ރާއްޖެ ރޯދަ މަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވާފައި ހުންނާނީ މިގަޑިތަކުގައި މި ރޯދަ މަހު އެސްޓީއޯގެ ސުޕަމާޓް، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވާފައި ހުންނަ ގަޑިތައް އިއުލާން ކޮށްފިއެވެ. އެ ކުންފުނިން ބުނީ މި މަސް ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކުމް ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް އެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ހަވީރު 4:30 އަށް ކަމަށެވެ. އަދި ރޭގަނޑު 8:30 އިން 11:30 އަށް ކަމަށެވެ. އެހެން މަސް މަހު ހުކުރު ދުވަސްތަކުގައި ބަންދު ނަމަވެސް މި މަހު ކޮންމެ ހުލުރު […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ހިޔާ ސަރަހައްދުގައި ކާބޯތަކެތި ވިއްކާ މީހުން އެތަންތަން ނަގަން އަންގައިފި ހިޔާ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޓަވަރުތަކުގެ ބޭރުގަޔާއި ތިރީގައި ކާބޯތަކެތި ވިއްކަމުން އަންނަ މީހުންނަށް އެތަކެތި ނަގަން އެޗްޑީސީ އިން އަންގައިފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނީ ހިޔާ ސަރަހައްދަކީ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ކުރިއަށްދާ ސަރަހައްދަކަށްވާއިރު އެ ތަނަކީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރު ކަމުގެ މިންގަޑަށް ނުފެތޭ ތަނެއް ކަމަށެވެ. އަދި އޭގެ ސަބަބުން އެ ކާބޯތަކެތި ބޭނުން ކުރުމުން ބަލިމަޑުކަމެއް އުފެދިދާނެތީ ޝަކުވާތައް ލިބޭ ކަމަށް... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ކުރީގެ މިސްޓަ މޯލްޑިވްސް އުމުރަށް ޖަލަށްލި މައްސަލަ ހައި ކޯޓުން ހުކުމާ ހަމައަށް ޑްރަގް މައްސަލައެެއްގައި އުމުރަށް ޖަލަށްލާފައިވާ ކުރީގެ މިސްޓަ މޯލްޑިވްސް ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ގެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ. ހަތް ކިލޯގެ ޑްރަގާ އެކު، 2017 ވަނަ އަހަރު ހައްޔަރުކުރި ޝާންޓޭ އުމުރަށް ޖަލަށްލާން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ފަހު ބަސް ބުނުމުގެ ފުރުސަތު […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ވިޔަފާރި ފެލިވަރު ބިން ހިއްކުމާއި ބަނދަރު ފުން ކުރުމުގެ މަަސައްކަތް ނިމެނީ ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރއކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ބަނދަރު ފުން ކުރުމުގެ 95 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި ހއ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓުގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް އިހަވަންދޫގައި ފެށުމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އެރަށަށް ވަޑައިގެންފައި ވަނީ ހުސްވި މާރިޗް މަހުގެ 23 ވަނަ ދުވަހުއެވެ. މިއީ އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ ޚިދުމަތާއި ގުޅިވަޑައިގަތް ފުރަތަމަ ސްޕެޝަލިސްޓް ޑޮކްޓަރެވެ. ރޯދަ މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު، ހުކުރު ދުވަސްފިޔަވާ ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 […] ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ރާއްޖެ ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން މުބާރާތުގެ ދެވަނަ ބުރަށް ނަބީޙް ހޮވިއްޖެ މި ހިނގާ ރަމަޟާންމަހުގެ 1 ން 14 އަށް ދުބާއީގައި ކުރިއަށްދާ ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ދިވެހިރާއްޖެ ތަމްސީލުކުރަމުންދާ އަލްޙާފިޡް އަޙްމަދު ނަބީޙް މުބާރާތުގެ ފުރަތަމަ ބުރުގައި ވާދަކޮށް ދެވަނަ ބުރަށް ހޮވިއްޖެއެވެ. ނަބީޙްއަކީ ވަރަށް ލަސްލަހުން އުނދަގުލާއެކު މެނުވީ ވާހަކަ ނުދެއްކޭ، އަކުރުތައް ފާޅުކުރުމާއި އަޑު ނެރުމުގައިވެސް އުނދަގޫތައް ތަޙައްމަލްކުރާ އަދި ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެކެވެ. ނަމަވެސް ޤުރުއާން ކިޔަވަން ބޭނުންވުމާއެކު ވަރަށް ފަސޭހަކަމާއެކު އަޑު ނެރެ، އަކ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޮޅަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް ހުޅުވައި ބޭނުންކުރަންފަށައިފި ހއ. މޮޅަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް ހުޅުވައި ބޭނުންކުރަންފަށައިފިއެވެ. މި ޖިމް ހުޅުއްވައި ދެއްވީ އެކަމަށްޓަކައި މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ މޮޅަދޫ ބްރާންޗްގެ މެނޭޖަރު މުޙައްމަދު މޫސާއެވެ. މި އައުޓްޑޯ ޖިމަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ އެހީތެރިކަމާއި އެކު މޮޅަދޫ ކައުންސިލުން ތަރައްޤީކުރި ތަނެކެވެ. މޮޅަދޫ ކައުންސިލުން ވިދާޅުވީ، މި ޖިމްގެ މަސައްކަތް ނިމި ހުކުރު ދުވަހު ރަސްމީކޮށް ހުޅުވުމާއެކު، އެ ދުވަހުން ފެށިގެން ޖިމް ބޭނުންކުރަނ... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ރާއްޖެ ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި ވައިގެ މަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހައްޔަރުކުރި ދެ ބިދޭސީންނަކީ ޕާކިސްތާނަށް ނިސްބަތްވާ ދެ މީހުންކަމަށެވެ. އެ ދެ މީހުންނަކީ، އުމުރުން 32 އަހަރުގެ އަޙްމަދު ޢަލީ އަދި 20 އަހަރުގެ މޮއިމިނާ ޤުލްފާމް އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް އާއި ޓޫރިސްޓް ޕޮލިސް ގުޅ... އަލީ އާދިލް · 4 އަހަރު ކުރިން
ކުޅިވަރު ސިޓީ އާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީ ބަލިވެއްޖެ ޕްރިމިއާލީގް ގައި ހޮނިހިރުދުވަހުގެ ރޭ ކުޅުނު މެޗުން ޗެމްޕިއަންސްލީގުގެ އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އަމިއްލަދަނޑުގައި، ރެލިގޭސަންއިން ސަލާމަތްވުމަށް މަސައްކަތްކުރާ ބުރެންޓްފޯޑް އަތުން 4-1 ގެ ނަތީޖާއިން ބަލިވެއްޖެއެވެ. ޗެލްސީ އިން ލަޑެއްޖަހާފައި ވަނިކޮށް ފަހަތުން އަރާ ބުރެންޓްފޯޑް މޮޅުވި މެޗުގައި ޗެލްސީ ލަނޑު ޖެހިތާ 12 މިނެޓް ތެރޭ ބުރެންޓްފޯޑް އިން 3 ގޯލް ޖަހާ ވަނީ ޗެލްސީ ހާސް ކޮށްލާފައެވެ. ކޮންމެ ޓީމަކުންވެސް ގޯލާ އަމާޒްކޮށް 6 ހަމަލާ ފޮނުވާލި މެޗުގައި ބްރެންޓްފޯޑް ގެ ގޯލްތަށް […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ރާއްޖެ މިނިސްޓަރ އިމްރާން، މިއަދު ރޯދަވީއްލީ ޤައިދީންނާއެކު މާފުށީ ޖަލުގައި ރޯދަމަހުގެ ފުރަތަމަ ދުވަހު މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ މާފުށީ ޖަލުގެ ޤައިދީންނާއެކު މިއަދު ރޯދަ ވީއްލުމުގައި ބައިވެރި ވެއްޖެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވީ މިރޯދަވީއްލުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުގެ އިތުރުން އެމްސީއެސްގެ ބައެއް އިސްވެރިން ބައިވެރިވެލެވިކަމަށެވެ. ރޯދަ ވީއްލުމުގެ ކުރިން މިނިސްޓަރ އިމްރާން ވަނީ އެޖަލުގެ ބައެއް ގައިދީން ނާއި ބައްދަލުކުރައްވާފަ އެވެ. މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އި... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފިއެވެ. ރަމަޟާންމަހުގެ 1ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން 13:00އާއި ހަމައަށެވެ. މާލެ ސިޓީ ފިޔަވާ ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލް ނ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ދަރަންވަންދޫ ފެނުގެ ނިޒާމް އިފްތިތާހު ކޮށްފި ބ. ދަރަވަންދޫގައި ފެނަކަ ކޯޕަރޭޝަނުން ގާއިމް ކުރި ފެނުގެ ނިޒާމް އިފްތިތާހު ކޮށްފިއެވެ. އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ނިޒާމް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ. މި ހިދުމަތް ދެމެހެެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ދޭން ފެށުމުން މަޑުއްވަރީ ރައްޔިތުންނަށް ދިމާވެފައިވާ ތައައްޔަރުވެފައިވާ ލޮނު ފެން ބޭނުންކުރުމުގެ މައްސަލަ ހައްލުވާނެ ކަމަށް ފެނަކައިން ބުންޏެވެ. ދ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫ ކަސްޓަމަރުންނަށް ރޯދައަށް ހާއްސަ އޮފާތަކެއް ރޯދަމަހާ ދިމާކޮށް އުރީދޫގެ ކަސްޓަމަރުންނަށް ގިނަ އޮފާތަކެއް ތައާރަފުކޮށްފިއެވެ. މިއަދުން ފެށިގެން ލިބޭ އޮފާތަކުގެ ތެރޭގައި “ގުޑް މޯނިން މޯލްޑިވްސް” ޕްރޮމޯޝަން ހާއްސައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުން ރޯދަމަހުގެ ކޮންމެ ދުވަހެއް ވެސް ފަށާނީ ހިލޭ އެއް ޖީބީގެ ބޯނަސް ޑޭޓާއާ އެކުގައެވެ. މި ހިލޭ އެލަވަންސް ހޯދަން ބޭނުންވާނަމަ ފަތިހު 4:00 އިން ހެނދުނު 8:00 އާ ދެމެދު 5252 އަށް “BONUS” ޖެހުމަށް ފަހު، އެސްއެމްއެސް ކުރުމުން އެ އެލަވެންސް ލިބޭނެއެވެ. މި ޑޭޓާ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި މަޑުއްވަރީ ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްފި ރ. މަޑުއްވަރީ ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ. އިއްްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުނަތް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މަރިޔަމް ޝައުނާއެވެ. އެ ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އާއި އެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ފެނަކައާ ހަވާކުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން 55 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓު މަޑުއްވަރީގައި ވަބީ ބަހައިޓާފައެވެ. އަދި މ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ އިމަގުގެ "ރޯދަ މިތުރު" ޕްރޮގްރާމް އިފްތިތާޙްކޮށްފި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ “ރޯދަ މިތުރު” ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ. މި ޕްރޮގްރާމަކީ އެ ޖަމިއްޔާއިން ރަމަޟާން ހާއްސަ ކޮށްގެން ހިންގާ ހަރަކާތެއްގެ ގޮތުން “އިމަގު ސްޕޯޓްސް އެކަޑަމީ” ގައި ތަމްރީން ހަދަމުން އަންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް 31 މާޗް 2022 ވަނަ ދުވަހުގެ ރޭ އިފްތިތާޙް ކޮށްފައިވާއިރު، މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އެ އެކަޑަމީގެ ދަރިވަރުންނަށް ހެޔޮގޮތުގައި ރަމަޟާން މަސް ހޭދަކުރުމަށް ބާރު އެޅުމެވެ. ރަމަޟާން […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން