މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މޫސުން ގޯސްވުމުގެ ސަބަބުން އަތޮޅުތެރޭގެ ފެރީ ޝެޑިއުލް ބަދަލުވެދާނެ: އެމްޓީސީސީ

މޫސުން ގޯސްވުމުގެ ސަބަބުން އަތޮޅުތެރޭގެ ފެރީ ޝެޑިއުލް ބަދަލުވެދާނެ: އެމްޓީސީސީ

މޫސުން ގޯސްވުމުގެ ސަބަބުން އަތޮޅުތެރޭގެ އެމްޓީސީސީގެ ފެރީ ދަތުރުތަކުގެ ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އިއްޔެ އެމްޓީސީސީން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައި ވާތީއަތޮޅުތެރޭގައި އެމްޓީސީސީން ދުއްވާ ބައެއް ފެރީތަކުގެ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން، އެ ފެރީތައް މެދުވެރިކޮށް އެއް ރަށުން އަނެއްރަށަށް މުދާ ގެންދަން ބޭނުންވާ ފަރާތްތަކުން ދުރާލަ...

އަޙްމަދު ވަހީދު
އިހަވަންދޫ އިމަގުގެ "މެރަނާ" ވޮލީބޯޅަ މުބާރާތް ފަށަނީ

އިހަވަންދޫ އިމަގުގެ "މެރަނާ" ވޮލީބޯޅަ މުބާރާތް ފަށަނީ

އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުން އިންތިޒާމްކޮށްގެން މެރަނާ ވޮލީބޯޅަ މުބާރާތެއް ފެށުމަށް ނިންމައިފިއެވެ. އިހަވަންދޫގައި ޒުވާން ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި، އިހަވަންދުއަށް ނިސްބަތްވާ ޒުވާނުންނަށް އަމާޒުކޮށް، ދެޖިންސަށް ވަކިން މި މުބާރާތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރު ޖުލައި މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ ޓީމްތަކުގައި ކުޅެވޭނީ ހަމައެކަނި އިހަވަންދޫއަށް ނިސްބަތްވާ ކުޅުންތެރިންނަށެެވެ. ޗެމްޕިއަން ޓީމަށް 7000 ރުފިޔާ...

އައިޝަތު އިލްމާ އަދުނާން
ކޯވިޑް ޖެހޭ ކުޑަކުދިން ގިނަވިޔަސް އަދި ނުރައްކާވާތަނެއް ނުފެނޭ: ޑރ.ފައިސަލް

ކޯވިޑް ޖެހޭ ކުޑަކުދިން ގިނަވިޔަސް އަދި ނުރައްކާވާތަނެއް ނުފެނޭ: ޑރ.ފައިސަލް

ކޯވިޑް-19 ޖެހޭ ކުޑަކުދިން ގިނަވިޔަސް އަދި ނުރައްްކާވާތަނެއް ނުފެންނަ ކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ކޯވިޑް ޖެހޭ ކުޑަކުދިންނަށް ފަރުވާ ދޭނީ، ހުމާއި ރޯގާ އަދި ބޭރަށް ހިންގުން ޖެހުމުން ވެސް ކަންތައްކުރާ ގޮތަށް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ފަރުވާދޭނި ކޯވިޑް ޖެހޭ ކުއްޖާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ކަމަށް ވެސް ވިދާޅުވިއެވެ. https://twitter.com/Faisalnaifaru/status/1392881787412488192?s=19 ޑރ. ފައިސަލް މި މައުލޫމާތު ހިއްސާ ކުރެއްވީ، ކުރެއްވި ޓުވީޓެއްގައެވެ. އިތުރު ޓްވީޓްތ...

އައިޝަތު އިލްމާ އަދުނާން
އުދައިގެ ލޮނުގަނޑު ހުރަސް ކުރަނީ ހޯރަފުށީ އެއާޕޯޓް ރަންވޭ މަތިން!

އުދައިގެ ލޮނުގަނޑު ހުރަސް ކުރަނީ ހޯރަފުށީ އެއާޕޯޓް ރަންވޭ މަތިން!

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ރާއްޖޭގެ އެންމެ އުތުރުގެ ހއ. ހޯރަފުށީގައި އޮންނަ އެއާޕޯޓު ސަރަހައްދަށް އަރަމުންދާ އުދައިގެ ލޮނުގަނޑު، އެ އެއާޕޯޓު ރަންވޭ ހުރަސްކޮށް އަނެއް ފަރާތަށް ދާކަމަށް މަންޒަރުދުށް ބައެއް މީހުން ބުނެފިއެވެ. ރާއްޖޭގެ އުތުރަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފަވާއިރު، ގިނަ ރަށްތަކަކަށް ދަނީ އުދައަރަމުންނެވެ. އުދައިގެ ލޮނުގަނޑު ރަށުތެރެއަށް ދެމިގަނެ ގޭތަކަށް ވެސް ދަނީ ލޮނު ވަންނަމުންނެވެ. ގޭތަކުގެ ފުރާޅުއެއްލާލައި، ރުއްގަހަށާއި، ދަނޑު ބިންތަކަށް ދަނީ ގެއްލުން ވަމުންނެވެ....

ޝިއުނާ އާދަމް
ދިއްދޫގެ ކޯވިޑް ނަންބަރު 106 ގައި، ކާފިއު ދަންމާލައިފި

ދިއްދޫގެ ކޯވިޑް ނަންބަރު 106 ގައި، ކާފިއު ދަންމާލައިފި

ހއ. ދިއްދޫގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ބައެއް ގަޑިތަކުގައި ކާފިއު ހިންގައި، އެރަށުގައި އަޅާފައިވާ ރަށްކާތެރިކަމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރަށް ދަންމާލައިފިއެވެ. ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ރެންޑްމް ސާމްޕަލްތަކުން ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން، ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ޤަބޫލު ކުރެވޭތީ ދިއްދޫގައި ކާފިއު އިއުލާންކުރީ 8 މެއި 2021 ދުވަހުގެ ހަވީރު 4:00 އިން މިއަދުގެ ހަވީރު 4:00ގެ ނިޔަލަށެވެ. ދިއްދޫ ކައުންސިލުން މިއަދު ވަނީ އެރަށ...

ޙުސައިން ޝަހުދީ
އިންޑިއާއިން ފެނުނު ފަންގަސް ޕާކިސްތާނުންވެސް ފެނިއްޖެ

އިންޑިއާއިން ފެނުނު ފަންގަސް ޕާކިސްތާނުންވެސް ފެނިއްޖެ

އިންޑިއާގައި ކޯވިޑް-19 ޖެހިގެން ރަނގަޅުވި ބައެއް މީހުން ގައިން ފެނުނު ފަންގަސް ޕާކިސްތާނުންވެސް ފެނިއްޖެއެވެ. މިއީ މި ފަންގަސް އިންޑިއާ ނޫން ގައުމަކުން ފެނުނު ފުރަތަމަ ފަހަރެވެ. މި ފަންގަސް ފެންނީ ޑައިބެޓިކްސް މީހުންގެ ގައިންނެވެ. “ބްލެކް ފަންގަސް”ގެ ނަން ދީފައިވާ މި ފަންގަސްގެ ސަބަބުން އިންސާނާގެ ލޮލާއި މެޔާއި އެނޫންވެސް މުހިންމު ގުނަވަންތައް ހަލާކުކޮށްލައެވެ. މީގެ ސަބަބުން އިންޑިއާގެ އަންހެނެއްގެ ލޯ ވެސް ނަގާލަން ޖެހުނެވެ. ޕާކިސްތާނުން ބުނެފައިވާގޮތުގައި އެ ގައުމުން މިހާތަނަށް މި ފަންގަސް […]

އަޙްމަދު ވަހީދު
ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 48 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފި

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 48 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފި

މިއަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ 48 އިންސައްތަ މުވައްޒަފުން ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި ބުދަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ 97 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައެވެ. މިއީ 39،440 މުވައްޒަފުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި މުޅި ފަތުރުވެރިިކަމުގެ ދާއިރާގެ 40،192 މުވައްޒަފުން ވަނީ މިހާތަނަށް ފުރަތަމަ ޑޯޒު...

