ވިޔަފާރި އިޓަލީ އިން ގޫގަލް 123 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފި ބާރުގެ ބޭނުންކޮށްގެން އެޕްތަކަށް ފުރުސަތު ނުދޭ ކަަށް ބުނެ އިޓަލީން ގޫގަލް 102 މިލިއަން ޔޫރޯ (123 މިލިއަން ޑޮލަރު) އިން ޖޫރިމަނާ ކޮށްފިއެވެ. ގޫގަލް ޖޫރިމަނާ ކުރީ އިޓަލީގެ ވިޔަފާރިތަކުގެ ވާދަވެރިކަން ދެމެހެއްޓުމަށް ކަނޑައަޅާފައިވާ “ވޮޗްޑޯގް” އިންނެވެ. އެ އިދާރާއިން ބުނީ ގޫގަލްއިން ބާރުގެ ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެ އިދާރައިން ނެރުނު ބަޔާނެއްގައި ބުނީ ގޫގަލްގެ ޕްލޭ ސްޓޯރުގައި އިޓަލީގެ އެނެކްސެލްގެ އެޕްލިކޭޝަނަކަށް ޖާގަ ނުދިން ކަމަށެވެ. އަދި އެއީ ގޫގަލްގެ އެޕްލިކޭޝަނުގެވާދަވެރި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ ޝަރުޠުތައް ޢާންމުކޮށްފި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ ޝަރުޠުތައް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ޢާންމުކޮށްފި އެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 126 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ގޮތުގައި އެ ކޮމިޝަނުން ޢައްޔަންކުރަންޖެހޭ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އަސާސީ ޝަރުޠުތައް އާންމުކޮށްފައިވަނީ އިއްޔެ އެވެ. މިޝަރުތުތައް އާންމުކޮށްފައިވަނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ރަށުކައުންސިލްތަ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ކުޅިވަރު ސަސުއޯލޯ ބަލިކޮށް ޔުވެންޓަސް ގަދަހަތަރެއްގެ އުންމީދުގައި އިޓާލިއަން ސީރިއާ އޭގައި ބުދަ ދުވަހުގެ ރޭ ޔުވެންޓަސްއާއި ސަސުއޯލޯ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށް ގަދަހަތަރެއްގެ އުންމީދު އައުކޮށްފިއެވެ. ސަސުއޯލޯގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވި ނަމަވެސް މުޅި މެޗުގައި ވެސް ސަސުއޯލޯއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގައި ފުރަތަމަ ލީޑުނަގަން އެންމެ ރަނގަޅު ފުރުޞަތެއް ވެސް ލިބިފައިވަނީ އެ ޓީމަށެވެ. މެޗުގެ 16 ވަނަ މިނެޓުގައި އެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮޅިގަނޑެއްގައި ހޯރަފުށީ އެއާޕޯޓު ޓާމިނަލްގެ ދޮރާއްޓެއް ފުނޑުފުނޑުވެއްޖެ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ކޮޅިގަނޑެއްގައި ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލްގައި ފުރާމީހުން ބޭނުންކުރާ ދޮރާށި ފުނޑުފުނޑުވެއްޖެއެވެ. އެ ޓާމިނަލްގެ ދޮރާށިތައް ހަދާފައި ހުންނަނީ އެލްމިނިއަމް ގިއުގަނޑެއްގައި ބިއްލޫރި ބޭނުންކޮށްގެންނެވެ. ކޮޅިގަނޑެއްގައި އެ ޓާމިނަލްގައި ފުރާމީހުންގެ ދޮރާށި އެއްކޮށްވެއްޓި ފުނޑުފުނޑުވީ މިއަދު ހެނދުނު 10:30 ހާއިރުއައި ކޮޅިގަނޑެއްގަ އެވެ. އެ އެއާޕޯޓްގެ އޮފިޝަލެއް “ތިލަދުން”އަށް ވިދާޅުވީ، އެ ކޮޅިގަނޑުގައި އެ އެއާޕޯޓްގެ ޓާމިނަލްގ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް އޭޕީއިން ކުށްވެރިކޮށްފި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަށް އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްބަޔާނެއް ނެރެފިއެވެ. މި ޢަމަލު ކުށްވެރިކޮށް އެ ޕާޓީން ނެރެފައިވާ ބަޔާނުގައި ވަނީ އިޒްރޭލުން ރަމަޟާން މަހުގެ އެންމެ މުހިންމު ދުވަސްތައް ކަމުގައިވާ ފަހު ދިހައެއްގެ ދުވަސްތަކުގައި މުސްލިމުންގެ ފުރަތަމަ ޤިބުލަކަމުގައިވާ އަލްމަސްޖިދުލް އަޤްޞާއާއި އަދި އެ މިސްކިތް ހިމެނޭ ބަރަކާތްލެއްވިގެންވާ ބިންތަކުގެ ހުރުމަތް ކަނޑައި މުސްލިމުން ގަދަބާރުން އެތަންތަނުން ބޭރުކޮށް ހިންގަމުނ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އުތުރުގެ 4 އަތޮޅުގައި ދަތި ޙާލުގައި ތިބި 366 ކުޑަކުދިންނަށް އާރކް އެއިޑްގެ އެހީ އުތުރުގެ 4 އަތޮޅުގައި ދަތި ޙާލުގައި ތިބި 366 ކުޑަކުދިންނަށާއި އެކުދިންގެ އާއިލާއަށް އާރކް އެއިޑްއިން އެހީ ފޯރުކޮށްދީފިއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެންއިންގެ (އާރކް) ޙާއްސަ ފްރޮގްރާމް “އާރކް އެއިޑް” ގެ ދަށުން 55 ރަށުގައި ދަތި ޙާލުގައި ތިބި 1800 އަށްވުރެ ކުދިންނަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަންވަނީ ފޯރުކޮށްދީފިއެވެ. އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުތުރުގެ 4 އަތޮޅުގެ ތެރެއިން ހއ. އަތޮޅުގެ 5 ރަށުން 26 ކުދިންނާއި […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޔެލޯ އެލާޓްގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު އެލާޓް މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ތ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭގެ މެންދަމު 04:00 އިން ފެށިގެން މިއަދު ހެނދުނު 08:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ އެމްއެމްޕީއާރުސީގެ ފައިސާއެއް ނުލިބޭ، އަޅުގަނޑަކީ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ނޫން: ޢަލީ އެމްއެމްޕީއާރުސީގެ ފައިސާ ލިބިފަ ނުވާކަމަށާއި، އޭނާއަކީ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި އެ ކޮމިޓީއިން މިއަދު ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކޮށްފައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ހިޔާނާތުގެ ލިސްޓު އެއްވެސް އުނި އިތުރެއް ނުގެނެސް ކަމަށް އެ ކޮމެޓީއިން ވަނީ ބުނެފަ […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު ދަންމާލައިފި ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި އެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ކުރިން މިސަރަހައްދަށް ނެރުނު ސަމާލުގެ ވަގުތު ހަމަވީ މިރޭ 22:00 އަށެވެ. އެހެންކަމުންމިހާރު އެ ސަމާލުގެ ވަގުތު ވަނީ ފަތިހު 4:00 އާއި ހަމައަށް ދަންމާލާފަ އެވެ. ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
މަޖިލިސް ފިޠުރު ޢީދާއި ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައި: ރައީސް މިއަހަރުގެ ފިޠުރު ޢީދު ދިވެހިންނާއި ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވިދާޅުވީ، ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވަމުން މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޓީވީ މެދުވެރިކުރައްވާ ދެއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީއިން އިތުރު ތިން މީހަކު ޕޮޒިޓިވް! ކުޅުދުއްފުށި ސިޓީއިން އިތުރު ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މަހުގެ އެއްވަނަ ދުވަހު ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެ ރަށް މޮނީޓަރިންނަށް ލުމަށްފަހު މޮނީޓަރިންއިން ނެގީ މި މަހުގެ އަށްވަނަ ދުވަހުއެވެ. ނަމަވެސް މި މަހުގެ 11 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ފެނިގެން ފުލޫ ކުލިނިކަށް ދެއްކި 34 އަހަރުގެ އަންހެނެށް ކޯވިޑަށް ޕިޒިޓިވް ވުމާއި ގުޅިގެން އަނެއްކާވެސް އެ ރަށް ވަނީ މޮނީޓަރިންނަށް ލާފައެވެ. މި ކޭސްއާއި ގުޅިގެން […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އޮޑިޓާ ޖެނެރަލް އިސްތިއުފާ ދެއްވައިފި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ. އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަގާމުން މި އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓްގައި ނަން ހިމެނިފަ ވަނިކޮށެވެ. ޒިޔަތު އިސްތިއުފާ ދެއްވިކަން އަދި ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށް ނުދެއްވި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި އޭނާ ވަނީ މީގެ ކުޑައިރުކޮޅެއްކުރިން އިސްތިއުފާ ދެއްވިކަމުގެ ސިޓީ މަޖިލީހުގެ ރައީސަށް ފޮނުއްވާފަ އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އުރީދޫ އީދު ޝޯ މިއަހަރުވެސް ޑިޖިޓަލްކޮށް އުރީދޫން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އުރީދޫ އީދު ޝޯ، މި އަހަރުވެސް ޑިޖިޓަލްކޮށް ބާއްވަން ނިންމައިިފިއެވެ. މި ޝޯ ބާއްވަން ނިންމާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 9:00 ގައި ޔޫޓިއުބް މެދުވެރިކޮށެވެ. އުރީދޫގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ވެސް ޝޯބަލާލެވޭނެއެވެ. މިއަހަރުގެ ޝޯގައިވެސް މިއުޒިކްގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ. އެގޮތުން، މަޝްހޫރު ފަންނާނުންގެ ހަރަކާތްތައް ފެންނާނެ ކަމަށްއުރީދޫން ބުންޏެވެ. މީގެ ތެރޭގައި ޒަކިއްޓެ އާއި ޝަންމޫނާއި ހަބޭސް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ސަމާލުވޭ! ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ތ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭގެ 19:00 އިން ފެށިގެން މިރޭގެ 22:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫއާއި ފުނަދޫ ހިމެނޭހެން 9 ރަށަކަށް މެޖިސްޓްރޭޓުން ހޯދަނީ ހއ. ދިއްދޫއާއި ށ. ފުނަދޫ ހިމެނޭހެން 9 ރަށަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީ އިން އިއުލާންކޮށްފިއެވެ. ޖޭއެސްސީ ގެ އިއުލާންގައިވާ ގޮތުން، ހއ. ދިއްދޫ، ށ. ފުނަދޫ، ބ. އޭދަފުށި އަދި ވ. ފެލިދޫ ކޯޓަށް މީހުން ހޯދަނީ މެޖިސްޓްރޭޓުންގެ މަގާމަށެވެ. އަދި ވ. ކެޔޮދޫ، ފ. ފީއަލި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ އަދި ޏ. ފުވައްމުލަކަށް ބޭނުންވެގެން ހޯދަން ޢިއުލާން ކޮށްފަ ވަނީ އިސް މެޖިސްޓްރޭޓުން ނެވެ. މެޖިސްޓްރޭޓްގެ އަސާސީ މުސާރައާއި، […] އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން