ތިލަދުންމަތީ ޚަބަރު މިހަފްތާ ތެރޭގައި ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް އަލުން ފެށޭނެ: ކޭއާރުއެޗް މި ހަފްތާ ތެރޭގައި ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް އަލުން ފެށޭނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުން މި ވަގުތު ލޮލުގެ ޑަކްޓަރުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކެނޑިފައި ވަނީ، އެ ހޮސްޕިޓަލްގެ ލޮލުގެ ޑިޕާރޓްމެންޓްގައި މަސައްކަތް ކުރައްވަމުން ގެންދެވި އެއް ޑަކްޓަރު ހޮސްޕިޓަލާއި ވަކިވެފައިވަނިކޮށް، ދެން ހުންނެވި ޑަކްޓަރު އެމަރޖެންސީ ކަމެއްގައި ޗުއްޓީ ނަންގަވަން ޖެހުމުން ކަމަށެވެ. އެހެންވެ އެކަން އެންމެހާ ކަސްޓަމަރުނ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ''ދަރިވަރުންނާ މުއާމަލާތްކުރާ މީހުންދެނެގަނެ ސަމާލުވާންޖެހޭ'' ދަރިވަރުންނާ މުއާމަލާތްކުރާ މީހުންދެނެގަނެ، ގެއްލުމެއް ކުރިމަތިވިޔަ ނުދިނުމަށް ސަމާލުވާންޖެހޭކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން މިނިސްޓަރު ޑރ.އައިޝަތު ޢަލީ ދެއްވި ޚިތާބުގައި ވިދާޅުވީ، އައު އަހަރެއްގެ ކިޔެވުން ފެށިގެންދާއިރު ލިބޭ އެންމެ ބޮޑު އުފަލަކީ ކޯވިޑްގެ ބަލިމަޑުކަމުން އާންމު ހާލަތަކަށް ބަދަލުވެ، ކިޔަވައިދިނިމުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ހެޔޮ ނަސީބު ލިބިފައިވުން ކަމަށެވެ. ދީނީ، އަދަބީ އަދި އިޖުތިމާއީ ހަރ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ''މިތިބީ ދަރިވަރުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭން'' ސަރުކާރުން މަސައްކަތް ކުރައްވަމުން ދަނީ ދަރިވަރުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިރާސީ އަހަރެއް ފެށޭ ދުވަހަކީ، ކުރިއެރުމާއި ތަރައްޤީގެ ވިސްނުމުގައި ދުވަސް ގުނާ ބަޔަކާ، އަހަރެއްގެ ތެރޭގައި ބައްދަލުކުރާނެ އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ. މިއަދު ދަރި... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ކޮލަމް ބެލެނިވެރިންނަށް: ދަރިންގެ ހިތުގައި ނަބިއްޔާއަށް ލޯބި ޖެއްސިދާނެ ގޮތްތައް އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާތް، މަތިވެރި ޝަޚުޞިއްޔަތަކީ މިޒަމާނުގެ ކާފަރުންނާއި، ލާދީނީ-ސެކިއުލާ އޮއިވަރުތަކުގެހަމަލާތައް އެއްމެ ބޮޑަށް އަމާޒުވެފައިވާ އެއް އަމާޒެވެ. އެހެންކަމުން މިބައިމީހުންގެ މިނުބައި ރޭވުމުން އަހަރެމެންގެ ޅަދަރިން ސަލާމަތްކޮށް، އެކުދިންނަކީ އެކަލޭގެފާނަށް އީމާންވާ އަދި އެކަލޭގެފާނު ދެކެ ލޯބިވާ އަދި އެކަލޭގެފާނަކީ ނަމޫނާއެއް ކަމުގައި ބަލާނެ ކުދިބަޔަކު ކަމުގައި ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަ ޖެހެއެވެ. އެގޮތުން ދަރިންގެ ހި... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 4 އަހަރު ކުރިން
ކުޅިވަރު ޗެލްސީ އަށް ފުރަތަމަ މެޗުން ހަނި މޮޅެއް އައު ސީޒަންގައި ޗެލްސީ އިން ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފިއެވެ. އެވަޓަންގެ ގޫޑިސަން ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗް ޗެލްސީއިން ކާމިޔާބްކުރީ 1-0 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނުނު ހަމަ އެކަނި ގޯލް ޖަހާފައިވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ. މެޗްގައި ގިނަވަގުތު ބޯޅަ ގެން ގުޅެ މޮޅަށް ކުޅުނު ޗެލްސީ އިން މި މެޗްގައި ގޯލާ އަމާޒުކޮށް ވަނީ 7 ހަމަލާއެއް ފޮނުވައިލާފައެވެ. އެވަޓަންއަށް ޗެލްސީގެ ގޯލާ […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ކުޅިވަރު ފްރާންސް ލީގު: ޕީއެސްޖީ އަށް ފަސޭހަ މޮޅެއް ފްރާންސްލީގުގައި ހޮނިހިރުދުވަުުގެރޭ ކުޅުނު މެޗު ޕީއެސްޖީ ފަސޭހަކަމާއެކު ކާމިޔާބް ކޮށްފިއެވެ. ކުލެމޮންޓް ފޫޓް އާއި ބައްދަލުކޮށް ޕީއެސްޖީ މޮޅުވީ 5-0 ގެ ނަތީޖާއިންނެވެ. ކުލެމޮންޓް ފޫޓް ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީއިން ވަނީ 13 ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވައިލާފައެވެ. ކުލެމޮންޓް ފޫޓް އަށް ޕީއެސްޖީ ގޯލާ އަމާޒްކޮށް ފޮނުވައިލެވުނީ އެންމެ ހަމަލާއެކެވެ. މި މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލް 9 ވަނަ މިމެޓްގައި ނޭމާ ޖަހއިދިނީ މެސީގެ އެހީތެރިކަމާއެކުގައެވެ. ދެވަނަ ގޯލް ނޭމާގެ އެހީތެރިކަމާއެކު މެޗްގެ... އަލީ ރިޔާޟް · 4 އަހަރު ކުރިން
ރާއްޖެ ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮއްވާ ފެނިއްޖެ މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ މިކަން ވަނީ މިޑިޔާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުން ހައްޔަރުކޮށްފައިވަނީ ޒުވާން ދިވެހި ފިރިހެނެކެވެ. މަރާލާފައި އޮއްވާ ފެނިފަ... އަލީ އާދިލް · 4 އަހަރު ކުރިން
ކުޅިވަރު ފުރަތަމަ މެޗުން ލިވަޕޫލަށް ޕޮއިންޓެއް އިނގިރޭސި ޕްރިމިއާ ލީގުގެ އައު (2022/23) ސީޒަންގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ. މިރޭ ފުލަމްގެ ދަނޑުގައި ލިވަޕޫލާއި ފުލަމް ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. ހީކުރެވުނު ގޮތާއި ޚިލާފަށް މެޗުގައި ދެ ފަހަރު ވެސް ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ފުލަމުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި ލިވަޕޫލްގެ އޭރިއާތެރެއަށް ފުލަމްގެ ކެނީ ޓެޓޭ ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ މައްކާގެ ހެޔޮ އެދޭ ފަރާތަކުން ކޮއްކޮމެން ޕްރީ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް ޢުމްރާގެ ދަތުރެއް މައްކާގެ ހެޔޮ އެދޭ ފަރާތަކުން ކޮއްކޮމެން ޕްރީ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް ޢުމްރާގެ ދަތުރެއް ދެއްވައިފިއެވެ. އެސުކޫލުން ބުނީ މި ދަތުރުގައި ޢުމްރާ ކުރުމުގެ އިތުރުން ތަރުބަވީ ޕްރޮގްރާމެއްގައި ބައިވެރިވުމާއި މަސްޖިދުއްނަބަވީ އަށް ޒިޔާރަތްކުރުމާއި އިސްލާމީ ތާރީޚާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކުރުން ހިމެނޭކަމަށެވެ. މީގެ އިތުރުން ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ދެ ޙަރަމްފުޅަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ބައްލައިލުންވެސް ހިމެނިފައިވާނެ ކަމަށް އެސުކޫލުން ބުންޏެވެ. “މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް، ކޮންޓެންޑާ ސީރީޒް 1 ގައި ބައިވެރިވާން ހުޅުވާލައިފި އުރީދޫ ނޭޝަން އިން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 1 ގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 1 އަކީ 100،000ރ. ގެ ބޮޑު ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ މި ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތެވެ. އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ފޮތްތައް ރަށްތަކަށް ފޮނުވުމަށް އެމްޓީސީސީގެ އެހީ ދިރާސީ އާ އަހަރުގެ ކިޔެވުމަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އެ އެހީތެރިކަން ފޯރުކޮށްދެނީ އެޑިއުކޭޝަން މިނިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ. މި ޓްވީޓާއެކު އެމްޓީސީސީން ހިއްސާ ކޮށްފައިވާ ފޮޓޯތަކުގައި ފެންނަނީ އެ ކުންފުނީގެ މުވައްޒަފުން ފޮތްތައް ފޮށިގަނޑުތަކުގައި ރަނގަޅަށް ބަނދުކޮށް އެ ގެންދިއުމަށް ތައްޔާރު ކުރާ މަންޒަރެވެ. On the request of... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި އުޅޭ ބިދޭސީއެއް، ޔުނީފޯމު ފަހައިދޭން ގިނަބައެއްގެ އަތުން ފައިސާނަގައި ލަނޑުދީފި ހދ. ކުޅުދުއްފުށި ސިޓީގައި އުޅޭ ބަންގުލަދޭސް ރައްޔިތަކު، ޔުނީފޯމު ފަހައިދޭނެކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާނަގައި ލަނޑު ދީފި އެވެ. މިކަމާއި ގުޅޭ ގޮތުން ފުލުހުން “ތިލަދުން” އަށް ބުނީ މިފަދަ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅިފައިވާ ކަމަށެވެ. މިމައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ. ޔުނީފޯމު ފަހައިދޭނެކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާ ނަގައި ގިނަބަޔަކަށް ލަނޑުދީފައިވާތީ އެބިދޭސީ މީހާ މަސައްކަތް ކުރާ ތަނަށް ދޭތެރެއަކުން މީހުން އެއްވެ ނުރުހުން ފާޅުކުރަ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯގެ ފްލެޓުތައް މުވައްޒަފުންނާ ހަވާލުކޮށްފި ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ސްޓެލްކޯގެ ފްލެޓްތައް، މުވައްޒަފުންނާ ހަވާލުކޮށްފިއެވެ. ސްޓެލްކޯގެ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފައި ވަނީ މިއަދު ހެނދުނު، ސްޓެލްކޯ ފްލެޓް ޓަވަރު ކައިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފްލެޓްގެ ރަމްޒީ ތަޅުދަނޑި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފަށް އެރުވުމުން ޝަރީފް ވަނީ އެ ތަޅުދަނޑި ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމިޓީއާ ހަވާލުކޮށްފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތުރު ރަށެއްގެ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގާތީ ސަސްޕެންޑް ކޮށްފަ ހުންނަތާ މަހެއް ރާއްޖޭން އުތުރު ރަށެއްގެ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގާ މައްސަލައެއްގައި ސަސްޕެންޑް ކޮށްފައި ހުންނަތާ މަހަކަށްވުރެއް ގިނަދުވަސް ވެފައިވާކަން ހާމަވެއްޖެ އެވެ. ޓީޗަރަކު އެއްޖިންސުން ހިންގާ މައްސަލައެއް ބަލަމުން ދާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ “ތިލަދުން” އަށް ކަށަވަރުކޮށްދެއްވާފަ އެވެ. މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން (ހއ، ހދ، ށ) ހިމެނޭ ރަށެއްގައި ދެފިރިހެނުން އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް ޖޫން މަހުގެ 25 ވަނަ ދުވަހު... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ކުރީގެ މެންބަރު މުޙައްމަދު ދޫކޮށްލައިފި ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ. ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް މިދިޔަ މަހު ކުރިއަށް ގެންދަނިކޮށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފައެވެ. އެންމެފަހުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާގެ ބަންދަށް 30 […] ޝިއުނާ އާދަމް · 4 އަހަރު ކުރިން