މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތެވެ. އަދި، މި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދުގެ ޑްރެޖިން މަސައްކަތަކުގެ 79 އިންސައްތަ ނިމިފައިވާ […]

އަޙްމަދު ވަހީދު
ރަތްކާޑުތަކެއް ފެނުނު ޔުވެންޓަސް އާއި ސެލަނިޓާނާ މެޗު އެއްވަރު

ރަތްކާޑުތަކެއް ފެނުނު ޔުވެންޓަސް އާއި ސެލަނިޓާނާ މެޗު އެއްވަރު

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ސެލަނިޓާނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖހާފައި ވަނީ ސެލަނިޓާނާއިންނެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނިޓުގައި ޕަސްކުއޭލް މަޒޯކީ އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ގޯލުތެރެއަށް ފޮނުވާލައިގެން އެ ޓީމަށް ލީޑު ނަގައިދިނީ އެންޓޯނިއޯ ކަންޑްރޭވާއެވެ. […]

އިބްރާހިމް ޚަލީލް
ބާރަށުގައި ވައްކަން އިތުރުވާތީ ކައުންސިލުން ކޮމާންޑަރުގެ އަރިހަށް

ބާރަށުގައި ވައްކަން އިތުރުވާތީ ކައުންސިލުން ކޮމާންޑަރުގެ އަރިހަށް

ހއ. ބާރަށުގައި ވައްކަމުގެ މައްސަލަތައް އިތުރުވެ ރައްޔިތުންގެ މުދަލާއި ގެދޮރަށް ގެއްލުން ލިބެމުންދާތީ އެކަން ހުއްޓުވޭނެ ގޮތެއް ހޯދުމަށް މަޝްވަރާކުރުމަށް އެ ކައުންސިލުން ހއ. އަތޮޅު ޕޮލިސް ކޮމާންޑަރާއި ބައްދަލު ކޮށްފިއެވެ. ބާރަށުގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުން އައުމާއި ގުޅޭގޮތުން މި ނޫހާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް ޞައްފަތު މުޙައްމަދު ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައަކީ އެ ރަށުގައި ޒަމާންވީ މައްސަލައެއް ކަމަށާއި، ނަމަވެސް ފާއިތުވި އަހަރެއް، ދޮޅު އަހަރެ...

އިބްރާހިމް ޚަލީލް
އިޤްތިޞާދީ ހާލަތަށް ޝަމްސުއްދީނު ރަދުންގެ ނަސޭހަތް!

އިޤްތިޞާދީ ހާލަތަށް ޝަމްސުއްދީނު ރަދުންގެ ނަސޭހަތް!

“އަހުރެންނަށް ފެންނަގޮތުގައި ކުރިއަށް މި އަންނާން އޮތް ފަސް އަހަރަކީ ވަރަށް ވިސްނައިގެން ކަންތައް ހިންގާންވީ ފަސް އަހަރެކެވެ. މިހެނީ، ދުނިޔެއަށް އައިސްފައިވާ ދަތިކަމާއި، އޮޅުދޫ ކަރައިގެ ތަދުކަމުން މި ދައުލަތަށް ލިބޭ އާމުދަނީއަށް ލިބެމުންދަނީ އުނިކަމެވެ.” މިއީ މީގެ 90 ވަރަކަށް އަހަރުގެ ކުރީގެ ވާހަކައެވެ. 1932 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 22 ވަނަ ދުވަހު ދިވެހިރާއްޖޭގައި ފުރަތަމަ ތަސްދީގުކުރެވުނު ޤާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ގޮތުން އޭރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން މުޙަ...

ޢަބްދުﷲ ސަޢީދު
އެސްޓީއޯއިން ހިޓާޗީގެ 32 އިންޗި ޓީވީގެ ހާއްސަ އޮފާއެއް

އެސްޓީއޯއިން ހިޓާޗީގެ 32 އިންޗި ޓީވީގެ ހާއްސަ އޮފާއެއް

އެސްޓީއޯއިން ވިއްކަމުން އަންނަ ހިޓާޗީގެ 32 އިންޗީގެ އެލްއީޑީ އެންޑްރޮއިޑް ޓީވީގެ ހާއްސަ އޮފާއެއް ފަށައިފިއެވެ. މި އޮފާގެ ދަށުން އެ ކުންފުނިން ވަނީ ބޮޑު ޑިސްކައުންޓެއް ދީފައެވެ. އެގޮތުން ކުރިން 4055 ރުފިއަށް ލިބެން ހުރި މި ޓީވީ މިހާރު 2164 ރުފިޔާއަށް ލިބޭނެއެވެ. ހިޓާޗީ އެލްއީޑީ އެންޑްރޮއިޑް ޓީވީ އެސްޓީ ޕީޕަލްސް ޗޮއިސް އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެސްޓީއޯގެ އީސްޓޯރުން ވެސް މި ޓީވީ އޯޑަރު ކުރެވޭނެއެވެ. އެސްޓީއޯއަކީ ހިޓާޗީގެ ރާއްޖޭގެ […]

އަޙްމަދު ވަހީދު
ސިވިލް ކޯޓުގެ ގާޒީ ކަމުގެ ދެ މަގާމަށް 17 މީހުން

ސިވިލް ކޯޓުގެ ގާޒީ ކަމުގެ ދެ މަގާމަށް 17 މީހުން

ސިވިލް ކޯޓުގެ ހުސްވެފައިވާ ދެ ގާޒީންގެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ. ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ހުޅުވާލީ އެކޯޓުގެ އިސްގާޒީއަކަށް ކުރިން ހުންނެވި އަބްދުﷲ އަލީ ރިޓަޔާކުރެއްވުމުންނާއި ގާޒީގެ މަގާމުގައި ހުންނެވި ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހު 23 ގައެވެ. ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން އެކޮމިޝަނުނ...

ޝިއުނާ އާދަމް
ކުޅުދުއްފުށީގެ މިސްކިތެއް މަރާމާތުކުރަން ހަވާލުކޮށްފި

ކުޅުދުއްފުށީގެ މިސްކިތެއް މަރާމާތުކުރަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި ހުންނަ މިސްކިތެއް މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި މަރާމާތު ކުރަނީ މަސްޖިދުލް ޙަޟާރަތު މިސްކިތެވެ. އެ މަސައްކަތް ހަވާލުކުރީ ގިބްސް ޕްރައިވެޓް ލިމިޓެޑާއެވެ. 45 ދުވަސް ތެރޭގައި މަރާމާތުކޮށް ނިންމާގޮތަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ޖުމްލަ އަގަކީ 1,586,860.86 (އެއްމިލިއަން ފަސްލައްކަ އައްޑިހަ ހަހާސް އައްސަތޭކަ ފަސްދޮޅަސް ރުފިޔާ އައްޑިހަހަލާރި ) ކަމަށް އެ ކައުންސިލުން ބުނެއެވެ. މި މަޝްރޫއުގެ ތެރެއިން، މިސްކިތުގެ މުށިތައް ނެގުން...

ޝިއުނާ އާދަމް
މަޔޯކާ ބަލިކޮށް ރެއާލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް

މަޔޯކާ ބަލިކޮށް ރެއާލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ސްޕެނިޝް ލަލީގާގައި، ޗެމްޕިއަން ރެއާލް މެޑްރިޑާއި މަޔޯކާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން ލީގުގައި ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. މިރޭ ރެއާލްގެ އަމިއްލަ ދަނޑުގައި މަޔޯކާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ރެއާލުން ނުކުމެފައި ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން އާންމުކޮށް ކުޅެމުން އަންނަ މުހިންމު ބައެއް ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ. މިގޮތުން އަނިޔާގެ ސަބަބުން ކެޕްޓަން ކަރިމް ބެން...

އިބްރާހިމް ޚަލީލް
ބަހަށް އުނދަގޫވާހެން ޕާކުކުރި 500 އަށް ވުރެ ގިނަ އުޅަނދު ޖޫރިމަނާ

ބަހަށް އުނދަގޫވާހެން ޕާކުކުރި 500 އަށް ވުރެ ގިނަ އުޅަނދު ޖޫރިމަނާ

މާލޭގެ ތެރޭގައި ދުއްވަން ފަށާފައިވާ މިނީ ބަހަށް އުނަގޫވާގޮތަށް ޕާކުކޮށްފައި ހުރި 500 އަށް ވުރެ ގިނަ އުޅަނދު ޖޫރިމަނާކޮށްފިއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށީ މިދިޔަ ހަފްތާގައެވެ. އޭގެ ކުރިން މާލޭގެ މަޖީދީ މަގުގާއި އަމީނީ މަގުގައި ޕާކުކުރުން ވަނީ އެއްކޮށް މަނާކޮށްފައެވެ. އަދި މީގެ އިތުރަށް މާލެ ސަރަހައްދުގައި ބަސް ދުއްވަން އުނދަގޫވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކުރޭތޯ ބަލަން ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ބުނެފައިވެއެވެ. ފުލުހުން ބުނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން […]

ޝިއުނާ އާދަމް
ފިއްލަދޫއަށް ލެއްގީ ކަޅު ބުދެއް، ކުރިންބަށް 1 ފޫޓުގެ ލަކުޑި ބުދެއް

ފިއްލަދޫއަށް ލެއްގީ ކަޅު ބުދެއް، ކުރިންބަށް 1 ފޫޓުގެ ލަކުޑި ބުދެއް

ހއ. ފިއްލަދޫ އާއި ހދ. ކުރިންބަށް ވެސް ބުދެއް ލައްގައިފި އެވެ. ކުރިނބީ ކައުންސުލްގެ ރައީސް އަބްދުﷲ އަސްލަމް މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު އެރަށު ގޮނޑުދޮށުން 1 ފޫޓު ހުންނަވަރުގެ ބުދެއް ހޮވާފައިވާ ކަމަށެވެ. އެބުދު މިހާރު އޮތީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގަ އެވެ. ފިއްލަދޫއިން ބުދެއް ފެނިފައިވަނީ އިއްޔެއެވެ. އެހެން ރަށްރަށް ލައްގަމުން އަންނަ ބުދުތަކާއި ހިލާފަށް މިބުދު އޮތީ ކަޅުކުލައިގަ އެވެ. ފިއްލަދޫ ކައުންސިލް މެންބަރު މުޙައްމަދު މޫސާ ވިދާޅުވީ […]

އަލީ އާދިލް
ބިރު ދައްކައި އަދި މީހެއްގެ ގުޑުގުޑާ ހަލާލުކޮށްލުމުން 19،000 ގެ ޖޫރިމަނާއެއް

ބިރު ދައްކައި އަދި މީހެއްގެ ގުޑުގުޑާ ހަލާލުކޮށްލުމުން 19،000 ގެ ޖޫރިމަނާއެއް

ގެއަކަށް ވަދެ މީހަކަށް ބިރު ދެއްކުމަށްފަހު މީހެއްގެ ދުން ބޯ ގުޑުގުޑާ ހަލާކުކޮށްލި މީހަކު 19،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ލ. ގަމު ހުދުވިލާގޭ ހުސައިން ރިޔާޒްގެ މައްޗަށް އެ ހުކުމް އައީ 2019 ވަނަ އަހަރު މާލޭގެ ގެއަކަށް ވަޅިއެއް ހިފައިގެން ވަދެ، މީހަކަށް މަރުގެ އިންޒާރު ދިނުމަށްފަހު އަދި އެވަގުތު އެތަނުގައި ގުޑުގުޑާ ބޯން އިން މީހެއްގެ ގުޑުގުޑާ ހަލާކުކޮށްލުމުންނެވެ. އެ ދެ ކުށަށް ވެސް އޭނާ އެއްބަސްވި އެވެ. […]

އަލީ އާދިލް
ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށް ވައިކަރަމުރައިދޫއަށް ގެންދިޔަ މީހުންނަށް ޖޫރިމަނާ

ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށް ވައިކަރަމުރައިދޫއަށް ގެންދިޔަ މީހުންނަށް ޖޫރިމަނާ

ހދ. ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށްގެން ހދ. ވައިކަރަމުރައިދޫއަށް ގެންދިޔަ ދެ މީހުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރު ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއްގެ ކެޕްޓަނާއި ފަޅުވެރިންނަށް ބިރު ދައްކައިގެން ހދ. ވައިކަރަމުރައިދޫއަށް އެ ލޯންޗް ގެންދިޔައީ ހދ. މަކުނުދޫ އުނިމާގޭ މުހައްމަދު ނާއިފު އާއި އެރަށު ގުލްއަލާގޭ މުހައްމަދު ޔާސިރެވެ. އެ މީހުންގެ މައްޗަށް ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާއަށް އެ ދެ […]

އަލީ އާދިލް
އެއް ޖިންސުން ގުޅުން ހިންގިކަމަށް ނާޒިމް ކޯޓުގައި އެއްބަސްވެއްޖެ

އެއް ޖިންސުން ގުޅުން ހިންގިކަމަށް ނާޒިމް ކޯޓުގައި އެއްބަސްވެއްޖެ

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ވަކީލް ނާޒިމް ސައްތާރު ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަލަމްގިރިއާ އެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ މައްސަލާގައި ނާޒިމްގެ މައްޗަށް ކުރާ އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވުމުން އޭނާގެ މައްޗަށް ދެން އޮންނާނީ އަވަސް ނިޔާއިން މައްސަލަ ނިންމައި، ހުކުމް […]

ހުސައިން ހަބީބް
ނޮޅިވަރަންފަރު ނެރުފައިކަށިން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ، ސަރުކާރުގެ އިސްވެރިންނާއި ހިއްސާކޮށްފިން: މޮސްޓާ

ނޮޅިވަރަންފަރު ނެރުފައިކަށިން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ، ސަރުކާރުގެ އިސްވެރިންނާއި ހިއްސާކޮށްފިން: މޮސްޓާ

ހދ. ނޮޅިވަރަންފަރު ބަނދަރު ނެރުފައިކަށިން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ވަޒީރުންނާއި ހިއްސާކޮށްފައިވާކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ. މިހާރު ލ ގަމުގައި ކުރިޔަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސް ގައި ހުންނަވާ މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ “ނޮޅިވަރަންފަރު ބަނދަރު ނެރުފައިކަށިން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ ފޮޓޯތައް ދައްކާ ހިއްސާ ކޮށްފައިވާކަމަށެވެ. “އިރާދަ ކުރެއްވިއ...

އަލީ އާދިލް
މަކުނުދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި

މަކުނުދޫގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި

ހދ. މަކުނުދޫގައި ކުރިއަށް ގެންދިޔަ 87 ވަނަ ފުރާވަރު ކޭމްޕު ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ކުރިއަށް ދިޔަ މި ޕްރޮގުރާމްގައި މަކުނުދޫ ސްކޫލްގެ 103 ދަރިވަރުންނާއި ށ. ގޮއިދޫ ސްކޫލުގެ 23 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މި މަހު 8 އިން 10 އަށް މަކުނުދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި، ދިރިއުޅުމުގެ ރިވެތި އަދަބުތައް […]

އިބްރާހިމް އަސްވާޤް