ރާއްޖެ 130 ކިލޯ ޑްރަގް މައްސަލާގައި އިސް ދެ މީހުން ބަންދުން ދޫކޮށްލައިފި ރާއްޖެ އެތެރެކުރި 130 ކިލޯ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރާ އިސް ދެ މީހުން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. 2020 ވަނަ އަހަރުގެ ފަހުކޮޅު ކަންނެލި ދޯންޏެއްގައި އެތެރެކުރި މަސްތުވާތަކެތީގެ މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ ބަންދުން ދޫކޮށްލަން އަމުރުކުރީ ބޭސްފަރުވާއަށްޓަކަ އެވެ. ކޯޓުން އެގޮތަށް ނިންމީ ޝަރުތު ކުރުމަށްފަހު އަދި ދެ މަސް ދުވަހަށެވެ. […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ވާހަކަ ސަމާސާ އަދަބު: އިދުރީސްބެގެ ތަރުޖަމާނުކަން އިދުރީސްބެއާއި ކަނބުރުބޭގެ ޔޫސުމްބެއާ ދެ މީހުން އުޅުނީ ކަށިމަސްތުނޑިން ބޮއްކުރައެއްގައި ގާ ގެނެސްގެން އެ ގާތައް އެއްގަމަށް އަރުވާށެވެ. އޭރު އަދި މަނަދޫގެ ފަޅެއްނުކޮނެއެވެ. ބަނދަރެއް ނުހަދައެވެ. އެއީ ހަކިންބެމެން ގެއާ ދިމާ އަތިރިމައްޗެވެ. އެންމެ ހަޅަ ދިޔަކަމުން އަނދެގެން ތިބި މުންޑާއެކު ދެ މީހުން ވެސް ތިބީ ތެމިފޯވެފައެވެ. އެހެން ތިއްބާ އެ ދިމާއަށް އަންނަތަން ފެނުނީ މަނަދޫ ކޯޓާ ހަވާލުވެގެން ހުރި ގާޒީ، ލަންދޫ ސަމަދުބެއެވެ. ނިކަން ހަރުކޮށް ހިނގާފައި އައިސް އިދުރީސްބެއަށް ގޮވާލާފައި […] ޢަބްދުﷲ ސަޢީދު · 4 އަހަރު ކުރިން
ވިޔަފާރި ފެނަކަ އިންސްޓިޓިއުޓް، ނޭޝަނަލް ޓްރޭޑް ޓެސްޓް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފި މީހުން ތަމްރީން ކުރުމަށް ފެނަކައިން އުފެއްދި ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް، ނޭޝަނަލް ޓްރޭޑް ޓެސްޓް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފިއެވެ. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގާ ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސަޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ޓްރޭޑް ޓެސްޓިން ހިންގުމަށް ކޮލިޓީ އެޝުއަރެންސް އެއްބަސްވުމެއްގައި ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ފެނަކަ އިންސްޓިޓިއުޓްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިއަދުއެވެ. އެއާއެކު ނޭޝަނަލް ޓްރޭޑް ޓެސްޓް ސެ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ބަންގްލަދޭޝްގެ އާ ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރިއަރ އެޑްމިރަލް އެސް އެމް އަބުލް ކަލާމް އަޒަދް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި، ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ބަންގްލަދޭޝްގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރައީސް ވަނީ ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝްއިން ރާއްޖޭގެ އިޖްތިމ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި މިފްކޯއިން މިއަދުން ފެށިގެން މަސް ގަންނަވަރު ލިމިޓް ކޮށްފި ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ކިރުވާތީ މިފްކޯ އިން މަސް ގަންނަ އަދަދު ލިމިޓް ކޮށްފިއެވެ. އެ އަދަދު ލިމިޓް ކުރީ މިއަދުން ފެށިގެންނެވެ. އެގޮތުން މިއަދުން ފެށިގެން ކިޔޫގައި ޖެހޭ ދޯނިތަކުން ކިރުވާނީ ދޯންޏަކުން ފަސް ޓަނުގެ މަހެވެ. މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެއްފަހަރާ ގިނަ ދޯނިތަކުން ދެކުނުގެ ސެންޓަރުތަކަށް މަސް ކިރުވާ އަދަދު، ކެޕޭސިޓީއަށް ވުރެ އިތުރުވެފައިވާތީ މަސް ކިރުމުގައި ދަތިތަކާ ދިމާވާ ކަމަށެވެ. އެގޮތުން ފާއިތުވި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ ކައުންސިލްގެ އެހީތެރިކަމާއެކު ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ސްޓަޑީ ކޭމްޕެއް ހއ. ހޯރަފުށީ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 10ގެ ދަރިވަރުންނަށް ސްޓަޑީ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ. މިހިނގާ އޭޕްރިލް މަހުގެ 3 އިން 5 އަށް ގެންދެވުނު މި ކޭމްޕް ނިންމާލެވިފައި ވަނީ ކާމިޔާބު ކަމާއެކުގައި ކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވިގޮތުގައި، މި ފަދަ ސްޓަޑީ ކޭމްޕްތައް ކައުންސިލްގެ މި ހިނގާ ދައުރުގެ ތެރޭގައި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. “މިފަދަ ކޭމްޕް ތަކުގެ […... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ދުބާއީ ޤުރްއާން މުބާރާތުގެ 2 ވަނަ އަދި 3 ވަނަ ބުރުގައިވެސް ނަބީޙް ކިޔަވައިފި ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ދިވެހިރާއްޖެ ތަމްސީލުކުރަމުންދާ އަލްޙާފިޡް އަޙްމަދު ނަބީޙް މުބާރާތުގެ 2 ވަނަ އަދި 3 ވަނަ ބުރުގައިވެސް ކިޔަވައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، ދުބާއީ އިންޓަނޭޝަނަލް ޤުރްއާން ކޮމްޕެޓިޝަން ގައި ދިވެހިރާއްޖެ ތަމްސީލު ކުރަމުންދާ އަލްޙާފިޡް އަޙްމަދު ނަބީޙް މުބާރާތުގެ 2 ވަނަ ބުރު އަދި 3 ވަނަ ބުރުގައިވެސް ކިޔަވާފައިވާ ކަމަށެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވި ގޮތުގައި ނަބީޙުގެ ކިޔެވުން އަޑުއަހާފައި ޙާޒިރުވެތިބި […... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ އައްމަޓީ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލުމާ ދެކޮޅަށް ދައުލަތުން އިސްތިއުނާފްކުރި މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީ މިދިޔަ މަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމުން އެކަމާ ދެކޮޅަށް ދައުލަތުން އިސްތިއުނާފްކުރި މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން މައްސަލަ ހުށަހަޅާފައިވާތީ އެވެ. ދައުލަތުން މައްސަލަ ހުށަހެޅީ މުއްދަތު ހަމަވިތާ އެއް ދުވަސް […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ރާއްޖެ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި: ވިސާމް ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް، ވިސާމް އަލީ ވިދާޅުވެއްޖެއެވެ. ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރު ވިސާމް އަލީ މަގާމުން އިސްތިއުފާ ދެއްވިކަން ފޮރިން މިނިސްޓްރީއިން ރޭ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަފީރު ކަމުގައި ހުންނަވައިގެން ރާއްޖެއަށް އެކަމަނާ ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާފަ އެވެ. މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވިސާމް ކުރެ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިމަގުން ބާއްވާ މަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިމަގުން ވަނީ މި މުބާރާތް މެދުކެނޑުމެއްނެތި ފާއިތުވި 17 އަހަރު ވެސް ބާއްވާފައެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް “އަލްމަރުޙޫމް ހުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތް” ގެ ނަމުގައި ކުރިއަށް ގެންދެވެނީ މަރުހޫމް ހުސައިން ޒުހައިރަކީ އެ ޖަމިއްޔާގެ އެއް މުއައްސިސް ކަމަށް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކުޅިވަރު ލިވަޕޫލް އިން ސެމީގެ އުއްމީދު ބޮޑުކުރިއިރު ސިޓީއިން އެތުލެޓިކޯ ބަލި ކޮށްފި ޔުއެފާ ޗެމްޕިއަސް ލީގުގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން 3-1 ގެ ނަތީޖާއިން ބެންފިކާ ބަލިކޮށް ލިވަޕޫލްއިން ސެމީއާއި ގާތަށް ޖެހިލައިފިއެވެ. ބެންފިކާ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލް ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މެޗުގެ 17 ވަނަ މިނެޓުގައި އިބުރާހިމާ ކޮނެޓޭއެވެ. ދެވަނަ ގޯލް މެޗުގެ 34 ވަނަ މިނެޓްގައި މާނޭ ކާމިޔާބު ކޮށްދިނީ ފަހުލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދިން ލުއިސް ޑިއާޒްގެ އެހީތެރިކަމާއކުގައެވެ. ޑިއާޒް ގެ ގޯލް ކެއިޓާގެ އެހީތެރިކަމާކު ކާމިޔާބު ކުރީ މެޗުގެ 87 ވަނަ […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް ހދ. ހަނިމާދޫ އާއި ށ. މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން މިރޭ ކުރީ އިޢުލާނެއްގައި ބުނެފައިވަނީ، ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމާ އިޢުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ […... އަލީ އާދިލް · 4 އަހަރު ކުރިން
މަޖިލިސް ދައުލަތް ސިފަވެފައި އޮންނަނީ ބޮޑު ވިޔަފާރި ކުންފުންޏެއް ގޮތަށް: ސައުދު ޒަމާނުއްސުރެ ދިވެހި ދައުލަތް ސިފަވެފައި އޮންނަނީ ބޮޑު ވިޔަފާރި ކުންފުންޏެ ގޮތަށް ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ. ސައުދު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ސައުދު ވިދާޅުވީ، ދިވެހިރާއްޖޭގައި ކުންފުނިތަކާ ބެހޭ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ތެރެއިން ހިންގާތާ ދުވަސްތަކެއް ވެއްޖެ ކަމަށެ... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ރާއްޖެ މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރު އިސްތިއުފާ ދެއްވައިފި ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރު ވިސާމް އަލީ އިސްތިއުފާ ދެއްވައިފި އެވެ. ވިސާމް އިސްތިއުފާ ދެއްވިކަން ފޮރިން މިނިސްޓްރީއިން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަފީރު ކަމުގައި ހުންނަވައިގެން ރާއްޖެއަށް އެކަމަނާ ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާފަ އެވެ. މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ވިސާމް އަލީ އައްޔަނުކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް، ރަސްމީކޮށް ހުޅުވައި ކިޔަވައިދޭން ފަށައިފި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވައި ކިޔަވައިދޭން ފަށައިފި އެވެ. ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ އެކޮލެޖުގައި ކިޔެވުން ފެށި ފުރަތަމަ ކޯހަކީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭން ކޯސް ކަމަށެވެ. މި ކޯހުގެ ކިޔެވުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މިއަދު ފަށާފައިވާއިރު، ކިޔެވުން ފަށާފައިވަނީ އެކޯހުގެ ދެވަނަ މޮޑިއުލް ކަމަށްވާ ކްރިމިނޮލޮޖީ މޮޑިއުލް ކަމަށެވެ. ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ހަތަރު ވަނަ ބުރު […] އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން