މަޖިލިސް ނަޝީދަކީ މަރަންޖެހޭ މީހެއްކަމަށް، ސަލާމަތީ ބާރުތަކުގެ އިސްސަފުގައި ތިބި ބައެއް މީހުން އެބަބުނޭ: މުހައްމަދު ރަޝީދު ކުރީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ މަރަންޖެހޭ މީހެއްކަމަށް، ސިފައިންނާއި، ފުލުހުންގެ އިސްސަފުގައި ތިބި ބައެއް މީހުން ބުނާކަމަށް މައްޗަށް ގޯޅި އުތުރުދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މެންބަރު ރަޝީދު މިހެން ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއް ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ދެބިލެއް ރައީސް ތަޞްދީޤުކުރައްވައިފި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި އެވެ. ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލަކީ، މި ހުސްވި އެޕްރީލް މަހުގެ 27 ވިީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަކީ (ޤާނޫނު ނަންބަރު 8/2021) ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި […] ތިލަދުން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާފަހިން ދިއްދޫއަށް މޭވާގެ ބާވަތްތައް ހަދިޔާކޮށްފި ހއ. މާފަހިން ހއ. ދިއްދޫ ކައުންސިލަށް ދޮންކޭލާއި ފަޅޯ ހަދިޔާކޮށްފިއެވެ. ހއ.ދިއްދޫގައި ކޯވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ ރަށުގެ ގިނަ އަދަދެއްގެ ގޭތަކެއްވަނީ ކަރަންޓީނުކުރެވިފައެެވެ. ޖުމްލަ 111 ފަރާތެއް ދިއްދޫއިން ޕޮޒިޓްވްވެފައިވާއިރު ކޯވިޑް ޖެހިގެން އެރަށުން މީހަކުވެސްވަނީ ނިޔާވެފައެވެ. ދިއްދޫއަށް ކުރިމަތިވެފައިވާ މިފަދަ ހައްސާސްް ދަނޑިވަޅެއްގައި ރަށުގެ އާންމު ރައްޔިތުންނާއި ޖަމިއްޔާތަކުގެ ފަރާތުން އެކިއެކި އެހީތައް ކަަރަންޓީނުކޮށްފައިވާ ގެތަކަށްދަނީ ފޯރުކޮށްދެމުންނެވެ. ހއ. މާފައްސަކީ ޞަލާހް ޝިހާ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫއިން 4 މީހަކު ޕޮޒިޓިވްވެއްޖެ ހދ.މަކުނުދުއިން 4 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެވެ. 2021 މެއި 04 ވަނަ ދުވަހު ފެށިގެން ހޯމް ކަރަންޓީނުގައި ހުރި 3 ފަރާތަކާއި 2021 މެއި 08 ދުވަހު އައިސޮލޭޓްކުރެވިފައިވާ ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރެއެެވެ. އެގޮތުން، ޕޮޒިޓްވެފައިވާ މިމީހުންނާއި ބައްދަލުވެފައިވާނަމަ މަކުނުދޫ ސިއްހީ މަރުކަޒަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް މަކުނުދޫ ސިއްހީ މަރުކަޒުން އެދެއެވެ. އަދި، މިމުއްދަތުގެތެރޭގައި ކޯވިޑަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެނ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިޒްރޭލުން ހިންގާ ޢުދުވާނީ ޖަރީމާތައް ހުޓާލުމަށް، ދިވެހި ދައުލަތުން އަޑުއުފުލަދީ: ވައިކަރަދޫ ކައުންސިލް އިޒްރޭލުން ހިންގާ ޢުދުވާނީ ޖަރީމާތައް ހުޓާލުމަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޑުއުފުލާދިނުމަށް ދިވެހި ދައުލަތަށް ހދ. ވައިކަރަދޫ ކައުންސިލުން ގޮވާލައިފި އެވެ. އެކައުންސިލުން މިހެން ގޮވާލާފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލްގެ ދައުލަތުން ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް ވައިކަރަދޫ ކައުންސިލުން ނެރުނު ބަޔާނެއްގަ އެވެ. އެބަޔާނުގައި ބުނެފައިވަނީ، ރަމަޟާންމަހާ ދިމާކޮށް އިޒްރޭލްގެ ހަމަލާތައް ވަރުގަދަކުރުމުގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ރާއްޖެ ދިވެހި ރާއްޖޭގެ ރައްޔިތުން ތިބޭނީ ފަލަސްޠީނާއި އެކު: ރައީސް