ބައިނަލްއަގުވާމީ ހައްދުފަހަނައެޅި އިޒްރޭލުން ޢައްޒާގެ 1000 ގޭބީސީ ބިމާ ހަމަކޮށްފި ހައްދުފަހަނައެޅި އިޒްރޭލުން މިހާރު ޢައްޒާއަށް ދެމުންދާ ހަމަލާތަކުގައި 1000 ގޭބީސީ ބިމާ ހަމަކޮށްލާފައިވާ ކަމަށާއި 6000 އަށްވުރެ ގިނަ އިމާރާތްތަކަށް ގެއްލުން ދީފައިވާކަމަށް ޤުދުސް ނިއުސް ނެޓްވޯކް އިން ރިޕޯޓްކޮށްފިއެވެ. މާހިރުން ލަފާކުރާގޮތުގައި މިގެއްލުންތަކުގެ އަދަދު 48 މިލިއަން ޑޮލަރަށްވުރެއް އިތުރުވާނެކަމަށް ބުނެއެވެ. ފަލަސްތީނާއި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅޭ އިޒްރޭލާއި ދެމެދު މިފަހުން މައްސަލަ ހޫނުވެފައިވަނީ އިސްރޭލުން ހިންގާ ޢައިރު ޤާނޫނީ ޔަހޫދީން އާބާދުކުރުމުގެ މަޝްރޫޢުގެ ދަށުން... ތިލަދުން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާ ކުށްވެރިކޮށް ނެއްލައިދޫ ކައުންސިލުން ބަޔާނެއް ނެރެފި އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާން ކުށްވެރިކޮށް ހދ. ނެއްލައިދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފި އެވެ. މިއަދު އެކައުންސިލުން ނެރުނު މިބަޔާނުގައި ބުނެފައިވަނީ، ބައިނަލްޢަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ނެއްލައިދޫ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. މުސްލިމުންގެ ފުރަތަމަ ޤިބްލަކަމުގައިވާ އަލްމަސްޖުލް އަޤްޞާއާ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށްނަގައި 20000ރ ނެގި 2 މީހުން ދޫކޮށްލައިފި ނ. މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގައި ކެނދިކުޅުދޫ އޭ.ޓީ.އެމް އިން އެ ކާޑު ބޭނުންކޮށްގެން 20000 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ގައި ހައްޔަރު ކުރި ދެމީހުން ކޯޓުން ދޫކޮށްލައިފި އެވެ. މޯލްޑިވްސް ޕޮލިސް ސާރވިސް އިން މިމައްސަލަ އާއި ގުޅިގެން ވިދާޅުވީ މިމައްސަލަ މާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން މި މަހު 10 ވަނަ ދުވަހު 26 އަހަރުގެ މީހަކާއި 32 […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތުރުގެ 6 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް އަޅައިދޭނެ ފަރާތެއް ހޯދަނީ ހދ. އަތޮޅުގެ 4 ރަށެއްގައި އަދި ށ އަތޮޅުގެ 2 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިޢުލާން ކޮށްފި އެވެ. އެ މިނިސްޓްރީއިން މިއަދު ކުރި އިޢުލާނެއްގައި ހދ. އަތޮޅުން އައުޓްޑޯ ވޮލީކޯޓް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހދ. ފިނޭ، ހދ. ކުޅުދުއްފުށި ސިޓީ، ހދ. ކުމުންދޫ އަދި ހދ. ނޭކުރެންދޫ އެވެ. ށ. އަތޮޅުން މިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ 2 ރަށެއްގަ […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް19: އިތުރު މީހަކު ނިޔާވެ، ޖުމްލަ އަދަދު 103 އަށް ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 79 އަހަރުގެ އަންހެނަކު ރޭ 23:14 ގައި ނިޔާވެފައިވާ ކަމަށެވެ. މި އާއިއެކު ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 103 އަށް އަރާފަ އެވެ. އިއްޔެ އިތުރު 1،433މީހުން ޕޮޒިޓިވްވެ، މިހާތަނަށް މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 45،956އަށް އަރާފައެވެ. […] އަލީ އާދިލް · 5 އަހަރު ކުރިން
މަޖިލިސް ހަރުކަށި ފިކުރަކީ ދީނާ ގުޅޭކަމެއް ނޫން، އެއީ ޖާހިލިއްޔަތުގެ ކަމެއް: ރާޢީ ހަރުކަށި ފިކުރަކީ ދީނާ ގުޅޭކަމެއް ނޫން ކަމަށާއި، އެއީ ޖާހިލިއްޔަތުގެ ކަމެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މެންބަރު ރާޢީ މިހެންވިދާޅުވީ، މިއަދު ކުރިއަށް ގެންދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި “ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާގުޅޭ ޚާއްޞަ މައްސަލަ ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށްވަމުންނެވެ. ރާޢީ ވިދާޅުވީ ހ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 8 އަށް އަރައިފި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ހަނިމާދޫގައި މިވަގުތު ތިބި އެކްޓިވް ކޭސްތަކުގެ އަދަދު 8 އަށް އަރައިފިއެވެ. ހަނިމާދޫއިން އިތުރު ދެ މީހަކު ޕޮޒިޓިވްވިކަން ހާމަކުރަށްވައި ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ހަނިމާދޫ ގައި ހޯމް ކަރަންޓީން ގައި ތިބި 2 މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރިއިރު އެ ދެމީހުން ކޯވިޑް ޕޮޒިޓިވްވެފަ ވާކަމަށެވެ. މިއާއެކު މިވަގުތު އެރަށުގަ އެކްޓިވް ކޭސްތަކުގެ އަދަދު 8 އަށް އަރާފަވާ ކަމަށް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އިޒްރޭލުން ދިން ބޮމުގެ ޙަމަލާގައި ޣައްޒާގެ ތަޖުރިބާކާރު ދެ ޑޮކްޓަރަކު ޝަހީދުވެއްޖެ އިއްޔެ ހައްދުފަހަނައެޅި އިޒްރޭލުން ދިން ބޮމުގެ ޙަމަލާގައި ޣައްޒާގެ ތަޖުރިބާކާރު ދެ ޑޮކްޓަރަކު ޝަހީދުވެއްޖެއެވެ. ޑޮކްޓަރު މުއުމިން އަޙްމަދު އަލްޢައުލް އަދި ޑޮކްޓަރ އަޙްމަދު އައިމަން އަބޫ އަލްޢައުފް ނިރުބަވެރި އިޒްރޭލުން ދިން ޙަމަލާގައި ޝަހީދުވެފައިވާއިރު މިއީ ޢައްޒާއަށާއި މުޅި ފަލަސްތީނަށްވެސް ލިބުނު ބޮޑު ގެއްލުމެކެވެ. ވަށައިގެން ބަންދުވެފައިވާ ޣައްޒާއަށް ދިމާވެފައިވާ ޞިއްޙީ އެހީގެ ދަތިކަން މިބޮމުގެ ޙަމަލާގެ ސަބަބުން އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ އެވެ. ޞިއްޙީ މަސައްކަތްތެރިންނާއި ޞިއްޙީ ޖަމި... ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ މިއަދަކީ ޙަޤީޤީ ލާމަރުކަޒީ ނިޒާމު ހިންގަން ފެށުނު ދުވަސް: ރައީސް މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިޤްރާރުވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއް ކަމަށެވެ. “ސަބަބަކީ، މިއަދަކީ... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލް އިދާރާތައް ހިންގަންވާނީ ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ގޮތުގައެއް ނޫން: ރައީސް މިއަދު ހުވާކުރެއްވި ކައުންސިލަރުން، އެ ކައުންސިލެއް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލް އިދާރާތައް ހިންގަންވާނީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިޤރާރުވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ގެ ޚިޠާބުގައި ވަނީ މީގެ ކުރިން މަރުކަޒީ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ކައުންސިލް އުވާލައިފި ކުޅުދުއްފުށީ ސިޓީކައުންސިލް މެންބަރުން މަގާމުގެ ހުވާ ކުރެއްވުމާއި ގުޅިގެން، ކުޅުދުއްފުށީ ކައުންސިލް އުވާލައި، އެ އިދާރާގެ ނަން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ނަމަށް މިއަދުން ފެށިގެން ބަދަލުކުރައްވައިފިއެވެ. ރައީސް އޮފީހުން ނެރުނު ދެއްނެވުމެއްގައި ވިދާޅުވީ، ހދ. ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ކ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި ދޮށީ އުމުރު މީހަކު ނިޔާވެއްޖެ ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި އެއީ އުމުރުން 70 އަހަރުގެ މީހެކެވެ. އެމިހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ މއަދުގެ ހަވީރު 18:00 ގައެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ މިހާރު ވަނީ 101 އަށް އަރާފަ އެވެ. ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކްޓިވް […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޯވިޑްގައި މަރުވާ މީހުން އިންޑިއާގެ ކޯރުތަކަށް އަޅަނީ އިންޑިއާގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުން ކޯރުތަކަށް އަޅަމުން އަންނަ ކަމަށާއި އެކަން ހުއްޓާލުމަށް އެ ގައުމުގެ ފުލުހުން އަންގައިފިއެވެ. މިކަންތައް މިހެން ހިނގަ ކަން އިންޑިއާގެ ސިފައިންނަށް އެނގިފައިވަނީ އެ ގައުމުގެ ގަންގާ ކޯރުގެ އައްސޭރިއަކަށް ގިނަ އަދަދެއްގެ ގަބުރުތަކެއް ލެއްގުމުންނެވެ. އެ މީހުންނަކީ ކޯވިޑް ޖެހިގެން މަރުވި މީހުން ކަމަށް ސޯޝަލް މީޑިއާގައި ވަނީ ހަބަރުތައް ފެތުރިފައެވެ. އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ކޯރު އައްސޭއިން ވަނީ 1000އަށް ވުރެ ގިނަ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ފަލަސްތީނުގެ "މޯލްޑިވް ގާޒާ" އަށް ބޮން އަޅައިފި ރާއްޖޭގެ ގުދުރަތީ ރީތިކަން އިހުސާސުވާގޮތަށް ފަލަސްތީނުގެ ގާޒާގައި ހަދާފައިވާ “މޯލްޑިވް ގާޒާ” ރެސްޓޯރެންޓަށް އިޒުރޭލުން ބޮން އަޅައި މިއަދު އެތަންހަލާކުކޮށްލައިފިއެވެ. މިދިޔަ އަހަރު ހުޅުވި މި ރެސްޓޯރެންޓަށް ދިން ހަމަލާގައި މިހާތަނަށް ތިން މީހަކު ވަނީ ޒަހަމްވެފައެވެ. ބޮން އެޅުމުގެ ސަބަބުން މި ރެސްޓޯރެންޓު ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. ދިވެހިންނާއި ދުނިޔޭގެ ސަމާލުކަމަށް މި ރެސްޓޯރެންޓް ލިބުނީ މިދިޔަ އަހަރު މިތަނުގެ ވެރިޔާ ރޮއިޓާސްއަށް ދިން އިންޓިވިއުއަކަށް ފަހުއެވެ. އެ ރެސްޓޯރެންޓުގެ ވެރިޔާ އިމާ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ކުޑަފަރީގެ ފެނާއި ނަރުދަމާ މަޝްރޫއުގެ 31 އިންސައްތަ މަސައްކަތް ނިމިއްޖެ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އިން ކުރިޔަށް ގެންދާ ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ 31 އިންސައްތަމަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިގޮތުން، މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 58 އިންސައްތަ އަދި 9.5 ކިލޯ މީޓަރުގެ ދިގުފެން ހޮޅިގެ މައިނެޓްވޯކުގެ ހޮޅިވަޅުލުމުގެ 93 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަސައްކަތުގެ ތެރޭގައި، ކުޑަފަރީގައި ފެން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން