ތިލަދުންމަތީ ޚަބަރު ކަނޑިތީމުން އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެ ކަނޑިތީމުން އިތުރު 22 މީހަކުއަށް ކޯވިޑް-19 ޕޮޒިޓިވްވެއްޖެއެވެ. އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 95 އަރާފައެވެ. ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ، އެރަށުގެ ކޯވިޑް ބަލީގެ ހާލަތު އަންގައިދޭ މައުލޫމާތު ތަކަށް ބަލާއިރު މިހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 2:00އާއި ހަމައަށް އެރަށުން 895 ސާމްޕަލެއްވަނީ ނަގައިފައެވެ. އެންމެފަހުން ނެގި 81 ސާމްޕަލްގެ ތެރެއިން 58 ސާމަޕްލް ނެގަޓިވްވެފައިވާއިރު ނަތީޖާ ނުލިބޭ އެއް ސާމްޕަލްވެއެވެ. ކަނޑިތީމުގައި މިވަގުތު 289 މީހެއް ހޯމް […] އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ވެކްސިން ފުރިހަމަކޮށްފައިހުރި ފަރާތެއް ޕްޒިޓިވްވެއްޖެނަމަ، އުމުރަށް އިމިއުނިޓީ ލިބިދާނެ: ދިރާސާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންނަށް ބަލިން އިމިއުނިޓީ ލިބިދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ނިއުޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުގައި 2 ދިރާސާއަކުން މިކަމުގެ ފުރުސަތު އޮތް ކަން ވަނީ ހާމަވެފައެވެ. އެގޮތުން އެ ދިރާސާތަކުން ދައްކާގޮތުގައި ވެކްސިން ނުޖަހާމީހަކު ޕޮޒިޓިވް ވުމުން އެއް އަހަަރަށް އިމިއުނިޓީ ލިބޭއިރު ވެކްސިން ފުރިހަމަ ކޮށްފައިވާ މީހަކަށް އެ ބަލި ޖެހުމުން އުމުރަށް އިމިއުނިޓީ ލިބުމަކީ ވެދާނެ ކަމެއްކަމަށް ވެއެވެ. މިއާއި އެކު ކޯވިޑް... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޯކައިދޫން އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ ށ. ފޯކައިދޫން އިތުރު 2 މީހަކު ޕޮޒިޓިވްވެ، އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 4 އަރައިފިއެވެ. ފޯކައިދޫން އަލަށް ޕޮޒިިޓިވްވި 2 މީހުންނަނީ ހޯމްކަރަންޓީންގެ މުއްދަތު ފުރިހަމަކުރަމުންދާ ދެމީހުން ކަމަށް ފޯކައިދޫ ހެލްތުސެންޓަރގެ މެނޭޖަރު އަހުމަދު އަންވަރު “ތިލަދުން”އަށް ވިދާޅުވިއެވެ. އެ މީހުން ކޯވިޑް-19 އަށް ޓެސްޓްކުރީ ބައްޔަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެމީހުންގެ ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު، މި މީހުން ހޯމްކަރަންޓީނުގައި ތިބީ މީހުން އުޅޭ ގެއެއްގައި ވަކީން ނެވެ.... އައިޝަތު އިލްމާ އަދުނާން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑަބްލިއުއެސްސީން ވެސް މިމަހުގެ ފެން ބިލުން ޑިސްކައުންޓްދޭނެ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމި ގޮތަށް އެމް.ޑަބްލިއު.އެސްސީ އިން ހިދުމަތްދޭ ރަށްރަށުގެ މި މަހުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ.ދުވާފަރާއި ކ.މާފުށި އަދި ހދ. ކުޅުދުއްފުށީގެގޭބީސީތަކުގެ މި މަހުގެ ފެން ބިލުން 30 އިންސައްތަ އަދި ވިޔަފާރިތަކުގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓް ދޭނެ ކަމަށެވެ. އަދި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މިނިސްޓަރު އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑްބޭންކުގެ ކުރީގެ އެކްޓިން ޗީފް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑް ބޭންކްގެ ކުރީގެ އެކްޓިން ޗީފް ޑރ. ޝާންތާ ދޭވްރާޖަން ހަމަޖައްސައިފިއެވެ. ޑރ. ޝާންތާ ވަނީ ވޯލްޑް ބޭންކްގެ އެކްޓިން ޗީފްގެ އިތުރުން ސީނިއާ ޑިރެކްޓާ ފޯ ޑިވެލޮޕްމެންޓް އިކޮނޮމިކްސްގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަމީރު ވިދާޅުވީ، ޑރ. ޝާންތާގެ އިރުޝާދާއި ލަފާގެ މަތިން ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަ ކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދިކޮވިޑްގެ މި ހާލަތުގައި ކަންކަން ނިންމުމުގައި އޭނާގެ އެހީތެރިކަން ހ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އިންޓަނެޓަށް ގެނައި ބަދަލަށް އަމަލު ނުކުރާނަމަ ފިޔަވަޅު އަޅާނަން: އިލްޔާސް އިންޓަނެޓުގެ އަގަށް ގެނައި ބަދަލާ އެއްގޮތަށް ކުންފުނިތަކުން ހިދުމަތްތައް ދޭތޯ ބަލާނެ ކަމަށާއި އެއަށް އަމަލު ނުކުރާނަމަ ފިޔަަވަޅު އަޅާނަން ކަމަށް ކޮމިއުނިކޭޝަންއޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވެއްޖެއެވެ. “ނެޓު ހެޔޮ” ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، އަގަށް ގެނައި މި ހެޔޮ ބަދަލާއެކު އެކަމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފޯރާނެ މިންވަރާމެދުބައެއް ބޭފުޅުންގެ ހިތުގައި ސުވާލު އުފެދިދާނެ ކަމަށެވެ. އެހެންކަމުން އިންޓަނެޓުގެ ހިދުމަތް ދިނުމުގައި، ކުންފުނިތަކ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ރައީސް ޞާލިޙް، މާލެ ސިޓީގެ މޭޔަރާ ބައްދަލުކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. އަދި މި ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވަނީ މާލެ ސިޓީގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް އެ އޮފީހުން ވިދާޅުވެއެވެ. އެގޮތުން މާލެ ސިޓީއަކީ އަމާން ތަނަކަށް ހެދުމަށް ކުރެވެން ހުރި ކަންތައްތަކާއި، މާލެ ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 150އަށް ނުރައްކާތެރި ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ 79 އަހަރުގެ ފިރިހެނެކެވެ. މިއާއެކު ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުން އަދަދު މިވަނީ 150 އަށް އަރާފަ އެވެ. މި މަހު މަރުވި މީހުންގެ އަދަދަކީ 77 އެވެ. މިބަލީގައި ނިޔާވި 149 ވަނަ މީހާ ނިޔާވީ ރޭ ދަންވަރު 2:41 ހާއިރު ހުޅުމާލެ މެޑީކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އެއީ 56 އަހަރުގެ ފިރިހެނެކެވެ. ހުޅުމާލެ […] ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ވިޔަފާރި އިންޓަނެޓުގެ އަގަށް ގެންނަ ހެޔޮ ބަދަލުތައް އާންމުކޮށްފި އިންޓަނެޓްގެ އަގަށް ގެންނަން ނިންމި ހެޔޮ ބަދަލުގެ މައުލޫމާތު ސަރުކާރުން އާންމުކޮށްފިއެވެ. “ނެޓްހެޔޮ” ގެ ނަމުގައި ސަރުކާރުން ގެނެސްދިން މި ބަދަލުތައް އިއުލާންކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވި އޮންލައިން ރަސްމިއްޔާތެއްގަ އެވެ. މިގޮތުން މިއަހަރުގެ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު މިބަދަލުތައް ގެންނަން ނިންމާފައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އަގު ހެޔޮކުރުމުގެ ފުރަތަމަ މަރުހަލާގައި ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓް ގެ ޚިދުމަތް ދޭ ދިރާގާއި އުރީދޫން... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކުޅިވަރު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ވިޔަރެއާލް ކާމިޔާބުކޮށްފި ޔުއެފާ ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ސްޕެއިންގެ ވިޔަރެއާލުން ކާމިޔާބު ކޮށްފިއެވެ. ވިޔަރެއާލް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި މި ވަނީ ފައިނަލް މެޗުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށް ފަހުއެވެ. ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރުވުމާއި ގުޅިގެން މި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ވިޔަރެއާލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާގައިވަނީ 11-10 ގެ ނަތީޖާއަކުންނެވެ. ވިޔަރެއާލުން ޕެނަލްޓީ ޖެހި އެގާރަ ކުޅުނ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އިމާރާތެއްގައި އަލިފާން ރޯވެ އަނދަނީ މައްޗަންގޯޅި ސަހަރާ ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މައްޗަންގޯޅި މޯނިންވިއުގެ 3 ވަނަ ފަންގިފިލާގައިކަމަށެވެ. މި ހާދިސާ ހިނގިކަން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 5:00 ގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވި އެވެ. އެމްއެންޑީއެފްގެ ފަޔާ ޓީމުން މިހާރު އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. #Update. Ma.Morning view ge 3 vana fangifilaagai roavefai vaa alifaan nivvaalumah MNDF Fire a... ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލް: މިނިސްޓަރު ރާއްޖޭގެ ޓޫރިސްޓް ރިސޯރޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 60 އިންސައްތަ މުވައްޒަފުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައި ވުމާއެކު، ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލް ކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިހެން ވިދާޅުވީ، ސައޫދީއަރަބިއްޔާގެ ރިޔާދުގައި މިއަދު ބޭއްވުނު ޓޫރިޒަމް ރިކަވަރީ ސަމިޓް ފެށުމުގެ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން ވާހަކަ ދަައްކަވަމުންނެވެ. ޓޫރިޒަމް... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ނެޓު ހެޔޮކުރާ ރަސްމިއްޔާތު ހެނދުނު 10:00 ގައި އިންޓަރނެޓު އަގުތައް ހެޔޮކުރުމަށް ބާއްވާ ރަސްމިއްޔާތު މއިަދު ހެނދުނު 10:00 ގައި އޮންނާނެކަމަށް ސަރުކާރުން އިޢުލާންކޮށްފި އެވެ. މިރަސްމިއްޔާތު އެތައް ފަހަރަކު ތާވަލްކޮށް އެކިފަހަރުމަތިން ވަނީ ފަސްކުރެވިފައެވެ. މިނިސްޓްރީ އެފް އެންވަރަމަންޓް އެންޑް ކުލައިމެޓްޗޭންޗް އެންޑް ޓެކްނޮލިޖީގެ މީސްމީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ “ނެޓް ހެޔޮކުރުން” ނަމުގައި ބާއްވާ ރަސްމިއްޔާތު އެމިނިސްޓްރީގެ ފޭސްބުކް ޕޭޖުންނާއި ހުރިހާ ޓީވީ ޗެނަލަކުން ދައްކާނެ ކަމަށެވެ. މިރަސްމިއްޔާތު ފުރަތަމަ ތާވަލް ކުރީ މިދި... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ ހިޔާ ފްލެޓަކަށް މަހަކު ދައްކަން ޖެހެނީ 8500 ރުފިޔާ “ހިޔާ” މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭފަރާތްތަކުން ފްލެޓަކަށް މަހަކު ޖުމްލަ ދައްކަން ޖެހެނީ 8500 ރުފިޔާކަމަށް ކަނޑައަޅައި، އެކަން ހާމަކޮށްފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކޮށްފައިވާ ޢިއުލާނެއްގައި ވާގޮތުން ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސްކުރަން ޖެހެނީ 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެންނެވެ. މި ފްލެޓްތަކަށް އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7,500 ރުފިޔާ އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ގްރޭޓަރ މާލޭ ސަރަޙައްދުގައި ހިމެނޭ މިސްކިތްތައް ބަންދުކޮށްފި ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން، ގްރޭޓަރ މާލޭ ސަރަޙައްދުގައި ހިމެނޭ މިސްކިތްތައް ވަޤުތީގޮތުން ބަންދުކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިރޭގެ ފަތިސް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އިތުރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ އަޅާ ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މި މަހުގެ 19 ވަނަ ދ... ތިލަދުން · 5 އަހަރު ކުރިން