ރާއްޖެ ވިއަވަތި ކޮންފަރެންސް ފަށްޓަވައިދެއްވުމަށް ރައީސް، ލ. ގަމަށް ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފަށްޓަވައިދެއްވުމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ލ. ގަމަށް މިއަދު ވަޑައިގެންފި އެވެ. މި ފަހަރުގެ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެއެވެ. ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫ ގޮނޑުދޮށުން ހުއްދަނެތި ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން ނަސޭހަތްތެރިވެއްޖެ ގަވާއިދާ ހިލާފަށް ހދ. ކުމުންދޫ ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން އެރަށު ކައުންސިލުން ނަސޭހަތްތެރިވެއްޖެއެވެ. ކުމުންދޫ ކައުންސިލުން ކުރެއްވި ޢާންމު ޢިއުލާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ގިނަ ފަރާތްތަކުން އެރަށު ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނަގާކަން ފާހަގަ ކުރެވިފަވާ ކަމަށެވެ. ހުއްދަނެތި ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ޤާނޫނު އަދި ކުމުންދޫ ކައުންސިލްގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވާއިދުގެ ދަށުން މަ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި ހދ. އަތޮޅުގެ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމާއި ވިޔަ މޮޑިއުލް އަދި ދައުލަތުގެ މާލިއްޔަތު ޤަވާޢިދަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ. ހަތަރު ދުވަހުގެ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ ސެޕްޓެމްބަރ 5 އިން 8 އަށް ކުޅުދުއްފުށީ ސިޓީގައެވެ. މި ތަމްރީން ޕްރޮގްރާމް ނިންމާލައި، ބުރާސްފަތި ދުވަހު ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފައިވާއިރު، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކުގެ ޕްރޮކިއ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފި މާލޭ ސިޓީ ކައުންސިލުން އެ ސިޓީގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފިއެވެ. މާލޭގެ އާއްމު ސަރަހައްދުތައް ބަލަހައްޓަން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމަރާ ނިޒާމާއި އެ ސަރަހައްދުން ވޯޓާ ސަޕްލައި ފެން ލިބޭނެ އިންތިޒާމު އިފްތިތާހު ކުރީ އެކަމަށް އެ ސަރަހައްދުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިއާއިއެކު އެ ހަފްތާއެއްގެ ހުރިހާ ދުވަހަކުވެސް ސަރަހައްދުގެ ސެކިއުރިޓީ 24 […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފި އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ. އެއީ، 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެކެވެ. ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައިކަމަށް ފުލުހުން […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސަވާރީ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް، ނޮޅިވަރަންފަރުން ދައްކަނީ ނަމޫނާއެއް އިއްޔެ ހަވީރު ހދ. ނޮޅިވަރަންފަރު ފަރުމައްޗަށް އުރުނު ހއ. ކެލާ ސަވާރީ ބޯޓު ފުން ކުރުމުގެ މަސައްކަތް މިއަދު ހެނދުނުއްސުރެ ފަށައިގެން ކުރިއަށް އެބަދެއެވެ. ސަވާރީ ބޯޓު އަޑިއަށް ދިޔައީ އިއްޔެ ހަވީރު އެ ބޯޓު ނޮޅިވަރަންފަރު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި އެ ރަށު ނެރު މައްޗަށްވާގޮތަށް ހުރި ބޮޑެތި ގާތަކުން ގަލަކަށް އަރައި ހިނގި ހާދިސާގައެވެ. އެ ބޯޓު ނޮޅިވަރަން ފަރަށް ދިޔައީ މާލެ އިން މުދާ ބަރުކޮށްގެންނެވެ. މާލެ އިން ފުރަތަމަ ބޯޓު […] ތިލަދުން · 4 އަހަރު ކުރިން
ރާއްޖެ ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި ވެރިރަށް މާލޭގައި ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތިން ފުލުހަކަށް ހަމަލާދީފައިވާ ކަމަށާއި އެ މަައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ”އަނިޔާވި ތިން ފުލުހުންނަށް އޭޑީކޭ ގައި ދަނީ ފަރުވާ ދެމުން، ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވޭ” ފުލުހުން ވިދާޅުވިއެވެ. ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ކުޅިވަރު ޔޫރޮޕާ ލީގު: ޔުނައިޓެޑް ބަލިވިއިރު އާސެނަލްއަށް މޮޅެއް ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި އެ ޓީމު 1-0 ގެ ނަތީނާއިން ރެއާލް ސޮސިއެޑާޑު އަތުން ބަލިވިއިރު، ރަށުންބޭރުގައި ޒިއުރިކް އެފްސީ އަތުން 2-1 އިން މޮޅުވެ، އާސެނަލުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ. ޔުނައިޓެޑް އަތުން ސޮސިއެޑާޑް މި ހޯދި މޮޅަކީ އެ ކްލަބްގެ ތާރީހުގައި ރަށުންބޭރުގައި އިނގިރޭސި ކްލަބެއް އަތުން ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން، މި ނަތީޖާއާ އެކު ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ބަލިނުވެ، ދަމަހައްޓަމުން […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ކޮލަމް ގާތުންކިރުދޭ މައިންނަށް: 3 އިރުގެ ކެއުމުގައި ފަރުވާތެރިކަމާއެކު މިތަކެތި ހިމެނުމަށް ސަމާލުކަންދީ! ދުނިޔެއަށް އުފަންވުމަށްފަހު ތުއްތު ކުއްޖާއަށް އެންމެ މުހިންމީ މައިމީހާގެ ގާތުން ދޭކިރުކަން މިއީ އެންމެން ދަންނަ ޙަޤީޤަތަކަށް ނޫނީ ނުވާނެއެވެ. ޤުދުރަތީގޮތުން މައިމީހާގެ ހަށިގަނޑުގައި އަށަގަންނަ މި ނިޒާމަކީ، އެ ތުއްތު ދަރިފުޅަށްޓަކައި ޚާއްސަ ކޮށްފައިވާ، އެދަރިފުޅު ދުނިޔޭގައި ހޭދަކުރާ ފުރަތަމަ މަސްތަކުގައި ބޭނުންވާ ހުރިހާ މާއްދާއެއް އެކުލެވޭނޭހެން ފަރުމާކޮށްފައިވާ ނިޒާމެކެެވެ. މި ޤުދުރަތީ ބުއިމުގެ ސަޕްލައި ހަށިގަނޑުގައި އިތުރުކުރުމަށްޓަކައި، ނުވަތަ އެކަށީގެންވާ ވަރަށް ކިރު ހުންނަ މައިންނަށްވެސް ރަނ... އަންޖުމް އިސްމާޢީލް މުޙައްމަދް · 4 އަހަރު ކުރިން
ކޮލަމް ހަނިމާދޫ ހަސަނަކީ "ކުރިން ކަނާއަތްތެރިއެއް" ދިރިއުޅުމަށް ބިންދާލި ރާޅާއެކު، ފަތަން ޖެހިފައިވަނީ އެއްއަތުން! ހދ.ހަނިމާދޫ ޝަބްނަމްގެ ހަސަން މުޙައްމަދަކީ ކުރިން ކަނާއަތްތެރިއެކެވެ. ކުޑަކުޑަ ތަދާއި އެކު ދިރިއުޅުމަށް ބިންދާލި ބިޔަ ރާޅާއި އެކު ފަތަން ޖެހިފައިވަނީ އެއްއަތުންނެވެ. މިއީ، އެއްވެސް ބައްޔެއްގެ އިހުސާސެއް ނެތި ފުރިހަމަ ސިއްހަތަކާއި އެކުގައި މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުން އައި ޒުވާނެއްގެ ވާހަކަ އެވެ. މިއީ އުމުރުން ޒުވާން ދުވަސްވަރު ހަސަންގެ ދިރިއުޅުމަށް އެތައް ހުރަސްތަކެއް ކުރިމަތިވި ގޮތުގެވާހަކައެވެ. ކަނާއަތްތެރިއަކަށް އެ އަތ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކޮލަމް އިބްރާހީމްގެފާނު ދަރީން ތަރުބިއްޔަތު ކުރެއްވި ގޮތުގެ މަތިވެރި ނަމޫނާ! އިބްރާހީމްގެފާނު، އެކަލޭގެފާނަށް ޞާލިޙު ހެޔޮ ދަރިފަސްކޮޅެއް ދެއްވުން އެދި މާތް ﷲ އަށް ގިނަގިނައިން ދުޢާކުރެއްވިއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި އިބްރާހީމްގެފާނުގެ މި ދުޢާފުޅު ޒިކުރު ކުރައްވައިފައި ވެއެވެ. رَبِّ هَبْ لِي مِنَ الصَّالِحِينَ (الصافات: 100) މާނައީ: [އަޅުގެ ވެރިރައްބެވެ! މި އަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!] މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ، އިބްރާހީމްގެފާނުގެ މި ދުޢާ އިޖާބަކުރައްވައި، އެކަލޭގެފާނަށް އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު ދެއްވިއެވެ. މާތް ﷲ ގެ މި ނިޢުމަތަށް... ޝެއިޚް ޝަފީއު އަބްދުﷲ · 4 އަހަރު ކުރިން
ރާއްޖެ މަސައްކަތެއް ނެތި ސިޔާސީ މަގާމަކަށް ބޭފުޅަކު އައްޔަނެއް ނުކުރާނެ: ސްޕޯކްސްޕަރސަން މަސައްކަތެއް ނެތި ސިޔާސީ މަގާމަކަށް ބޭފުޅަކު އައްޔަނެއް ނުކުރާނެކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާރސަން މިޢްވާން މުހައްމަދު ވިދާޅުވެއްޖެއެވެ. މިފަދައިން މިޢުވާން ވިދާޅުވީ، ޚަރަދު ކުޑަކުރަން އަންގާފައި އޮތްވައި ބޮޑެތި މުސާރަތަކެއް ދޭ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާ ސަބަބު ސާފުކޮށްދިނުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. “ޚަރަދު ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ސަރުކާރުން ކުރަމުންދާނެ” މިޢު... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ރާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވައިފި އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2 ވަނަ، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ދިވެހި ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެއްސެވިކަން އިޢުލާނު ކުރައްވާފައި ވަނީ މިކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. ރައީސް އޮފީހުން މިރޭ ވިދާޅުވީ، ރާނީ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިނަމ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 65 އިންސައްތަ މަސައްލަތް މިގާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތުގެ 66 އިންސައްތައާއި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 34 އިންސައްތަ މިހާތަނަށް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވެއްޖެ، ރަސްކަމަށް ޗާލްސް އިނގިރޭސިވިލާތުގައި އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި ރާނީ ކުއީން އެލިޒަބަތު 2 އަވަހާރަވެއްޖެ އެވެ. ރާނީ އަވަހާރަވިކަން ޝާހީ އާއިލާއިން ވަނީ ރަސްމީކޮން އިއުލާންކޮށްފަ އެވެ. ބަކިންހަމް ޕެލަސް އިން ހާމަކޮށްފައިވާ ގޮތުގައި އެކަމަނާ އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. އެކަމަނާ އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި ސްކޮޓްލެންޑުގެ ގަނޑުވަރެއް ކަމަށްވާ ބެލްމޯރަލް ގަނޑުވަރުގައި ހުންނަވަނިކޮށް ހާލުކޮޅު ގޯސްވެ ފަރުވާ ދެމުން ދަނިކޮންނެވެ. އެކަމަނާ އަކީ އިނގިރޭސިވިލާތުގައި 70 އަހަރު ވަންދެނ... އަލީ އާދިލް · 4 އަހަރު ކުރިން