ވިޔަފާރި އުރީދޫ ސުޕަނެޓް ހިދުމަތް ކުޑަރިކިލަށް އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ.ކުޑަރިކިލަށް ތައާރަފްކޮށްފިއެވެ. އުރީދޫ އިން ބުނީ ބާރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މިޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، އަންނަ މަސް ނިމުމުގެ ކުރިން މިޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކުޅިވަރު ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއްކަމަށް ވާ ޗެލްސީ ފުޓްބޯޅަ ކުލަބްގެ ކޯޗު މަޤާމުގައި ހުރި ތޯމަސް ޓުޗެލް ކުއްލި ގޮތަކަށް އެ މަޤާމުން ވަކިކޮށްފިއެވެ. ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކިކުރިކަން އެ ކުލަބުން ހާމަކޮށްފައި ވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައު ބުނެފައިވަނީ ޓުޗެލް އެ ޓީމްގެ ކޯޗެއްގެ ގޮތުގައި ހުރެ ކޮށްދީފައިވާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށާއި، ޓުޗެލްއަކީ ޗެލްސީގެ ތާރީޚުގައި ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތަކެއް އެ ކުލަބަށް ހޯދައިދީފައިވާ ކޯޗެއް ކަމަށެވެ. […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ މައްކާގައި އޮންނަ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ބައިވެރިން ހުކުރު ދުވަހު ފުރަނީ ސައޫދީއަރަބިއްޔާގެ މައްކާގައި އޮންނަ ކިންގ ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާންގައި ރާއްޖެ ތަމްސީލުކުރާ ދެ ބައިވެރިން އަންނަ ހުކުރު ދުވަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިފަހަރު ރާއްޖެ ތަމްސީލުކުރަނީ އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރުއާއި މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ. މި ބައިވެރިންނާއިއެކު ބައިވެރިންގެ ބެލެނިވެރިން ވެސް ސަޢުދީޢަރަބިއްޔާއަށް ފުރާނެއެވެ. ސެޕްޓެންބަރު މަހުގެ 10 އަކުން 21 އަށް ބާއްވަން ހަމ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ މާކުރަތު ސްކޫލްގައި ދެ ބުރީގެ ޢިމާރާތެއް އަޅަން ހަވާލުކޮށްފި ރ. މާކުރަތު ސްކޫލްގައި ދެ ބުރީގެ ޢިމާރާތެއް އަޅަން މިއަދު ހަވާލުކޮށްފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރީ ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި ރަސްމިއްޔާތުގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވެސް ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތުގެ އެއްބަސްވުމުގައިވާ ގޮތުން މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަޝްރޫޢުގެ އަގަކީ 8,056,265.49 ރުފިޔާއެވެ. އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ ތައު... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި އެމްފައިސާގެ ދެ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް ބިލުތަކަށް ފައިސާ ދައްކައިގެން އަނބުރާ ފައިސާ ހޯދުމުގެ ފުރުސަތާއި ވޯލްޑްކަޕް ބަލާލަން ދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ހުޅުވާލި މި ފުރުސަތުގެ ދަށުން ކޭޝްބެކް ޕްރޮމޯޝަނުގައި އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންނަށް އެމްފައިސާއިން ބިލުތައް ދެއްކުމުން އެ ދައްކާ ބިލެއްގެ 5 އިންސައްތަ އަނބުރާ އެކައުންޓަށް ޖަމާވާނެއެވެ. މިއީ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުވާލާފައިވާ އޮފާއެކެވެ. އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ބިލްތަކުގެ ތެރޭގައި އުރީދޫ ބިލ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ އަނިޔާ ލިބޭ މީހާގެ ދުޢާ ނުރައްކާތެރި، އަނިޔާ ކޮށްގެން ނުވާނެ: އިމްރާން އަނިޔާ ލިބިގެންވާ މީހާގެ ދުއާއަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަމަށާއި, އެއްވެސް ޖަލު އޮފިސަރަކު އެއްވެސް ހައިސިއްޔަތަކުން ޤައިދީއަކަށް އަނިޔާކޮށްގެން ނުވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 51 އަހަރު ފުރުން ފާހަގަކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ޖަލުތަކުގައި ނުރައްކާތެރި ޤައިދީން ބެލެހެއްޓުމަކީ ބިރުވެރި, ދަތި އުނދަގޫ, ގޮންޖެހުން ބޮޑުކަމެއްކަމަށެވ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ މިނީ ބަހުގެ ޚިދުމަތަކީ ދަތުރުފަތުރުގެ ނިޒާމަށް އައި އިންޤިލާބީ ބަދަލެއް: ނައިބު ރައީސް މިނީ ބަހުގެ ޚިދުމަތަކީ އާއްމު ދަތުރުފަތުރުގެ ނިޒާމަށް އައި އިންޤިލާބީ ބަދަލެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް އިއްޔެ ފަށާފައިވާއިރު ފުރަތަމަ ދުވަހު ވެސް 2000 އަށް ވުރެ ގިނަ މީހުން ވަނީ އެ ޚިދުމަތް ހޯދާފައެވެ. އެގާރަ އަހަރަށް ފަހު މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ އާރްޓީއެލް ޕްރޮޖެކްޓުގެ ދަށުންނެވެ. މާލޭގައި