ރާއްޖެ ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް ހާއްސަ ހަރަކާތެއް އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އުދުވާނާއި ގުޅިގެން، ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދިނުމަށް ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތަކީ، ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ރާއްޖޭއަށް މި ދަނޑިވަޅުގައި ކުރިމަތިވެފަ ކޯވިޑްގެ ނުރައްކާތެރި ހާލަތުގެ ސަބަބުން މިޙަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފަ ވަނީ ގޭތަކުގެ ބެލްކަނީގައި ތިބެގެންނެވެ. މިޙަރަކާތް ރާވާ އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، މިޙަރަކާތުގައި ބައި... Thiladhun · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޭދޫ "ޝާޒީ-4 ބޯޓު"ގެ ހުރިހާ ފަޅުވެރިން ވެސް ޕޮޒިޓިވްވެއްޖެ ށ. ފޭދޫ “ޝާޒީ-4 ބޯޓު”ގެ އިތުރު 3 ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެބޯޓްގެ 8 ފަޅުވެރިންގެ ސާމްޕަލް ނަގާފަ ވަނީ މިމަހު 9 ވަނަ ދުވަހު އެވެ. އޭގެތެރެއިން 5 ފަޅުވެރިންގެ ސާމްޕަލް ޕޮޒިޓިވްވުމުން ހުރިހާ ފަޅުވެރިން ކަރަންޓީނު ކުރިއެވެ. ކަރަންޓީނުގެ މުއްދަތުގައި ބާކީ ޕޮޒިޓިވްނުވެ ތިބި 3 ފަޅުވެރިންގެ ކިބައިން ކޯވިޑްއަށް ޝައްކުކުރެވޭ އަލާމަަތްތައް ފެނުމާ ގުޅިގެން، ނެގުނު ސާމްޕަލްތައް ޕޮޒިޓިވްވެފައިވާކަަމަށް ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވެއެވެ. އެހެންކަމުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީގެ ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ ބާއްްވައިފި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ 2021 ވަނަ އަހަރުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ މިއަދު ބާއްވާފިއެވެ. މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ ”ފަހިވޯޓު“ މެދުވެރިކޮށް ބޭއްވުނު ޖަލްސާގައި 19 ހިއްސާދާރަކު ބައިވެރި ވެފައި ވާއިރު، ޕްރޮކްސީ މެދުވެރިކޮށް 155 ހިއްސާދާރަކު ތަމްސީލު ކުރެވުނު ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެމްޓީސީސީއިން ބުނީ، ޖަލްސާގައި މުޅިއަކު ތަމްސީލުވީ 174 ހިއްސާދާރުން ކަމަށާއި އެއީ މުޅިއަކު 5،590،778 ހިއްސާ [... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ސޯދުބެ ޕޮޒިޓިވްވެ، ފަރުވާ ދެނީ ދިވެހި ބަހުގެ އުސްތާޒު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނޢޢވ) ލިބިވަޑައިގެންފައިވާ އަބްދުﷲ ސޯދިގު(ސޯދުބެ) ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އުމުރުފުޅުން 86 އަހަރުވެފައިވާ ސޯދުބެ، ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ. ސޯދުބެގެ އާއިލާއާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފަވާގޮތުގައި، ސޯދުބެ ހޮސްޕިޓަލަށް ބަދަލު ކުރީ ހާލު ސީރިއަސް ވެގެން ނޫނެވެ. އަދި ސޯދުބެ ހޮސްޕިޓަލަށް ބަދަލު ކުރީ ކުއްލި އަކަށް ބަލި ބޮޑުވެދާނެ ކަމަށްޓަކައި... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާއިން ދެމީހަކު ޕޮޒިޓިވް ވެއްޖެ ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގެ ފުރިހަމަކުރި 3 މީހެއްގެ ސާމްޕަލްގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ކޯވިޑްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. ކެލާ ކައުންސިލުން ވަނީ ޕޮަޒިޓިވް ވެފައިވާ މީހުންނަށް އަވަަސް ޝިފާއަކަށް ވެސް އެދިފައެވެ. އަދި، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަށާއި ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ޒ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫ ކައުންސިލްގެ ރައީސް ހުވާކުރުން ހައި ކޯޓުން ހުއްޓުވައިފި ހއ. ފިއްލަދޫ ކައުންސިލްގެ އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރުން ފަސްކުރަން ހައި ކޯޓުން އަންގައިފި އެވެ. މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަނެވެ. އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދު ބަލިވީ އެއް ވޯޓުގެ ތަފާތުންނެވެ. އެ މައްސަލަ އިރުޝާދުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާތީ ހައި ކޯޓުން މިއަދު އެންގީ އެ މައްސަލަ ނިމުމުގެ ކުރިން ފިއްލަދޫ ކައުންސިލްގެ ރައީސްގެ […] ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. މި ފުރުޞަތަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 މޭ 23 އަދި 24 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް އެ އޮފީހުން ވިދާޅުވެއެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ގޮތްވަނީ ހަމަޖ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތީ ހުނަރުވެރިން: ނޮޅިވަރަމަށް އުފަން އުންމީދީ ގޯލްކީޕަރު އިޔާން! ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ އަދަދެއްގެ ހުނަރުވެރި ޒުވާނުން އުޅެމުން އަންނަ ރަށެކެވެ. އެ ހުނަރު އަތޮޅު ފެންވަރުގައި ބޭއްވޭ ގިނަ މުބާރާތްތަކުން ފެނިގެން ދެއެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއިހުރެ ރާއްޖޭގެ އެންމެ މަތީފަންތީގައި އެ ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބިފައިވަނީ ނިސްބަތުން މަދު ކުޅުންތެރިއަކަށެވެ. މިހާރު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ގޯލް ބަލަހައްޓަމުން އަންނަ ހދ. ނޮޅިވަރަމަށް އުފަން އިޔާން އަބްދުލް އަލީމް (ޗިކީ) އަކީ ފުޓްބޯޅައި... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން ސޯޝަލް ސެންޓަރުގެ ފްލޫ ކްލިނިކް ހަދަން ތަކެތި ފޯރުކޮށްދީފި ކޯވިޑް-19 އާއި ގުޅިގެން މާލޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރުމަށް ނިންމާފައިވާ ފްލޫ ކްލިނިކުތަކުގެ ތެރެއިން ސޯޝަލް ސެންޓަރުގައި ގާއިމް ކުރަމުން އަންނަ ފްލޫކްލިނިކު އެޅުމަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު އެސްޓީއޯ އިން ފޯރުކޮށްދީފިއެވެ. މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދިން ތަކެއްޗެވެ. މީގެ ތެރޭގައި އެތަން އިމާރާތް ކުރުމަށް ބޭނުންވާ ގިނަ ސާމާނު ހިމެނެއެވެ. Under our CSR efforts towards fighting Covid-19 pandemic, STO has donated construction materials to […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31ގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ބާއްވަން ނިންމައިފިއެވެ. އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ މި ޖަލްސާ ކުރިއަށްދާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ކަމަށެވެ. މިހާރު ވަނީ މި ޖަލްސާގައި ބައިވެރިވާންރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ. […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލެސްޓާ ހޯދައިފި އިނގިރޭސި އެފްއޭ ކަޕް ފައިނަލް މެޗުގައި 1-0 ގެ ނަތީޖާއިން ވަރުގަދަ ޗެލްސީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ލެސްޓާ ސިޓީން ހޯދައިފިއެވެ. ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ދަނޑުތަކަށް ސަޕޯޓަރުން ވެއްދުން މެދުކަނޑާލާފައި އޮތްނަމަވެސް މި މެޗަށް އިނގިރޭސި އެފްއޭއިން ވަނީ 21000 ސަޕޯޓަރުންނަށް ފުރުޞަތު ދީފައެވެ. މި މެޗުން ޗެލްސީ ލެސްޓާއަތުން ބަލިވެފައިވާއިރު ފާއިތުވި ސީޒަންގެ އެފްއޭކަޕް ފައިނަލް މެޗުގައި ޗެލްސީ ބަލިވެފައިވަނީ އާސެނަލް އަތުންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ކޮވިޑް ބަލީގައި 30 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ ކޮވިޑް19 އަށް ފަރުވާހޯދަމުންދިޔަ 30 އަހަރުގެ އަންހެނަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ޒުވާނާ ނިޔާވެފައިވަނީ ރޭފަތިހު 4:30 ގައި ކަމަށެވެ. މިއީ ދެ ދަރިންގެ މަންމައެކެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 96 ވަނަ މީހާއެވެ. މިޒުވާނާގެ އިތުރުން 81 އަހަރުގެ ފިރިހެނަކުވެސް ހަމަ އެހޮސްޕިޓަލުގައި ރޭ ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެމީހާ ނިޔާވެފައިވަނީ ރޭ 2:38 ގައެވެ. މިދެމީހުންނަކީވެސް ދިވެހިންނެވެ. އި... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށް ރަށަށް ދަތުރު ނުކުރެވޭ މުއްދަތު އިތުރުކޮށްފި ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައި ވުމާއެކު، އަތޮޅުތަކުގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދަން ނޫނީ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައޮތް އޮތުން އިތުރު 14 ދުވަހަށް ދަންމާލައިފިއެވެ. ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މާލެ ސަރަޙައްދުގައި ހިމެނޭ މާލެ، ވިލިނގިލި، ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ފިޔަވައި، މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ […] އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އަންގައިފި ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހއ. ދިއްދޫގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އަންގައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދިއްދޫގެ އިތުރުން ފ. ފީއަލީ ގައި ވެސް މިފިޔަޅުތައް އަޅަން އެންގިއެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ދިއްދޫ އާއި ފީއަލީގައި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އިޒްރޭލުން ދިން ހަމަލާއެއްގައި ޢައްޒާގެ އެއް އާއިލާއެއްގެ 10 މެމްބަރުން ޝަހީދުކޮށްލައިފި ހައްދުފަހަނައެޅި އިޒްރޭލުން ދިން ހަމަލާއެއްގައި ޢައްޒާގެ އެއް އާއިލާއެއްގެ 10 މެމްބަރުން ޝަހީދުކޮށްލައިފި އެވެ. އައްޒާގެ ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް ދިން މިހަމާލާގައި އެއް އާއިލާއެއްގެ 10 މީހުން އެއް ރެއެއްގައި ޝަހީދުވެފައިވާއިރު މީގެ ތެރޭގައި 5 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ. އިޒްރޭލު ސިފައިން މިއީ ހަމާސް އަށް އަމާޒުކޮށް ދެވުނު ހަމަލާއެއް ކަމަށް ބުނެފައިވި ނަމަވެސް ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުނަށް ހަމާލާދިނުމުގެ ދިގު ތާރީހެއްއިޒްރޭލުގެ އޮވެއެވެ. އަލް ޝަބާބް ހަބަރު އެޖެންސީއިނ... ތިލަދުން · 5 އަހަރު ކުރިން