އިންތިހާބީ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ފަސް ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި އަމުރު ކުރި ކައުންސިލްތަކުގެ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނެ ތާރީހް ލޯކަލް ގަވަރމެންޓް އޮތޯރެޓީ (އެލްޖީއޭ) އިން އާންމު ކޮއްފި އެވެ.
އެލްޖީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި އަމުރުތަކާއި ގުޅިގެން ހުވާކުރުން ފަސްކުރެވުނު ކައުންސިލްތަކުގެ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 26 މޭ 2021 ވާ ބުދަ ދުވަހު ކަމަށެވެ.
އެގޮތުން އިންތިހާބީ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ފަސްކުރަން ހައިކޯޓުން އަމުރުކޮށްފައިވާ ކައުންސިލްތަކަކީ:
- ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ރައީސް
- ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ މެންބަރު
- ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ ރައީސް
- ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ މެންބަރު
- ހައްދުންމަތީ މާބައިދޫ ކައުންސިލްގެ ރައީސް
- ހައްދުންމަތީ އަތޮޅު ކައުންސިލުގެ މެންބަރު
- ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލުގެ މެންބަރު
Dhivehiraajjeyge High Court ge amuruthakaa gulhigen huvaakurun faskurevunu councilorunge huvaakurumuge rasmiyyaathu beyvvumah hamajehifaivanee 26 May 2021 vana dhuvahu pic.twitter.com/EcEcRaSny3
— Local Government Authority (@lgaMaldives) May 24, 2021
މި ކައުންސިލްތަކުގެ ބައެއް މެންބަރުން ހުވާ ކުރުން ފަސްކޮށްފައި ވަނީ، ހައި ކޯޓަށް ހުށަހެޅިފައިވާ އިންތިޚާބީ މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން އެ ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގައެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވެފައިވާއިރު، ކައުންސިލްތައް އިންތިޚާބު ކުރެވިފައި މި ވަނީ އިންތިޚާބު ކުރަން އޮތް ތާރީޚަށް ވުރެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން މުޅި ރާއްޖެ ފުރަބަންދު ކުރުމުން އިންތިޚާބު ފަސްކުރަން ޖެހިގެނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!