ފުވައްމުލަކުގައި އޮޔާދަމައިގަތް ދެ އަންހެން ކުދިން ސަލާމަތްކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ނިޔާވި އަހުމަދު ފައުޒާން ހަނދާނުގައި ހިތާމައިގެ ސުކޫތެއް ގެނެސްފި އެވެ.

މިގޮތުން އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ނިޔާވި ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު އަހުމަދު ފައުޒާންގެ ހަނދާނުގައި، ސްކޫލްތަކުގައި މިއަދު 1 މިނެޓްގެ ހިތާމައިގެ ސުކޫތެއް ގެނެސްފައިވާ ކަމަށެވެ.

Ad
rt

ހޮނިހިރިދުވަހު ފުވައްމުލަކު ސިޓީގެ މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އަހަރުގެ ކުއްޖަލު ގެއްލިފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވާކަމަށް ފުލުހުން ބުނީ އެދުވަހުގެ ހަވީރު 16:47 ހާއިރު ކަމަށެވެ. މިގޮތުން ގެއްލުނު ފައުޒަން ހޯދުމުގެ މަސައްކަތް ކުރަނިކޮށް، ފެނުނީ މޫދު އަޑިން 5:50 ހާއިރުއެވެ.

ފައުޒަން ނިޔާވީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ފައުޒާންގެ ނިޔާވުމުން، ހިތާމަފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ވަކިވެ އެ ދިޔައީ، ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކައި އެ ގުރުބާނީން ގައުމު ރޮއްވާލާފައި ކަމަށެވެ.