ވިޔަފާރި މިނީ ބަހުގެ ފުރަތަމަ ހަފްތާ: 48،370 މީހުން ދަތުރު ކުރި މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށިތާ ހަފްތާއެއް ވެފައިވާއިރު ފުރަތަމަ ހަފްތާގައި 48،370 މީހުން ދަތުރުކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މީޑިއާތަކާ ހިއްސާ ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ބަސް ދަތުރުކުރާ މީހުންގެ އަދަދު ވަނީ އެއް ދުވަހަށް ވުރެ، އަނެއް ދުވަހު އިތުރުވެފައެވެ. އެގޮތުން ފުރަތަމަ ހަފްތާގެ ބަސް ދަތުރުތަކަށް ބަލާއިރު ހޯމަ ދުވަހު 2257 މީހުން ދަތުރު ކުރިއިރު އަންގާރަ ދުވަހު 3255 މީހުން، ބުދަ ދުވަހު 8024 […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރު ފެނުގެ ނިޒާމު އިފްތިތާޙްކޮށްފި ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިކަމަށް ނޮޅިވަރަންފަރުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެރަށު ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވީ މަސްވެރިކަމާ، ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަންއާއި، ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އެވެ. މި ރަސްމިއްޔާތުގައި ތިމާވެއްޓާބެހޭ ވަޒީރު އައިމިނަތު ޝައުނާ އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބުދު ﷲ ވެސް ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޝައުނާ ދެއްކެވި ވާހަކާގައި މޫސުމަށް އަންނަ ބަ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ކުޑަކުދިން މަސްތުވާތަކެތިން ސަލާމަތް ކުރުމަކީ އޮތް އެންމެ ބޮޑު އެއް ޒިންމާ: ރައީސް ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ، މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، “ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް” އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިސިމްޕޯޒިއަމް ކުރިއަށްދަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން “ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް” އާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިސިމްޕޯޒިއަމް މިބޭއްވީ އެކަމަށ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހަކު ހޯދަން ޢިއުލާންކޮށްފި ރައްޔިތުންގެ މަޖިލިސްގެ ހުސްވެފައިވާ ސާޖެންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ހޯދަން އެ އިދާރާއިން ޢިއުލާންކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސްގެ ސާޖެންޓް އެޓް އާމްސްގެ މަޤާމް ހުސްވީ، އެ މަޤާމްގައި ކުރިން ހުންނެވި މުހައްމަދު ހަލީމް، 24 އޯގަސްޓް 2022 ގައި މަޤާމުން ވަކިކުރުމުންނެވެ. އޭނާ އެ މަޤާމަށް ހަމަޖައްސާފައި ވަނީ އޮކްޓޫބަރު 31، 2013 ގައެވެ. އޭނާ މަޤާމުން ވަކިކުރީ ދޮޅު އަހަރެއްހާ ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށްފަހުއެވެ. މަޖިލިސް އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ މިންތީގެ ހަމަހަމަކަމުގައި ވެސް ދިވެހި އަސްކަރިއްޔާ އަކީ ނަމޫނާ މުއައްސަސާއެއް: ރައީސް މިންތީ ހަމަހަމަކަމުގައިވެސް ދިވެހި ޢަސްކަރިއްޔާ މިއަދު ފެންނަނީ، ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ދިވެހި ސިފައިންގެ ތެރެއަށް ފުރަތަމަ ފަހަރަށް އަންހެނުން ވެއްދީ 198... މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ރާއްޖެ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެތިބެ ރައްކާތެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީ ކޮށި ވިސްނުމެއް: މާރިޔާ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެތިބެ ރައްކާތެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީކޮށި ވިސްނުމެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މިއަދު ދިވެހި ސިފައިންނަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ، ރައްޔިތުންގެ އިޙުތިރާމް ލިބިފައިވާ، ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންނަށް ޖަވާބުދާރީ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ކުޅިވަރު އަނެއްކާވެސް ބާސާ، ބަޔާންގެ އަތްދަށުވެއްޖެ ޔުއެފާ ޗްޕިއަންސްލީގުގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން 2-0 ގެ ނަތީޖާއިން ބަޔާންއިން ބާސާ ބަލިކޮށްފިއެވެ. މިއީ ބަޔާންއިން ޖެހިޖެހިގެން ބާސާ ބަލިކުރި 5 ވަނަ ފަހަރެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މެ މިޗަކީ މި ދެޓީމް ބައްދަލުކުރި 12 ވަނަ މެޗެވެ. 1 މެޗު އެއްވަރުވެގެން ނިމުނުއިރު، ބާސާ މޮޅުވެފައިވަނީ ދެފަހަރުއެވެ. އަނެއް ނުވަފަހަރު ބަޔާންއިންވަނީ ބާސާގެ މައްޗަށް ކުރިހޯދާފައެވެ. މީގެތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވެނީ 2019/2022 ޗެމްޕިއަންސްލީގު ކުއާރޓާފައިނަލުގައި މި ދެޓީމު ބައްދަލުކުރި މެޗެވެ. އެފ... އަލީ ރިޔާޟް · 4 އަހަރު ކުރިން
ރާއްޖެ އާސަންދަ ކުންފުނިން، ފަސް ހޮސްޕިޓަލަކަށް ޓީވީ ހަދިޔާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އާސަންދަ ކުންފުނީގެ ފަރާތުން ރީޖަނަލް އަދި އަތޮޅު ހޮސްޕިޓާތަކަށް ޓީވީ ހަދިޔާކުރުމުގެ ފުރަތަމަ ބުރުގެ ދަށުން ޓީވީ ހަދިޔާކުރަން ނިންމާފައިވާ ހޮސްޕިޓާ ތަކާއެކު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މިއީ، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދަން، ހޮސްޕިޓާ/ކްލިނިކްތަކަށް ދާ ރައްޔިތުންނަށް ޚާއްސަކޮށްގެން، ފާއިތުވީ އަހަރުގެ ޑިސެމްބަރު މަހު އާސަންދަ ކުންފުނިން ފެއްޓި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމް، ‘ވިލުން’ ގެ ދަށުން ކުރިއަށް ގެންދާ ކަމެއްކަމުގައި އާސަންދަ ކުންފުނިން ވިދާޅުވެއެވެ. އޮންލައިންކޮށް ކުރިއ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކާށިދޫގައި، މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރާނެ ރަށަކީ ކ. ކާށިދޫކަމުގައި އަދި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބާއްވާނެ ރަށަކީ ގދ. ފަރެސްމާތޮޑާކަމުގައި ސަރުކާރުން ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި ދުވަސްތައް މިއަހަރު ރަސްމީކޮށް ފާހަގަ ކުރާނެ ރަށްތައް ހަމަޖެއްސެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޮޅަދޫ އާއި ކުރެންދޫގެ އާ އިންޖީނުގެތައް ބޭނުން ކުރަން ފަށައިފި ހއ. މޮޅަދޫ އާއި ޅ. ކުރެންދޫގައި ފެނަކަ ކޯޕަރޭޝަނުން ހަދާފައިވާ އާ އިންޖީނުގެތައް ހުޅުވައި ޙިދުމަތް ދޭން ފަށައިފިއެވެ. މޮޅަދޫގައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށާފައި މިވަނީ އެ ރަށުގައި 13 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލުމަށްފަހުއެވެ. އާ އިންޖީނުގެއިން ހިސުމަތް ދޭން ފެށީ ހޯމަ ދުވަހުގެ ހަވީރު 5:28 އިން ފެށިގެންނެވެ. ޅ. ކުރެންދޫގައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށީ އެ ރަށުގެ 18 […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި، ޤައުމީ ސަލާމަތާއި ދިފާޢުގެ ނާރެހަކީ ދިވެހި އަސްކަރިއްޔާ: ރައީސް ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި، ޤައުމީ ސަލާމަތާއި ދިފާޢުގެ ނާރެހަކީ ދިވެހި އަސްކަރިއްޔާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން ކަމުގައި ވިދާޅުވެ، އެ މިނިވަންކ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ދަޢުވަތާއި އެކު، ރާޢީގެ ސުވާލެއް ސަރުކާރަށް ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާއިރު، ހދ. އަތޮޅު ރައްޔިތުންނާއި މެންބަރުންގެ އިހުސާސްތައް ހުރިގޮތް ކަމާބެހޭ މުވައްސަސާތަކުގެ ވެރިންނާއި ސަރުކާރަށް އިހުސާސް ވޭތޯ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ސުވާލު އުފައްދައިފި އެވެ. މިމަހުގެ 29 ވަނަ ދުވަހު ކްރޮސްރޯޑްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ، ޓޫރިޒަމް އިންޑަސްޓްރީ އަށް 50 އަހަރުފުރުމާއި ގުޅިގެން ބާއްވާ ހަރަކާތުގެ ދައުވަތުކާޑުގެ ފޮޓޯ އެއް ހިއްސާ ކުރައްވަމުން، ރާޢީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަންޔޫބީލް ފ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 2 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އުރީދޫ ނޭޝަން އިން އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒް 2 ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީވާން ޖެހޭނީ އޮންލައިން ޕޯޓަލް http://ore.do/contender މެދުވެރިކޮށެވެ. އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު މި އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ ސިލްސިލާއެކެވެ. މި ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތް ނިމ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި މަޑަވެލި ހޯޑެއްދޫ ގުޅާލުމުގެ މަސައްކަތް ފަށައިފި ގދ. މަޑަވެލި އަދި ގދ. ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. ހޯޑެއްދޫގައި ބޭއްވި މި ރަސްމިއްޔާތުގައި މަޑަވެލީ ދާއިރާގެ މަޖްލިސް މެމްބަރު ހުސައިން ފިރުޝާންއާއި، މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަންއާއި، ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝްއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ކޯޒްވީގެ މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ކޯޒްވޭގެ ދަށުން އޮ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ދެ ސެންޓް ފުޅި ވަގަށް ނަގަން އުޅުމުން 17،000 ގެ ޖޫރިމަނާއެއް ރެޑްވޭވް ފިހާރައިން ދެ ސެންޓް ފުޅި ވަގަށް ނަގަން އުޅުނު މީހަކު 17،000ރ. އިން ޖޫރިމަނާކުރަން ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގަލޮޅު ދަނޑު ކައިރީގައި ހުންނަ ރެޑްވޭވުން ދެ ސެންޓު ފުޅި ވަގަށް ނަގައިގެން ޖިންސާއި އުނަގަނޑާ ދޭތެރެއަށް ޖަހައިގެން ދާން އުޅެނިކޮށް އަތުލައިގަތީ ސ. ހުޅުދޫ ދަނބުގަސްދޮށުގޭ އަބްދުﷲ ސަފީރެވެ. އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގަން އުޅުމުގެ ދައުވާއަށް އޭނާ އެއްބަސްވުމުން އޭނާގެ މައްޗަށް […] ހުސައިން ހަބީބް · 4 އަހަރު ކުރިން