ތިލަދުންމަތީ ޚަބަރު ދިިއްދޫގައި ޢީދު ދުވަހަށް އިތުރު ފިޔަވަޅުތަކެއް ތިލަދުންމަތީ އުތުރުބުރީ ހއ. ދިއްދޫގައި ކޯވިޑް ފެތުރެމުންދާތީ އެ ރަށު ކައުންސިލްގެ އިދާރާއިން ކުރިއަށް އޮތް ފިތުރު ޢީދު ދުވަހާއި ގުޅިގެން އިތުރު ފިޔަވަޅު ތަކެއް އަޅަން ނިންމައިފިއެވެ. ދިއްދޫއިން ކޯވިޑް ބައްޔަށް ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އަލާމާތްތައް ހުރެގެން މި މަހުގެ އެއްވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި ފަރާތެކެވެ. އެ ދުވަހުން ފަށިގެން އެޗްޕީއޭއިން އަންނަނީ ދިއްދޫ މޮނީޓަރިންނަށްލައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. މިގޮތުން މި ކޭހާއި ގުޅިގެން ނެގުނު ޑައިރެކްޓް ކޮންޓެކްޓާރސްގެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ކޮލަމް އަނާރާ ނަޢީމުގެ ގަލަމުން: ރަމަޟާންމަހަށް ފަހު.....! ރަމަޟާންމަހުގެ ރޯދަތައް ހިފާ ނިމުނީއެވެ. އެ ރޯދަތައް އެހާ ފަރުވާތެރިކަމާއެކު އެންމެހާ މުސްލިމުން ހިފީ ސަބަބުތަކަކާއި ލައިގެންނެވެ. މާތް ﷲ އަށް ކިޔަމަންތެރިވެ ރޯދަ ފަރުޟުކުރެއްވި މަޤުޞަދުކަމުގައިވާ ތަޤުވާވެރިވުން ޙާޞިލްކުރުން އެދިއެވެ. ދަރުމައާއި ޘާވާބުލިބުން އެދިއެވެ. ސުވަރުގެ ލިބުންއެދިއެވެ. ރޯދައިގެ އިތުރުން ޤުރުއާން ޚަތިމުކުރުމަށް ކިޔަވައި، ސުންނަތް ނަމާދުތައް ބަރާބަރަށް އަދާކޮށް، ޞަދަގާތްދީ، ގާތްތިމާގެކަމުގެ ގުޅުން ބަދަހިކޮށް، އަވައްޓެރިންނަށް ހެޔޮފޯރުކޮށްދީ، ދީނީ ދަރުސްތައް އަޑުއަހައި، ހެޔޮ... އަނާރާ ނަޢީމު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބިލެތްފަހި ކައުންސިލްގެ ކަރަންޓް ބިލުތަކުގެ މައްސަލާގައި ވަކިފަރާތަކަށް ފިޔަވަޅު ނޭޅުމަށް ނިންމައިފި ށ. ބިލެތްފަހި ކައުންސިލް އިދާރާގެ 2015، 2020 އަދި 2021 ވަނަ އަހަރުގެ ކަރަންޓް ބިލުތަކުގެ މައްސަލާގައި ވަކިފަރާތަކަށް ފިޔަވަޅު ނޭޅުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ. އެގޮތަށް ނިންމީ އެލްޖީއޭގެ ބޯޑުގެ 2021 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ބިލެއްފަހި ކަރަންޓުބިލުތަކާއި ގުޅޭ މައްސަލައާއި ގުޅޭގޮތުން ނިންމި ނިންމުމުގަ ބުނެފަ ވަނީ، ބިލެއްފަހި ކައުންސިލު އިދާރާގެ 2015، 2020 އަދި 2021 ގެ ކަރަންޓްބިލް ތަކުގެ މައްސަލާގައި ބިލްތަށް […] އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ރާއްޖެ މާލެއިން 21 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަނީ މާލެ ސިޓީގެ މާލެއިން އުމުރުން 21 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ މ. ގޯބިލިގަސްދޮށުގެ، 21 އަހަރުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ އެވެ. އާމިނަތު ހުމައިނާ ޒަކަރިއްޔާ ވީނުވީއެއް ނޭނގި ގެއްލުނީ މި މެއި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:15 އިން ފެށިގެން ނެވެ. އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފަނުވާކަމަށް ފުލުހުން […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. އަތޮޅުގެ 4 ރަށެއް މޮނީޓަރިންގައި އަތޮޅުތަކުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު ށ. އަތޮޅުގެ ހަތަރު ރަށެއް މިވަގުތު މޮނިޓަރިން ހާލަތުގަ އެބައޮތެވެ. އެ އަތޮޅުން އެންމެފަހުން މޮނިޓަރިންނަށްލީ ކަނޑިތީމެވެ. އެރަށުން ވަނީ މިމަހު 10 ވަނަ ދުވަހު ނެގި 5 ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވެފަ އެވެ. އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށް ރޭ އެރަށު ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ. އަދި ޒަރޫރީ ބޭނުމެއްގަ ނޫނީ ބޭރަށް ނުކުތުމަށް ވެސް އެރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންގެ ކިބައިން އެދިފަ […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ކުޅިވަރު ބާސެލޯނާ ވެސް ފުރުޞަތު ނަގާލައިފި ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ ބާސެލޯނާއާއި ލެވަންޓޭ ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފިއެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗު ފަށައިގެން ބާސާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ފުރަތަމަ ހާފުގައި އެ ޓީމުން ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި އެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތިން ކޮޅުމަޑުލަށް ޔެލޯ އެލާޓް! ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަަވާނެ! މޫސުން ގޯސްވުމުގެ ސަބަބުން ތިލަދުންމަތިން ކޮޅުމަޑުލަށްމޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ އިދާރާއިން ހއ. އަތޮޅުން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ ހެނދުނު 10:00 އިން ފެށިގެން 15:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ކުޅިވަރު މެންޗެސްޓަރ ސިޓީއިން ޕްރިމިއަރ ލީގް ކާމިޔާބުކޮށްފި މެންޗެސްޓަރ ސިޓީއިން 5 ވަނަ ފަހަރަށް ޕްރިމިއަރ ލީގް ކާމިޔާބުކޮށްފި އެވެ. މެންޗެސްޓަރ ސިޓީއަށް ޕްރިމިއަރ ލީގް ކަށަވަރުވެފައިވަނީ މެސްޗެސްޓަރ ޔުނައިޓެޑާއި ލެސްޓަރ ސިޓީ ބައްދަލުކުރި މެޗުން 1-2 ނަތީޖާއިން މެސްޗެސްޓަރ ޔުނައިޓެޑް ބަލިވެފައި ވާތީއެވެ. ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީން ވަނީ ދެވަނައިގައި އޮތް ޔުނައިޓެޑާއި 10 ޕޮއިންޓުގެ ފަރަގެއްގަ އެވެ. އަދި ސިޓީއަށް ބާކީ 3 މެޗް ކުރިއަށް އެބަ އޮތެވެ. ގާޑިއޯލާ ސިޓީގެ ކޯޗުކަމާއި ހަވާލުވިފަހުން 3 ޕްރިމިއަރ […] ހުސައިން އަޤީލް · 5 އަހަރު ކުރިން
ރާއްޖެ ޓެރަރިޒަމަށް ހިތްވަރު ދޭ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ ސިވިލް ސާވިސް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ. ސީއެސްސީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، ސިވިލް ސާވިސް މުވައްޒަފުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމާއި މުޖްތަމައުގައި އުޅޭ އުޅުމުގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމާއި އެފަދަ ފޮޓޯ އާއި ވީޑިއޯ އާންމުކުރާ ނަމަ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ދޭހަވާ އެއްވެސް ކަމެއް […] އަލީ އާދިލް · 5 އަހަރު ކުރިން
ދީން އީމާންތެރިކަމާއި ތައުޙީދަކީ ތަރުބިއްޔަތުގެ އަސާސް ކަމުގައި ހަދާށެވެ. ތައުހީދަކީ ކޮބާހެއްޔެވެ؟ އެއީ ތައުޙީދަކީ، ﷲ ތަޢާލާގެ ރުބޫބިއްޔަތާއި އުލޫހިއްޔަތާއި އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ. ދެން އޮތް ސުވާލަކީ އީމާން ކަމަކީ ކޮބާހެއްޔެވެ؟ ޖިބްރީލު ޢަލައިހިއްސަލާމް މިސުވާލު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާ ކުރެއްވުމުން އެކަލެގެފާނު ޙަދީޘްކުރެއްވިއެވެ. أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ. (صحيح مسلم (8)) މާނަ: “އެއީ (އީމާން ކަމަކީ) ﷲ... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރެންޑަމް ތިން ސާމްޕަލެއް ޕޮޒިޓިވްވެ، ގޮއިދޫ މޮނިޓަރިންނަށްލައިފި ށ. ގޮއިދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުން ތިން މީހެއްގެ ސާމްޕަލް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. ގޮއިދޫއިން ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވަނީ އެރަށް މޮނިޓަރިން ހާލަތަށް ވެސް ގެނެސްފަ އެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިރޭ 20:14 އިން ފެށިގެންނެވެ. ގޮއިދޫ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެރަށުން ރެންޑަމް ސާމްޕަލްތަކެއް ނެގީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެ ސާމްޕަލްތަކުން ތިންމީހެއްގެ ސާމްޕަލް ޕޮޒިޓިވްވިކަން އެނގުނީ މިއ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫއިން މީހަކު ޕޮޒިޓިވްވެއްޖެ ހއ. އިހަވަންދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މާލެއިން އިހަވަންދޫއަށް ގޮސް ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ، ބަށްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓްކުރުމުންނެވެ. އަދި، ޕޮޒިޓިވްވި މީހާއާއިއެކު އިތުރު ދެމީހަކު ހޯމް ކަރަންޓީނުގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އިހަވަންދޫއިން ކޯވިޑަށް މީހަކު ޕޮޒިޓިވްވުމާއެކު ހޯމް ކަރަންޓީނަށް އެރަށަށް ދާ ފަރާތްތައް އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު އިތުރަށް ވަނީ ހަރުދަނާ ކޮށްފައެވެ. އެގޮތުން، މިހާރަށްވުރެ ރައް... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯގެ ބޯޑުން ހިއްސާއަކަށް 60ރ. ބަހަން ނިންމައިފި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޮޑުން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން އހަަރީ އާއްމު ޖަލްސާއަށްހުށަހަޅަން ފާސްކޮށްފިއެވެ. މިގޮތަށް ފާސް ކުރީ މިއަދު ބޭއްވި އެކުންފުނީގެ ބޯޑު ބައްދަލުވުމުގައެވެ. ހިއްސާގެ ފައިދާއަށް ބަހާ އަދަދު ފާސް ކުރާނީ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެވޯޓުންނެވެ. އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އަދި ނުނެރެއެވެ. ނަމަވެސް އެ ކުންފުންޏަށް މިދިޔަ އަހަރު ބޮޑު ފައިދާއެއް ވަނީ ލިބިފައެވެ. އެ ކުންފުނީގެ ފައިދާ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ހުދު ސަމާލު ނެރެފައިވަނީ މިއަދު މިރޭގެ 22:30 އިން ފެށިގެން މިރޭ މެންދަމު 03:30 އާއި ހަމައަށް ކަމަށެވެ. މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އަދި 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، އިއްޔެ މެޓުން ވަނީ މިއަހަރުގެ […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ ރާއްޖެއިން އިތުރު 1501 މީހަަކު ޕޮޒިޓިވްވެއްޖެ ރާއްޖެއިން އިތުރު 1501 މީހަަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި މިއަދު އިތުރަށް ޕޮޒިޓިވްވިކަމަށް ނަތީޖާ ލިބުނު މީހުންގެ ތެރެއިން 1229 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 267 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 7 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 662 ސާމްޕަލެވެ. ބާކީ ސާމްޕަލް ތަކަކީ މީގެ ދެތިން ހަތަރު ދުވަސްކުރިން ނެގި ސާމްޕަލްތަކެވެ... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން