ނައިބް ރައީސް ފައިޞަލް ނަޞީމް ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީދު ދާދިދެންމެއަކު ކުރެއްވި ޓުވިޓެއްގައި މިކަންވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. މަބުރޫކް ވިދާޅުވީ ނައިބް ރައީސް ޕޮޒިޓީވް ވެފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

Ad
rt

މަބުރޫކު ކުރެއްވި ޓުވިޓުގައި ވިދާޅުވީ އެމަނިކުފާނު މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން އަދި އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅުކަމަށެވެ.

މިކަމާއިގުޅޭ އިތުރު ތަފްސީލެއް މަބްރޫކް ނުދެއްވަ އެވެ.

ރާއްޖޭގަ މިހާތަނަށް 57،000 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދު 24000 އަށްވުރެ މައްޗެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 282 އަށް އަރާފައެވެ.