އަޙްމަދު ވަހީދު
ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ ޢަދަދު 4 އަށް!

ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ ޢަދަދު 4 އަށް!

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ހޯދަމުން އިތުރު މީހަކު މިއަދު ނިޔާވެއްޖެ އެވެ. އެޗްޕީއޭއިން ވިދާޚުވީ، މިއަދު ރާއްޖެއިން ނިޔާވި 4 ވަނަ މީހަކީ އިންދިރާގާންދީ މެމޯރިއަލް ހޮސަޕިޓަލުގެ އެމާޖެންސީ ރޫމްގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ. އުމުރުން 78 އަހަރުގެ އެ މީހާ ނިޔާވީ މިއަދު މެންދުރުު 12:48 ގައެވެ. އެއީ ދިވެހި ފިރިހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރަށްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 91 ވަނަ […]

ޖަލްވާން ޖާދުﷲ
ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނެއް ގެއްލިގެން ހޯދަނީ

ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނެއް ގެއްލިގެން ހޯދަނީ

ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަންފަރު މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދެވެ. ފުލުހުން ހާމަކުރަށްވާފަވާ ގޮތުގައި މިސްބާޙް ގެއްލިފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ. ފުލުހުން ވަނީ އޭނާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. މިގޮތުން ފުލުހުން ވަނީ މިސްބާޙުގެ ވަނަވަރާއި އޭނާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. We are appealing for your assistance in locating 25-year-old Misbah Mohamed, HDh....

ޔުމްނާ ޢަލީ
ހއ. އަތޮޅުން ޅ އަތޮޅަށް އޮޖެންޖު އިންޒާރު! 60 މޭލަށް ވައިގަދަވެ ރާޅު އަރާނެ

ހއ. އަތޮޅުން ޅ އަތޮޅަށް އޮޖެންޖު އިންޒާރު! 60 މޭލަށް ވައިގަދަވެ ރާޅު އަރާނެ

  60 މޭލަށް ވައިގަދަވެ ރާޅު އަރާނެކަމަށަ ލަފާކޮށް ހއ. އަތޮޅުން ޅ އަތޮޅަށް އޮޖެންޖު އިންޒާރު ނެރެފި އެވެ. މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ޅ އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު 15:15 އިން 17:15 އާއި ހަމައަށެވެ. އެގޮތުން މި ވަގުތުތަކުގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 60 މޭލަށް ވައިގަދުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. Alert Orange […]

އިބްރާހިމް އަސްވާޤް
ތިލަދުންމަތީގެ ގިނަ ރަށްތަކަކަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ވަނީ

ތިލަދުންމަތީގެ ގިނަ ރަށްތަކަކަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ވަނީ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ތިލަދުންމަތީގެ ގިނަ ރަށްތަކަކަށް އުދައަރާ އެކިވަރުގެ ގެއްލުން ވަމުން އެބަދެއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަ ވާނެ ކަމަށް ލަފާ ކޮށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު ތިންވަނަ ފަހަރަށް ދައްމާލާފައިވާއިރު، ތިލަދުންމަތި ހިމެނޭ ސަރަހައްދަށް ވަރަށް ބޮޑަށް ވަނީ މޫސުން ގޯސްވެފަ އެވެ. ޖުމްލަ ގޮތެއް ރަށްތަކަށް ދިމާވަމުން ދަނީ އުދައެރުމާއި، […]

ޝިއުނާ އާދަމް
ފުނަދޫ ސްކޫލް ކުލަސްޓާ: ރިލީޒް ސާމްޕަލްތައް ނެގެޓިވްވެ، ގެތައް ކަރަންޓީނުން ވީއްލައިފި

ފުނަދޫ ސްކޫލް ކުލަސްޓާ: ރިލީޒް ސާމްޕަލްތައް ނެގެޓިވްވެ، ގެތައް ކަރަންޓީނުން ވީއްލައިފި

ށ. ފުނަދޫއިން އެރަށު ސްކޫލްގެ ދަރިވަރަކު ޕޮޒިޓިވްވުމުން ކަރަންޓީނުކުރި ފަރާތްތަކުގެ ތެރެއިން ރިލީޒް ސާމްޕަލް ނަގަންޖެހޭ ފަރާތްތަކު ސާމްޕަލްތައް ނެގެޓިވްވުމުން އެ ކްލާސްޓާއާއި ގުޅިގެން ކަރަންޓީނު ކުރި ގޭތަށް ކަރަންޓީނު ވީއްލައިފިއެވެ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ އެރަށުގެ 26 ގެއެއް ކަރަންޓީނު ކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އިއްޔެ ވަނީ އެ ދަރިވަރާއި، އެކުއްޖާއާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީނުކުރި ހުރިހާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ނަގާފައެވެ. އެހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވް...

ޔުމްނާ ޢަލީ
ޙަމާސްއިން ޑްރޯން ޙަމަލާތަކެއް އިޒްރޭލަށް ދީފި

ޙަމާސްއިން ޑްރޯން ޙަމަލާތަކެއް އިޒްރޭލަށް ދީފި

އަމިއްލައަށް އޭގެ އަމާޒަށް ބާރު ސްޕީޑުގައި ވެއްޓިގަނެގެން ޙަމަލާދޭ ސުއިސައިޑަލް ޑްރޯންތަކެއް ޣައްޒާއިން އިޒްރޭލަށް ފޮނުވާލާފައި ވާކަމަށް އިޒްރޭލުން ބުނެފިއެވެ. މިހަމަލާތަކާއި ގުޅިގެން އިޒްރޭލުންވަނީ ބައެއް ސަރަޙައްދުތަކުގައި އެންމެން ބިންގަރާސްތަކުގައި ތިބުމަށް އަންގާފައެވެ. މިއީ މީގެ ކުރިން ޙަމާސްއަށް ލިބިފައިވާ ޓެކްނޮލޮޖީއެއް ނޫނެވެ. އެހެންކަމުން އިޒްރޭލުގެ ޢުދުވާން އިތުރަށް ކުރިއަށް ދާނަމަ، ރައްދުގައި މިފަދަ ގިނަ ޙަމަލާތައް ޣައްޒާގެ މުޖާހިދުން ދޭނެކަމަށް ބެލެވެއެވެ.  މީގެ އިތުރުން އިޒްރޭލުގެ...

އިބްރާހިމް އަސްވާޤް
އުތުރާއި މެދުރާއްޖެތެރެއަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި އެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ވ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ ހެނދުނު 11:30 އިން ފެށިގެން މިއަދުގެ  މެންދުރުފަހު […]

ޖަލްވާން ޖާދުﷲ
ސުމަޓްރާ ކައިރިއަށް 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ސުމަޓްރާ ކައިރިއަށް 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ސުމަޓްރާ ކައިރިއަށް 6.9 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށާއި ނަމަވެސް ރާއްޖެއަށް އެ ބިންހެލުމުގެ އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. މިބިންހެލުން އައިސްފައިވަނީ މިއަދު 11:33 ގައި އެ ބިންހެލުން އައިސްފައިވަނީ ސުމަޓްރާގެ ކަނޑުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ. އެއީ މާލެއާ 2606 ކިލޯމީޓަރު ދުރުންނެވެ. https://twitter.com/metmaldives/status/1393099450453692418?s=21 ބިންހެލު...

އިބްރާހިމް އަސްވާޤް