ރާއްޖެ ކޮވިޑް19: އިތުރު 3 މީހަކު ނިޔާވެ, އަދަދު 90 އަށް ކޮވިޑް 19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރުން 2 މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް 19 އަށް ފަރުވާ ހޯދަމުން ދިޔަ 3 މީހަކު ނިޔާވެފައި ވާާކަމަށެވެ. އެ ގޮތުން ނިޔާވި ފުރަތަމަ މިހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ ( އެޗްއެމްއެފް) ގައި ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ ދިވެހި ފިރިހެނުންކަމަށް އެޗްޕީއޭ އިން ވިދާޅުވީ އެވެ. އަދި އޭނާ ނިޔާވެފައިވަނީ […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޕޮޒިޓިވް މީހެއް އެބަހުރި، ސިއްރެއް ނުކުރަން: ކުމުންދޫ ކައުންސިލް ހދ. ކުމުންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފަވާކަމަށާއި، އެކަން ސިއްރު ނުކުރާ ކަމަށް ކުމުންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ، އެރަށުގައި މީހަކު ޕޮޒިޓިވްވިކަން ކައުންސިލުން ސިއްރުކޮށްގެން އުޅޭކަމަށް އެރަށު ބައެއް މީހުން ތުހުމަތުކޮށް މީސް މީޑިއާގައި ވާހަކަ ދައްކާތީއެވެ. އެމީހާ ޕޮޒިޓިވްވުމާގުޅިގެން ކުމުންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި މިރޭ ކޮށްފަވާ ޕޯސްޓެއްގަ ވިދާޅުވެފަ ވަނީ، 11 މެއި 2021 ގައި، އެރަށު “މާވެހި 3” ހޯމް ކަރަންޓީންގައި ހ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިނބީ ގޮނޑުދޮށުގައި އިންޑިޔާ ޓީޗަރަކު މަރުވެފައި އޮށްވާ ފެނިއްޖެ ހދ. ކުރިނބީ ސްކޫލްގައި މަސައްކަތްކުރާ ޓީޗަރަކު އެރަށުގެ ގޮނޑުދޮށުގައި މަރުވެފައޮށްވާ ފެނިއްޖެއެވެ. ކުރިބީގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް “ތިލަދުން”އަށް ކަށަވަރުކޮށް ދެއްވިއެވެ. “ބިދޭސީ ޓީޗަރެއް އެއީ، މިހާރު ވަނީ ހެލްތު ސެންޓަރަށް ގެންގޮސްފަ، ގެންދިޔައިރު ވެސް ނިޔާވެފަ އޮތްކަމަށް މައުލޫމާތު ލިބެނީ، އަޅުގަނޑަށް އެނގިފަވާ ގޮތުގައި އޭނާ ގޮނޑު ދޮށުގައި އޮށްވާ ފެނުނީ 8:50 ހާއިރު” އަފްރާޙް ވިދާޅުވިއެވެ. އެ ޓީޗަރު ދިރިއުޅެނީ އެރަށުގައި މީހުން އ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވައިގަދަވެ ވައިކަރަދޫ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް، ހާހަކަށްވުރެގިނަ ފަތްކެޔޮ ގަސް ވެއްޓިއްޖެ ރާއްޖެއަށް މިހާރުކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މޫސުން ގޯސްވެ ވައިގަދަވެ ހދ. ވައިކަރަދޫގެ ގިނަ ދަނޑުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވައިކަރަދޫ ކައުންސިލުން ބުނެފި އެވެ. ވައިކަރަދޫގެ ދަނޑުތަކަށް ލިބުނު ގެއްލުމުގެ މަޢުލޫލާތު މިނޫހާއި ހިއްސާކުރަމުން އެކައުންސިލްގެ ރައީސް އަބްދުﷲ ވާފިރު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިކަރަދޫގެ ދަނޑުތަކަށް އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންކަމަށާއި ޚާއްޞަކޮށް ފަތްކެޔޮ ދަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށ... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ މުޅިރާއްޖެގައި ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވަނީ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއި ގުޅިގެން މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. އެމްއެންޑީއެފުން މިރޭ ކުރެއްވި ޓްވީޓެއްގަ ވިދާޅުވީ، މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެކިއުރިޓީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި މުޅިރާއްޖެ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ޚިޔާނާތުގެ ލިސްޓުގައި ނަން ހިމެނީ އިދިކޮޅު މުޒާހަރާއަށް ދާތީ: ލަޠީފް އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމެނީ އިދިކޮޅު މުޒާހަރާއަށް ދާތީކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި އެ ކޮމިޓީއިން އިއްޔެ ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ. އެ ރިޕޯޓާއެކު ޚިޔާނާތުގެ ލިސްޓް ވެސް އިއްޔެ ވަނީ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ. އިދިކޮޅުގައި އިސް ސަފުގައި އުޅުއްވާ، މިހާރު ޕީޕީއެމް ކައުންސިލް މެންބ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ތިލަދުންމައްޗަށް މޫސުން ގޯސްވެ ފުލައިޓް ޝެޑިއުލަށް ވެސް ބުރޫއަރައިފި ތިލަދުންމައްޗަށް މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން އުތުރުގެ ބައެއް އެއާޕޯޓްތަކުގެ ފުލައިޓް ޝެޑިއުލަށް ވެސް ބުރޫއަރައިފިއެވެ. މިއަދު ކުރިވިއްސާރާގައި ވައިގަދަވެ ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލްގެ ފުރާމީހުންގެ ދޮރާށި ވެއްޓި ގެއްލުންތަކެއް ވުމާއި ގުޅިގެން އެ އެއާޕޯޓަށް މޯލްޑިވިއަނުން ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިއަދު ވަނީ ކެންސަލް ކޮށްލާފައެވެ. މީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދުގެ 14:30 ގައި ޖެއްސުމަށް ހަމަޖެހިފައިވާ ފުލައިޓް އެވަގުތު މޫސުން ގޯސްވުމާއި ގުޅިގެން ނުޖެއްސި... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ: މެޓް ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުޞަތު އެބައޮތްކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ބުނެެފިއެވެ. މެޓް އޮފީހުން ބުނެފައިވަނީ، މި ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނައަދަދަކަށް ބޯ ވިއްސާރަވިލާ ދަނީ އުފެދެމުންކަމަށެވެ. މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރުހުޅަނގުއުތުރަށް ރާއްޖެއާއި ދުރަށް ކަމަށް ލަފާކުރެވޭ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫ ދާއިރާގެ ތިން ރަށަށް ނަރުދަމާގެ އުފާވެރިކަން ދިވެހިރައްޔިތުންނަށް މުހުތާދު ޖެހިފައިވާ އަސާސީ ބޭނުންތަކުގެ ތެރެއިން ފެނާއި، ނަރުދަމާގެ ޚިދުމަތަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެކެވެ. ރާއްޖެއަކީ ވަކި ރަށްތަކަކަށް ބެހިގެންވާ ޤައުމަކަށްވީ ހިނދު، އަތޮޅުތަކުގެ ގިނަ ރަށްތަކުގެ ރަށްޔިތުން ވަނީ ސާފު ފެނާއި، އެކަށޭނަ ނަރުދަމާގެ ޚިދުމަތުން މަރުހޫމްވެފަ އެވެ. އެ ރަށްޔިތުންގެ އުންމީދަށް ލިބިފައިވާ އެންމެބޮޑުއެއް ތަސައްލީއަކީ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހްގެ ފެނާ، ނަރުދަމާގެ ރިޔާސީ ވަޢުދު ފުޅެވެ. އެމަނިކުފާނު ވަނީ މިއަދައުރު... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި އުރީދޫން އެމްއެމްޑަބްލިއުއެމްއާ ގުޅިގެން ބިދޭސީންނަށް "ޢީދު މީލް ޕެކް" ބަހައިފި އީދު ދުވަސް ފާހަގަ ކުރަން އުރީދޫ އިން މިޝަން ފޯ މައިގްރެންޓް ވޯކާސް (އެމްއެމްޑަބްލިއު) އާ ގުޅިގެން ބިދޭސީންނަށް މީލް ޕެކް ބަހައިފިއެވެ. އުރީދޫ އިން ބުނިގޮތުގައި އެ ކުންފުނިން އެމްްއެމްޑަބްލިއުއާ ގުޅިގެން 100 މީލް ޕެކް މިއަދު ބަހާފައިވާނެ ކަމަށެވެ. އުރިދޫ އިން ވަނީ މިދިޔަ ރޯދަ މަހު ވެސް މީލް ޕެކުތައް ބިދޭސީ މަސައްކަތްތެރިންނަށް ބަހައިފައެވެ. އެގޮތުން، ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހަކު ރޯދަ ވީއްލުން ވަނީބަހައިފައެވެ. މިވެސް އެމްއެމްޑަބްލިއުއާ ގުޅިގެން ހިންގި ހަރަކާތެކެވެ. އޫރިދޫއިން ބުނީ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސަމާލުވޭ! 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް އުތުރުގެ 7 އަތޮޅަށް އޮރެންޖް އިންޒާރު މޫސުން ގޯސްވެ އުތުރުގެ 7 އަތޮޅަކަށް އޮރެންޖް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ބ އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު 15:30 އިން 18:30 އާއި ހަމައަށެވެ. އެގޮތުން މި ވަގުތުތަކުގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 60 މޭލަށް ވައިގަދުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އޮރެންޖު އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ކުޅިވަރު ތަފާތު ތިން ކުލަބަށް 100 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއަކަށް ރޮނާލްޑޯ ތަފާތު ތިން ޤައުމެއްގެ ތަފާތު ތިން ކުލަބަށް 100 ލަނޑު ޖެހި ފުރަތަނަ ކުޅުންތެރިއާގެ މަޤާމް ޕޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ. ދުނިޔެދުއް އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯއަކީ އާދަޔާ ކިލާފަށް ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. މިގޮތުން ޔޫރަޕްގެ އެންމެ މަތީފަންތީގެ ތިން ޤައުމެއްގެ ތިން ކުލަބަކަށް ރޮނާލްޑޯ ވަނީ ކުޅެފައެވެ. އެ ކުލަބް ތަކަކީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި، ސްޕެއިންގެ ރެއާލް މެޑްރިޑްގެ އިތުރުން މިހާރު އޭނާ ކުޅެމުން […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ކޮލަމް ޢީދުގެ ހަނދާނުގެ ތެރެއިން ބުޑު ރޯކުރުން ރަމަޟާން މަސް ނިމުމާއި ގުޅިގެން މި އަންނަ ފިތުރު ޢީދަށް އަޅުގަނޑުމެން ކިޔައި އުޅެނީ ކުޑަޢީދެވެ. ކުޑަ ޢީދުގެ ހަނދާންތަކަކީ ފިލައިގެން ނުދާނޭ ހަނދާންތަކެކެވެ. ނުވަދިހައިގެ ފަހުކޮޅުގެ އަހަރުތަކާއި އަދި ދެހާހުގެ ފުރަތަމަ ކޮޅުގެ އަހަރުތަކަކީ އަޅުގަނޑުމެން ކުޑަ ޢީދު ފާހަގަ ކުރުމުގައި އެންމެ ވަރުގަދަޔަށް ހަރަކާތްތެރިވި ދުވަސްވަރެވެ. ޢީދާއި ގުޅިގެން، ޢީދު ދުވަހުގެ ފަތިހުގެ ވަގުތުގައި ބޮޑު އަލިފާންގަނޑެއް ގޮނޑުދޮށުގައި ރޯކުރުމަކީ ނުވަތަ ޢީދު ހުޅުޖެހުމަކީ ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި ކޮށްއުޅޭ ކަމެކ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އިތުރު ހަފްތާއަކަށް ސަރުކާރު އޮފީސްތައް ބަންދު މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު، މޭ މަހުގެ 22 ގެ ނިޔަލަށް އިތުރުކޮށްފި އެވެ. ރައީސް އޮފީހުން ވިދާޅުވީ، ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މުޅި ރާއްޖޭގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ވިޔަފާރި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 4:00 ޖަހަންދެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00ން ހަވީރު 4:00އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ މި ބަދަލު ގެނަައި ނަމަވެސް ފުލުހުމްގެ ހުއްދައާއެކު ހަވީރު 4:00ން ރޭގަނޑު 12:00 ޖަހަންދެން ޑެލިވަރީގެ ހިދުމަތްދެވޭނެ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ ހުރިހާ ތަނަކުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެދިފައެވެ. މި ބަދަލަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އެ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން