ވިޔަފާރި ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްލަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށެވެ. އަދި، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާގައި ބާއްވާ ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ހއ.ކެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ ކުރިއަށް އޮތް އޮކްޓޯބަރ މަހު ފެށުމަށް ތާވަލުކޮށްފައިވާ މި ޕްރޮގްރާމަކީ ކެލާ ކައުންސިލާއި ދާރުލް ޤުރުއާން ގުޅިގެން 3 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ކޮންމެ ހަފްތާއަކު (ބްރާސްފަތި، ހުކުރު، ހޮނިހިރު) ތިން ދުވަހު ކިޔަވައި ދިނުމަށް ތާވަލުކޮށްފައިވާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑް ކޮޕ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ އައި ރުޅީގައި ހުރިހާ އެއްޗެއް އުކާލީ ހިޔާ ފުލެޓުގެ މަތިން މަގުމައްޗަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓްގެ 4 ވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރި މީހަކު މަގުމައްޗަށް އެއްޗެހި ތަކެއް އުކާލުމުން މަގުމަތީގައި ޕާކުކޮށްފައި ހުރި ވެހިކަލް ތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ފުލުހުން ބުނީ ހިޔާ ފުލެޓްގެ 4 ވަނަ ޓަވަރު ކައިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު 12:53 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށްވެސް ފުލުހުން […] އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކަނޑިތީމު ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކުރި 6 ޖަނަރޭޓަރު ނީލަން ކިޔަނީ ށ، ކަނޑިތީމުގައި ރައްޔިތުންގެ އިންޖީނުގެ ހިންގި ދުވަސްވަރު ބޭނުންކޮށްފައި ހުރި 6 ޖަނަރޭޓަރު ސިޓީލާ ނީލަމުގައި ވިއްކާލުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކައުންސިލްގެ މިއަހަރުގެ 12 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވާކަމަށެވެ. ނީލަން ކިޔަން ނިންމާފައިވަނީ ޕާކިންސް ބްރޭނޑްގެ 80ކިލޯ ވޯޓް 02 ޖަނަރޭޓަރާއި ކަމިންސް ބްރޭންޑްގެ 80 ކިލޯވޯޓް 02 ޖަނަރޭޓަރު އަދި ޑޮއިޓްސް ބުރޭންޑުގެ 40 ކިލޯވޯޓް 01 ޖަނަރޭޓަރެވެ. މި ފަސް ޖަނަރޭޓަރުވެސް ހުރީ […] އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ދުނިޔެ ސާފުކުރުމުގެ ދުވަހަށް، ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެދިއްޖެ މިއަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަހަށް، ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެދިއްޖެ އެވެ. ދުނިޔެ ސާފުކުރުމުގެ ދުވަހާގުޅޭ ގޮތުން އީޕީއޭއިން މިއަދު ނެރުނު ސާކިއުލަރ އެއްގައު ބުނެފައިވަނީ މިމަހުގެ 17 ވާ ހޮނިހިރު ދުވަހަކީ މި އަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަސްކަމުން، ސަރުކާރުގެ އިދާރާތަކާއި ސްކޫލްތަކާއި ރިސޯޓުތަކާއި މިނޫންވެސް އެހެނިހެން ފަރާތްތަކުން މި އަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަހަށް ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ރާއްޖެ ''މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް އަންނާނީ ޞިއްޙީ ދާއިރާއަށް'' މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް އަންނާނީ ޞިއްޙީ ދާއިރާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ޞިއްޙީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަ ކަމަށެވެ. އެއާއެކު ވެސް މުޅި ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދެމުން... އަލީ އާދިލް · 4 އަހަރު ކުރިން
ކޮލަމް ދޮގުހެކި ދިނުމަކީ ޙަރާމް ކަމެއް! އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެއް! އިސްލާމްދީނުގެ އެންމެ އަސާސީ ސިފައަކީ ޢަދުލު އިންސާފު ޤާއިމުކުރުމެވެ. އިސްލާމް ދީން ކީއްކުރަން ހެއްޔެވެ؟ ﷲ ބާވައިލެއްވި އެންމެހައި ޝަރީޢަތްތައް ބާވައިލައްވާފައިވަނީ ޢަދުލު އިންސާފު ޤާއިކުރުމަށެވެ. ކީރިތި ﷲ ޤުރްއާނުގެ އަލްޙަދީދު ސޫރަތުގެ 25 ވަނަ އާޔަތުގައި އަންގަވާފައި ވަނީ لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ މާނައީ: “ހަމަކަށަވަރުން ފާޅުވެގެންވާ ހެކިތަކަކާއެކު ތިމަންއިލާހު ރަސޫލުބޭކަލުން ފޮނުއްވީމުއެވެ. އަދި މ... ތިލަދުން · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މި މަހުގެ ފަހު ހަފްތާގައި ހޯރަފުށީ މަގުތަކުގައި ތާރު އަޅަން ފަށަނީ ހއ. ހޯރަފުށީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މި މަހުގެ ފަހު ހަފްތާގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ހޯރަފުށީ މަގުތަކުގައި ތާރުއަޅަން މިއަހަރު ޖުލައި މަހު ތައްޔާރުވި ނަމަވެސް މަސައްކަތް ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. ހޯރަފުށީ މަގުތައް ތަަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއިން ފެށީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ.... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ރާއްޖެއަށް އިގްތިސާދީ ކާރިސާއެއްގެ ނުރައްކަލެއް ނެތް: ވޯލްޑް ބޭންކް މިވަގުތު ރާއްޖެއަށް އިގްތިސާދީ ކާރިސާއެއްގެ ނުރައްކަލެއް ނެތްކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ. ވޯލްޑް ބޭންކުން މިހެން ބުނެފައިވަނީ އެ އިދާރާއިން ނެރުނު ރާއްޖޭގެ ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު ރިޕޯޓުގައެބެ. މިއީ ދައުލަތުން ކުރާ ޚަރަދުތަކުގެ މައްޗަށް ބިނާކޮށް ވޯލްޑް ބޭންކުން އާންމުކުރާ ރިޕޯޓެކެވެ. ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތުގެ ސަބަބުން މިވަގުތު އިގްތިސާދީ ކާރިސާއެއްގެ ނުރައްކަލެއް ނެތްކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވީނަމަވެސް އެފަދަ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ވަނީ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ''ބޮޑު ތިލަދުންމަތީގެ 41 ރަށް އެދަނީ ދުވާލު ދެ ދަޅައަށް އެއްވެ ގުޅެމުން'' ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރު.ޓީ.އެލް.) އިން ބޮޑުތިލަދުންމަތީގެ 41 ރަށް ދަނީ ދުވާލަކު ދެ ދަޅައަށް އެއްވެ ގުޅެމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ޙަޤީޤަތެއް ނެތް، ބިލާހެއް ނޫންކަމުގެ ޔަޤީންކަން އެންމެންނަށ... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ރާއްޖެ ''ލާމަރުކަޒީ ނިޒާމު ފުރިހަމަކުރަންޖެހޭނީ މިބާރުތަށް ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށް'' ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ، ދުވަހަކު ވެސް މިނިޒާމާ މިބާރުތަށް ރައްޔިތުންގެ އަތުން އެއްވެސް ބޭފުޅަކަށް، ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ މިހާތަ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ލަކުޑިން ހަދާފައިވާ ބުދެއް ހަނިމާދޫއަށްވެސް ލައްގައިފި ލަކުޑިން ހަދާފައިވާ ބުދެއް ހދ.ހަނިމާދޫއަށްވެސް ލައްގައިފިއެވެ. ހަނިމާދޫ ބަނދަރު ސަރަހައްދުން މިރޭ ފެނިފައިވާ އެ ބުދުގައި ތިން ފޫޓުވަރު ހުންނާނެއެވެ. ހަރު ލަކުޑިއަކުން ހަދާފައިވާ އެ ބުދުގައި މީހެއްގެ މޫނު ސިފަވާގޮތަށް ކަނޑާނަގާފައިވާއިރު، ބުދުގެ ކުރިމަތިފަރާތަށް ވާގޮތަށް ދެ އަތް ހުރަހަށް ފާޅުވާގޮތަށް ވެސް ވަނީ ކަނޑާނަގާފައެވެ. މީގެ އިތުރުން ބުދުގެ ތިރީބައިގައި އިންސާނެއްގެ މޫނު ސިފަވާގޮތަށް ވެސް ބައެއްވަނީ ކަނޑާ ނަގާފައެވެ. މި ބުދު ގިނަދުވަސްތަކެއް ވަންދެން މޫދުގައި އޮތުމުގެ ސަބަބުން، ކަނޑު ރިނދަ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ވިއަވަތި ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްސަ ކުޅިވަރު ފެސްޓިވަލެއް ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްޞަ ކުޅިވަރު މިއަދު ފެސްޓިވަލެއް ބާއްވައިފިއެވެ. ލ. ގަން، ޒޯން ސްޓޭޑިއަމްގައާއި، އެރަށުގެ ގޮނޑުދޮށް ސަރަޙައްދުގައި ބޭއްވި މި ކުޅިވަރު ފެސްޓިވަލުގެ ޙަރަކާތްތައް ފަށްޓަވައި ދެއްވައި، މި ފެސްޓިވަލްގައި ކުރިޔަށް ދިޔަ ކުޅިވަރު ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ކުޅިވަރު ޙަރަކާތްތަކުގައި، ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޭދޫ ކައުންސިލުން ކުޑަފަރި އާއި ހޮޅުދޫ އަށް ތަޖުރިބާ ދަތުރެއްކޮށްފި ށ. ފޭދޫ ކައުންސިލުން ނ. އަތޮޅު ކުޑަފަރި އަދި އެ އަތޮޅު ހޮޅުދޫއަށް ތަޖުރިބާ ދަތުރެއްކޮށްފިއެވެ. މި ދަތުރަކީ އެ ދެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ދެނެގަނެ، ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއް ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވެއެވެ. މި ދަތުރުގައި ފޭދޫ ކައުންސިލްގެ ފަރާތުން ބައިވެރިވީ ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ. މިދިޔަ ބުރާސްފަތި ދުވަ... މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ރާއްޖެ ކުރީގެ ދެ މެމްބަރުންގެ ހެކިބަސް ޔާމީނާ އެއްކޮޅަށް: "ބުނީ ޔާމީނު ޑޮލަރު ގަތީ ކަމަށް" ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގައި އެމަނިކުފާނާ އެއްކޮޅަށް ޕީޕީއެމްގެ ކުރީގެ މަޖިލިސް ދެ މެމްބަރަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ހޯދި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާގައި އެމަނިކުފާނުގެ ދިފާއުގައި މިއަދު ހެކިބަސް ދިނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ހުޅުދޫ ދާއިރާގެ ކުރީގެ […] ހުސައިން ހަބީބް · 4 އަހަރު ކުރިން