ރާއްޖެ ފަޒްލޫން ތިން ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް ޔޯގާ މައްސަލާގައި ޝޭހް ފަޒްލޫން މުހައްމަދު ބަންދުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ ޖޫން މަހު ގަލޮޅުގައި ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަޒްލޫން މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުކުރަން ނެރުނު އަމުރުތައް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ނިންމީ އޭނާ ބަންދުކުރަން ނެރުނު އަމުރުތައް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް އޭނާ މިހާރު ހުރީ ދޫކޮށްލައިފަ އެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ ފަޒްލޫނާ ދެކޮޅަށް […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ކުޅިވަރު ހާލަންޑްގެ ދެ ލަނޑުން ސިޓީ ފުރަތަމަ މެޗު ކާމިޔާބުކޮށްފި އިނގިރޭސި ޕްރިމިއާ ލީގުގެ އައު (2022/23) ސީޒަންގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުގައި، އެ ޓީމަށް މި ސީޒަނަށް ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުން ބޮޑު އަގުގައި ގެނައި ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ ދެ ލަނޑުން ސިޓީ މޮޅު ވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ވެސްޓްހޭމްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، އެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި މޫމޫ އިން މޮމްސް ޖަމިއްޔާގެ "ބެކް ޓު ސްކޫލް ޕްރޮގްރާމް" އަށް 100 ދަބަސް ހަދިޔާ ކޮށްފި މޮމްސް އެންޖީއޯއިން ކުރިއަށްގެންދާ “ބެކް ޓު ސްކޫލް 2022” ޕްރޮގްރާމް އަށް މޫމޫ އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިއީ އެހީ ބޭނުންވެފައިތިބި ގިނަ އާއިލާތަކުގެ ކުދިންނަށް ދިރާސީ އައު އަހަރަށް ބޭނުންވާ އަސާސީތަކެތި ފޯރުކޮށްދިނުމަށް މޮމްސް ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް މޫމޫ އިން އެހީތެރިކަން ފޯރުކޮށްދިނީ އެ ކުންފުނީގެ “އީއައިއީއައިއޯ” ކެއާ ޕްރޮޖެކްޓުގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން މޫމޫ އިން ވަނީ މޮމްސް ޖަމިއްޔާގެ ޕްރޮގްރާމަށް 100 ދަބަސް ހަދިޔާ ކޮށްފައެވެ. “ބެކް [... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކޮލަމް ތަރުބިއްޔަތު ކުރުމުގައި ފަރުވާކުޑަކުރުމުގެ ޚުޠޫރަތްތެރިކަން! ދަރީންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމުން ދެއްވާ ނިޢުމަތެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ދަރީންގެ ނިޢުމަތަކީ އެއާއެކު އެތަކެއް ގިނަގުނަ ޒިންމާތަކެއް އެކުލެވިގެންވާ ނިޢުމަތެކެވެ. އެތަކެއް މަސްއޫލިއްޔަތެއް ހިމެނިގެންވާ ނިޢުމަތެކެވެ. ހަމަކަށަވަރުން އެ ނިޢުމަތަކީ އަމާނާތެކެވެ. އެހެންކަމުން، ދަރީންނާ މެދު ކަންތައް ކުރަންވީ އެންމެ ރަނގަޅު ހެޔޮ ގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވައިފައެވެ. މާތް ނަބިއްޔާ ﷺ ދެއްވި އިރުޝާދުތަކުގައި ހިފުމަށް އަޅުގަނޑު... ޝެއިޚް ޝަފީއު އަބްދުﷲ · 4 އަހަރު ކުރިން
ކުޅިވަރު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. މި ސީޒަނަށް ޔުނައިޓެޑްގެ ކޯޗްކަމާއި ހަވާލުވި އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން މިރޭ ބަލިވެފައި ވަނީ ބްރައިޓަން އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ކުޅެފައިވަނީ ޔުނައިޓެޑްގެ އޯލްޑްޓްރަފޯޑްގައެވެ. މިރޭ ކުޅުނު މެޗަށް ޔުނައިޓެޑުން ނުކެމެފައި ވަނީ އެ ޓީމްގެ ތަޖުރިބާކާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. ޔުނައިޓެޑްގެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ޕްރިމިއަރ ލީގު ދިރާގުޓީވީ އިން ނުދައްކާނެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ޕްރިމިއަރ ލީގުގެ މެޗުތައް ދިރާގު ޓީވީން ނުދައްކަން ނިންމައިފިއެވެ. އިއްޔެ ފެށި މި ލީގަކީ ފުޓްބޯޅަ ބަލާ މީހުން އިންތިޒާރު ކުރަމުން އައި މުބާރާތެކެވެ. ދިރާގު ޓީވީއަކީ މިފަދަ މުބާރާތްތައް ކުރިން ދެއްކި ހިދުމަތެއް ނަމަވެސް މިފަހަރު ނުދައްކަން ނިންމުމަކީ ގިނަ ބަޔަކު މާޔޫސްވެގެންދާނެ ކަމެކެވެ. މިފަދަ މެޗުތައް ދިރާގުޓީވީން ދައްކާތީ އެ ޚިދުމަތައް ގިނަ ބަޔަކު ވަނީ ސަބްސްކްރައިބްވެސްކޮށްފައެވެ. މިއީ ކަސްޓަމަރުންނަށް ލިބުނު ދެރައެއްކަން ދިރާގުގެ ގިނަ ކަސްޓަމަރުން […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯ ރޭޑިއޮގްރަފީ ކޯހާ ބެހޭ މައުލޫމާތު ދިނުމަށް އޮންލައިން ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ރޭޑިއޮގްރަފީ ކޯހާ ބެހޭ މައުލޫމާތު ދިނުމުގެ އޮންލައިން ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ. މާދަމާ ބާއްވާ މި ސެޝަނުގައި ބައިވެރިވާން މިހާރި ރަޖިސްޓްރީ ކުރެވޭނެއެވެ. އެގޮތުން https://forms.office.com/r/gVGnGFtaLC މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި ސެޝަން ކުރިއަށްދާނީ ގޫގުލް މީޓް މެދިވެރިކޮށް މާދަމާ ރޭ 8:00 އިން 9:00 އަށެވެ. އެސްޓީއޯއިން ވަނީ މިއަދު މި ކޯހުގެ މައުލޫމާތު ސެޝަނެއް އެ ކުންފުނީގެ ޓްރޭޑް ސެންޓަރުގައި ހުންނަ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ފަންނީ ދާއިރާއިން މީހުން ބިނާ ކުރަން އެމްޑަބްލިއުއެސްސީން އެމްއައިޓީއާއެކު ސޮއި ކޮށްފި ފަންނީ ދާއިރާތަކުން މީހުން ބިނާ ކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއެކު އެމްޑަބްލިއުއެސްސީން އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ. އެމްޑަބްލިއުއެސްސީ ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. އެމްއައިޓީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް ޕްރޮގްރާމް އާދަމް ހަލީމެވެ. ފަސްއަހަރު ދުވަހުގެ މުއްދަތަށް ހެދި މި އެއްބަސްވުމުގެ ދަށުން އެމްޑަބްލިއުއެސްސީ ގެ މުވައްޒަފުން އެކިދާއިރާތަ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި މޫލީއަށް 3 އަހަރު، މުޅި ރާއްޖެ ވިޔަފާރީގެ ދާއިރާއިން ގުޅުވައިލި ޚިދުމަތެއް އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީއިން ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވާލަދީ، ރާއްޖެއަށް ފުރިހަމަ އޮންލައިން ވިޔަފާރިކުރުމުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ޓަކައި ކާމިޔާބު ތިން އަހަރު މިއަދު ފާހަގަކޮށްފިއެވެ. މޫލީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. މިއަދު ކަސްޓަމަރުންގެ ޙިދުމަތުގައި މޫލީ ކާމިޔާބު 3 އަހަރު ފާހަގުކުރުމުން ދާއިރު، 20000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައިވާ ކަމަށް އުރީދޫން ބުންޏ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ޝިއާއުގެ ޕޯސްޓްމޯޓަމް ހަދަނީ ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ޝިއާއުގެ މަރާއި ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. މި ބައްދަލު... މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ރާއްޖެ ޝާހިލް ހުރީ މަސްތުގެ ހާލަތުގައި، ކުށުގެ ވެށިން ހަތިޔާރު ފެނުނު ހ. ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ރޭ ހިނގާދިޔަ މި ރަޙްމުކުޑަ ޢަމަލާއި ގުޅިގެން މައުލޫމާތު ހާމަކުރުމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެން... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ސާލިމް މަރަން ހުކުމްކުރި މައްސަލަ ހައިކޯޓުން ބޭރު އދ. ދަނގެތީގައި މަރާލި މަހްމޫދު އަބޫބަކުރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ޝާހް އަލޮމް މިއާ (ސާލިމް) ގެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ފައިސާގެ ބޭނުމުގައި މަހްމޫދު މަރާލި މައްސަލާގައި ސާލިމް މެރުމަށް ހުކުމްކުރި މައްސަލަ ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެއީ ސާލިމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކުރުމުން ގާނޫނުގައިވާ ގޮތުގެ މަތިން، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ. އެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ރާއްޖެ ޕެސްޓާ ދެކޮޅަށް ހުށަހެޅި މުހިންމު ހެއްކެއް ބަލައިނުގަތުމަށް ނިންމައިފި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ހުށަހެޅި ހެއްކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. މަސްތުވާތަކެތި ވިޔަފާރިކުރުމާއި ޑްރަގް ވިޔަފާރިން ލިބުނު ފައިސާ ގެންގުޅުނު ކަމަށް ބުނެ ޕެސްޓާއި އިތުރު ބަޔަކު ބަންދުކޮށް، އެ މީހުންގެ މައްޗަށް ކުރާ ދައުވާގައި ޕެސްޓާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތަކެކެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައިވ... ހުސައިން ހަބީބް · 4 އަހަރު ކުރިން
ވިޔަފާރި ފެލިވަރު ބަނދަރު ތަރައްގީ ކުރަން ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި ޅ. ފެލިވަރު ބިންހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްގޮސްފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިވަގުތު ކުރެވެމުންދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކައި، 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ޝައިހް ނިޝާން ބަންދުން ދޫކޮށްލައިފި ޔޯގާ ހަމަނުޖެހުމާގުޅިގެން ފުލުހުންގެ ބަންދުގައި ހުންނެވި ޝައިހް އާދަމް ނިޝާން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން މިއަދު ޝައިހް އާދަމް ނިޝާން ދޫކޮށްލީ ޝަރުތުތަކަކާއެކު އެވެ. ޝައިޚް ނިޝާން ދޫކޮށްލީ ތިން ޝަރުތެއް ކުރުމަށް ފަހު އެވެ. އެއީ ފޯނު ނަންބަރާއި އެޑްރެސް ކޯޓަށް އެންގުމަށާއި ފުރައިގެން ދާން ޖެހިއްޖެނަމަ ލިޔުމުން އެކަން އެންގުން އަދި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށެވެ. މީގެ ކުރިން ސައިޚް ނިޝާންގެ ބަންދުގެ މައްސަލަ […] އަލީ އާދިލް · 4 އަހަރު ކުރިން