ކުޅިވަރު ޔުނައިޓެޑުން އާސެނަލް ބަލިކޮށްފި އިނގިރޭސިލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނުމެޗުން 3-1 ގެ ނަތީޖާއިން ޔުނައިޓޑުން އާސެނަލްގެ މައްޗަށް ކުރިހޯދައިފިއެވެ. މިއީ މިސީޒަންގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. މީގެ ކުރިން ލީގުގައި ކުޅުނު ފަސްމެޗުންވެސް އާސެނަލް ވަނީ މޮޅުވެފައެވެ. ރޭ މެޗްގައި އާސެނަލްގެ ފޯވާޑް މާޓިނެލީ ޖެހިގޯލެއް ވީއޭއާރު ބެލުމަށްފަހު ވަނީ ގޯލެއް ނޫންކަމަށް ނިއްމާފައެވެ. އެއީ ގޯލު ޖެހުމުގެ ކުރިން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ޔުނައިޓެޑްގެ ކްރިސްޓިއަން އެރިކްސަން އަށް ފައުލުކޮށްފައިވާތީ އެވެ. އަޔަކްސް އިން 94 މިލި... އަލީ ރިޔާޟް · 4 އަހަރު ކުރިން
ރާއްޖެ ބޭހުގައި މައްސަލަހުރިތޯ ބަލައި ރިޕޯޓުކުރަން އެދިއްޖެ ބޭސްފިހާރަތަކުން ދޫކުރާ ބޭސްތަކުގައި އެއްވެސް މައްސަލައެއް ހުރި ނަމަ އެކަމެއް އާސަންދަ ކުންފުންޏަށް ރިޕޯޓުކުރަން އެ ކުންފުނިން އެިއްޖެއެވެ. އެ ކުންފުނިން މިހެން ބުނެފައި މިވަނީ މުއްދަތް ހަމަވާން ގާތްވެފައިވާ ބޭސްތަކެއް ބައެއް ބޭސްފިހާރަތަކުން ދޫކުރާ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެފައިވަނިކޮށެވެ. އެކަމާ ގުޅިގެން އާސަންދަ ކުންފުނިން ވަނީ ބޭސް ނަގާއިރު މުއްދަތު ހަމަވާ ތާރީހު ރަނގަޅަށް ބެލުމަށް އިލްތިމާސްކޮށްފައެވެ. އަދި ތާރީހު ފެންނަން ނެތް ނަމަ ބޭސް ނުނެގުމަށް ވެސް އެދިފައިވެއެވެ. މީގެ އ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ވިޔަވަތި ކޮންފަރެންސް މި މަހު 10 ގައި ފަށަނީ މި އަހަރުގެ ދެވަނަ ވިޔަވަތި ކޮންފަރެންސް މި މަހުގެ 10 ވަނަ ދުވަހު ފަށަން ތާވަލްކޮށްފިއެވެ. ވިޔަވަތި ކޮންފަރެންސް އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ލ. ގަމުގައެވެ. މި ބައްދަލުވުމުގައި ބާއްވާ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ، […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ޕްލެޓްފޯމުން ފަރުމައްޗަށް އެޅުނު ކުނި ސާފުކޮށްފި ތިލަމާލެ ބުރިޖު އަޅަން ހެދި ޕްލެޓްފޯމު ވިލިމާލޭގެ ފަރަށް އަރައި އެތަނަށް އެޅުނު ކުނި ނަގާ ސާފުކޮށްފައިވާ ކަމަށް، އެ މަސައްކަތްކުރާ ކުންފުނި އެފްކޮންސް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ. ބުރިޖުގެ މަސައްކަތް ކުރަމުންދަނިކޮށް މޫސުން ގޯސްވެ އެ ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމް އެތަނުން ނެގުނީ ވެސް ހަފްތާއަކަށް ވެސް ގިނަ ދުވަސްވީ ފަހުންނެވެ. އެކަމުގައި ގިނަބައެއްގެ ކަންބޮޑުވުން އޮތް އިރު، ޕްލެޓްފޯމް ނެގިފަހުން ވެސް އޭގެއިން ފާބައިފާ […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ބުދު ގެންގުޅުނު މައްސަލާގައި ތިން ބިދޭސީން ހައްޔަރުކޮށްފި އަޅުކަންކުރުމަށް ބުދު ގެންގުޅު މައްސަލާގައި ތިން ބިދޭސީން ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފެންމަތިވީ ބިލެއްދޫގައި ބަޔަކު ބުދު ގެންގުޅޭ ކަމަށް ބުނެ އެ ރަށު ރައްޔިތުން ނިކުމެ ހަމަނުޖެހުން ހިންގައިގެންނެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި އެ ގޭތެރެއަށް ވަދެ އެމީހުންނާއި ބުދުތައް ވެސް ނެރެފައި ވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މި މައްސަލާގައި އިއްޔެ ތިން ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 27، 37 އަދި 39 އަހަރުގެ މީހުން ކަމަށް ބުނެފައިވެއެވެ. އެ […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫ ސުޕަނެޓް ހިދުމަތް ބާރަށަށް 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހއ. ބާރަށަށް ތައާރަފްކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު ބާރަށުގެ ރައްޔިތުންނަށް ހިދުމަތަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެއެވެ. މީގެ އިތުރުން، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ޑީއެމްޑީ އާތިފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު އާތިފް ހަމަޖައްސައިފިއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި ސުހައިލް އަހުމަދު މިދިޔަ ހަފުތާގައި ރިޓަޔާ ކުރެއްވުމުންނެވެ. އެގޮތުން، އާތިފް މި މަގާމަށް އައްޔަންކޮށްފައިވަނީ މިއަދުއެވެ. ސުހައިލް ސަރުކާރުގެ ވަޒީފާ އިން ރިޓަޔާ ކުރައްވަން ނިންމެވީ އުމުރުން 55 އަހަރު ވުމުން، އެޗްޑީސީގައި އޮންނަ ރިޓަޔާމެންޓް އުސޫލުގެ ތެރެއިންނެވެ. އެޗް... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ބޯކޮށް ވާރޭ ވެހި ވައިގަދަވެ ކަނޑު ގަދަވާނެކަމަށް ނިމުތުކޮށް، ރީނދޫ އިންޒާރު ބޯކޮށް ވާރޭ ވެހި ވައިގަދަވެ ކަނޑު ގަދަވާނެކަމަށް ނިމުތުކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހއ. އަތޮޅުން ތ. އަތޮޅަށް ރީނދޫ އިންޒާރު ނެރެފި އެވެ. ރީންދޫ އިންޒާރު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެއިންޒާރު ނެރެފައި ވަނީ މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ 21:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 […] އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ވިޔަފާރި މެޕްސް ކޮލެޖުގެ ޖަނަވަރީ 2023 އިންޓޭކް ކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާރސް ލެވެލްއާއި ހަމައަށް އެކި ދާއިރާތަކުން ކިޔެވުމުގެ ތަފާތު ފުރުޞަތުތަކާއިއެކު، މެޕްސް ކޮލެޖްގެ ޖަނަވަރީ 2023 އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މެޕްސް ކޮލެޖުން މަޢުލޫމާތުދޭ ގޮތުގައި މިއިންޓޭކްގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ބިޒްނަސް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް އެންޑް ސަޕްލައ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ކޮލަމް އިމްލާޤު: ދެކިޑްނީ ފެއިލްވެ ޓްރާންސްޕްލާންޓު ހެދޭނެ ދުވަހެއްގެ އުންމީދުގައި! އިމްލާޤަކީ އާއިލާއެއް ބިނާކުރުމަށް މަސައްކަތް ކުރަމުން ދިޔަ، ޒުވާނެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުންނެކޭ އެއްގޮތަށް ރައްޓެހިންނާއި އެކު ވަގުތު ހޭދަކޮށް، މާ ބޮޑު ހާސްކަމެއް ނެތި އުޅެމުން ދިޔަ ޒުވާނެކެވެ. ފުލުހުންގެ އިދާރާގެ ޒިންމާދާގު މަގާމެއްގައި މަސައްކަތް ކުރައްވަމުން ދިޔަ ފުލުސް އޮފިސަރެއްވެސް މެއެވެ. ސާދާ ދިރިއުޅުމެއްގައި ދުވަސްތައް ގުނަމުން ދަނިކޮށް އިމްލާޤުގެ މުޅި ހަޔާތް ބަދަލުކޮށްލީ އޭނާގެ ދެފައި ދުޅަވެ ނިޝާންތަކެއް ފެންނަން ފެށުމާއެކު ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓުތަކުން ކިޑްނީ... ތިލަދުން · 4 އަހަރު ކުރިން
ރާއްޖެ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ނެރުނު ހުދު ސަމާލުގެ ވަގުތު ދަންމާލައިފިއެވެ. މިގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ހުދު ސަމާލު އިތުރުކޮށްފައި ވަނީ މިރޭ 20:00 އާއި ހަމައަށެވެ. މި ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، މި ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅުގައެވެ. އާބާދީގައި 1،385 މީހުން ދިރިއުޅޭ ރަތަފަންދޫއަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާ އެތައް އަހަރެއްވެފައިވާ އިރު، ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑު... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ގަވާއިދާ ޚިލާފަށް މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ހުއްޓުވައިފި ގަވާއިދާ ޚިލާފަށް މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ހުއްޓުވައި، މާލެ އަށް ވައްދާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިހުން ވިދާޅުވެއްޖެއެވެ. މެރިން ޕޮލިހުން ވިދާޅުވި ގޮތުގައި މިއަދު މާލެއިން ފުރައިގެން ދަތުރުކުރި ”ސައުތު ލައިން” ބޯޓު ވަނީ ހިފަހައްޓައި މާލެ ވައްދާފަ އެވެ. އެ ބޯޓު ހުއްޓުވައި މާލެ ވެއްދީ، ގަވާއިދާ ޚިލާފަށް މުދާ ބަރުކޮށްފައިވާތީ ކަމަށް މެރިން ޕޮލިހުން ވިދާޅުވެއެވެ. ”ގަވާއިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ ދަތުރު ނުކުރުމަށް ވާނީ އެންގިފައި” މެރިން […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ''ރިވެތި އަޚްލާޤަށް ވުރެ މުހިއްމު އެއްވެސް ކަމެއް ނޯންނާނެ'' ރިވެތި އަޚްލާޤަށް ވުރެ މުހިއްމު އެއްވެސް ކަމެއް ނޯންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް ދެއެއްގައި ހުޅުވި ފުރަތަމަ ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސް ވިދާޅުވީ، ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަނީ ވަރަށް ފޮނިއުއްމީދަކާއި ޔަޤީންކަމަކާއިއެކުގައި ކަމަށެވެ. އަދި އެކުދިންނާއި މެދު ޤައުމުވެސް ފޮނިއުއްމީދުތަކެއް ކުރާ ކަމަށެވެ. މުދައްރިސުންނ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ.އަތޮޅާއި މެދު ސަރުކާރުން ފަހަތުފަޔައް ބުރަވާތަން ފެނޭ: އަމީން ހދ.އަތޮޅާއި މެދު ސަރުކާރުން ފަހަތުފަޔައް ބުރަވާތަން ފެންނަކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އަމީން މިފަދައިން ވިދާޅުވީ، “ޔާސިރު އުންމީދުކުރެއްވި ގޮތަށް އޮގަސްޓްމަހުގެ ނިޔަލަށް އެއާޕޯޓް ރަންވޭގައި ލައިޓެއް ނުޖެހުނު!” މިސުރުހީގެ ދަށުން ގެނެސްފައިވާ ހަބަރެއް ހިއްސާ ކުރައްވާ މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އަމީން އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުގެ 4 އަހަރު ނިމިދިޔައިރު ކުޅުދުއްފުށީ އެއާރޕޯޓް ލައިޓް ނުޖެހި ހުރުމަކީ މުޅި ބޮޑު... އަލީ އާދިލް · 4 އަހަރު ކުރިން