ރާއްޖެ ކެމިކަލުން ތަޣައްޔަރުވެފައިވާ އައިސްކްރީމެއް ނުވިއްކަން އަންގައިފި ”ޕެސްޓިސައިޑް” އިން ތަޣައްޔަރުވެފައިވާ އައިސްކްރީމެއް ރާއްޖޭގައި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ. އެމްއެފްޑީއޭ އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، ތަޣައްޔަރުވެފައިވާ ހުރި ފަރަންސޭސިވިލާތުގެ، “ހާގެންޑަޒް”، ”Haagen-Dazs” ބްރޭންޑްގެ އައިސްކްރީމް ރާއްޖެ އެތެރެވެފައިވާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު އެ އޮތޯރިޓީއާއި ހިއްސާކޮށްފައި ވަނީ ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިންނެވެ. އެހ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލަންދޫ ސްކޫލަށް އެސްޓީއޯގެ އެހީތެރިކަން މިލަދުންމަޑުލު އުތުރު ބުރީ (ށ. އަތޮޅު) މިލަންދޫ ސްކޫލަށް، ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިލަންދޫ ސްކޫލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އަދި ޓްވީޓާގައި ބުނެފައި ވަނީ އެ ސްކޫލަށް އެސްޓީއޯގެ ފަރާތުން ފަސް ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފަ ވާކަމަށެވެ. އެހެންވެ، އެ ސްކޫލުން ވަނީ އެސްޓީއޯގެ މި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. މި އެހީތެރިކަމާ ގުޅިގެން އެސްޓީއޯއިން ބުނީ މި އެހީތެރިކަން ދެވުނީތީ އުފާކުރާ ކަމަށެވެ. އަދި މި އެހީގެ ސަބަބުން ކުރިމަގުގައި މިލަ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ އަދީބު ދިން އެއް މިލިއަން ރުފިޔާ ޔާމީނާ ހަވާލުކުރިން: އޮއިއްޓޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދީގެން އެއް މިލިއަން ރުފިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރި ކަމަށް ހެއްކަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިނީ އަދީބުގެ ގާތް އެކުވެރިއެއް ކަމަށްވާ އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) އެވެ. އޭނާ ބުނިގޮތުގައި 2013 ވަނަ އަހަރު އަދީބު ހަވާލުކުރި އެއް މިލިއަން ރުފިޔާ ޔާމީނާ ހަވާލުކުރީ އެމަނިކުފާނުގެ ގެކޮޅަށް ގޮހެވެ. […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ކޮލަމް އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތެރެއިން "ކީރިތި ޤުރްއާން" (4) ކުރީގެ ބައިތަކުގައި ބަޔާންކޮށްފައިވާ ފަދައިން ކީރިތި ޤުރްއާނަކީ އެންމެހާ އިންސާނުން ދުނިޔަވީ ޙަޔާތުގައި އުޅެންވީމަގު ދައްކުވައިދޭ އިލާހީ ދުސްތޫރެވެ. މި އިލާހީ ދުސްތޫރުގައި އިންސާނާގެ ދުނިޔަވީ ކޮންމެކަމެއްގައިވެސް ޢަމަލުކުރަންވީ ގޮތްވަނީ ބަޔާންކުރައްވާފައެވެ. މިހަފްތާގެ ލިޔުމުގައި އަލިއަޅުވާލަން މި ޤަޞްދުކުރަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ބައެއް ޖިނާއީ ކުށްތަކާއި އެފަދަ ކުށްތަކުގެ އަދަބުގެ ބައިތަކުގެ މައްޗަށެވެ. ބައެއްޖިނާއީ ކުށްތަށްކުރާ މީހުންގެ ހައްދު ޤުރްއާނުގައި ބަޔާންކުރައްވާފައ... ޤާސިމް މުޙައްމަދު · 4 އަހަރު ކުރިން
ވިޔަފާރި ޔޫއެސް އެއިޑުން ރާއްޖެއަށް ތިން ލައްކަ ޑޮލަރުގެ ހިލޭ އެހީ ޔޫއެސް އެޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް)އިން ރާއްޖެއަށް 300،000 ޑޮލަރުގެ (4.6 މިލިއަން ރުފިޔާ) ގރ ހިލޭ އެހީ ދީފިއެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމާ ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ދިން އެހީއެކެވެ. މި ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެފްޖޭއެސް ކޮންސަލްޓިން ކޯޕަރޭޝަނާއި، އެސްޑީއެފްސީ އިންނެވެ. ޔޫއެސް އެއިޑުން ބުނީ މި އެހީއާއެކު މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ފަސޭހައިން ކުރެވެންހުރި ކަންކަން ދެނެގަނެ، މި... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑުބައެއް ނިމިއްޖެ ހއ. ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތާއި މިހާރު ހުރި ގްރޮއިން ރީޕްރޮފައިލް ކުރުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. އެމްޓީސީސީން ބުނި ގޮތިގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ކޯސްޓް ކިރު ދަޅަކާއި ދެ ކޮފީ ދަޅު ވަގަށް ނެގުމުން 50،000ރ. ގެ ޖޫރިމަނާ ފިހާރަކުން ކޯސްޓްކިރު ދަޅަކާއި ނެސްކެފޭ ކޮފީ ދެ ދަޅެއް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު 25،000ރ. އިން އަދި ދެވަނަ މީހާ 50،000 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ވިލިމާލޭ ފިހާރައަކުން 2020 ވަނަ އަހަރު ކިރު ދަޅަކާއި ކޮފީ ދެ ދަޅު ވަގަށް ގެންދިޔަ މައްސަލައެއްގައި ދައުލަތުން ދައުވާކުރީ ސ. ފޭދޫ ފެހިވިދުވަރުގޭ މުހައްމަދު އިލްހާމާއި މއ. ނިސްރީނުވިލާ އަހުމަދު އިމްރާންގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ރާއްޖެ ހައިކޯޓުން ވެސް ޝައިހް ނިޝާން ބަންދުން ދުލެއް ނުކުރި ޝައިހް އާދަމް ނިޝާން ބަންދުކުރަން ނެރުނު އަމުރު ހައިކޯޓުން މިއަދު ދަމަހައްޓައިފި އެވެ. ޔޯގާ ހަރަކާތެއް ގަލޮޅު ދަނޑުގައި ބާއްވަނިކޮށް ބަޔަކު ހިންގި ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވި ކަމަށް ބުނެ ޝައިހް ނިޝާން ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ނިޝާނާ ދެކޮޅަށް ކޮންމެވެސް މިންވަރެއްގެ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ދަނޑު ބޭރުގައި އޭނާ ހަރަކާތްތެރިވުމާއި ތުހުމަތުކުރެވޭ އެހެން މީހުންނާ އޭނާ މުއާމަލާތުކުރާ މަންޒަރު ފެންނަ ފޮޓޯގެ [... ހުސައިން ހަބީބް · 4 އަހަރު ކުރިން
ރާއްޖެ އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގެންފި އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. އިންޑިއާގެ މުމްބާއީގައި ބޭއްވި މި ފޯރަމަކީ ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީ.އައި.އައި) އިން އިންތިޒާމުކުރި ފޯރަމެކެވެ. ”އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމް”ގެ ބޭނުމަކީ ދެ ޤައުމުގެ އިސް ވިޔަފާރިވެރިން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް ދެ ޤައުމުގެ ދެމެދު ވިޔަފާރިއާ އިޤްތިޞާދީ ގުޅުންތައް ކުރިއަރުވާ އިތުރުކުރުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވާފަވެއެވެ. ރައީ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ މި ސަރުކާރުން ކޮށްދޭ ހެޔޮކަންކަން އޮޅުވާލެވޭވަރަށްވުރެ މާ ސާފު: އަޙްމަދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ހެޔޮކަންކަން އޮޅުވާލެވޭވަރަށްވުރެ މާ ސާފުކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބުﷲ ވިދާޅުވެއްޖެއެވެ. އަހްމަދު ކުރެއްވި ޓްވީޓެއްގައި އެއީ ކޮންބަޔެއްކަން ވިދާޅުނުވެ، ވިދާޅުވެފައި ވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރައްޔިތުންނަށް ހެޔޮކަމެއް ކޮށްދޭވާހަކަ ބުނެލާއިރަށް ބައެއް ބޭފުޅުން ވަރަށް ބޮޑަށް ހަގީގަށް އޮޅުވާލަން މަސައްކަތްކުރާ ކަމަށެވެ. ބަޔަކު އެގޮތަށް މަސައްކަތް ކުރި ކަމުގައިވިޔަސް މި ސަރުކާރުން ރައްޔ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ފޯނު ފޭރިގެންއިރު، ރައީސް ނަޝީދުގެ ސެކިއުރިޓީއާއި ގުޅޭގޮތުން "މިވަގުތު ނޯ ކޮމެންޓް" ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފޯނު ފޭރިގަނެގެން މީހަކު ދުވެ ފިލިއިރު އެމަނިކުފާނުގެ ސެކިއުރިޓީ އާއި ގުޅޭގޮތުން މިވަގުތު ކޮމެންޓްއެއް ނެތްކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ. މޭ 6 ވަނަ ދުވަހު މަޖީދީމަގުގައި ދިން ބޮމުގެ ހަމަލާއަށްފަހު ރައީސް ނަޝީދު އަށް އެމްއެންޑީއެފް އިން އަންނަނީ ވަރުގަދަ ސެކިއުރިޓީއެއް ފޯރުކޮށްދެމުންނެވެ. އަދި ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރަށް ރަސްމީ ގޭގެ ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ރައީސް […... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިއަށް އޮތް 36 ގަޑިއިރުގެ މޫސުން: ވައިގަދަ، ކަނޑުތައް ވަރަށް ބޮޑަށް ގަދަ، އުދައެރުން އެކަށީގެންވޭ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިކަމަށާއި ކުރިއަށް އޮތް 36 ގަޑިއިރުގެ ތެރޭގައި މޫސުން ގޯސް ވާނެކަމަށް މުސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ. މެޓް އޮފީހުން ވިދާޅުވީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި އެކު ކުރިއަށް އޮތް 36 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވެ އުދައެރުން އެކަށީގެންވާކަމަށެވެ. ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއެކު […] އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ރާއްޖެ މަޖިލިސް ރައީސްގެ ފޯނު ޖަހައިގަނެގެން ދުވެ ފިލައިފި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފޯނު ފޭރިގަނެގެން މީހަކު ދުވެ ފިލައިފި އެވެ. މިކަން ކަށަވަރު ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އަދި މަޖިލީހުގެ ރައްޔިތުން މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕަށް މެސެޖު ކުރައްވަވަމުން އީވާ ވިދާޅުވީ، ރައީސް ނަޝީދުގެ ދަރިކަނބަލުން، އީވާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރެސްޓޯރެންޓެއްގައި ކޭންބައްލަވަން ތިއްބާ ނަޝީދުގެ ފޯނު ފޭރިގަނެގެން މީހަކު ދުވެ ފިލާފައިވާ ކަމަށެވެ. އަދި ނަޝީދުގެ ނަމްބަރު ބްލޮކްކޮށްދެއްވު... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް، ހއ.އަތޮޅުން ފެށިގެން އދ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި ތިލަދުންމަތިން ފެށިގެން އަރިއަތޮޅު ދެކުނަށް ބާރު ވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ލަފާކޮށް ރީނދޫ ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މި އެލާޓް ނެރެފައި ވަނީ މިއަދު މިރޭ 19:00 އިން ފެށިގެން މިރޭ 23:00 އާއި ހަމައަށެވެ. މިވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބާރު ވައިޖެހި، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ''މިނިވަންކުރޭ'' ހަރަކާތް މެދުނުކެނޑި ކުރިއަށްދާނެ: ލަޠީފް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ ކުރިއަށް ގެންދާ ”މިނިވަންކުރޭ” ހަރަކާތް މެދު ނުކެނޑި ކުރިއަށް ގެންދާނެކަމަށާއި އަދި މާދަމާ ރޭ އަލުން އެ ހަރަކާތް ފަށާނެކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަތީފް ވިދާޅުވީ އިދިކޮޅުން އިސްވެ ކުރިއަށް ގެންދާ “މިނިވަންކުރޭ” އިހުތިޖާޖު މާދަމާ ރޭ 8:30 އިން ފެށިގެން އަލުން ފަށާނެ ކަމަށެވެ. އަދި އެ ހަރަކާތް ނުހުއްޓި ކުރި... އަލީ އާދިލް · 4 އަހަރު ކުރިން