ރާއްޖެ ޒަކަތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނީ ތަސައްވުރުގެ ފޮތެއް ނެރެފި ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުގެ ތަސައްވުރުތަކުގެ މައްޗަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ ފޮތް ނެރެފި އެވެ. އިލްމު އިންސްޓިޓިއުޝަންގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ކުރީގެ އޮޑިޓަ ޖެެނެރަލް ހަސަން ޒިޔަތެވެ. ޑރ. ޝަހީމްގެ މި ފޮތުގައި، މުދަލު ޒަކާތުގެ ބެހެނިވެރިންނާ ގުޅޭ ގޮތުން ފިޤުހީ މަޝްހޫރު ހަތަރު މަޒުހަބުގެ ދަންނަބޭކަލުންގެ ރައުޔުތަކާއި، ދިވެހި ރާއްޖޭގައި މުދަލު ޒަކާތް ނަގައި ބެހުމުގައި […] އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި މުލީ އެއާޕޯޓުގެ ފަޔާ ބިލްޑިންގެ މަސައްކަތް ކުރިއަށް މ. މުލި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފަޔަ ބިލްޑިން މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރަމުން އަންނަނީ ފަޔަ ބިލްޑިންގެ ޕްލާސްޓަރު އެޅުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 68 އިންސައްތަ މިހާރު ނިމިފައިވާ ކަމަަށް ވެސް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން، ރަންވޭ ހިއްކުމުގެ މަސައްކަތުގެ 42 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ބޯހިމެނުމަށް އެއްބާރުލުން ދޭން ރައީސް އެދިވަޑައިގެންފި މިއަދު ފެށި ބޯހިމެނުމުގެ މަސައްކަތް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. މިއަދު ހެނދުނު ބޯހިމެނުމުގެ މަސައްކަތް ފަށާފައިވާއިރު، އެކަމަށް މާލޭގައި ގާއިމުކޮށްފައިވާ މައި މަރުކަޒު، ދަރުބާރުގެއަށް މިއަދު ހެނދުނު ރައީސްވަނީ ވަޑައިގެންފައެވެ. އެތަނަށް ވަޑައިގެން އެކަމުގައި ޢަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައި ރައީސް ވަނީ، ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެފަށްޓަވަނީ ބުރަ އަ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި ހިންނަވަރު ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބޭރު ތޮށިލުމުގެ މަސައްކަތުގެ 86 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އަތޮޅުތެރޭގައި އެގާރަ ފާމަސީއެއް ގާއިމް ކުރަން އެސްޓީއޯއާ ހަވާލުކޮށްފި އަތޮޅުތެރޭގެ ރަށްތަކެއްގައި ފާމަސީތައް ގާއިމްކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީ އެސްޓީއޯއާ ދެމެދު ވަނީ މިއަދު މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ޕްރޮޖެކްޓުގެ 11 ރަށެއްގެ ހެލްތު ސެންޓަރު އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ނެގުމަށް ފަހު އާ ފަމަސީތައް ހެލްތު ސެންޓަރުގެ ގޯތިތެރޭގައި ހުޅުވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. ފާމަސީތައް ގާއިމް ކުރާ ރަށްތަކަކީ - މ. މަޑުއްވަރި - އދ.ދިގުރަށް - ހއ. ތުރާކުނު - މ.ރަތްމަންދޫ - ހއ.ތަކަންދޫ - ތ.އޮމަދޫ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އެފްސީއެސްސީ މުވައްޒަފުންނަށް ބޭސިކް ފަޔާ އެވެއާނަސް ޕްރޮގްރާމެއް ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ( އެފްސީއެސްސީ)ގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބޭސިކް ފަޔާ އެވެއާނަސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީގައި ހުންނަ މި ސެންޓަރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި މި ޕްރޮގްރާމުގައި އެ ސެންޓަރުގެ 14 މުވައްޒަފަކު ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި އަލިފާންނިވި އަދި އަލިފާން ބްލޭންކެ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫގައި ބާއްވާ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “އަހަރެންގެ ބޭންކް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިޑްލް ސްޕޯޓްސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކުގެ ޓީ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ''އެ އަތޮޅެއްގެ އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބުމަކީ އެންމެ ބުއްދިވެރި ގޮތް'' އެ އަތޮޅެއްގެ އަތޮޅު ފިހާރައިން ލިބޭ އާމްދަނީއެއް އެ އަތޮޅަކަށް ލިބުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އަތޮޅުފިހާރަތައް ތަރައްޤީ ކުރުމުގެ ވާހަކަ އެ ކޮންފަރެންސްގައި ދެކެވިފައިވާ ކަމަށެވެ. އެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މާލޭގެ ނޯތު ހާބަރ، ގުޅީފަޅަށް ބަދަލުކުރާއ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ދަފްތަރު އެކުލަވާލެވުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނަން: ރައީސް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާއެކަމަށާއި، އެ މަސައްކަތް ނިމުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމާއި، އާސަންދައާއި، އެންސްޕާއާއި، ނުކުޅެދުންތެރިކަން ހުރި ފަރާތ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ބަސް ދުއްވުމުގެ ތަމްރީން ސެޓްފިކެޓް 3 ހާސިލްކުރުމުން އިމްތިހާނަކާ ނުލައި ލައިސަންސް ވަކި އުސޫލެއްގެ ދަށުން އިމްތިހާނަކާ ނުލައި ލައިސަންސް ދޫކުރެވޭ ގޮތް ހަދައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ވަކި ދާއިރާތަކަކުން ނޭޝަނަލް ސެޓްފިކެޓު 3 ޙާޞިލް ކުރާ ފަރާތްތަކަށް އިތުރު ތިއަރީ އިމްތިޙާނަކާ ނުލައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންއިން ލައިސަންސް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ބަސް، ހެވީ ވެހިކަލް އޮޕަރޭޝަންސް އަދި ބޯޓު އޮޕަރޭޝަން ކަމަށް ބުނެފައިވެއެވެ. އެގޮތުން ބަސް އޮޕަރޭޝަންސް އިން ނޭޝަނަލް ސެޓިފިކެޓް ހާސިލްކޮށްފައިވާނަމަ ލިބެނީ،... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ''ނޫނު އަތޮޅު ކޮމެޓީ'' ތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ނޫނު އަތޮޅު ކޮމެޓީ ތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ އަތޮޅު ކްލަބް، ޖަމިއްޔާތަކަށް މިއަދު ހުޅުވާލައިފިއެވެ. ނ. އަތޮޅު ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ނޫނު އަތޮޅު ކައުންސިލް ހަތަރުވަނަ ދައުރުގައި ފާސްކޮށްފައިވާ އައު ހިންގާ ގަވާއިދުގައިވާގޮތުން އެ އަތޮޅު އެއްރަށާ އަނެއްރަށާގުޅުވާ ހިންގާދޭ އަތޮޅު ފެންވަރުގެ ކޮމިޓީތަކެއް އެކުލަވާ ހިންގަންޖެހޭ ކަމަށެވެ. އެހެންކަމުން ތަފާތު ދާއިރާތަކުގެ ކޮމިޓީތަކުގައި އެދާއިރާތަކާ ގުޅުންހުރި ފަރާތްތަކެއް ހިމެނޭގޮތަށް ހިންގުމަށް ޝައުގުވެރިވާ ޖަމުއިއ... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ރާއްޖެ މާފަރު ސުކޫލުން ގަތްކަމަށް ބުނާ ހިލަވެލީގެ ފައިސާ ޖަމާވީ "ހުއްދަ ދިން" ޕްރިންސިޕަލްގެ އެކައުންޓަށް! މާފަރު ސުކޫލުން ގަތްކަމަށް ބުނާ 80 ޓަނުގެ ހިލަވެެއްޔަށްވާ 31،120 ރުފިޔާ، މާފަރު ސުކޫލުގެ ކުރީގެ ޕްރިންސިޕަލް، އަދި މިހާރުގެ މާފަރު ކައުންސިލް ރައީސް މުޙައްމަދު އަދުނާނުގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ހާމަވެއްޖެ އެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ތެރެއިން، އަމިއްލަ ފަރާތަކުން ހޯދަން އެދުނު މަޢުލޫމާތަކާއި ގުޅިގެން ސުކޫލުން ދޫކޮށްފައިވާ ލިޔުންތަކަށް ބަލާއިރު، ހިލަވެލި މާފަރު ސުކޫލަށް ވިއްކި ކަމަށް އިންވޮއިސް ހުށަހަޅާފައިވަނީ ޓެކް ބީމް ނަމަކަށް ކިޔާ ފަރުދީ ވިޔަފާރި އަކުންނެވެ.... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ އާޒިމާގެ މައްސަލަ ކުރިއަށް ގެންދަނީ، ގާޒީގެ ނިންމުން ބަދަލެއް ނުވި ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުން ބަދަލު ނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާކުރަން މަގުފަހިކޮށްދިން ކަމަށް ބުނެ އާޒިމާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޮތީ ކުރިން ނިންމައިފަ އެވެ. އާޒިމާގެ […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ރާއްޖެ ނައިފަރު ޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ނައިފަރު ޑްރާމާ މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. އެކައުންސިލުން މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ދިވެހި ޘަޤާފަތާއި ދިވެހިންގެ ވައްޓަފާޅި އާއި އާދަކާދަ ރައްޔިތުންގެ މެދުގައި ދިރުވައި އާލާކޮށް އެކުވެރިކަމާއެކު ވާދަވެރި ރޫޙެއްގައި ހުނަރާއި ފަންނުވެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރ ފުރަތަމަ ދުވަހު ކަމަށެވެ. 3 ކ... އަލީ އާދިލް · 4 އަހަރު ކުރިން
ޚަބަރު ޖިންސީ ބާރު ގަދަކުރުމަށް ބޭނުންކުރާ މާމުއި، ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި ސެކްޝުއަލް އެންހޭންސްމަންޓް އަދި އިރެކްޓައިލް ޑިސްފަންކްޝަންއަށް ބޭނުންކުރާ ޑޮކްޓަރީ ބޭހެއް ކަމަށްވާ “ޓަޑަލަފިލް” އަފި “ސިލްޑެނަފިލް” ހިމެނޭ މާމުއި ވިއްކުމާ ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން މަނާކޮށްފިއެވެ. އެ އޮތޯރިޓީން މިއަދު ނެރުނު އެލާޓްގައި ބުނެފައިވަނީ މި ދެ ބާވަތް ހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކަން އެ އޮތޯރިޓީއަށް ވަނީ ފާހަގަވެފައި ކަމަށެވެ. ނަމަވެސް މީގެން ބައެއް އުފެއްދުންތަކަކީ ފްރޯޑްކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއް ކަމުގައި ޔުނައިޓެޑް ސްޓޭޓް... އަލީ އާދިލް · 4 އަހަރު ކުރިން