ރާއްޖެ ހައި އެޗީވާސް ސްކޮލާޝިޕަށާއި މޮފްކޮމް ސްކޮލާޝިޕަށް ހުޅުވާލައިފި މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުންނަށް މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތާއި، މޮފްކޮމް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އިފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް މި ސްކޮލާޝިޕް އުސޫލުގެ ދަށުން ފުރުޞަތު ދެވޭނީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ”ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް”ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑި... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު އިތުރު ވަގުތުގެ ތެރޭ ލަނޑުޖަހައި ބްރައިޓަން އިން ޔުނައިޓެޑް ބަލިކޮށްފި އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަންއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް 1-0 ގެ ނަތީޖާއިން ބްރައިޓަން މޮޅުވެއްޖެއެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރައިޓަން އަށް މެޗުގެ އިތުރު ވަގުތުގެ ތެރޭ ޕެނަލްޓީ ލިބިފައިވަނީ ބްރައިޓަން އިން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭ ޔުނައިޓެޑްގެ ޑިފެންޑަރ ލުކާ ޝޯގެ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ފަތުވާ މަޖިލީހަށް މެންބަރުން އައްޔަންކޮށްފި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އިތުރު މެންބަރުން އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުވާ މަޖިލިސް އަލުން އެކުލަވައިލުމުގެ ކަންކަން ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިޢުވާން މުހައްމަދު ވިދާޅުވެފައި ވަނީ ފަތުވާ މަޖިލިހަށް ހަތަރު މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިހާރު އައްޔަން ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންތަކެއް ކަމަށް [... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ދިއްދޫ ފަރަށް އެރި ޓަގު ބޯޓު ފުންކޮށްފި ހއ. ދިއްދޫ ފަރުމައްޗަށް އެރި ޓަގު ބޯޓު ރޭ ފުންކޮށްފިއެވެ. މި ޓަގު ބޯޓު ދިއްދޫ ފަރުމައްޗަށް އެރީ އަންގާރަ ދުވަހުގެ ހެނދުނުއެވެ. މި ޓަގު ބޯޓާއެކު ބާޖެއް ވެސް ވަނީ ދިއްދޫ ފަރުމައްޗަށް އަރާފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އެރަށު ފަރުމައްޗަށް އެރި ބާޖު އަންގާރަ ދުވަހު ފުންކޮށްފައިވާ ކަމަށެވެ. އަދި ޓަގު ބޯޓު ރޭ 10:00 ހާއިރު ފުންކޮށްފައިވާ ކަމަށެވެ. ”ބޯޓު ފުންކުރުމުން ރޭ ފުރައިފި، އެއީ […] ޙުސައިން ޝަހުދީ · 3 އަހަރު ކުރިން
ކުޅިވަރު 33 އަހަރު ފަހުން ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކޮށްފި އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި އުދިނޭޒީ ބައްދަލުކުރި މެޗުން ހޯދި ޕޮއިންޓާއިއެކު ނަޕޯލީން 33 އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ. ނަޕޯލީން ލީގުގެ ޗެމްޕިއަނަކަން ކަށަވަރު ކޮށްފައި މިވަނީ ލީގުގައި ބާކީ ފަސް މެޗު އޮއްވައެވެ. މީގެ ކުރިން ނަޕޯލީން ދެ ފަހަރެއްގެ މަތީން ލީގު ކާމިޔާބު ކޮށްފައިވެއެވެ. އެއީ 1987 އަދި 1990 ގައެވެ. އެއީ އެ ޓީމުން ބަތަލެއްގެ މަޤާމް ދީފައިވާ އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުލުންތެރިޔާ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކޮލަމް ''މީހުންނަށް އިހާނެތިކޮށް ހިތުމަކީ ނުބައިކަން ބޮޑު އިޖުތިމާއީ ބައްޔެއް'' އަހަރުމެންގެ މުޖުތަމައުގައި އިހްތިރާމު ނުކުރުމުގެ އިޖުތިމާއީ ވަބާ، މިއަދު މިވަނީ ފެތުރިފައި ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ. “އިހްތިރާމް ކުރުން” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ ދަރީން މައިންބަފައިންނަށް، މައިންބަފައިން ދަރީންނަށް އިހްތިރާމު ކުރުން ވަނީ ހިތާމަކުރަން ޖެހޭ މިންވަރަށް ކުޑަވެފައި ކަމަށެވެ. އަދި އަވަށްޓެރީން އަވަށްޓެރީންނަށާއި ދަރިވަރުން އުސްތާޒުންނަށް، އުސްތާޒުން ދަރިވަރުންނަށް އަދި މުވައްޒަފުން ވެރިންނަށް، ވެރިން މުވައްޒަފުންނަށް އިހްތިރާމް ކުރާ މިންވަރު ވެސް ކުޑ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުގެ މަސައްކަތް އެމްޓީސީސީއަށް އދ. ދިގުރަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. މި މަޝްރޫއުގެ ދަށުން 127 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 15 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހު... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ އިޓްލޮސްގެ ހުކުމް ބަލައެއް ނުގަންނަން، މައްސަލަ އިސްތިއުނާފު ކުރާނަން: އިދިކޮޅު ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ނިންމި މައްސަލަ ބަލައި ނުގަންނަކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މި މައްސަލައިގައި އިޓްލޮސް ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ރައީސްގެ ހާއްސަ ސްކޮލާޝިޕަށް ހުޅުވާލައިފި 2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޢިއުލާންގައި ވިދާޅުވެފައިވާ ގޮތުގައި މި ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، މި ސްކޮލާޝިޕާބެހޭ އުޞޫލުގައިވާ ގޮ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޗެއާމަނަމަަކަަށް ޒަކަރިއްޔާ މަންސޫރު ހަމަޖައްސައިފި ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޑެޓްގެ ޗެއާމަންކަމުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރޓ) ޒަކަރިއްޔާ މަންސޫރު ހަމަޖައްސަވައިފި އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއްޔެ ބުނީ ކައްދޫ އެއަޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާމަންކަމުގެ މަގާމަށް ޒަކަރިއްޔާ އައްޔަންކޮށްފަައިވާ ކަމަށެވެ. ކައްދޫ އެއަޕޯޓް ކޮމްޕެނީ ލިމިޓެޑް އުފެދުމާއެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ބޯޑް މެންބަރުކަން ވެސް އޭނާ ވަނީ ކުރައްވާފައިވާ ބޭފުޅެކެވެ. ނެޝަނަލް ކ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި ދުވާފަރު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި ދުވާފަރު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މު މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، 19,797.44 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށއ، 6,003.85 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ވަނީ ގާއިމް ކޮށްފައެވެ. މީގެ އިތުރުން، ސާވިސް ލައިން އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ފެ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ތިން ވަނަ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ފަށައިފި ތިން ވަނަ “އެކްސްޕީރިއަންސް މޯލްޑިވްސް” ކެމްޕެއިން މިރޭ ފަށައިފިއެވެ. މިއީ ރާއްޖެއަކީ ފަތުވެރިކަމުގެ މަތީފަންތީގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަދި އެމެރިކަން އެކްސްޕްރެސް ގުޅިގެން، ކުރިޔަށްގެންދާ ކެމްޕެއިންއެކެވެ. މި ކެމްޕޭން ފެށުމަށްޓަކައި ކުރުނބާ މޯލްޑިވްސް ރިޒޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވި ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ކަނޑުވި މީހުން 9 ގަޑިއިރު ވަންދެން ކަނޑުމަތީގައި ތިބި، އެންމެންގެ ހާލުވެސް ރަނގަޅު! ސަވާރީ ބޯޓު އަޑިއަށް ދިޔަ ހާދިސާގަައި ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި ހަ މީހުންގެ ވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓު ގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ. ގެއްލިފައިވާ ސަވާރީ ބޯޓު ހޯދުމަށް އެމްއެންޑީއެފުން ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި މިބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފައި ވަނީ މިއަދު […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރާ ދެކޮޅަށް އަލުން ދައުވާ ކުރެވިދާނެ: ސުޕްރީމް ކޯޓު ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލާގައި އަލުން ދައުވާ ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޑަމްޕް ޓްރަކްތަކެއް ވެމްކޯއަށް ގަތުމުގެ މައްސަލާގައި ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދައުވާއެއް ކުރުމުން ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެ ދައުވާ ކުރަން ޖެހޭނ... ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ ސަވާރީ ބޯޓު ހާދިސާ: ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި މީހުން މާލެ ގެނެސްފި މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓު އަޑިއަށް ދިޔަ ހާދިސާގަައި ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި މީހުން މާލެ ގެނެސްފިއެވެ. މި ބޯޓުގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ސަވާރީ ބޯޓު ރޭ ދަންވަރު އަޑިއަށްދިޔަ ޙާދިސާގައި ކަނޑުވި 6 މީހުން އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގައި […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން