ރާއްޖެ މާލޭ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ މާލޭ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިރޭ 22:00 ގައި ކަމަށެވެ. އެ ހާދިސާގައި ހިނގީ، ދުއްވާފައި ދިޔަ ސައިލެއް މާލޭ ސިޓީގެ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހިގެންނެވެ. ”މި އެކްސިޑެންޓެއްގައި އަނިޔާވި މީހާ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ.” ފުލުހުން ވިދާޅުވެފަ ވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ މިއެކްސިޑެންޓްވީއިރު ސައިކަލު ދުއްވަން […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
މަޖިލިސް ކޭއާރުއެޗްގެ ސްޓާފުންނަށް ފްރަންޓްލައިން އެލަވަންސް ނުލިބޭތީއާއި ފެސިލިޓީއެއް ނެތުމުން ޔާސިރުގެ ކަންބޮޑުވުން ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ފެސިލިޓީއެއް ނެތުމުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ފްރަންޓްލައިން އެލަވަންސް ނުލިބޭތީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. ޔާސިރު މިކަންބޮޑުވުން ފާޅުކުރެއްވީ، މިއަދުގެ މަޖިލިސް ޖަލްސާގައި، ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދިނުމަށް ހުރިދަތިތައް ބަލައި، އެކަންކަން ރަނގަޅު ކުރުމަށް ގޮވައިލާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ އުތުރުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށްލަފާ ކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި އެވެ. މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑުތައް ގަދަވުން އަދި އުދަ އެރުމުގެ ފުރުޞަތު އޮތްކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވެ […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ނައިބް ރައީސް ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ ނައިބް ރައީސް ފައިޞަލް ނަޞީމް ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީދު ދާދިދެންމެއަކު ކުރެއްވި ޓުވިޓެއްގައި މިކަންވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. މަބުރޫކް ވިދާޅުވީ ނައިބް ރައީސް ޕޮޒިޓީވް ވެފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. މަބުރޫކު ކުރެއްވި ޓުވިޓުގައި ވިދާޅުވީ އެމަނިކުފާނު މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން އަދި އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅުކަމަށެވެ. VP @FaisalNasym has today tested positive for #COVID19 He is in good health, and in […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ވިޔަފާރި ސްކޫލް ކުދިންނަށް އުރީދޫ އިން ހާއްސަ ޕެކޭޖެއް އުރީދޫއިން ސްކޫލް ކުދިންނަށް ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ ސްކޫލް ކުދިން ކިޔެވުމަސް ބޭނުންވާ ޑޭޓާ ހޯދަން އުރީދޫއާއެކު ކުރެވުނު މަޝްވަރާތައް ކާނިޔާބު ކަމަށެވެ. އަދި އެ ކުދިންނަށް ހާއްސަ ބްރޯޑްބޭންޑް ޕެކޭޖެއް ކަނޑައަޅައި އެކަން މިއަދު މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ. އެ މިނިސްޓްރީން ބުނީ މި ޕެކޭޖު މެދުވެރިކޮށް ޑޭޓާ ފޯރުކޮށްދެނެ ގޮތް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނާ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
މަޖިލިސް އަަބަދުވެސް އިދިކޮޅު މެންބަރުންގެ އަމަލުތައް ހުންނަނީ ރައްޔިތުން މާޔޫސްވާގޮތަށް: ރާޢީ އަބަދުވެސް އިދިކޮޅު މެންބަރުންގެ އަމަލުތައް ހުންނަނީ ޤައުމުގެ މަސްލަހަތުގެއްލުވާލައި، ރައްޔިތުން މާޔޫސްވާގޮތަށް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި، “ކޯވިޑް ބަލީގެ ބަލިމަޑުކަމުގައި ނިޔާވާ މީހުންގެ ތެރެއިން ގިނަބަޔަކު ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ނިޔާވާތީ، އެ ފެސިލިޓީގައި ފަރުވާ ދިނުމަށް ހުރި ދަތިތައް ބަލައި، އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ގޮވައިލާ” ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހ... އަލީ އާދިލް · 5 އަހަރު ކުރިން
ރިޕޯޓް ކުޑަކުދިން ހިފާ ހައްޔަރު ކުރުން: އިޒްރޭލުން މިލިޔަނުން ފައިސާ ހޯދާ ގޮތެއް! 2018 ވަނަ އަހަރު ފެށުނުއިރު އިޒްރޭލުގެ ޖަލުތަކުގައި 7000 ހާ ފަލަސްޠީނު ރައްޔިތުން ހައްޔަރުވެފައި ތިބި އިރު އޭގެތެރެއިން 591 މީހުންނަކީ އުމުރަށް ޖަލަށްލުމަށް ޙުކުމް ކުރެވިފައި ތިބި މީހުންނެވެ. ކަންބޮޑުވާން ޖެހޭކަމަކީ މީގެ ތެރޭގައި 300 ކުޑަކުދިންވެސް ހިމެނޭކަމެވެ. އެއީ އުމުރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައި ތިބި މީހުންގެ ދެބައިކޮޅެއެއްބައެއް ވުރެ އިތުރު ޢަދަދެކެވެ. 2017 ވަނަ އަހަރު ކުއްޖެއްގެ މައްޗަށް 10000 – 15000 ޝެކެލްސް (3000-4000 ޑޮލަރު) ދޭ މަތިން، 14 އަހަރާއި […] ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ ބަލި މީހާއަށް އަނިޔާކުރި ބަންގުލަދޭސް މީހާ ހައްޔަރުކޮށްފި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެމުން އަންނަ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ދުވަސްވީ މީހަކަށް އަނިޔާކުރި ބަންގުލަދޭސް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ މިއަދުގެ 16:30 ގައި ކަމަށް ފުލުހުން މަޢުލޫމާތުދެއްވަ އެވެ. މީސްމީޑިއާގައި މިއަދު އާންމުވި ވީޑިއޯއިން ފެންނަނީ ބަލި މީހާއާ ހަވާލުވެ ހުރި ބިދޭސީ ފިރިހެނަކު، ބަލި މީހާގެ މޫނުމަތީގައި ޖަހައި މަން... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި މި މަހުގެ ބިލުތަކުން ޑިސްކައުންޓް ލިބޭނެ: ފެނަކަ މި މަހުގެ ކަރަންޓު ބިލާއި ފެން ބިލްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ފެނަކައިން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއިސް އިބްރާހިމް މުހައްދަ ސޯލިހު ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު ބިލާއިން ފެން ބިލުންޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވުމުންނެވެ. މި ނިންމުމުގެ ދަށުން ފެނަކައިން ހިދުމަތްދޭ ރަށްރަށުގެ ކަރަންޓު ބިލުން މި މަހު 40 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ފެން ބިލްތަކުން 30 އިންސައްތައިގެ ޑިސްކަައުންޓް ލިބޭނެއެވެ. […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ފިނޭ އަދި މަކުނުދޫން ޕޮޒިޓިވް ކޭސްތަކެއް ހދ. އަތޮޅުގެ ބައެއް ރަށްތަކުން އިތުރު ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިގޮތުން އެ އަތޮޅު ނޭކުރެންދޫން އަލަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ނޭކުރެންދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އާދަމް ފިޔާޒް “ތިލަދުން”އަށް ވިދާޅުވީ އެއީ މިފަހަރު ފުރަތަަމަ އެރަށުން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 9 މީހެއްގެ ތެރެއިން ޕޮޒިޓިވްވި 8 މީހުން ކަމަށެވެ. މި 8 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ. އެހެންކަމުން ނޭކުރެންދޫގެ މިހާރުގެ އެކްޓިވް […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ހިޔާ ފްލެޓް ނިންމަން ޕެންޝަން ފައިސާ ނެގޭގޮތް ހަދައިދޭން ގޮވާލައިފި ހިޔާ މަޝްއުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް ލިބުނު މީހުން، އެ ފްލައިޓްތަކުގެ ފިނިޝިން މަސައްކަތަށް ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ހަރަދު ކުރުމުގެ އިހުތުޔާރު ދޭން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. ޑރ. މުއިއްޒު މިހެން ވިދާޅުވީ، ޕެންޝަން އޮފީހާއި. އެޗްޑީސީ ޓެގްކުރަށްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ޑރ.މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ރައްޔިތުން ކުރަންޖެހޭ ހަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެ މީހުންގެ ޕެންޝަން ފަންޑުގެ ފައިސާ އެކަމަށް... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ޕޮޒިޓިވްވާ މީހުންނަށް ރިލީޒް ޑޮކިއުމަންޓް ދިނުން ހުއްޓާލައިފި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ރިލީޒް ޑޮކިއުމަންޓް ދިނުން ހުއްޓާލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ކޯވިޑް-19އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިކުރާ މީހުންނަށް އެކަހެރިވުމަށް އަންގާ ލިޔުމުގެ އިތުރުން، އެކަހިރުވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫ ނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ. “ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިވުމަށް ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެއެވ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ހޮންކޮންގއިން ބޭނުން ނުކޮށް ހުރި ގިނަ އަދަދެއްގެ ވެކްސިން އުކާލަން ޖެހިދާނެކަމަށް ބުނެފި ބޭނުން ނުކޮށް ހުރި ގިނަ އަދަދެއްގެ ކޯވިޑް-19 ވެކްސިން އުކާލަން ޖެހިދާނެ ކަމަށް ހޮންކޮންގ އިން ބުނެފިއެވެ. ހޮންކޮންގގެ އޮފިޝަލަކު މިހެން ބުނެފައިވަނީ މިވަގުތު އެގައުމުގައި ހުރި ވެކްސިންގެ މުއްދަތު ހަމަވާއިރު އެކަށީގެންވާ ވަރަށް މީހުން ވެކްސިން ޖަހަން ރަޖިސްޓްރީ ކޮށްފައި ނުވާތީއެވެ. ހޮންކޮންގ އަކީ މުޅި އާބާދިއަށް ޖެހޭ ވަރަށް ވެކްސިން ލިބުނު މަދު ގައުމުތަުގެ ތެރެއިން ގައުމެކެވެ. އެ ގައުނުގައި 7.5 މިލިއަން މީހުން ދިރިއުޅެއެވެ. އެ ގައުނުގެ އޮފިޝަލް ބުނީ ވެކްސިންގެ މުއްދަތު […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އުރީދޫގޭ ޗީފް ކޮމާޝަލް އޮފިސަރަކަށް ނިޔާޒު އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް އެ މަގާމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ހުސެއިން ނިޔާޒު ހަމަޖައްސައިފިއެވެ. ނިޔާޒުއަކީ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްގެ ނަމުގައި 2005 ވަނަ އަހަރު ހިދުމަތް ފެށި ދުވަހުން ފެށިގެން އުރީދޫގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. އޭނާވަނީ އެ ކުންފުނީގެ އިސް މަގާމުތަކެއް ފާއިތުވި އަހަރުތަކުގައި އަދާ ކުރައްވާފައެވެ. ނިޔާޒު އުރީދޫގައި މަސައްކަތް ކުރައްވާތާ 16 އަހަރުވެއްޖެއެވެ. އޭނާ ވަނީ ފާއިތުވު އެއްް އަހަރު ދުވަހުގެ ތެރޭގައި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލަންދޫ، މާބަނޑު މީހެއް ވިހަން ކުޅުދުއްފުއްޓަށް ގެންދަނިކޮށް ކަނޑުގަދަވެ ދަތުރު ނުކުރެވިގެން ފުނަދޫއަށް ށ. މިލަންދޫ މާބަނޑު މީހެއް ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަނިކޮށް، ގަނޑު ގަދަވެ އޭނާ ދަތުރުކުރި ލޯންޗަށް ދަތުރު ނުކުރެވިގެން ށ. ފުނަދޫއަށް ގެންގޮސްފިއެވެ. އެ އަންހެން މީހާ ދަތުރުކުރި ލޯންޗް ފުނަދޫއަށް ބަނދަރު ކުރީ 14:35 ގައެވެ. މިލަންދޫ މޮނިޓަރިން ހާލަތުގައި އޮތްއިރު އެ އަންހެން މީހާއަކީ ވެސް ހޯމް ކަރަންޓީގައި ހުރި މީހެކެވެ. އެމީހާ ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ނިންމީ ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު ކަރަންޓީނުގައި […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން