މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރި “އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް” މިއަދު ހުޅުވައިފިއެވެ. މި ސްކޫލް ހުޅުއްވައި ދެއްވީ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ސްކޫލަކީ 824 ކުދިންނަށް ޖާގައިގެ ސްކޫލެކެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވޭ ފުރަތަމަ ސްކޫލްގެ ގޮތުގައި އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް މިއަދު ހުޅުވިއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް އިތުރު ދެ ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އަންނަ މަހުގެ ތެރޭގައި ހުޅުމާލޭގެ...

ޔުމްނާ ޢަލީ
ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު

ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ. މިގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8:15 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށެވެ. މި ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، މި ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު […]

ޙުސައިން ޝަހުދީ
ނެދަލޭންޑްސްގެ އަންހެނެއް އިސްލާމްވީ ގޮތުގެ ވާހަކައިން ފެމިނިސްޓުންނަށް ފިލާވުޅު ތަކެއް!

ނެދަލޭންޑްސްގެ އަންހެނެއް އިސްލާމްވީ ގޮތުގެ ވާހަކައިން ފެމިނިސްޓުންނަށް ފިލާވުޅު ތަކެއް!

އަހަރެންގެ އުމުރުން އެކާވީސް އަހަރު ވީ އިރު އަހަރެން ވީ ޑަކްޓަރީ ދާއިރާއިން ކިޔަވާ ދަރިވަރެއްކަމުގައެވެ. ނޫސްތަކާއި އެނޫންވެސް ޚަބަރުފަތުރާ ވަސީލަތް ތަކުން ޚަބަރުތައް ބަލަމުންދާ އިރު، އިސްލާމްދީނާ ގުޅޭ ޚަބަރެއް ވާނަމަ މުޅިންވެސް ފެންނަނީ ނެގެޓިވް ޚަބަރުތަކެވެ. އަދި އިސްލާމް ދީނާއި އަންހެނުންނާ ގުުވައި ވަރަށް ނެގެޓިވްކޮށް ޚަބަރުތައް ފަތުރާކަން އަހަންނަށް ފާހަގަވިއެވެ. އެގޮތުން، މުސްލިމު އަންހެނުން ތަޢުލީމު އުނގެނުމުން މަޙުރޫމު ކުރުވާ ވާހަކައާއި، އެސިޑު ފަދަތަކެތި މުސްލިމު އަންހެނުންގެ މޫނަށް އަޅަ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އެސްޓަންވިލާއިން ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި

އެސްޓަންވިލާއިން ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ސިޓީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ. މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑު ނެގީ ސިޓީއިންނެވެ. ޑިބްރޭއިނާގެ އެހީތެރިކަމާއެކު މިގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 50 ވަނަ މިނެޓް ގައި އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ ލީގުގެ ކުޅުނު 6 މެޗުން ހާލަންޑް ޖެހި 10 ވަނަ ގޯލެވެ. މެޗުގެ 74 ވަނަ މިނިޓުގައި އެސްޓަން ވިލާގެ ޖެމެއިކާ ފޯވަޑް ލެއޮން […]

އަލީ ރިޔާޟް
ބެޓިސް ބަލިކޮށް ރެއާލްގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ބެޓިސް ބަލިކޮށް ރެއާލްގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށްފިއެވެ. މިރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ސީޒަންގައި ލީގުގައި ރެއާލުން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، އެ ހަތަރު މެޗުން ވެސް އެ ޓީމް ވަނީ މޮޅުވެފައެވެ. ވުމާއެކު 12 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ރެއާލެވެ. ދެވަނާގައި އޮތީ މިރޭ ރެއާލް އަތުން […]

އިބްރާހިމް ޚަލީލް
އަތްބެލުމާއި، ފާލުބެލުމަށް ހިތްވަރުދީ، ފާޅުގައި އިޝްތިޙާރުކުރާ މައްސަލަ ބަލައިދިނުމަށް އެދިއްޖެ

އަތްބެލުމާއި، ފާލުބެލުމަށް ހިތްވަރުދީ، ފާޅުގައި އިޝްތިޙާރުކުރާ މައްސަލަ ބަލައިދިނުމަށް އެދިއްޖެ

އަތްބެލުމާއި، ފާލުބެލުމާއި، ސިޙުރު ހެދުމަށް ފާޅުގައި ހިތްވަރުދީ، އިޝްތިޙާރުކޮށް ފަތުރަމުންދާ މައްސަލަ ބަލައިދިނުމަށް ދި އިސްލާމިކް އެކްސޮސިޒަމް އިން ކަމާބެހޭ މުވައްސަސާތަކަށް ގޮވާލައިފި އެވެ. އެޖަމިއްޔާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިފަހަކަށް އައިސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި، އަތްބެލުމާއި، ފާލުބެލުމާއި ސިޙުރު ހެދުމާއި އަދި މި ނޫނަސް މިފަދަ ޝިރުކުގެ ޢަމަލުތައް ބޭނުންކޮށްގެން އެކި ކަހަލަ ބަލިތަކަށް ފަރުވާކުރުމުގެ ނަމުގައި ބަޔަކު ހަރަކާތްތެރިވަމުންދާ ކަމަށް ސޯޝަލް މީޑިއާގެ...

އަލީ އާދިލް
އެމްޖޭއޭގެ އާ ހިންގާ ކޮމެޓީ އިންތިހާބު ކޮށްފި

އެމްޖޭއޭގެ އާ ހިންގާ ކޮމެޓީ އިންތިހާބު ކޮށްފި

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހިންގާ ކޮމިޓީ އާ ދައުރަކަށް މިއަދު އިންތިޚާބު ކޮށްފިއެވެ. އެމްޖޭއޭގެ ހިންގާ ކޮމެޓީ އާ ދައުރަކަށް އިންތިޚާބުކޮށްފައި ވަނީ އެކަމަށް މިއަދު ބޭއްވި ކޮންގްރެސްގައެވެ. މިއަދު ހަވީރު 16:00 ގައި ސްޓެލްކޯ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ކޮންގްރެސްގައި އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ހަތް މަގާމަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. މި ކޮމެޓީއަށް އަލަށް ހަތަރު މެންބަރުން އިންތިހާބުވެފައިވާއިރު، ދެން އިންތިހާބުވީ ކުރިން ވެސް ތިބި ތިން މެންބަރުންނެވެ. މިއަދުގެ...

ޔުމްނާ ޢަލީ
ސެމްސަން ޒީ ފޯލްޑް4 މިހާރު މޫލީ އިން ލިބެން ހުންނާނެ

ސެމްސަން ޒީ ފޯލްޑް4 މިހާރު މޫލީ އިން ލިބެން ހުންނާނެ

ސެމްސަންގުން މިއަހަރު ދުނިޔޭގެ ބާޒާރަށް ނެރުނު “ޒީ ފޯލްޑް 4” އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، “މޫލީ” ގައި ވިއްކަން ފަށައިފިއެވެ. އެ ކުންފުނިން މިއަދު ބުނީ، ހުރިހާ ކަސްޓަމަރުންނަށް ވެސް ފަތް ޖެހޭ މި ފޯނު މޫލީ އާއި އެކުންފުނީގެ އެކްޕީރިއެންސް ސެންޓަރުތައް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކު ވިޔަސް އެ މީހެއްގެ ގެ އަށް އެ ފޯނު ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ސެމްސަންގް ޒީ […]

އަޙްމަދު ވަހީދު
އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ކުރިއަށް، ފުރަތަމަ ހަތަރު ދުވަހު 646 މީހުން ދަތުރުކުރި

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ކުރިއަށް، ފުރަތަމަ ހަތަރު ދުވަހު 646 މީހުން ދަތުރުކުރި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމަށް ށ. އަތޮޅުގައި ފެށި ދަތުރުތައް ކުރިއަށް ދާއިރު ފުރަތަމަ ހަތަރު ދުވަހު 646 މީހުން ދަތުރުކޮށްފައިވާ ކަމަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ. އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފެށީ ނިމުނު އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން ވިދާޅުވީ، އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށައިގެން ޝެޑިއުލ...

މުޙައްމަދު ވަސީމް
އެމްއެންޑީއެފުން ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް

އެމްއެންޑީއެފުން ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް

އެމްއެންޑީއެފުން ހދ. ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުން އެރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ނޮޅިވަރަންފަރު ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ 62 ދަރިވަރުންނާއި އެ ރަށުގެ 70 އަންހެން ބޭކަނބަލުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައި ވަނީ އަލިފާންނިވި އަދި އަލިފާން ބްލޭންކެޓު ބޭނުން...

ޔުމްނާ ޢަލީ
ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް ނިންމާ ނަތީޖާ ފާޅުކޮށްފި

ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް ނިންމާ ނަތީޖާ ފާޅުކޮށްފި

ހދ. ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް 1444 ނިންމާލައި، އެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. ހދ. އަތޮޅު ކައުންސިލުން ބާއްވާ އަތޮޅު ޤުރްއާން މުބާރާތުގައި ނޮޅިވަރަމް ތަމްސީލްކުރާނެ ދަރިވަރުން ހޮވުމަށް ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ މިއަދުއެވެ. ނޮޅިވަރަމް ކައުންސިލް މެންބަރު އަދި މީޑިއާ އޮޕިޝަލް މުޙައްމަދު މުސްތަފާ ”ތިލަދުން” އަށް ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިޔައީ ތިން ގޮތްޕަކަށް ބަހާލައިގެން ކަމަށެވެ. އެ ގޮފިތަކަކީ،  ބަލައިގެން ކިޔުމުގެ ގޮތްޕާއި، ނުބަލާ ކިޔުމުގެ […]

ޔުމްނާ ޢަލީ
ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯގެ އެހީތެރިކަން

ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯގެ އެހީތެރިކަން

ނ. ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ރަށްތަކަށް ދަތުރު ކުރި ބޯޓެއް އަޑިއަށް ދިއުމާ ގުޅިގެން އޭގައި ހުރި ކާޑުގެ ބާވަތްތަކަށް ގެއްލުންވުމުންނެވެ. މުދާ ހިފައިގެން ދިޔަ ބޯޓު އަޑިއަށްގޮސް އޭގައި ހުރި ގިނަ އަދަދެއްގެ މުދާ ވަނީ އޮޔާ ގޮސްފައެވެ. މި ހާދިސާއާ ގުޅިގެން ލަންދޫ އާއި މާޅެންދޫ ކައުންސިލުން ވަނީ އެ ރަށްތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ފަށާފައެވެ. އެސްޓީއޯއިން […]

އަޙްމަދު ވަހީދު
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝީލްޑަށް

އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝީލްޑަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “އާދަމް ސަލީމް ކަޕް 2021” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝީލްޑުން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލު މެޗުގައި ޝީލްޑާއި އަހުލީ ބައްދަލު ކޮށްފައިވާއިރު، ޝީލްޑުން ފައިނަލް މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން އަހުލީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އަހުލީންނެވެ. މި ލަނޑު މެޗުގެ […]

އިބްރާހިމް ޚަލީލް
ކުޑަކުދިންގެ ފިހާރަ "މޫމޫ" ހުޅުވައިފި

ކުޑަކުދިންގެ ފިހާރަ "މޫމޫ" ހުޅުވައިފި

ކުޑަކުދިންގެ ފިހާރަ “މޫމޫ” މާލޭ ސިޓީގައި ހުޅުވައިފި އެވެ. ކުޑަކުދިންގެ ކުޅޭ ސާމާނާއި ކުޑަކުދިންނަށް ބޭނުންވާ ތަފާތު ވައްތަރުގެ ސާމާނު އެއްތަނަކުން ފޯރުކޮށްދެމުން އައި އޮންލައިން ފިހާރަ “މޫމޫ” ގެ އައުޓްލެޓް އެއް ހުޅުވާފައިމިވަނީ ޗާންދަނީ މަގު ރެޑްބީ ކުރިމަތީ އޮންނަ ގުމްރީ ގޯޅިީގައި އެވެ. އިއްޔެ ހަވީރު އެ ގޯޅީގައި ރޯބޯމޭންގެ ހަރަކާތްތަކާއި އެކު “މޫމޫ” ގެ ފިހާރަ ރަސްމީކޮށް ހުޅުވާފައިވަނީ ކުލަގަދަ ރަސްމިއްޔާތަކާއި އެކު އެވެ. އެސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުޑަކުދިން މި […]

އަލީ އާދިލް
މުރަނގަފަތުގެ ސައި: ތަފާތު ފައިދާހުރި ބުއިމެއް!

މުރަނގަފަތުގެ ސައި: ތަފާތު ފައިދާހުރި ބުއިމެއް!

އަޅުގަނޑުމެން ދިވެހިންގެ ސަގާފަތަށް ބަލާއިރު މުރަނގަފަތް އެންމެ ގިނައިން ބޭނުންކުރަނީ ތެލުލައިގެން އެކިއެކި ކާނާއާއި އެކުއެވެ. ނުވަތަ މުރަނގަފަތުގެ ބަތް ކައްކައިގެންނެވެ. ބައެއްމީހުން އެ ފަތުގައި ބިސްގަނޑު އަޅައިގެން ނުވަތަ ބަތާއި ގަރުދިޔަ މޮޑެގެން ކާއިރު އެކީގައި ކައި އުޅެއެވެ. ނަމަވެސް މުރަނގަފަތު ސައި ވެގެން މިދިޔައީ ހަމަގައިމުވެސް އަޅުގަނޑަށް އައު އެއްޗަކަށެވެ. އެހެންކަމުން މުރަނގަފަތު ސަޔާއި ބެހޭގޮތުން ހޯދި ހޯދުންތައް ތިރީގައި ހިއްސާކޮށްލާނަމެވެ. މުރަނގަފަތަކީ ދަގަނޑުގެ މިންވަރު ގިނަ ކަމަށް...

އަންޖުމް އިސްމާޢީލް މުޙައްމަދް