ރާއްޖެ އުދައްޔުގެ މަރުގެ ދައުވާލިބޭ މީހުން އެކަމަށް އިންކާރު ގއ. މާމެންދޫގައި މިދިޔަ އަހަރު ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ މަރުގެ ދައުވާލިބޭ ތިން މީހުން ވެސް އެކަމަށް ކޯޓުގައި މިއަދު އިންކާރުކޮށްފި އެވެ. އުމުރުން 17 އަހަރުގެ އުދައްޔުއަށް ހަމަލާދީ، މަރާލުމުގެ ދައުވާލިބެނީ މާމެންދޫ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ތޫނު އެއްޗަކުން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ވެސް އެ މީހުންގެ […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ރާއްޖެ ޑިފެންސް މިނިސްޓްރީގެ ޕީއެސްއަކަށް އަޙްމަދު ޝާން މަންޞޫރު އައްޔަނުކޮށްފި މިނިސްޓްރީ އޮފް ޑިފެންސްގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަޤާމަށް އަޙްމަދު ޝާން މަންޞޫރު އައްޔަނުކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވީ، ޑިފެންސްގެ ޕީއެސްގެ މަޤާމަށް އަޙްމަދު ޝާން މަންޞޫރު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ. ޕަރމަނަންޓް ސެކްރެޓަރީއަކީ، އޭނާ ވަޒީފާ އަދާ ކުރާ މަސްއޫލު އޮފީހުގެ އިސްވެރިޔާ ކަނޑައަޅާ ސިޔާސަތާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މަސްއޫލު އޮފީހާއި މަސްއޫލު ދާއިރާގެ އެންމެހައި ކަންތައްތައް ހިންގުމުގައި ފުރިހަމައަށް އެހީތެރިވެ އެއްބާރުލައި،... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ކައުންސިލްގެ ސިއްކަ ފަރުމާ ކޮއްދޭނެ ފަރާތެއް ހޯދަނީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ ރަސްމީ ސިއްކަ ފަރުމާކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލްގެ ރަސްމީ ސިއްކަ ފަރުމާކުރުމުގެ ފުރުޞަތު މިއަދު އެ ކައުންސިލުން ހުޅުވާލާފައިވާއިރު، ސިއްކަ ފަރުމާ ކުރުމުގައި، ވިސްނަންވީ ކަންކަމުގެ ތަފްސީލް ވެސް ވަނީ އާންމުކޮށްފައެވެ. މިގޮތުން ހުށަހަޅާ ސިއްކައަކީ މީގެ ކުރިން ޕަބްލިޝްކޮށްފައިނުވާ ސިއްކައަކަށްވުމާއި، ދިއްދޫއަށް ނިސްބަތްވާ ޚާއްޞަ ސިފައެއް ރަމްޒުކޮށްދޭ ސިއްކައަކަށްވުމުގެ އިތުރުން މުޖްތ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ބިލެތްފަހީ ޕީޕީއެމް ކައުންސިލަރުންގެ ފަރާތުން ރޯދަ ހަދިޔާއަކަށް ފިނި މައިޒާނެއް ށ. ބިލެތްފަހި ކައުންސިލްގައި ތިއްބެވި ޕްރޮގްރެއްސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ނިސްބަތްވާ ކައުންސިލަރުންގެ ފަރާތުން އެ ރަށުގައި ފިނިމައިޒާނެއް ތަރައްގީކޮށްފިއެވެ. ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ، ބިލެތްފަހި ކައުންސިލްގެ ރައީސް ޢަބުދުﷲ ޒިޔާދު “ތިލަދުން”އަށް ވިދާޅުވީ، ބިލެތްފަހީ ކައުންސިލްގައި ހިމެނޭ ޕީޕީއެމްއަށް ނިސްބަތްވާ ތިން މެންބަރުންގެ ފަރާތުން ތަރައްގީކުރި މި ފިނިމައިޒާނަކީ ރަށުގެ ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަކޮށް ހަދާފައިވާ ތަނެއްކަމަށެވެ. އެ ފިނި މައިޒާން ހުރިހާ އުމުރުފު... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި މި ރޯދަ މަހު މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް އާއްމުކޮށްފި ރޯދަމަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީ އިން އާއްމުކޮށްފިއެވެ. އެ މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:30 އާ ދެމެދު ކަމަށާއި ރޭގަނޑު 8:00 އިން ހެނދުނު 6:00 އާ ދެމެދު ކަމަށެވެ. މި ގަޑިތަކުގައި ހުރިހާ ބާވަތެއްގެ އަދި ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެއެވެ. އަދި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ އެންމެ އަލިގަދަ ތަރި ޤްރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވަމުން އަންނަ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އެ ކުލަބުން ހުޅުވާލައިފިއެވެ. މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ފުރަތަމަ ދެ ދުވަހުއެވެ. މުބާރާތުގައި 20 ބައިވެރިން ވާދަކުރި ނަމަވެސް، މުބާރާތް ރާވާލެވިފައި ވަނީ، ފުރަތަމަ ބުރުން އެންމެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކުޅިވަރު ޔުވެންޓަސް ބަލިކޮށް އިންޓަމިލާން ލީގު ހޯދުމުގެ އުއްމީދު އާ ކޮށްފި އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި އިންޓަމިލާން ބައްދަލުކުރި ފޯރިގަދަ މެޗު އިންޓަމިލާން ކާމިޔާބު ކޮށްފިއެވެ. އިންޓަމިލާން މި މެޗް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނުނު ހަމަ އެކަނި ގޯލް ފުރަތަމަ ހާފް ގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ތުރުކީގެ 28 އަހަރު މިޑްފީލްޑަރ ހަކަން ކަލްހަނަގުލޫ އެވެ. މެޗުގައި ޔުވެންޓަސް ވަނީ 22 ހަމަލާއެއް ފޮނުވާލާފައެވެ. އޭގެތެރެއިން ގޯލާ އަމާޒު ވެފައި ވަނީ 5 ހަމަލާއެކެވެ. […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަމް އަންހެނުން ކޮމެޓީއާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ހދ. ނޮޅިވަރަމް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ހުސްވި މާރިޗް މަހުގެ 13 އިން 30 އަށް ހިނގު މި ޕްރޮގްރާމް ގައި 34 މީހަކު ބައިވެރިވެ 32 މީހަކު މިރޮގްރާމް ފުރިހަމަ ކޮއްފައިވެއެވެ. މި ކަސްރަތު ޕްރޮގުރާމްގެ އެއްމެ ބޮޑަށް ބަރުދަން ލުއިކުރެވިގެން މުބާރާތުގެ އެއްވަނަ ފަރާތަކަށް ހޮވިފައިވަނީ ހދ.ނޮޅިވަރަމް / ކަށިމާގެ ސާދ... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ކުޅިވަރު ޕީއެސްޖީ އަށް ފަސޭހަ މޮޅެއް ފުރާންސް ލީގުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ފަސޭހަ ކަމާއެކު ލޯރިއަންޓް މައްޗަށް ޕީއެސްޖީ ކުރި ހޯދައިފިއެވެ. އެމްބާޕޭ، ނޭމާ ކޮންމެ ކުޅުންތެރިއެއް 2 ގޯލް ޖެހި މި މެޗުގައި ޕީއެސްޖީ މޮޅުވީ 5-1 ގެ ނަތީޖާއިންނެވެ. ޕީއެސްޖީގެ އަނެއްގޯލް ޖެހީ މެސީއެވެ. ރޭގެ މެޗުގައި ޕީއެސްޖީން ޖެހި 5 ގޯލްގައިވެސް އެމްބާޕޭގެ ހިއްސާބޮޑެވެ. 2 ގޯލް ޖަހާ އަނެއް 3 ގޯލް އެސިސްޓް ހަދައިފައިވަނީ އެމްބާޕޭއެވެ. ފުރަތަމަ ގޯލް 12 ވަނަ މިނެޓުގައި ނޭމާ […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ވިޔަފާރި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން، އެއާޕޯޓް ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ގާއިމުކުރާނެއެވެ. އަދި، ފަޔަ ބިލްޑިންއެއް އިމާރާތް ކުރުމާއި، ޓާމިނަލް ބިލްޑިން އިމާރާތް ކ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ދެވަނަ ބުރަށް ބައިވެރިން ހޮވައިފި ހއ.ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވަމުން އަންނަ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ދެވަނަ ބުރުން ފުރުޞަތު ލިބުނު ބައިވެރިންގެ ނަންތައް ހާމަކޮށްފިއެވެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ފުރަތަމަ ދެ ދުވަހުއެވެ. މުބާރާތުގައި ޖުމަލް 20 ބައިވެރިން ވާދަކުރި ނަމަވެސް، މުބާރާތް ރާވާލެވިފައި ވަނީ، ފުރަތަމަ ބުރުން އެންމެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކުޅިވަރު ބާސާ ފަސްބެލުމެއްނެތި ކުރިޔަށް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން ސެވިއްޔާ މައްޗަށް ކުރިހޯދާ ތާވަލްގެ 2 ވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ބާސާގެ ހަމލާތަށް ފެނުނީ ސެވިއްޔާ އަށްވުރެ ގިނަކޮށެވެ. އެގޮތުން މެޗުގައި ބާސާއިން ވަނީ 19 ހަމަލާއެއް ފޮނުވާލާފައެވެ. 6 ހަމަލާއެއް ގޯލާ އަމާޒުވީއިރު ސެވިއްޔާގެ 8 ހަމަލާގެ ތެރެއިން ގޯލާ އަމާޒު ވެފައިވަނީ 3 ހަމަލާއެކެވެ. ލީގުގެ ކުރީ ކޮޅުގައި 7 ވަނައިގައި […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫގެ ފައިނޭންސް ޑިރެކްޓަރަކަށް ހުސައިން ޒަރީރު އުރީދޫ މޯލްޑިވްސްގެ ފައިނޭންސް ޑިރެކްޓަރަކަށް ހުސައިން ޒަރީރު އައްޔަން ކޮށްފިއެވެ. ހުސައިން އަކީ ފައިނޭންޝިއަލް މެނޭޖްމަންޓް ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 15 އަހަރު އުރީދުއަށް ވެސް ހިދުމަތް ކޮށްފައެވެ. ހުސައިން އުރީދޫ އާ ވަކިވީ 2020 ވަނަ އަަހަރުއެވެ. އޭގެ ކުރިން ވެސް އޭނާ ވަނީ އެ ކުންފުނީގެ ފައިނޭންސް ޑިރެކްޓަރުކަން އަދާކުރައްވައިފައެވެ. އެ ކުންފުނީގެ ފައިނޭޝިއަލް ކޮންޓްރޯލާގެ މަގާމާއި އެހެން ބައެއް ސީނިއާ މަގާމުތައް ވެސް އޭނާ ފުރުއްވިއެވެ. […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކުޅިވަރު ނިއުކާސަލް ބަލިކޮށް ޓޮޓެންހަމް ތާވަލްގެ ހަތަރުވަނައަށް އިނގިރޭސި ލީގުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ނިއުކާސަލް ބަލިކޮށް ޓޮޓެންހަމް ތާވަލްގެ 4 ވަނައަށް ޖެހިލައިފިއެވެ. ނިއުކާސަލް ލަނޑެއްޖަހައިފައިވަނިކޮށް ފަހަތުން އަރާ ޓޮޓެންހަމް ވަނީ 5 ލަނޑު ޖަހާފައެވެ. 5-1 ގެ ނަތީޖާއިން ޓޮޓެންހަމް މޮޅުވި މެޗުގެ ފުރަތަމަ ގޯލް ނިއުކާސަލްއިން ޖެހީ މެޗުގެ 39 ވަނަ މިނެޓުގައި ފަބިއަންޝާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމް ވަނީ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. ސޮން ނަގައިދިން ހުރަސް ބޮލުން ގޯލްތެރެއަށް ބެން […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޮވައިގެން ކުޅުދުއްފުއްޓަށް ގެންދިޔަ ފްލެއަރ އެއް، މަގުމެދަށް ގޮވައިފި ހޮވައިގެން ކުޅުދުއްފުއްފުށި ސިޓީއަށް ގެންދިޔަ ފްލެއަރ އެއް، މަގުމެދަށް ގޮވައިފި އެވެ. މިކަމާއި ގުޅިގެން “ތިލަދުން” އަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ އެފްލެއަށް ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ މަސްވެރިއަކު ކަނޑުމަތިން ހޮވައިގެން ކަމަށެވެ. މަގުމަތިން އެ ފްލެއަރ ހިފައިގެން ދަނިކޮށް މަގުމެދަށް ފަޅައިގެން ގޮސްފައިވާކަމުގެ ރިޕޯޓް މިރޭ ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ. އެސަރަހައްދުގައި އެވަގުތު ފުލުހުން ހަރަކާތްތެރިވެފައިވެއެވެ. މީސް މީޑިޔާގައި ދައުރުވާ ވީޑީއޯތަކުން ފެންނަ ގޮތުގައި އެއިގެން ވަރަށ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން