މީގެ ކުރިން ބާއްވާފައިވާ 3 ވަނަ އޭޝިޔާ ޕެސިފިކް މެމޮރީ ޗެމްޕިއަންޝިޕްތަކާއި، އަދި 28 ވަނަ ވޯރލްޑް މެމޮރީ ޗެމްޕިއަންޝިޕްގައިވެސް އޭނާ ވަނީ ބައިވެރިވެފައެވެ.

ޤައުމީ މެމޮރީ ޗެމްޕިއަންޝިޕް މުބާރާތަކީ 1990 ގެ އަހަރު ތަކުގެ ތެރޭގައި ބާއްވަން ފަށާފައިވާ މުބާރާތެކެވެ. އަދި މި މުބާރާތަކީ ކުދިންގެ މެދުގައި މީގެ ކުރިންވެސް ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިގެން ކުރިއަށް ގެންދަން ފަށާފައިވާ މުބާރާތެކެވެ. އަދި މިހާރު މި މި މުބާރާތް ކުރިއަށް ގެންދާ ފޯމެޓަށް ބަލާއިރު، 10 ރައުންޑްއަކަށް އެކުލެވިގެން ބައިވެރިވާ ބައިވެރިންގެ ވިސްނުމުގެ ހުނަރު ދެނެގަތުމަށް މަސައްކަތް ކުރެއެވެ.