ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުހައްމަދު މަބްރޫކް އަޒީޒް ހަމަޖައްސައިފިއެވެ.

އޭނާ މި މަގާމަށް ޢައްޔަން ކުރައްވާފައި ވަނީ ވަޒީރުންގެ ނައިބުންގެ ފެންވަރުގައެވެ. އޭނާ މި މަގާމަށް އައްޔަންކުރައްވާފައި ވަނީ ޖެނުއަރީ 1، 2020 ދުވަހުން ފެށިގެންނެވެ.

Ad
rt

މަބްރޫކް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކެޓްރީގެ މަގާމުގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވީ އިބްރާޙީމް ހޫދެވެ.

މަބުރޫކަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރަށްވާ އެޕާޓީގެ ޚިދުމަތްތެރިއެކެވެ. އޭނާ ވަނީ ނިމިގެންދިޔަ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާފައެވެ.

އޭނާ ވަނީ ކޯވިޑް19ގެ ސަރުކާރުގެ ތަރުޖަމާނުގެ ގޮތުގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފަ އެވެ.

މަބްރޫކް މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ ދައުރު ކުރިން ފުރުއްވަމުން ގެންދެވި އިބްރާހީމް ހޫދުގެ ބަދަލުގައި މުޙައްމަދު މަބްރޫކް ޢަޒީޒްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.