ދިވެހި ރާއްޖޭގެ ރައްޔިތުން ތިބޭނީ ފަލަސްޠީނާއި އެކުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ފަލްސްޠީންގެ ދިދަ ހިމަނުއްވާ މިއަދު ކުރި ޓުވީޓެއްގަ އެވެ. މިޓުވީޓުގައި ރައީސް ވަނީ ފަލަސްޠީން މިނިވަން ކުރުމަށްވެސް ގޮވާލާފަ އެވެ. އަދި ދިވެހި ރައްޔިތުން ތިބޭނީ ފަލަސްޠީން ރައްޔިތުންނާއި އެކުކަމަށް ވިދާޅުވެފައިވެއެވެ. The people of Maldives stand in solidarity with Palestine. #FreePalestine pic.twitter.com/lBGEG0jhXY — Ibrahim Mohamed Solih (@ibusolih) May […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ކްލައިމެޓް އިމަރޖަންސީ ބިލު ތަސްދީޤު ކުރައްވައިފި ކްލައިމެޓް އިމަރޖަންސީ ބިލު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ކްލައިމެޓް އިމަރޖަންސީ ބިލަކީ މިދިޔަ މަހުގެ 29 ވި ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ކުލައިމެޓް އެމަރޖެންސީގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. އެއާއިއެކު މި ޤާނޫނަށް ޢަމަލުކުރަން ފެށުނީއެވެ. ކްލައިމެޓް އިމަރޖަންސީ ޤާނޫނަކީ (ޤ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅު: މާރަންދޫ ކައުންސިލް ފަލަސްތީނުގެ ބިމަށް ނުހައްގުންވެރިވެގަތުމަށް އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހއ.މާރަންދޫގެ ކައުންސިލުން ބަޔާނެއް ނެރެފިއެވެ. މާރަންދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކޮށް ނެރެފައިވާ ބަޔާނުގައި، ފަލަސްތީނަށް އަމާޒްކޮށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތްކުރުމުގެ ގޮތުން ކުރެވުންހުރި ހުރިހާ މަސައްކަތެއްކުރާނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކުރުމުގ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
މަޖިލިސް މިހާލަތަށް މިއައީ ސަރުކާރުތަކުންނާއި، މަޖިލިސްތަކުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުން: ޔާސިރު ދިވެހިރާއްޖެ މިއަދު މިދެކޭ ނާންމާ ދުވަސްތައް އައީ ރާއްޖޭގައި އުފެދުނު ސަރުކާރުތަކުންނާއި، ރައްޔިތުންގެ މަޖިލިސްގެ ދައުރުތަކަށް އިންތިޚާބުވި މެންބަރުން އަދާކުރަންޖެހޭ ޒިންމާއަށް އިހުމާލުވެފައި އޮތުމުންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއް ކުއްލި މައްސަލައ... އަލީ އާދިލް · 5 އަހަރު ކުރިން
ޚަބަރު އިޒްރޭލުގެ ޓެރަރިސްޓް ހަމަލާތައް އިހަވަންްދޫ ކައުންސިލުން ކުށްވެރިކޮށްފި ޒަޔަނިސްޓް އިޒްރޭލްއިން ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންނަށް ދެމުންގެންދާ ހައްދުފަހަނައެޅި ޓެރަރިސްޓް ހަމަލާތައް ކުށްވެރިކޮށް އިހަވަންދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފިއެވެ. އިހަވަންދޫ ކައުންސިލުގެ 7 މެމްބަރުން ސޮއިކޮށް ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންގެ އަތުން އެމީހުން ބިންފޭރިގަތުމަށް އަނިޔާވެރިކަން ދައްކަމުންދާ އިޒްރޭލުގެ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިހަވަންދޫ ކައުންސިލާއި އިހަވަންދޫ ރައްޔިތުންގެ ނަމުގައި ހަރު އަޑުން ކުށްވެރިކުރާކަމަށް ބުނެ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ރާއްޖެ އިންޒާރަކާ ގުޅިގެން މަޖިލިސް އިދާރާގެ ސެކިއުރިޓީ ވަަރުގަދަ ކޮށްފި ރައްޔިތުންގެ މަޖިލީހަށް ނުރަށްކަލެއް އޮތްކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، މަޖިލީސް އިދާރާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވިދާޅުވީ، އެ މައުލޫމާތު ލިބިފައި ވަނީ ރޭގައި ކަމަށެވެ. އެކަން ހާމަކުރަށްވައި، އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، މަޖިލީސް އިދާރާއަށް ތްރެޓެއް އޮތް ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މަޖިލިސް އިމާރާތާ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ. މި ވަގުތުގެ ހާލަތު ބަލާ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި 73 އަހަރުގެ މީހަކު ނިޔާވެއްޖެ ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ އުުރުން 73 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް11ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ މެންދުރު 12:10 ގައެވެ. މި އާއިއެކު ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 104 އަށް އަރާފަ އެވެ. އިއްޔެ ވެސް ރާއްޖެއިން އިތުރު 1،433 މީހުން މިބަށްޔަށް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީއިން އިތުރު 2 މީހަކު ޕޮޒިޓިވްވެ އަދަދު 11 އަށް ހދ. ކުޅުދުއްފުށި ސިޓީއިން އިތުރު ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ދެމީހުން ޕޮޒިޓިވްވުމާއެކު މެއިގެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވް މީހުންގެ އަދަދު 11 އަށް އެރީއެވެ. މިއަދު ޕޮޒިޓިވްވެފައި ވަނީ އެ ސިޓީން އެންމެ ފަހުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިގެން ހޯމް ކަރަންޓީނުގައި ބައިތިއްބާފަތިބި 2 މީހުންނެވެ. މި ދެ މީހުންގެ ފުރަތަމަ ނެގުނު ސާމްޕަލް ނެގެޓިވްވިކަމަށް ދެއްކި ނަމަވެސް ފަހުން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ޓެސްޓްކުރިއިރު ވަނީ ޕޮޒިޓިވް... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް-19 އިން މިންޖުވާ އިހުނަށްވުރެ ބޮޑަށް މަސައްކަތްކުރަންޖެހޭ: އުގައިލް މިއީ ރާއްޖެއިން ކޯވިޑް-19 އިން މިންޖުވާ އިހުނަށްވުރެ ބޮޑަށް، އެންމެން ގުޅިގެން މަސައްކަތްކުރަންޖެހިފައިވާ ވަގުތެެއްކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ކޯވިޑް-19 ހާލަތު ގޯސްވެ ބަލިޖެހެމުންދާ މިންވަރު އިތުރުވެފައިވެ، އެހާލަތާމެދު ވިސްނާ އެކަން ވަޒަންކުރާއިރު އިހްސާސްކުރެވިގެންދަނީ ވަރަަށް ހިތްދަތި މަންޒަރެއް ކަމަށް އުގައިލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. މިހާތަަނަށް ރާއްޖެއިން ކޯވިޑް ޖެހިންގެން 103 މީހަކު ނިޔާވެފައިވާއިރު، 45،956 މީހުންވަނީ ޕްޒިޓިވްވެފައެވެ. ކޯވިޑް-19 އ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޕާޓީއެއް، ފިކުރެއް، ތަފާތުނުކޮށް، ޚިދުމަތްދޭނީ ތިލަފަތް ހަމަކޮށް: އިހަވަންދޫ ކައުންސިލްގެ ރައީސް އެއްވެސް މީހަކު ބާކީކޮށްލުމެއްނެތި އެންމެންގެ ހިޔާލާއި މަޝްވަރާގެ ބޭނުންހިފައި ވަކި ޕާޓީއެއް، ވަކި ފިކުރެއް، ވަކި ކުލައެއް އިސްތިސްނާ ނުވާނެހެން ތިލަފަތް ހަމަކޮށް، އެންމެނަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނެ ކަމުގައި ހއ. އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަހުމަދު ޞަބާހް ވިދާޅުވެއްޖެވެ. ޞަބާހް މިހެން ވިދާޅުވީ، އިއްޔެ ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތު ނިންމާ، އިހަވަންދޫގެ ރައްޔިތުންނާ މުހާތަބުކޮށް ފޭސްބުކް ޕޭޖް މެދުވެރިކުރައްވާ ދެއްވި ހިތާބެއްގަ އެވެ. މި ހިތާބުގައި ޞަބާހް ވިދާޅުވީ، ރ... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން