ރާއްޖެ ސަމާލުވޭ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު! މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން މ. އަތޮޅަށް 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށާއި ބައެއް ރަށްރަށަށް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ މެންދުރު 14:00 […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ވިޔަފާރި ފަތަހަ މޯލްއިން ވައްކަންކުރާ ވަގުންގެ ވީޑިއޯތައް ޓިކްޓޮކަށް! ގޭތެރެ އަށް ބޭނުންވާ ތަފާތު ސާމާނު ވިއްކުމުގައި ރާއްޖޭގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަތަހަ ކުންފުނީގެ “ފަތަހަ މޯލް” އިން ވައްކަންކުރާ ވަގުން ބޭޒާރުކޮށްލައިފި އެވެ. “ފަތަހަ މޯލް” ގެ ނަމުގައި މާވެޔޮ މަގުގައި މި މިދިޔަ އަހަރުގެ ޖެނުއަރީމަހު ހުޅުވި މިފިހާރައިން މިވަނީ ޒުވާނުންގެ މެދުގައި މަގުބޫލު ޓިކްޓޮކްއަށް ދާދިފަހުން ގުޅިފައެވެ. މީގެ ދެތިންދުވަސްކުރިން އެފިހާރައިން ޓިކްޓޮކްގައި ހިއްސާކޮށްފައިވާ ވީޑިއޯތަކަށްބަލާއިރު އެކިފަހަރު މަތިން އެފިހާރައިން ވައްކަންކުރި ވަގުންގެ ވީޑިއޯ ހިއްސާކ... ހުސައިން ހަބީބް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތިން ނިލަންދެ އަތޮޅު އުތުރުބުރިއަށް ޔެލޯ އެލާޓް! ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފ. އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑުތައް ގަދަވުން އަދި އުދަ އެރުމުގެ ފުރުޞަތު އޮތްކަމަށޭވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭގެ މަންދަމު 02:45 އިން ހެނދުނު […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ފޯރުކޮށް ދިނުމަށް ރެޔާއި ދުވާލު މިދަނީ މަސައްކަތް ކުރަމުން: ނަސީމް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް މާލަސްނުވެ ޖެހޭނެ އިންތިޒާމްތަކެއް ހަމަޖެއްސޭއްތޯ ރެޔާއި ދުވާލު މަސައްކަތްކުރަށްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރާއްޖެގެ ކޯވިޑްގެ ހާލަތާއިގުޅޭ އެންމެފަހުގެ މައުލޫމާތު ހާމަކުރެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިނިސްޓަރު ވިދާޅުވީ، މިދުވަސްތަކަކީ އެންމެނަށް ވެސް ވަރަށް ހިތާމައާއި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ދުވަސްތަކެއް ކަމަށެވެ. އަ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ޙާލަތު މެނޭޖުކުރުމުގައި ސަރުކާރު ފެއިލެއް ނުވޭ: ރައީސް ދިވެހި ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު މެނޭޖުކުރުމުގައި ސަރުކާރު ފެއިލް ނުވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ކޯވިޑްގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ތަކުރާރުކޮން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގައި ކޯވިޑަށް ފަރުވާދޭނެ ތަންތަނުގެ ދަތިކަމެއް ނެތްކަމަށާ، ދަތިކަން އޮތީ ފަރުވާދޭނެ ޚިދުމަތްތެރިންގެ ޢަދަދު މަދުވުމުގައިކަމ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެލްޖީއޭގެ ބޯޑަށް ހއ އަތޮޅުން 2 ކައުންސިލަރުން، 1 މިނެޓް ލަސްވުމުން ނައީމްގެ ފޯމް ބާތިލް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބަށް ހއ. އަތޮޅުގެ ދެރަށެއްގެ ކައުންސިލް މެންބަރުން ފޯމު ލައްވައިފި އެވެ. އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ މިއިންތިހާބުގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ހއ. ފިއްލަދޫ ކައުންސިލްގެ މެންބަރު މުޙައްމަދު ރަޒީފް އާއި ހއ. ތަކަންދޫ ކައުންސިލްގެ ރައީސް ޙުސައިން ނަޢީމް އެވެ. ތަކަންދޫ ކައުންސިލްގެ ރައީސް ޙުސައިން ނަޢީމްގެ ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އަށް […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ، އިތުރު ލޯނުތަކެއް ދޫކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ، އިތުރު ލޯނުތަކެއް ދޫކުރަން ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތު މިދިޔަ އަހަރެއްހާ ދުވަހުއޮތް މިންވަރަށް މިމަހުއެކަނި ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކުރަށްވައި، މާދަމާ މާލެ ސަރަހައްދާއި، ކޯވިޑްގެ ހާލަތު ގޯސް ރައްތަކާއި ހިމެނޭހެން ރާއްޖޭގައި އަޅާ ހަރުކަށިފިޔަވަޅުގެ އަސަރު އެންމެ ބޮޑަށް ކުރާ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ގޭ ބިސީތަަކުގެ ފެންބިލުން 30 އަދި ކަރަންޓު ބިލުން 40 އިންސައްތަ ލުޔެއް ދެނީ ކުރިއަށް އޮތް މަސްދުވަހު ރާއްޖޭގެ ހުރިހާ ގޭ ބިސީތަަކުގެ ފެންބިލުން 30 އިންސައްތަ، ކަރަންޓު ބިލުން 40 ލުޔެއް ދޭން ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ، ގޭބިސީތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކަރަންޓް އަދި ފެން ބިލުން ވެސް ކުރިއަށް އޮތް މަސްދުވަހު ލުއިދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން އެތަންތަނުން ކަރަންޓު ބިލުން […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިމަަގުން ފަޔަރ ފައިޓިން ކޯހެއް ފަށަނީ އިހަވަންދޫ މަސްވެރިންގެ ގުޅުން، (އިމަގު)އިން އެރަށުގައި ފަޔަރ ފައިޓިން ކޯހެެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. އިހަވަންދޫގެ މަސްވެރިންނަށާއި އާންމުންނަށް ހުޅުވައިލާގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯސް ކުރިއަށްގެންދާނީ މޯލްޑްވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިސްޓްްރަކުުުޓަރުންގެ އެހީތެރިކަމާއެކުގައި ކަމަށް އިމަގުން މައުލޫމާތުދެއެވެ. މިކޯހުގައި އަލިފާން ނިއްވުމުގެ އުކުޅުތަކާއި ސަމާލުވަންވީ ކަންތައްތައް ކިޔައިދޭނެވެ. މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ރާއްޖެ އެލްޖީއޭގެ ބޯޑަށް ހދ އަތޮޅުން ކުރިމަތިލެއްވީ ވައިކަރަދޫ ޒާމިރު އާއި ނެއްލައިދޫ އިލްހާމް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބަށް ހދ. އަތޮޅުގެ ދެރަށެއްގެ ކައުންސިލް މެންބަރުން ވާދަކުރައްވައެވެ. އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ މިއިންތިހާބުގައި ވާދަކުރައްވަނީ ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރު އާއި ހދ. ނެއްލައިދޫ ކައުންސިލްގެ މެންބަރ މުޙައްމަދު އިލްހާމް އެވެ. ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރު އަކީ ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެފައިވ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިދިކޮޅުން ކަންބޮޑުވެގެން އުޅުނީ ޔާމީނަށް ކޯވިޑް ޖެހިދާނެތީ: އިބްރޭ ރާއްޖޭގެ އިދިކޮޅު ފަރާތްތައް ކަންބޮޑުވެގެން އުޅުނީ ރާއްޖޭގައި އޮތް ކޯވިޑްގެ ހާލަތުގެ ސަބަބުން ނޫންކަމަށާއި، އިދިކޮޅުން ބޭނުންވީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމަށް ކޯވިޑް ޖެހިދާނެތީ ޖަލުން ގެޔަށް ބަދަލުކުރަން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، މަޖިލީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. އިބްރޭ ވިދާޅުވީ، މިއީ ވާދަވެރި ފަރާތްތަކުން ވެސް އެކުވެރިވާންވީ ވަގުތު […] ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ ހުވާކުރުން ފަސްކުރި ކައުންސިލަރުން ހުވާކުރުން މާދަމާ އިންތިހާބީ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ފަސް ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި އަމުރު ކުރި ކައުންސިލްތަކުގެ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނެ ތާރީހް ލޯކަލް ގަވަރމެންޓް އޮތޯރެޓީ (އެލްޖީއޭ) އިން އާންމު ކޮއްފި އެވެ. އެލްޖީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި އަމުރުތަކާއި ގުޅިގެން ހުވާކުރުން ފަސްކުރެވުނު ކައުންސިލްތަކުގެ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 26 މޭ 2021 ވާ ބުދަ ދުވަހު ކަމަށެވެ. އެގޮތުން... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ މަލިކު ހިމެނޭ ލަކްޝަދީބުގައި ރާ ހުއްދަކޮށް ގެރި މަސް ކެއުން މަނާ ކުރާތީ ރުޅިގަދަވެއްޖެ ރާއްޖޭގެ ރަށެއްގެ ގޮތުގައި މީގެ ކުރިން އޮތް މަލިކު ހިމެނޭ އިންޑިއާގެ ލަކްޝަދީބު ޔޫނިއަން ޓެރިޓަރީގެ އާ އެޑްމިނިސްޓްރޭޝަނުން އެ ސަރަހައްދުގައި ބޮޑެތި ޖަރީމާތަކެއްހިންގާ ކަމަށް ބުނެ ނުރުހުން ފާޅު ކުރަން ފަށައިފިއެވެ. ލަކްޝަދީބަކީ މެޖޯރިޓީ މުސްލިމް ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގައި ބަނގުރާ ބުއިން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ޓެރިޓަރީގެ އާއެޑްމިނިޓްރޭޝަނުން އަންނަނީ ރާ ހުއްދަކޮށް ގެރި މަސް ކެއުން މަނާ ކުރުމަށް މަަސައްކަތް ކުރަމުންނެވެ. ހިންދޫ ދީނުގައި ރާ ބުއިމަކީ ހުއްދަ ކަމެކެވެ. […... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ގާސިމްގެ ދީލަތި ނިންމެވުމެއް، ސިއްހީ ހިދުމަތްތެރިން ކިޔެވުމަށް ދެއްވި ލޯނުތައް މާފުކޮށްދެއްވައިފި ވިލާ ފައުންޑޭޝަންގެ ބާނީ ގާސިމް އިބްރާޙީމް އެމަނިކުފާނުގެ ވިލާ ފައުންޑޭޝަންގެ ހިޔަލުގައި ތައުލީމާއި، ތަމްރީނު ހޯއްދެވި ސިއްހީ ޚިދުމަތްތެރީން އުނގެނުމަށް އެ ފައުންޑޭޝަނުން ދީފައިވާ ލޯނުތަކުގެ ތެރެއިން މިއަދާއި ހަމައަށް ނުދައްކާ ހުރި ހުރިހާ ލޯނެއް މާފުކޮށްދެއްވައިފިއެވެ. އެކަން ހާމަކުރެއްވީ، ވިލާ ގްރޫޕްގެ ޗެއާމަންގެ ގޮތުގައި ވެސް ހުންނެވި ގާސިމް އިބްރާހީމް މިއަދު އާންމު ކުރެއްވި ބަޔާނެއްގަ އެވެ. އެ ބަޔާނުގައިި ގާސިމް ވިދާޅުވެފައި ވަނީ، ވިލާ ފައުންޑޭޝަންގެ ސްކޮލާޝިޕްސްކީމްގެ ދަށުން އަދި އެ ނޫން ގޮތ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމަށް ނޫނު ރައީސް ހުށައެޅި ފޯމު ބަލައިނުގަތުމުން ކޯޓަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކުރިމަތިލުމަށް ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) ހުށައެޅި ފޯމު ބަލައިނުގަތުމުން ހައިކޯޓުގައި އެމައްސަލަ އެޕީލްކުރެއްވުމަށް ނިންމަވައިފި އެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑްގައި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން ތަމްސީލު ކުރާނެ ބޭފުޅަކަށް، ކ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ނިމާލު އިންތިޚާބުވެފައިވާ ކަމަށް މިރޭ ރަސްމީކޮށް ޢިއުލާން ކުރަށްވާފަ އެވެ. އީސީން ވިދާޅުވީ އަންނަ މަހުގ... އަލީ އާދިލް · 5 އަހަރު ކުރިން