ރާއްޖެ އެމްއެންޕީގެ ފަސް މަގާމަކަށް މެންބަރުން ހޮވުމަށް ވޯޓުލުން ކުރިއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބު ފެށިގެން ކުރިއަށްދާ ކަމަށް އެޕާޓީން ބުނެފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ފެށުނީ މިއަދު ހެނދުނު 8:00 ގައެވެ. މި އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 16:00 އާއި ހަމައަށް ކުރިއަށް ދާނެއެވެ. އެމްއެންޕީން ބުނެފައިވާ ގޮތުގައި، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 185 މަޤާމަކަށް 196 ފަރާތަކުން ކުރިމަތިލިއެވެ. އަދި އޭގެ ތެރެއިން 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރު ކަމަށެވެ. އެމްއެންޕީގެ […] އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ބަލިމީހާ ނިޔާވުމުގައި ހޮސްޕިޓަލްގެ އިހުމާލުއޮތްތޯ ބަލަން އިންކުއަރީއެއް ހަދަން ފަށައިފި ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ނިޔާވެފައިވާ ބަލިމީހެއް ނިޔާވުމުގައި އެ ހޮސްޕިޓަލްގެ ފުރިހަމަ އިންކުއަރީއެއް ހަދަން ފަށާފައިވާކަމަށް ޅ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ އެ އިންކުއަރީއަށްފަހު އިހުމާލެއް ފާހަގަކުރެވިއްޖެނަމަ ފިޔަވަޅު އެޅުމަށް ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. ނައިފަރުގައި ހާޓް އެޓޭކެއް ޖެހުނު މީހަކަށް އަތޮޅު ހޮސްޕިޓަލުން އަވަސް ފަރުވާ ދިނުމުގައި އިހުމާލުވެ، އެ މީހާ ނިޔާވި މައްސަލައެއް ފެންމަތިވެ، އާއިލާ އިން އެ މައްސަލ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި މިނީ ބަހުގެ ޙިދުމަތް ފަށައިގެން ފުރަތަމަ ދެ ހަފްތާ ހިލޭ ދަތުރު ކުރެވޭނެ: އާޒިމް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭގައި އަލަށް ފަށަން ތައްޔާރުވަމުން އަންނަ މިނީބަހުގެ ހިދުމަތް ފުރަތަމަ ދެ ހަފްތާގައި ހިލޭ ލިބޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަމުންނެވެ. އޭނާ ވިދާޅުވީ މާލޭގައި މިނީބަހުގެ ހިދުމަތް ފެށުމަށްވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަަމަށެވެ. އެގޮތުން ދަތުރުތައް ފަށައިގެން ފުރަތަމަ ދެ ހަފްތާ ރޫޓުތައް ދިރާސާ ކުރާނެ ކަމަށާއި އެ ދެ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކުޅިވަރު ލީގު ފެށި މެޗުން ބަޔާންއަށް ބޮޑު މޮޅެއް ޖަރުމަންލީގް ފެށިމެޗުން 6-1 ގެ ނަތީޖާއިން ފްރެންފޯޓް ގެ މައްޗަށް ބަޔާން މިއުނިކް ކުރި ހޯދައިފިއެވެ. މެޗް ފަށައިގެން 5 ވަނަ މިނެޓްގައި ޖޯޝުއާ ކިމިޗް ވަނީ ބަޔާން އަށް ލީޑް ނަގައިދީފައެވެ. އޭގެ 5 މިނެޓް ފަހުން މެޗްގެ 10 ވަނަ މިނެޓްގައި ބަޔާންގެ ދެވަނަގޯލް ޖައިދިނީ ފުރާސް ޑިފެންޑަރ ޕަވާޑް އެވެ. 3 ވަނަ ގޯލް 29 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ސާޑިއޯ މާނޭ އެވެ. 4 ވަނަ ގޯލް ޖަމާލް މުސިއަލާ […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ވިޔަފާރި ރާއްޖޭގެ ފުރަތަމަ ކޯނޭގެ ޓަޗްލެސް ލިފްޓް އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ރާއްޖޭގައި ހަރުކުރި އެންމެ ފުރަތަމަ ޓަޗްލެސް ލިފްޓު، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ބަހައްޓައިފިއެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހަރުކޮށްފައިވަނީ އެ ކުންފުނިން ވިއްކަމުން އަންނަ ކޯނޭ ބްރޭންޑުގެ ޓަޗްލެސް ލިފްޓެކެވެ. ކޯނޭއަކީ ލިފްޓް އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެކެވެ. އެސްޓީއޯއިން ބުނި ގޮތުގައި ކޯނޭ ލިފްޓުގެ ޓަޗްލެސް ސިގްނަލައިޒޭޝަންގެ ސަބަބުން ފިތްތަކަށް ފިތަން އަތްލާން ޖެހޭ މިންވަރު މަދުވާއިރު، ލިފްޓަކީ ދެމެހެއްޓެނިވި އަދި ރައްކާތެރި އެއްޗަކަށް ވާނެ ކަމަށެވެ. މި ލިފްޓް ބޭނުން ކުރ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކުޅިވަރު ލީގުގެ ފުރަތަމަ މެޗު އާސެނަލް ކާމިޔާބު ކޮށްފި 2022-2023 އިނގިރޭސި ލީގުގެ ފުރަތަމަ މެޗުން 2-0 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް ގެ މައްޗަށް އާސެނަލް ކުރި ހޯދައިފިއެވެ. ސިޓީއިން އާސެނަލް އަށް ބަދަލުވި ޖީސަސް އަދި ޒިންޗެންކޯ ފުރަތަމަ 11 ގައި ކުޅުނު މެޗުގައި އާސެނަލްއިން ފުރަތަމަ ގޯލް ޖެހީ ޒިންޗެންކޯ ބޮލުން ގޯލް ކުރިމަށްޗަށް ހުރަސް ކޮށްދިން ބޯޅައަކުން މެޗްގެ 20 ވަނަ މިނެޓްގައި ބުރެޒިލްގެ ފޯރވާޑް ގެބްރިއަލް މާޓިނެއްލީ އެވެ. މިގޯލް މާޓިނެއްލީ ކާމިޔާބް ކުރީ ބޮލުން ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ޚަބަރު ލިވާތުކުރިކަމުގެ ތުހުމަތުގައި, ގާނޫނީ ވަކީލް ނާޒިމްގެ ބަންދަށް އިތުރު ހަތް ދުވަސް ލިވާތުކުރިކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރުގެ ބަންދަށް އިތުރު ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފި އެވެ. ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ނާޒިމްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ފުލުހުންގެ ތަހުގީގު ގެންދިއުމުގެ ބޭނުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރަ... އަލީ ރިޔާޟް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގޭތެރޭ ބޭނުންކުރާ ކަރަންޓް ސާމާނަށް، ނޮޅިވަރަންފަރު ކަނބަލުން އަހުލުވެރި ކުރުމަށް ޕްރޮގްރާމެއް ފަށައިފި ގޭތެރޭ ބޭނުންކުރާ ކަރަންޓް ސާމާނަށް ނޮޅިވަރަންފަރުގެ ކަނބަލުން އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ “ޑޮމެސްޓިކް އެޕްލިއެންސް ސޭފްޓީ ޕްރޮގްރާމް” އެ ރަށުގައި ފަށައިފިއެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމް އިއްޔެ ފަށާފައިވާއިރު، މި ޕްރޮގްރާމް ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކޮލަމް މުޙައްރަމް މަހުގެ މާތްކަމާއި ޢާޝޫރާ ދުވަހު ރޯދަހިފުމުގެ މުހިންމުކަން މާތް ﷲ ވަނީ އެކިއެކި މައްސަރު މަތިވެރިކުރައްވައިފައެވެ. އަޅުތަކުންނަށް ހެޔޮކަންކަމާއިގެން ކުރިއަރައިދިޔުމުގެ މަގު ތަނަވަސްކޮށްދެއްވައިފައެވެ. ކުރެވިފައިވާ ފާފަތަކުން ތައުބާވެ، އެ ފާފަތައް ފޮހެލާނޭ ހެޔޮ މައްސަރުތަކާއި އެ މައްސަރުގައި ކުރާނޭ އަޅުކަމުގެ އެކި ކަންކަން ބަޔާންކުރައްވައިފައިވެއެވެ. އެގޮތުން ބަލާއިރު، މުޙައްރަމު މަހަކީ މަތިވެރިވެގެންވާ މަހެކެވެ. މުޙައްރަމް މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މަހެކެވެ. ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގައި އަނިޔާވެރިކަން އިސްކުރުމާއި... ޝެއިޚް ޝަފީއު އަބްދުﷲ · 4 އަހަރު ކުރިން
