ތިލަދުންމަތީ ޚަބަރު ކޮމަންޑޫގެ އިޚްތިޞާޞްގެ ތެރޭގައި މަތިކޮމަންޑޫއާއި ކުޑަފަރުފިނޮޅު ހިމަނައިފި ށ. ކޮމަންޑޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞްގެ ތެރޭގައި އެ އަތޮޅު މަތިކޮމަންޑޫއާއި، ކުޑަފަރުފިނޮޅު ހިމަނައިފިއެވެ. އެބަދަލު ގެންނަވައި ގެޒެޓްކޮށްފައިވާ ރައީސުލްޖުމްޙޫރިއްޔާގެ ޤަރާރުގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ދިވެހިޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ދިވެހި ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފެނަކައިން މުރައިދޫއަށް ފެން ފޯރުކޮށްދީފި ވާރެ ނުވެހޭތާ ގިނަ ދުވަސްތަކެއް ވޭތުވުމުން ފެނަށް ޖެހިފައިވާ ހއ. މުރައިދޫ ރައްޔިތުންނަށް އެރަށު ފެނަކަ ބްރާންޗްއިން ފެން ފޯރުކޮށްދީފިއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުން އެއްކޮށް ފެން ހުސްވުމުން ރައްޔިތުން ފަހުން ބޭނުން ކުރަމުން ދިޔައީ ކައުންސިލް އިދާރާގެ ޓޭންކްތަކުން ދޫކުރަމުން ދިޔަ ފެން ކަމަށެވެ. އަދި ފެނަށް ވަރަށް ބޮޑަށް ދަތިވެފައި ވަނިކޮށް ފެނަކައިގެ ފަރާތުން މިދިޔަ ބުދަ ދުވަހު އެރަށަށް 12000 ލީޓަރުގެ ފެން […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫ ކެމްޕޭނާއެކު މިފަހަރު ކަނޑޫދޫ މިރުސް ބްރޭންޑަކަށް އުރީދޫ މޯލްޑިވްސް އިން އާ ބަދަލަކާއެކު އެ ކުންފުނީގެ ރޯދަ ކެމްޕޭން ފަށައިފިއެވެ. ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ ރޯދަ ލެމްޕޭނެއް ތައާރަފު ކުރާއިރު އާއްމު އެ ކެމްޕޭން ހާއްސަ ކުރަނީ ދިވެހި ސަގާފަތާއި، އާދަކާދަތަކާއި، ތާރީހީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް، އެކުވެރިކަމާއި އޯގާތެރިކަމާއެކި އެކަކު އަނެކަކާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ރީތި މެސެޖަކާއެކުއެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ކެމްޕޭން ހާއްސަ ކުރީ ކަނޑޫދޫ މިރުހަށެވެ. އުރީދޫ އިން މި ކެމްޕޭންގައި އެންމެ އިސްކަމެއް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ނުރައްކާތެރި އެކްސިޑެންޓްއެއް، ޓްރަކެއްގެ ދަށުވެ އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ހުޅުމާލެ ފޭސް ދެއެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޓްރަކެއްގެ ދަށުވެ އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ. މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ އުމުރުން 35 އަހަރުގެ އަންހެނަކަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް ބުނީ މިއަދު ހަވީރު އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދާން ހުރަސްކުރާ ބްރިޖުން ދިޔަ ސައިކަލަކާއި ޓްރަކެ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ ކައުންސިލްގެ ލޯގޯ އާއި މޯބައިލް އެޕްލިކޭޝަން އިފްތިތާޙް ކޮށްފި ހއ. ކެލާ ކައުންސިލްގެ ލޯގޯ އާއި މޯބައިލް އެޕްލިކޭޝަން އިފްތިތާޙް ކޮށްފިއެވެ. ކެލާ ކައުންސިލުން ބުނެފައިވާ ގޮތުގައި މިއެޕްލިކޭޝަން އިފްތިތާހް ކޮށްފައި މިވަނީ މިކަމަށްޓަކައި ކެލާ ފެހިބިން ސަރަހައްދުގެ ހިތްފަސޭހަ މާހައުލުގައި ރޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން މިރަސްމިއްޔާތުގައި މޯބައިލް އެޕްލިކޭޝަންގެ އިތުރުން ކެލާ ކައުންސިލްގެ ވެބްސައިޓާއި ލޯގޯ ގެ އިތުރުން އެކައުންސިލް މުވައްޒަފުންގެ ޔުނީފޯމް އާއި ސްޓާފުންގެ އައިޑީކާޑްވެސް މި ހަފްލާގައި ވަނީ ހަވާލުކޮށްދެއްވާފައެވެ. މިރަސްމިއްޔާތު... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ރޯދަ މަހު ވެމްކޯއިން ކުނި ނަގާ ވަގުތުތައް އިއުލާން ކޮށްފި މި ފަށާ ރޯދަ މަހު މާލެ އާއި ހުޅުމާލެއާއި ވިލިމާލެ އަދި އައްޑޫ އިން ކުނި ނަގާ ވަގުތުތައް ވެމްކޯއިން އިއުލާންކޮށްފިއެވެ. އެ ކުންފުނިން ބުނީ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގެތަކުން ކުނި ނަގާނީ ރޭގަނޑު 8:00 އިން 12:00 އަށް ކަމަށެވެ. އަދި އައްޑޫގެ ހުޅުމީދޫ އިން ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ދާންދޫ ބަނދަރު ތަރައްގީ ކުރަން ފަށައިފި ގއ. ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަސައްކަތް ފެށީ އަންގާރަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 52,099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,953 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 333 މީޓަރުގެ ބޭރުތޮށި ލުމާއި، 529 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ލ ރިވެޓްމެންޓް ޖެހުމާއި، 30 މީޓަރުގެ ލ ގްރޮއިންސް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ޚަބަރު ޤައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައްވައިފިއެވެ. ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ޤައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އީމެއިލް މެދުވެރިކޮށްގެންނާއި، ޕޯޓަލް މެދުވެރިކޮށްގެންނެވެ. އެގޮތުން އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މައިގަނޑު 34 ދާއިރަކުން ނަން ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. އަދި އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއް... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ބަންގްލަދޭޝުން އިތުރު ލޯނެއް ނަގަން ލަންކާއިން ނިންމައިފި ބަންގްލަދޭޝުން އިތުރު ލޯނެއް ނަގަން ސްރީ ލަންކާއިން ނިންމައިފިއެވެ. މިފަހަރު އެގައުމުން ބަންގްލަދޭޝް އަތުން ނަގަން ނިންމީ ކަރަންސީ ސްވަޕްގެ ދަށުން 250 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޯމެން ވެސް ވަނީ އިއުލާން ކޮށްފައެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު މިވަގުތު ހުންނެވީ ރަސްނީ ދަތުރުފުޅެއްގައި ލަންކާގައެވެ. ބެލެވޭ ގޮތުގައި ލޯނު އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކުރީ މި ދަތުރުފުޅުގައެވެ. މިދިޔަ އަހަރުވެސް ކަރަންސީ ސްވަޕުގެ ދަށުން ބަންގްލަދޭޝުން... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. އަތޮޅު ހޮސްޕިޓަލުގެ ޖާގަ ކުޑަވެ ހާސްވެފައި، ރައްޔިތުންގެ ޝަކުވާ ބޮޑު! ށ. ފުނަދޫ ގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގެ ހާލަތާއިމެދު އެއަތޮޅުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ. ނަންހާމަ ނުކުރުމަށް އެދި އެރަށުން “ތިލަދުން” އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ ކޯވިޑް-19 ގެ ކުރިން އެހޮސްޕިޓަލުގެ ހާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް ކޯވިޑްގެ ދުވަސްކޮޅު ފެސިލިޓީތައް ގާއިމް ކުރުމުން ހޮސްޕިޓަލުގެ ޖާގަ ވަރަށް ކުޑަވެފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. އެގޮތުން މިހާރު އެހޮސްޕިޓަލުގެ ވޯޑްގައި ބެހެއްޓިފައި ހުރީ ޖުމްލަ 8 އެނދުކަމަށާއި، 6 ފަންކާ […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި އެމްޕީއެލްގެ ހިދުމަތްތައް ޑިޖިޓަލް ކުރަން ހާއްސަ ކެމްޕޭނެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހިދުމަތްތައް ޑިޖިޓަލް ކުރަން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ. “ޕޯޓް ޑިޖިޓަލްކޮށް” ނަމުގައި އެ ކެމްޕޭން ފެށީ ކްރޮސް ރޯޑުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަނެވެ. އެމްޕީއެލުން ބުނީ ވިަޔފާރި ބަނދަރުގައު މުދާ ކްލިއާކުރަން، މުހިންމު މަރުހަލާތަކެއް އޮންނައިރު، އެކަން ކުރުމުގައި ގިނަ ވަގުތު ހޭދަވާކަމަށާއި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ބޭނުންވާ ހުއްދަ އަދި ސޮއި ހޯދ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި މޯލްޑިވިއަނުން ލަންކާ ދަތުރުތައް ހަފުތާއެއް ނުވަނީސް މެދުކަނޑާލައިފި ސްރީ ލަންކާގެ ރަތުމަލަނާ އެއާޕޯޓަށް މޯލްޑިވިއަން އެއާލައިނުން ކުރަން ފެށި ދަތުރުތައް ހަފުތާއެއް ނުވަނީސް މެދުކަނޑާލައިފިއެވެ. އެ ދަތުރުތައް މޯލްޑިވިއަނުން ފެށީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ދަތުރުތައް މެދުކަނޑާލީ ތަރުހީބު ނުލިބުމުންނެވެ. އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފްލައިޓްތަކަށް ބުކިން ލިބުނީ ވަރަށް މަދުން ކަމަށެވެ. ފްލައިޓްތައް ކެންސަލް ކުރި ނަމަވެސް މިހާރު ބުކިން ހައްދާފައިވާ މީހުންނަށް އެހެން ފްލައިޓްތަކުން ޖާގަ ހޯދައިދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަލުން ލަނ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ޚަބަރު ޔާމީންގެ ދިފާއުގައި 18 ހެއްކެއް ހުށަހަޅައިފި ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ދިފާއުގައި އެމަނިކުފާނުގެ ފަރާތްޕުޅުން 18 ހެއްކެއް މިއަދު ހުށަހަޅައިފި އެވެ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ދޮވުނު ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތުން ދިފާއުގައި ހުށަހެޅީ ހަތް މީހަކާއި 11 ލިޔުމެވެ. އެ ހެކިތަކުގެ ތަފްސީލަކަށް މިއަދު ނުދެ އެވެ. ޔާމީނަށް ރިޝްވަތު […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ވިޔަފާރި ހިންނަވަރު ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ޅ.ހިންނަވަރު ބަނދަރު ތަރައްގޫ ކުރުމުގެ މސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް ނިމިއްޖެ ކަމަަށެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 57 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 421... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ސީއެސްއާރުގެ ދަށުން އެމްޓީސީސީން ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީސްކޫލެއް އަޅަނީ ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީސްކޫލެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޫލުގެ މަސައްކަތް ފަށަން ވަނީ ބިންގާ އަޅާފައެވެ. ނިންގާ އެޅުއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ހޯރަފުށީ ކައުންސިލްގެ ނައިބު އަހުމަދު އިމްދާހުއެވެ. އެ މަސައްކަތް ކުރަން އެމްޓީސީސީގައި އެދުނީ ހޯރަފުށީ ކައުންސިލ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން