މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނޮޅިވަރަމް 6 ކުލާހަށް ބޭނުންވާ ގޮނޑިޔާއި މޭޒު، މާލޭ ބޯޓަށް އަރުވައިފި

ނޮޅިވަރަމް 6 ކުލާހަށް ބޭނުންވާ ގޮނޑިޔާއި މޭޒު، މާލޭ ބޯޓަށް އަރުވައިފި

ނޮޅިވަރަމް ސުކޫލުގައި އަލަށް އިމާރާތް ކޮށްފައިވާ ހަ ކުލާސް ރޫމަށް ބޭނުންވާ އެންމެހާ ފަރުނީޗަރު އެ ރަށަށް ފޮނުވުމަށްޓަކައި މިހާރު ބޯޓަށް އަރުވާފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ. ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް ނޮޅިވަރަމު ސުކޫލަށް އިތުރު ކުރެވުނު 6 ރޫމް އިމާރާތުގެ މަސައްކަތް ނިމި، އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރިތާ ހަމަސް ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެ ފެށޭ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އެ ކުލާސް ރޫމްތައް ބޭނުންކުރަން ފެށުމަށް ބޭނުންވާ ސާމާނު ހަމަވެފައި ނުވާތީ […]

އިބްރާހިމް ޚަލީލް
ގައުމީ ޓީމާއި ފިޔަވަތީގެ 50 ކުދިން، އުރީދޫގެ އަހަރީ ދުވަހު ފޯރި ނަގައިފި

ގައުމީ ޓީމާއި ފިޔަވަތީގެ 50 ކުދިން، އުރީދޫގެ އަހަރީ ދުވަހު ފޯރި ނަގައިފި

އުރީދޫގެ 17 ވަނަ އަހަރީ ދުވަހު، ގައުމީ ފުޓް ބޯޅަ ޓީމާއި ފިޔަވަތީގެ 50 ކުދިންގެ މެދުގައި ކުޅެވުނު ހާއްސަ ފުޓްބޯޅަ މެޗުގައި ވަރަށް ފޯރި ނަގައިފި އެވެ. މިމެޗު ކުރިއަށް ދިޔައީ އިއްޔެ ހެންވޭރު ދަނޑުގައެވެ. އިއްޔެގެ މި ހަރަކާތުގައި ނައިބު ރައީސް ރައީސް ފައިސަލް ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަދި ޚާލިދު އަލް ހަމާދީ ބައިވެރިވެވަޑައިގެންނެވިއެވެ. މެޗަށް ފުރަތަމަ ނިކުތީ ގައުމީ ޓީމުގެ 10 ކުޅުންތެރިންނާއި ފިޔަވަތީގެ […]

އިބްރާހިމް އަސްވާޤް
ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ހައިކޯޓުން ވެސް ދަމަހައްޓައިފި

ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ހައިކޯޓުން ވެސް ދަމަހައްޓައިފި

މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު)ގެ ޕާސްޕޯޓު ސިވިލް ކޯޓުން ހިފަހައްޓާފައި ވަނީ ރަގަޅަށް ކަމަށް ހައިކޯޓުން ވެސް ނިންމައިފިއެވެ. ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކުރީ މި އަހަރުގެ ފެބްރުއަރީ […]

އަލީ އާދިލް
ބަޔޮލޮޖީ ދަރިވަރެއް މުސްލިމަކަށް ވީ ގޮތް

ބަޔޮލޮޖީ ދަރިވަރެއް މުސްލިމަކަށް ވީ ގޮތް

މިހާރު އަހަންނަކީ ރިޗްމޮނޮޑުގައި ދިރިއުޅޭ މުސްލިމެކެވެ. މިދިޔައަހަރުގެ ކުރިން އަހަންނާ ދުވަހަކުވެސް މުސްލިމަކާ ބައްދަލުވެފައެއް ނުވެއެވެ. އަދި އަހަރެން ދިރިއުޅޭ ސިޓީގައި އިސްލާމީ މަރުކަޒެއް އިންނަކަން ވެސް އަހަންނަށް އޭގެ ކުރިން އެނގިފައެއް ނުވެއެވެ. ކޮންމެއަކަސް އެދުވަސްވަރަކީ އިސްލާމް ދީނުގެ މަޢުލޫމާތުތައް ހޯދުމަށް އަހަރެން ވަރަށް ޝަޢުޤުވެރި ވެފައިވާ ދުވަސް ވަރެކެވެ. އެހެން ނަމަވެސް މިދީނާ ބެހޭ ގޮތުން ކިޔާނެއެއްޗެއް އަހަންނަކަށް ނުފެނުނެވެ. އެކިއެކި އެންސިކްލޮޕީޑިއާ ތަކާއި ފޮތްތައް އަހަރެން ކީ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެެ. އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް އެކުލަވާލާފައިވާ އުސޫލު ގައިވާގޮތުގެ މަތިން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ އެ އުސޫލުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް އެކަނި ކަމަށެވެ. ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަތުރުތަކުގެ ތެރޭގައި ކު...

އަލީ އާދިލް
އުރީދޫގެ ހަތަރު ކަސްޓަމަރަކަށް ވޯލްޑް ކަޕްގެ ސެމީ މެޗެއް ބަލަން ދިޔުމުގެ ފުރުސަތު

އުރީދޫގެ ހަތަރު ކަސްޓަމަރަކަށް ވޯލްޑް ކަޕްގެ ސެމީ މެޗެއް ބަލަން ދިޔުމުގެ ފުރުސަތު

އުރީދޫ މޯލްޑިވްސްގެ ވޯލްޑްކަޕް ފޯރި 2022 ކެމްޕޭން އިއުލާން ކޮށްފިއެވެ. މި ކެމްޕޭން އިއުލާން ކުރީ އިއްޔެ އެ ކުންފުނިން ބޭއްވި ހަރަކާތެއްގައެވެ. މި ކެމްޕޭނާއެކު އެ ކުންފުނިން ވަނީ ހަތަރު ކަސްޓަމަރަކަށް ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕް 2022 ގެ ސެމީ ފައިނަލް މެޗެއް ބަލައިލުމުގެ ފުރުސަތު ލިބޭ ހާއްސަ ލަކީޑްރޯއެއް ތައާރަފުކޮށްފައެވެ. އުރީދޫގެ ހާއްސަ ލަކީޑްރޯ ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށެވެ. ލަކީޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވާނީ ނޮވެންބަރު 10 ވަނަ […]

އަޙްމަދު ވަހީދު
ހަނިމާދޫ މަގުތަކުގައި ތާރު އަޅައި ނިމިއްޖެ

ހަނިމާދޫ މަގުތަކުގައި ތާރު އަޅައި ނިމިއްޖެ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، 46,466 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 16,518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކޮށް، 38,916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރާނެއެވެ. އަދި، 19,679.7 އަކަ މީޓަރުގެ […]

އަޙްމަދު ވަހީދު
ދުވާލަކު މަދުވެގެން 10ހާސް ފިޔަވަޅުން ލިބޭ 5 ފައިދާއެއް

ދުވާލަކު މަދުވެގެން 10ހާސް ފިޔަވަޅުން ލިބޭ 5 ފައިދާއެއް

ދުވާލެއްގެ މައްޗަށް އެޅެނީ މުޅިއަކު ކިތައް ފިޔަވަޅުތޯ ބަލައި މަދުވެގެން ދިހަހާސް ފިޔަވަޅު އަޅަން މަސައްކަތްކުރުމަކީ، މަދުމަދުން އެކި ޢުމުރުފުރާގެ މީހުން ކުރަމުން އަންނަކަމަކަށް މިވަނީ ވެފައެވެ. އަޅުގަނޑަށް މިކަމުގެ މަޢުލޫމާތު ލިބިގެންދިޔައީ، ބައްޕަގެ ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރ މަތިވުމުގެ ސަބަބުން ޑޮކްޓަރު މިކަން ކުރުމަށް ލަފާދިނުމުންނެވެ. އޭގެ ކުރިން މިއީ ވިސްނިފައިވާ ކަމެއްވެސް ނޫނެވެ. ބައްޕައަށް ދުވާލަކު އެޅޭ ފިޔަވަޅު ގުނުމަށްޓަކައި ‘ގޫގުލް ފިޓް’ ނަމަކަށް ކިޔާ އެޕްލިކޭޝަން އަޅައި، ކޮވިޑް19ގެ...

އަންޖުމް އިސްމާޢީލް މުޙައްމަދް
މަންކީޕޮކްސް އަތުވެދާނެ ހާލަތަކަށް މިދަނީ ތައްޔާރުވަމުން: އެސްޓީއޯ

މަންކީޕޮކްސް އަތުވެދާނެ ހާލަތަކަށް މިދަނީ ތައްޔާރުވަމުން: އެސްޓީއޯ

މަންކީޕޮކްސް ރާއްޖެއަށް އަތުވެދާނެ ހާލަތަކަށް ތައްޔާރުވަމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެފިއެވެ. އެސްޓީއޯގެ މެޑިކަލް ސާވިސަސް އިން ކުރި ޓްވީޓެއްގައި ބުނީ މަންކީޕޮކްސް އަކީ ކަށިވިދުރި އާއިލާގެ ވައިރަހަކުން ޖެހޭ ބައްޔެއް ކަމަށާއި އެ ބަލީގެ އަލާމާތްތަކާއި ނުރައްކާތެރިކަން ކުޑަ ނަމަވެސް ރާއްޖެއަށް އެވަލި އަތުވެދާނެ ހާލަތަކަަށް އެސްޓީއޯއިން ތައްޔާރުވަމުންދާ ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި މަންކީޕޮކްސް ރާއްޖެއަށް އަތުވެދާނެ ހާލަތަކަށް ތައްޔާރުވުމަށް ކަށިވިދުރީގެ ވެކްސިން ރާއްޖެއިން ލިބޭނެ ގޮތ...

އަޙްމަދު ވަހީދު
އަލިފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

އަލިފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. އިއްޔެ އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިންއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް އާއި އެ ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން އަލިފުށީ ކައުންިސލް މެމްބަރުން ވެސް ބައިވެރިވެލެއްވިއެވެ. އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށ...

އަޙްމަދު ވަހީދު
ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުލް ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް […]

އަޙްމަދު ވަހީދު
އެސްޓީއޯގެ ރޭޑިއޮގްރަފީ ކޯހާ ބެގޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބުރާސްފަތި ދުވަހު

އެސްޓީއޯގެ ރޭޑިއޮގްރަފީ ކޯހާ ބެގޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބުރާސްފަތި ދުވަހު

ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ރޭޑިއޮގްރަފީ ކޯހާ ބެގޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބުރާސްފަތި ދުވަހު ބާއްވަން ތާވަލު ކޮށްފިއެވެ. މި ސެޝަނުގައި ބައިވެރިވާން ޖެހޭނީ ރަޖިސްޓްރީ ކުރާށެވެ. އެގޮތުން https://forms.office.com/r/XtrwGrwDAq މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި ސެޝަން ކުރިއަށްދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެ ކުންފުނީގެ ޓްރެއިނިން އިންސްޓިޓިއުޝަންގައެވެ. އެސްޓީއޯއިން ބުނި ގޮތުގައި މި ކޯސް ފަށާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތ...

އަޙްމަދު ވަހީދު
ރާއްޖެ - އިންޑިއާ، ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ - އިންޑިއާ، ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމާގުޅޭ 6 އެއްބަސްވުމެއްގައި ދެ ޤައުމުގެ ދެމެދުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ސޮއިކުރު މި އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ނިއުދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އ...

ޔުމްނާ ޢަލީ
ލިވާތުކުރާ މީހުންނާ މެދު ރާއްޖޭގެ ގާނޫނު: މަރުގެ އަދަބު ވެސް ދެވިދާނެ!

ލިވާތުކުރާ މީހުންނާ މެދު ރާއްޖޭގެ ގާނޫނު: މަރުގެ އަދަބު ވެސް ދެވިދާނެ!

އެއް ޖިންސުން ގުޅުން ހިންގުމަކީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ވެސް ކުށެކެވެ. ކުރިން މިފަދަ ކުށްތަކަށް ރާއްޖޭގެ ގާނޫނުން އޮތް އަދަބަށް ވުރެ މިހާރު ހުރި އަދަބުތައް ބޮޑެވެ. އަދި ގާނޫނު އޮތްގޮތުން މަރުގެ އަދަބު ވެސް މިހާރު އެކަމަށް ދެވިދާނެ އެވެ. ޖިންސީ ކުށްތަކަށް ޚާއްސަކޮށް ހަދާފައިވާ ޖިންސީ ކުށުގެ ޤާނޫނު ބުނާގޮތުން އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ފިރިހެނުންނާއި […]

ޙުސައިން ޘަޤީފް
އަންނަ އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާގެ އެހީ

އަންނަ އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާގެ އެހީ

އަންނަ 2023 ވަނަ އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓާ ގުޅޭ ސާކިއުލާގައި ވަނީ ސަރުކާރުން ދޭ “ބްލޮކް ގްރާންޓް” ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ވަކިވަކި ކައުންސިލްތަކަށް ދޭން ލަފާ ކުރާ އެހީގެ އަދަދުތައް ހިމަނާފައެވެ. މި އެހީގެ އެންމެ ބޮޑު އިންސައްތައެއް ދޭން ހިމަނާފައި ވަނީ ހަތަރު ސިޓީ ކައުންސިލަށެވެ. މިގޮތުން ކައުންސިލްތަކަށް […]

އަލީ އާދިލް