މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އެމްޓީސީސީން އެންމެ އުތުރުގެ ދެ އަތޮޅުގެ ރައްޔިތުންގެ ގާތަށް ކުރާ ދަތުރު ފަށައިފި

އެމްޓީސީސީން އެންމެ އުތުރުގެ ދެ އަތޮޅުގެ ރައްޔިތުންގެ ގާތަށް ކުރާ ދަތުރު ފަށައިފި

އެންމެ އުތުރުގެ ހއ. އަދި ހދ. އަތޮޅުގެ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް، ރައްޔިތުންގެ ކުންފުނި” މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެ ދެއަތޮޅަށް ކުރާ ދަތުރު މިއަދު ފަށައިފިއެވެ. މިގޮތުން އެމްޓީސީސީގެ ޓީމުގެ ފުރަތަމަ މަންޒިލެއްގޮތުން ޒިޔާރަތްކޮށްފައި ވަނީ ހއ. ހޯރަފުއްޓަށެވެ. މި ޒިޔާރަތުގައި އޮޑިދޯނި ފަހަރު ބަންނަ ފަރާތްތަކާއި، އޮޑިދޯނި ފަހަރުގެ ވެރިންނާއި ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދޭނެއެވެ. އެމްޓީސީސީގެ މި ޓީމު މިހާރު ހއ. އަތޮޅަށް ޒިޔާރަތް ކޮށްފައި...

ޔުމްނާ ޢަލީ
އެގްރޯ ނެޝަނަލް ކޯޕަރޭޝަންއަށް އަތޮޅު ކޯޑިނޭޓަރުން ހޯދަނީ

އެގްރޯ ނެޝަނަލް ކޯޕަރޭޝަންއަށް އަތޮޅު ކޯޑިނޭޓަރުން ހޯދަނީ

ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން ނޫ އިޤްތިޞާދު އަމާޒުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގައި ރާއްޖޭގެ ހުރިހައި އަތޮޅެއްގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ކޯޑިނޭޓަރުން ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފިއެވެ. ޖުމްލަ 19 ކޯޑިނޭޓަރުން ހޯދުމަށް އެ ކުންފުނިން އިޢުލާން ކޮށްފައިވާއިރު، ކޯޑިނޭޓަރުން ހޯދުމަށް އިޢ...

އިބްރާހިމް ޚަލީލް
ޅ. އަތޮޅުން މ. އަތޮޅަށް ޔެލޯ އެލާޓް

ޅ. އަތޮޅުން މ. އަތޮޅަށް ޔެލޯ އެލާޓް

މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވުމުގެ ސަބަބުން ޅ. އަތޮޅުން މ. އަތޮޅަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ އިދާރާއިން ޅ އަތޮޅުން މ އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ މެންދުރު 12:00 އިން ފެށިގެން ހަވީރު  16:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އެކަށީގެންވެއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން […]

އިބްރާހިމް ޚަލީލް
ނައިފަރުން މަސްތުވާ ތަކެއްޗާއިއެކު 2 މީހުން ހައްޔަރު ކޮށްފި

ނައިފަރުން މަސްތުވާ ތަކެއްޗާއިއެކު 2 މީހުން ހައްޔަރު ކޮށްފި

ޅ.ނައިފަރުން މަސްތުވާ ތަކެއްޗާއިއެކު ދެ މީހުން ހައްޔަރު ކޮށްފިއެވެ. 11 ޖަނަވަރީ 2021 ވީ އަންގާރަ ދުވަހު ޅ.ނައިފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެނެސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އެ ރަށުން ހައްޔަރު ކޮށްފައިވަނީ  20 އަހަރު އަދި 18 އަހަރުގެ ދެ ދިވެހިންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބު...

އިބްރާހިމް ޚަލީލް
ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަދިވެސް މީސް މީޑިޔާގައި އެންމެ މަޤުބޫލު ތަރި

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަދިވެސް މީސް މީޑިޔާގައި އެންމެ މަޤުބޫލު ތަރި

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ، އަދިވެސް މީސް މީޑިޔާގައި އެންމެ މަޤުބޫލު ތަރި ކަން އޭނާގެ ފަހަތުގައި ތިބި ސަޕޯޓަރުންގެ ތަރުހީބުން ހާމަކޮށްދީފިއެވެ. 35 އަހަރުގެ ރޮނާލްޑޯ އަކީ މި ވަގުތު އިޓަލީ ލީގުގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި އޭނާގެ ފޭސްބުކްގައި 124 މިލިޔަން މީހުން އޭނާ ފޮލޯ ކުރަމުން އަންނަ އިރު، ޓްވިޓަރ ގައި 90 މިލިޔަން އަދި އިންސްޓަރގްރާމްގައި 251 މިލިޔަން މީހުން އޭނާގެ ސަޕޯޓަރުންގެ ގޮތުގައި އެބަތިއްބެވެ. […]

މުޙައްމަދު މާއިލް ހަސަން
ވޯރާ ވިޔަފާރިތައް މަނާ ކުރެވުނުއިރު އޮތް ހާލަތަށް ވުރެން މިއަދުގެ ހާލަތު ގޯސް: ރުކުމާ

ވޯރާ ވިޔަފާރިތައް މަނާ ކުރެވުނުއިރު އޮތް ހާލަތަށް ވުރެން މިއަދުގެ ހާލަތު ގޯސް: ރުކުމާ

ވޯރާ ވިޔަފާރި ހަރަކާތްތައް ރާއްޖޭގައި މަނާ ކުރެވުނުއިރު އޮތް ހާލަތަށް ވުރެން މިއަދުގެ ރާއްޖޭގެ ހާލަތު ގޯސްވެފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ. 18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނި ވަޑައިގެންނެވި، މިހާރުވެސް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ރުކުމާ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. ރުކުމާއަކީ ފުޅާދާއިރާއެއްގައި މަހުގެ ބާވަތްތައް ގަނެ، ވިއްކުމުގެ ވިޔަފާރީގައި މިހާރު ހަރަކާތްތެރިވެ ވަޑައިގަންނަވާ...

އަލީ އާދިލް
ވަރު ރިސޯޓުގެ ވަޑާންގެ އާއި ސްޓާފް ކުއަރޓާސް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ވަރު ރިސޯޓުގެ ވަޑާންގެ އާއި ސްޓާފް ކުއަރޓާސް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ކ. އަތޮޅުގައި ހިންގަމުން އަންނަ ވަރު ބައި އެޓްމޯސްފިއާ ރިސޯޓްގެ ވަޑާންގެ އާއި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއަރޓާސްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. ރޭ އެ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ނިއްވާލާފައި އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ނިއްވާލައިފި ކަމަށެވެ. ”މި ހާދިސާގެ މަޢުލޫމާތު ރޭ މެންދަމު 02:48 […]

އަޙްމަދު ވަހީދު
ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ހުދުސަމާލު ނެރެފިއެވެ. މިގޮތުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތަކީ މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 އަށެވެ. މި ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި […]

ޙުސައިން ޝަހުދީ
ލިބުނު ކުރިއެރުން ދެމެހެއްޓުމަށް ގައިޑުލައިންތަކަށް އަކުރުން އަކުރަށް އަމަލުކޮށް ދެއްވުމަށް އެދިވަޑައިގެންފި 

ލިބުނު ކުރިއެރުން ދެމެހެއްޓުމަށް ގައިޑުލައިންތަކަށް އަކުރުން އަކުރަށް އަމަލުކޮށް ދެއްވުމަށް އެދިވަޑައިގެންފި 

ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ކުރިއެރުން ދެމެހެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އާއި ޓޫރިޒަމްގެ ގައިޑުލައިންތަކަށް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އަމަލުކޮށް ދެއްވުމަށް ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމް އެދިވަޑައިގެންފިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަލުން ދިރުން އަންނަމުންދާ މި ދަނޑިވަޅުގައި ޑރ. މައުސޫމް މިމޭރުމުން ވިދާޅުވީ، ކުރެއްވި ޓުވީޓެއްގައެވެ. ޑރ. މައުސޫމް ވިދާޅުވީ، އެޗްޕީއޭއާއި، ޓޫރިޒަމް މިނިސްޓްރީން އެ...

ޝިއުނާ އާދަމް
ވަރު ރިސޯޓްގެ ރާ ރައްކާ ކުރާ ގުދަނުގެ ފުރާޅުގައި ރޯވެއްޖެ

ވަރު ރިސޯޓްގެ ރާ ރައްކާ ކުރާ ގުދަނުގެ ފުރާޅުގައި ރޯވެއްޖެ

ކ. އަތޮޅުގައި ހިންގަމުން އަންނަ ވަރު ބައި އެޓްމޯސްފިއާ ރިސޯޓްގެ ރާ ރައްކާ ކުރާ ގުދަނުގެ ފުރާޅުގައި ރޯވެއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ވަރު ބައި އެޓްމޯސްފިއާ ރިސޯޓްގެ ރާ ރައްކާ ކުރާ ގުދަނުގެ ފުރާޅުގައި ރޯވިކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ މެންދަމު 2:48 އެހައިކަންހާއިރު ކަމަށެވެ. ެއެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު، އެ ރިސޯޓަށް ދިޔުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސަސްއިން ދަތުރު ފެށިކަމަށާއި، ފަޔާ ޓީމަށް އެ ރިސޯޓަށް ފޯރީ […]

ޔުމްނާ ޢަލީ
އެގްރޯ ނެޓްއަށް "ބޮންތި ރަތްކެޔޮ" ވިއްކާނެ ދަނޑުވެރިން ހޯދަނީ

އެގްރޯ ނެޓްއަށް "ބޮންތި ރަތްކެޔޮ" ވިއްކާނެ ދަނޑުވެރިން ހޯދަނީ

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްއަށް “ބޮންތި ރަތްކެޔޮ” ވިއްކާނެ ދިވެހި ދަނޑުވެރިން ހޯދަން އިޢުލާން ކޮށްފި އެވެ. އެކޯޕަރޭޝަނަށް ދޮންކެޔޮ ވިއްކާނެ ފަރާތްތައް ހޯދުމަށް އިޢުލާން ކޮށްފައިވަނީ މިއަދު އެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއިން ކުރި އިޢުލާނުގައި ބުނެފައިވަނީ، އެކޯޕަރޭޝަންއަށަ ބޮންތި ރަތްކެޔޮ ވިއްކުމަށް ޝައުޤުވެރިވާ ހުރިހާ ދިވެހި ދަނޑުވެރިންނަށް ފުރުސަތު ހުޅުވާލާކަމަށެވެ. މިކަމަށް އެދޭ ފަރާތް ތަކުން، މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކޯޕަރޭޝަނުގައި ރަޖިސްޓްރީކުރެއްވުން އެދޭކަމަށ...

އިބްރާހިމް އަސްވާޤް
ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ބުނެފިއެވެ. އެތަކެތި އަތުލައިގެންފައި ވަނީ ޖެނުއަރީ 10 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ޕާރުސަލުތަކެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް، ކަސްޓަމްސް އިން ބުންޏެވެ. އެ ޕާރުސަލްގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެމްޕެޓަމިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމް...

އަޙްމަދު ވަހީދު
މިދިޔަ އަހަރު އެމްޑަބްލިއުއެސްސީގެ ހިންގުމުގެ ހަރަދު ކުޑަ

މިދިޔަ އަހަރު އެމްޑަބްލިއުއެސްސީގެ ހިންގުމުގެ ހަރަދު ކުޑަ

މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން މިދިޔަ 2020 ވަނަ އަހަރު ހިންގުމުގެ ހަރަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 14 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެމް.ޑަބްލިޔު.އެސް.ސީއިން ބުނީ، މިދިޔަ އަހަރު އެކުންފުނީގެ ހިންގުމުގެ ޚަރަދު 297.9 މިލިއަން ރުފިޔާ ކުޑަކޮށްފައިވާކަމަށެވެ. މިދިޔަ އަހަރު އެކުންފުނީގެ ބަޖެޓުގައި އިދާރީ އަދި ހިންގުުމުގެ ހަރަދަށް 838.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް އެ ކަމަށް ހަރަދު ކުރީ […]

ތިލަދުން
އިދިކޮޅު މިހާރުވެސް އޮތީ ރޫޅިފައި: ޝިފާއު

އިދިކޮޅު މިހާރުވެސް އޮތީ ރޫޅިފައި: ޝިފާއު

އިދިކޮޅު ޕްރޮގްރެއްސިވް ކޯލިޝަން މިހާރުވެސް އޮތީ ރޫޅިފައި ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާއު މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަން ބައިބައިކޮށްލުމަށް ހީލަތްތެރި ރޭވުންތައް ރާވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވުމުން، އޭނާއަށް ރައްދު ދެއްވަމުންނެވެ. އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި އާދަމް ޝަރީފްގެ މި ވިދާޅުވުން ނޫހަކުން ގެނެސްދީފައިވާ ޚަބަރު ހިމަނުއްވައި ޓުވީޓަކުން ރައްދު ދެއ...

އަލީ އާދިލް
ފައުޒަންގެ ހަނދާނުގައި ހިތާމައިގެ ސުކޫތެއް

ފައުޒަންގެ ހަނދާނުގައި ހިތާމައިގެ ސުކޫތެއް

ފުވައްމުލަކުގައި އޮޔާދަމައިގަތް ދެ އަންހެން ކުދިން ސަލާމަތްކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ނިޔާވި އަހުމަދު ފައުޒާން ހަނދާނުގައި ހިތާމައިގެ ސުކޫތެއް ގެނެސްފި އެވެ. މިގޮތުން އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ނިޔާވި ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު އަހުމަދު ފައުޒާންގެ ހަނދާނުގައި، ސްކޫލްތަކުގައި މިއަދު 1 މިނެޓްގެ ހިތާމައިގެ ސުކޫތެއް ގެނެސްފައިވާ ކަމަށެވެ. ހޮނިހިރިދުވަހު ފުވައްމުލަކު ސިޓީގެ މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އަހަރުގެ ކުއްޖަލު ގެ...

ޝިއުނާ އާދަމް