ތިލަދުންމަތީ ޚަބަރު ދިއްދޫގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް "ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތް ފަށައިފި ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން ޖުމްލަ ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާއިރު، ފުރަތަމަ ބުރުގެ ކިޔެވުން ވަނީ 01 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ ދިއްދޫ އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލަ އުތުރު މާލަމުގައި ކުރިއަށް ގެންގޮސްފައެވެ. […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ކަނޑުގެ ޤުދުރަތީ ވަސީލަތްތަކާއި ގުޅޭ ދިރާސާ ކުރުމަށް ހުއްދައަށް އެދުމަށް ޕޯޓަލެއް ކަނޑު ފަޅުތަކުގެ ޤުދުރަތީ ވަސީލަތްތަކާ ގުޅޭ ދިރާސާ ކުރުމަށް ހުއްދައަށް އެދި ހުށަހެޅުމަށް އޮންލައިން ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވީ، ކަނޑު ފަޅުތަކާއި، ކަނޑުގެ ޤުދުރަތީ ވަސީލަތްތަކާ ގުޅޭ ދިރާސާތައް ކުރުމަށް އެ ނިސްޓްރީން ދޫކުރާ ހުއްދައަށް އެދުމުގެ ކަންކަން ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ފަރުމާކޮށްފައިވާ އޮންލައިން ޕޯޓަލެއް ލޯންޗްކޮށްފައިވާ ކަމަށެވެ. މި ޕޯޓަލްއަކީ ކަނޑުގެ ވެށްޓާބެހޭ ގޮތުން ކުރާ ތަހުލީލުތަކާއި ދިރާސާތައް... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ "ޢަޒުމަކަށް ހަދަންވީ، މި މައްސަރުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް" މި އަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، މި ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް ކަަމށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 1443 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. އެ ޚިޠާބުގައި ރައީސް ވިދާޅުވީ، ރަމަޟާން މަހަކީ اللهُ سُبْحَانَهُ وَتَعَالَى މުޅި އިސްލާމީ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޭދޫގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފި ށ. ފޭދޫގައި ދިރިއުޅޭ ހާއްސައެހީއަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް އެރަށު ކައުންސިލުން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ފަށައިފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް “ތިލަދުން”އަށް ވިދާޅުވީ، މިއީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް 8 ވަނަ އިސްލާޙް ގެނެވުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގެ ތެރެއިން ފަށާފައިވާ ހަރަކާތެއްކަމަށެވެ. “އެ ޤާނޫނުގައި ބުނާގޮތުން ކޮންމެ ހަތަރު މަހަކު އެރަށ... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ އިމަގުން އެ ރަށު އެންމެ ބޮޑު މިސްކިތުގައި އައު އިސްކޫރު ބަރިއެއް ތަރައްޤީކޮށް ހުޅުވައިފި ރަމަޟާން ހަމަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އެ ރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތްކަމުގައިވާ މަސްޖިދުއްތަޢުބާގައި އައު އިސްކޫރުބަރިއަކާއި ފާޚާނާއެއް ތަރައްޤީކޮށް ހުޅުވައިފިއެވެ. ޖުމަލަ 14 އިސްކުރާއި ފާޚާނާއެއް ހިމެނޭހެން ތަރައްޤީ ކޮށްފައިވާ، އިސްކޫރުބަރި ރަސްމީކޮށް ހުޅުވާފައިވަނީ 01 އޭޕްރިލް 2022 ވަނަ ދުވަހުގެ ރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިކަމާއި ގުޅޭގޮތުން “ތިލަދުން” އާއި މަޢުލޫމާތު ހިއްސާކުރައްވަމުން އިމަގުގެ މީޑިއާ ކޯޑިނ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކޮލަމް ތިލަދުންމަތީ ހުނަރުވެރިން: ޅެންވެރިކަމުގެ ގުލްޒާރުން ކުޅުދުއްފުށީ މުނައްވަރު ދިވެހި ބަހުން ވާހަކަ ދައްކަން ފަރިތަވެފައި، ލިޔަން ކިތަންމެ ކުޅަދާނަ ނަމަވެސް ކާފިޔާއާއި ބަޑުވަތް އަކުރު ހަމަކޮށް ވަޒަނަށް ފައްތައި ޅެމެއް އަތުރާލުމަކީ ކޮންމެ މީހަކަށް ކުރެވޭ ކަމެއް ނޫނެވެ. ބައެއް މީހުން އުނގެނިގެން ޅެން ހަދައި އުޅުނު ނަމަވެސް، އަނެއްބައި މީހުންނަކީ އެއްވެސް ތަމްރީނެއް ލިބިފައި ނެތަސް ބުނަން ބޭނުން ކޮންމެ އެއްޗެއް ހިނދުންހިނދަށް ސިކުނޑީގައި ޅެންބައިތެއްގެ ސިފައަށް އަތުރާލައި ދުލުން އެ ބޭރު ކޮށްލުމިގެ ޤާބިލުކަން ލިބިފައިވާ ބައެކެވެ. ރާއްޖޭގައި ކުޅަދާނަ ޅެންވެރިން ތިބިއިރު، […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ރަމަޟާން މުބާރިކް! މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިޢުލާން ކުރައްވައިފި އެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ މިކަން ރަސްމީކޮން އިޢުލާން ކުރެއްވީ މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ޖަލްސާ އަށް ފަހު އެވެ. މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހަނދު ސާބިތު ކުރުމުގެ ޖަލްސާއަށްފަހު މިކަން އިޢުލާން ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރެވެ. ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށްފަހު ހަނދާގުޅޭ ގޮތުން ނެރުއްވި […] އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ސައުދީއަށް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ސައޫދީ އަރަބިއްޔާއަށް މާދަމާއަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމަށް އެ ޤައުމުން ކަނޑައަޅައިފިއެވެ. ސައޫދީގެ ރަސްމީ މީޑިއާ، ސައޫދީ ގެޒެޓުއިން ބުނެފައި ވަނީ އެ ޤައުމުގެ ބައެއް ސަރަހައްދުތަކަށް ހަނދު ފެނުމާއެކު މާދަމާއަކީ އެ ޤައުމަށް ރޯދަމަހުގެ ފުރަތަމަ ދުވަސްކަމަށް އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ. މިރޭގެ އިޝާނަމާދަށްފަހު ތަރާހު ނަމާދު ކުރުން އެ ޤައުމުގައި އޮންނާނެ ކަމަށް ވެސް ސައޫދީ ރަސްމީ މީޑިއާގައި ބުނެފަވެއެވެ. މިއަހަރުގެ ރޯދަމަގުގެ ފުރަތަމަ ދުވަހަކީ މާދަމާކަމަށް ސައޫދ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ވިޔަފާރި ބާރަށު ނެރާއި ބަނދަރު ފުން ކުރުމުގެ މަސައްކަތް ފަށައިފި ހއ. ބާރަށު ނެރާއި ބަނދަރު ސަރަހައްދު ފުންކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އަބްދުﷲ އާއި ބާރަށު ކައުންސިލްގެ ރައީސް ސޮފުވަތު މުހައްމަދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 17.12 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ވޭތުވެދިޔ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗްގެ ލޯންޑްރީއާއި ބެކަޕް ޖެނެރޭޓަރު އަޕްގްރޭޑްކޮށްފި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ލޯންޑްރީއާއި ބެކަޕް ޖެނެރޭޓަރ އަޕްގްރޭޑްކޮށް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. އެ ހޮސްޕިޓަލްގެ ލޯންޑްރީގެ ޚިދުމަތާއި ބެކަޕް ޖެނެރޭޓަ އަޕްގްރޭޑްކޮށް ރަސްމީކޮށް 01 އޭޕްރިލް 2022 ވީ ހުކުރު ދުވަހު (މިއަދު) ހުޅުވާފައިވާއިރު، މިކަމަށްޓަކައި އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން އެ ރަށުގެ ގިނަ މުއައްސަސާތަކުގެ ވެރިން ވަނީ ބައިވެރި ވެފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ފެށުން މިރޭ، އަޑުއަހަން ވަނުމުގެ ދަޢުވަތު ދިއްދޫ ރައްޔިތުންނަށް ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތް މިރޭ ފަށާއިރު، މުބާރާތުގެ ކިޔެވުން އަޑުއަހާލަން ދިއްދޫ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އެ ކުލަބުގެ ފަރާތުން ދަޢުވަތު އަރުވައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލަ އުތުރު މާލަމުގައެވެ. މުބާރާތް ފެށުމަށް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ކުމުންދޫ ނެރު ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި ހދ. ކުމުންދޫ ނެރު ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ. އެ ރަސްމިއްޔާތުގައި ކުމުންދޫ ކައުންސިލް މެމްބަރުންނާއި އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަ ބޭސިން ފުން ކުރުމާއި ނެރު ފުންކުރުމާއި ބޭރިތޮށި ލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ހދ. ކުމުންދޫ ނެރު... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނައިވާދޫ ޓްރެއިނާސްއިން "ނައިވާދޫ ގޮއިން ގްރީން"ގެ ނަމުގައި ބޮޑު ކެމްޕޭނެއް ހދ. ނައިވާދޫގައި އިޖްތިމާޢީގޮތުން ހަރަކާތްތެރިވަމުން އަންނަ ކްލަބެއްކަމުގައިވާ ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކްލަބުން “ނައިވާދޫ ގޮއިން ގްރީން”ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފަށައި، އެ ކްލަބްގެ ހަރަކާތްތައް ފުޅާކޮށްފިއެވެ. އެ ކްލަބްގެ އިސްނެގުމުގެ މަތިން ވީހާވެސް ތިމާވެއްޓާ ރަހުމަތްތެރި މާހައުލަކަށް ނައިވާދޫ ހެދުމުގެ މަޤްޞަދުގައި “ނައިވާދޫ ގޮއިން ގްރީން” ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު، މި ކެމްޕޭނުގެ ދަށުން މިހާތަނަށް ވަނީ ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކްލަބާއި ވަން އެންޑް އޮންލީ ރީތިރަށް ނ... ތިލަދުން · 4 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އާއްމު ހިއްސާދާރުންނަށް ހުޅުވައިފި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނީގެ އާއްމު ހިއްސާދާރުންނަށް ހުޅުވާލައިފިއެވެ. އެމްޓީސީސީގެ ބޯޑަކީ 7 ޑިރެކްޓަރުންގެ މައްޗަށް އެކުލަވާލައިފާ ބޯޑެކެވެ. އެ ބޯޑުގައި ތިބޭނީ ސަރުކާރުން އައްޔަން ކުރާ 5 ޑިރެކްޓަރުންނާއި އާއްމު ހިއްސށދާރުންގެ ތެރެއިން ހޮވާ ދެ ޑިރެކްޓަރުންނެވެ އެ ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ދެ މެމްބަރަކު އައްޔަން ކުރާނީ މިއަހަރު ބާއއވާ އަހަރީ އާއްމު ޖަލްސާގައެވެ. އެ މަގާމަށް ކުރިމަތިލާ ހިއް... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ބާ އިމްތިޙާނުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވައިލައިފި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިހާންގައި ބައިވެރިވާން ރަޖިސްޓަރީވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ފުރަތަމަ ބާ އިމްތިޙާން ބާއްވަން ބާ ކައުންސިލުން ނިންމާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ބާ އިމްތިޙާނުގައި ރަޖިސްޓަރީވީކަމަށް ބަލާނީ، ބާ އިމްތިޙާނުގައި ބައިވެރިވުމަށް ފުރުޞަޠު ހުޅުވާލައ... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން