މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުންނަށް މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތާއި، މޮފްކޮމް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އިފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް މި ސްކޮލާޝިޕް އުސޫލުގެ ދަށުން ފުރުޞަތު ދެވޭނީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ"ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް"ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށެވެ.

Ad
rt

މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ޚަރަދު، މި ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.

ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތައް

  • ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުން.
  • "އިސްލާމް" އާއި "ދިވެހި" ހިމެނޭ ގޮތަށް މަތީ ސާނަވީ އިމްތިޙާނުން މަދުވެގެން 5 މާއްދާއިން A ފާސް ހޯދާފައިވުން.
  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތުން.

ހައި އެޗީވާސް ސްކޮލާޝިޕްގެ ދަށުން ކިޔަވަން ފުރުޞަތު ހުޅުވާލާފައި ޤައުމުތައް

  • ދިވެހިރާއްޖެ
  • ސާރކްގެ އެހެނިހެން ޤައުމުތައް
  • މެލޭޝިޔާ
  • ތައިލެންޑް
  • ފިލިޕީންސް
  • ޗައިނާ
  • އޯއީސީޑީ ޤައުމުތައް

މީގެ އިތުރުން މޮފްކޮމް ސްކޮލާޝިޕްގެ ދަށުން މާސްޓާސް ޑިގްރީ އާއި ޕީ.އެޗް.ޑީ އަށް ޗައިނާގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ސްކޮލާޝިޕްގެ ދަށުން 38 ޖާގައަށް ވަނީ ހުޅުވާލާފައެވެ. އަދި މިސްކޮލާޝިޕްގެ ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލާޝިޕް ދޭ ފަރާތުންނެވެ.

މި ސްކޮލާޝިޕާގުޅޭ އިތުރު ތަފްސީލްތައް މިކަމަށް ކޮށްފައިވާ ޢިއުލާންގައި ހިމަނާފައިވާއިރު، މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ 15 މޭ 2023 ވާ ހޯމަ ދުވަހު 13:30 ގެ ކުރިންނެވެ.

މި ސްކޮލާޝިޕްތަކަށް އެޕްލިކޭޝަން ހުށަހަޅުއްވަންޖެހެނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

މި ސްކޮލާޝިޕްތަކާގުޅޭ އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026941 / 3026966 ނަންބަރު ފޯނުން އަދި ހަޔާ އެޑިޔުކޭޝަންގެ schol@mohe.gov.mv އީމެއިލް މެދުވެރިކޮށް ވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.