ކޯވިޑް-19 ޖެހޭ ކުޑަކުދިން ގިނަވިޔަސް އަދި ނުރައްްކާވާތަނެއް ނުފެންނަ ކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ކޯވިޑް ޖެހޭ ކުޑަކުދިންނަށް ފަރުވާ ދޭނީ، ހުމާއި ރޯގާ އަދި ބޭރަށް ހިންގުން ޖެހުމުން ވެސް ކަންތައްކުރާ ގޮތަށް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ފަރުވާދޭނި ކޯވިޑް ޖެހޭ ކުއްޖާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. ފައިސަލް މި މައުލޫމާތު ހިއްސާ ކުރެއްވީ، ކުރެއްވި ޓުވީޓެއްގައެވެ. އިތުރު ޓްވީޓްތަކެއްގައި ވަނީ އިތުރު މައުލޫމާތު ވެސް ކިޔުއްވައި ދެއްވާފަ އެވެ. މިގޮތުން ކުޑަކުދިންނަށް ކޯވިޑް ޖެހުމުން ފެންނާނެ ކަމަށް ޑރ. ފައިސަލް ވިދާޅު ނުރައްކާތެރި އަލާމާތްތަކަކީ:
- ނެވާކުރުވުން
- މެޔަށް ތަދުވުނެ
- ފެން މަދުވެ 6 ގަޑިއިރުވާއުރު ވެސް ހީސްނުލުން
- ލޯ ރަތްވުން
- އާދަޔާ ޚިލާފަށް ވަރުބަލިވުން
- މާގިނައިން ނިދުން
ނަމަވެސް، ކޯވިޑްގެ ސަބަބުން ކުޑަކުދިންނަށް ނުރައްކާ ބޮޑުވަނީ، ގުނަވަނެއް ޓްރާންސްޕްލާންޓްކޮށްފައި ހުރުމުންނާއި، ނޭވާހިއްލުން ކޮންޓްރޯލުނުވެ ހުރުމުންނާއި، ބަރުދަންމަތިވުމުން، ހަކުރުބަލި ނުވަތަ ހިތުގެ ބަލި ހުންނަނަމަ ކަމަށް ވެސް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.
ޑރ. ފައިސަލަކީ، މީސް މީޑިއާ މެދުވެރިކޮށް ކޯވިޑް އަދި މި ނޫންވެސް ބަލިތަކާއި މެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ގިނަ މައުލޫމާތުތަކެއް ދެއްވަމުން ގެންދަވާ ދިވެހި ޑަކްޓަރުންގެ ތެރެއިން ޑަކްޓަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!