ތިން ރޫޓަކުން ބަސް ދަތުރުތައް ކުރަމުން އަންނައިރު، މި […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ތިން ފުޅި ބަނގުރަލާ އެކު ވެލިދޫން މީހަކު ހައްޔަރުކޮށްފި ތިން ފުޅި ބަނގުރަލާ އެކު ނ. ވެލިދޫން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މީހާ ހައްޔަރުކުރީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ވެލިދުއަށް ދަތުރުކުރަމުންދާ ބޯޓަކުން އެ ރަށަށް ބަނގުރާ އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހިނގާ ސެޕްޓެމްބަރު ފަސް ވަނަ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް ފަށައިފި ތިލަމާލެ ބުރިޖުގެ މަސައްކަތަށް އެޅި ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުމުގެ ސަރވޭ ކުރަންފަށައިފިއެވެ. އީޕީއޭއިން ބުނިގޮތުގައި އެ މަޝްރޫޢު ހިންގާ އެފްކޮންސްއާ ގުޅިގެން ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ އެސެސްމަންޓެއް ހަދަން ފަށާފައިވާ ކަމަށެވެ. ތިލަމާލެ ބުރިޖު އަޅަން ހެދި ޕްލެޓްފޯމު ވިލިމާލޭގެ ފަރަށް އަރައި އެތަނަށް އެޅުނު ކުނި ނަގާ ސާފުކޮށްފައިވާ ކަމަށް، އެ މަސައްކަތްކުރާ ކުންފުނި އެފްކޮންސް ޕްރައިވެޓް ލިމިޓެޑުން ބުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. ބުރިޖުގެ […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ކުޅިވަރު ސެލްޓިކް ބަލިކޮށް ޗެމްޕިއަން ރެއާލް މެޑްރިޑް ފެށުން ރަނގަޅު ކޮށްފި ޔުއެފާ ޗެމްޕިއަންސް ލީގްގެ ކުޅުން ރޭ ފަށާފައިވާއިރު، ގްރޫޕް އެފްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ސެލްޓިކް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ސެލްޓިކްގެ ދަނޑުގައި އެ ޓީމާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ބޯޅަ ހިފަހައްޓައިގެން ރެއާލުން ރަނގަޅަށް ކުޅުނު ނަމަވެސް ސެލްޓިކުން ވަނީ ރެއާލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ ހަމަލާއެއް ފޮނުވާލާފައި ވަނީ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ގައިދީން އެހެން ކުށްތަކަށް ދެވިހިފިޔަ ދީގެން ނުވާނެ: ރައީސް އެކި ކުށްތަކުގައި ޖަލަށް ލާފައި ތިބޭ ގައިދީން އެހެން ކުށްތަކަށް ދެވިހިފުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ގައިދީންނަށް އިސްލާހުވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖްތަމައުއަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ކުޅިވަރު ހާލަންޑާއި އެމްބާޕޭގެ ލަނޑުތަކުން ސިޓީއާއި ޕީއެސްޖީއަށް ވެސް މޮޅެއް ޔުއެފާ ޗެމްޕިއަންސް ލީގް ރޭ ފަށާފައިވާއިރު ގްރޫޕް ޖީގައި މެންޗެސްޓާ ސިޓީއާއި ސެވިއްޔާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފައިވާއިރު، ގްރޫޕް އެޗްގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއި އިޓަލީގެ ޔުވެންޓަސް ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު، ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ޑިބްރޭނާ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ބެންގަލޫރުގައި ތިބި ދިވެހިންގެ ހާލު ގާތުން އެބަ ބަލަން: ފޮރިން މިނިސްޓްރީ އިންޑިއާގެ ބެންގަލޫރަށް ބޯކޮށް ވިއްސާރަކުރަމުންދާތީ އެތަނުގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. ބެންގަލޫރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް ފެންބޮޑުވެ އެކުވަރުގެ ގެއްލުން އަންނަނީ ވަމުންނެވެ. އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ބެންގަލޫރުގެ ބައެއް ހިސާބުތަކުގައި މިހާރު ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށާއި މާދަމާ ވެސް ބެންގަލޫރަށް ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ކުނިކޮށި ތަރައްގީކުރަން އެއްބަސްވެއްޖެ ކުޅުދުއްފުށި ސިޓީގެ ކުނިކޮށި ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސް ބީއާ ކުންފުންނާއެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތަކީ ކުނިކޮށީގެ ވަށާ ފާރު ރޭނުމެވެ. އެގޮތުން ފާރުރާނާ ސިމެންތިޖަހާ ކުލަލުން، ސެކިއުރިޓީ ހަޓް، ފާހާނާ، 2 ގޭޓް، ކެމެރާ ޕޯލް އަދި ލައިޓް ޕޯލްތައް ހެދުމާއި ލައިޓް ހަރުކޮށް ކަރަންޓް ވަޔަރުއެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. 97 ދުވަސް ތެރޭގައި ނިންމާގޮ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ވިޔަފާރި ދިއްގަރުގެ އަލަށް ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް މ. ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެދަށުން މިހާތަނަށް ހިއްކާފައިވާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދުއެވެ. މި މަޝްރޫއުގެ ދަށުން 1470 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓި... އަޙްމަދު ވަހީދު · 4 އަހަރު ކުރިން