ވިޔަފާރި ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައިފި ޅ.ނައިފަރުގައި ޤާއިމްކުރާ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި ޓެސްޓުކުރުމުގެ މަރުހަލާ ނިންމާލައިފިއެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމައި ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށްގެންދިޔައީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުން ފެށިގެން 22ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްލޭނިން މިނިސްޓްރީން ބުނި ގޮތިގައި ނައިފަރުގައި ގާއިމް... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ރައީސް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފި އެވެ. ރައީސް މާލެ ވަޑައިގަންނަވައިފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސް އަށް މަރުޙަބާ ދެންނެވީ ނައިބް ރައީސް ފައިސަލް ނަސީމް އާއި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނު […] އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ހއ .ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެ ކައުންސިލްގެ 5 ވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށުގައި ރަޖިސްޓަރީ ކޮށްފައިވާ ކުލަބް ޖަމިއްޔާތަކަށް ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ކުލަބް ޖަމްޢިއްޔާތަކާއި އެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ސްކޫލް ޗުއްޓީ ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫން: އެޑިއުކޭޝަން މިނިސްޓަރު ސްކޫލް ޗުއްޓީ ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު މީޑީއާޔާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. އަހަރުގެ މެދުތެރެއަށް ސުކޫލް ޗުއްޓީ ބަދަލު ކުރުމާއި ގުޅިގެން ބައެއް އާންމުންނާއި ބެލެނިވެރިން އަދި ބައެއް ޓިޗަރުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ޗުއްޓީ ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެފަދަ ވިސްނުމެއް ވެސް އަދި ނުގެން... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ އެމްއެންޕީގެ ތަރުޖަމާނަކަށް ޝިދާތާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ތަރުޖަމާނުގެ މަގާމަށް ޝިދާތާ ޝަރީފް އައްޔަންކޮށްފި އެވެ. އެމްއެންޕީގެ ތަރުޖަމާނުގެ މަގާމް ހުސްވެފައިވަނީ ކުރިން އެމަގާމުގައި ހުންނެވިއަސްރާ އަހުމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މިއަދު ހަވީރު އެމްއެންޕީގެ ސްޕޯކްސްޕަރސަން ތަޢާރަފްކުރުމަށް ހަރަކާތެއްވެސް އެޕާޓީގެ ފަރާތުން ވަނީ ބާއްވާފައެވެ. މިހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދުނީ ޤައުމީ ފިކުރުގެ ގޮތުގައި ކަމަށާއި ފާއިތުވި ކުރު މު... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހާ ޓު ސީނު ޓުއަރިޒަމް އެންޑް ޓްރޭޑް ފެސްޓިވަލް އަންނަމަހު ފަށަނީ ހާ ޓު ސީނު ޓުއަރިޒަމް އެންޑް ޓްރޭޑް ފެސްޓިވަލް އަންނަ ސެޕްޓެމްބަރު މަހުގެ 15 ގައި ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. މި ފެސްޓިވަލްގައި ބައިވެރިވުމުގެ ސުންގަޑި އަކީ މިމަހުގެ 10 ވަނަ ދުވަހުގެ 23:59 އެކެވެ. ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިފެސްޓިވަލް ކުރިއަށްދާނީ އަންނަ މަހުގެ 15 އިން 18 އަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:50 އަށެވެ. ފެސްޓިވަލްގައި މިހާތަނަށް ބައިވެރިވެފައިވާ ރަށްތަކުގެ ތެރޭގައި ކ. މާފުށި، ގއ. ކަނޑުހުޅުދޫ، ގއ. […] އަލީ އާދިލް · 4 އަހަރު ކުރިން