Skip to main content
Topic Archive

#މަތީ ތަޢުލީމް

41 Stories filed
ޓެކްނިކަލް ދާއިރާތަކުން ކިޔަވަން އެއްވެސް ލިމިޓެއް ނެތި ލޯނު ދޫކުރަނީ
Raajje

ޓެކްނިކަލް ދާއިރާތަކުން ކިޔަވަން އެއްވެސް ލިމިޓެއް ނެތި ލޯނު ދޫކުރަނީ

ޤައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް، އެއްވެސް ލިމިޓެއް ނެތި ލޯނުގެ ފުރުސަތު ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރުއެވެ. މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންމެ އަހަރަކު ދޫކުރާ ލޯނުގެ މަދުވެގެން 50 އިންސައްތައަކީ ޓެކްނިކަލް...

ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭނެ، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000ރ.ގެ އެލަވަންސެއް
Raajje

ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭނެ، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000ރ.ގެ އެލަވަންސެއް

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގައި، ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކޮށް އިއްޔެ ގެޒެޓްކޮށްފިއެވެ. ކުރިން މި ސްކޮލަރޝިޕް ލިބެނީ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ވަކި ދާއިރާތަކަކުން ނެވެ. ނަމަވެސް، އަލަށް ގެޒެޓްކުރި އުސޫލާއެކު ދަރިވަރުން ބޭނުންވާ ކޮންމެ ރޮނގަކުންވެސް މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ. ހައި އެޗީވަރސް ސ...

ސްޓޫޑެންޓް ލޯން އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑި އުވާލަނީ
Raajje

ސްޓޫޑެންޓް ލޯން އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑި އުވާލަނީ

މަތީ ތަޢުލީމަށް ސަރުކާރުން ދެމުން އަންނަ ސްޓޫޑެންޓް ލޯނަށް އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑި އުވާލަން ނިންމައި، މުޅި އަހަރު ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށައެޅޭ ގޮތަށް ހަދަން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަތީ ތައުލީމާ ބެހޭ ވަޒީރު، ޑރ. އަލީ ހައިދަރު ވިދާޅުވީ، މި ބަދަލު ގެންނަނީ މި އަހަރު އިއުލާން ކުރާ ސްޓޫޑެންޓް ލޯން ސްކީމާއެކުގައެވެ. ޑރ. ހައިދަރު ވިދ...

15 އަހަރު ވުމުން ޔުނިވަރސިޓީއަކަށް ބަދަލުވެވޭ ބިލު ތަޞްދީޤުކުރައްވައިފި
Raajje

15 އަހަރު ވުމުން ޔުނިވަރސިޓީއަކަށް ބަދަލުވެވޭ ބިލު ތަޞްދީޤުކުރައްވައިފި

ރާއްޖޭގައި ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބުމަށް ހިނގާ މުއްދަތު ކުރުކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލު ފާސްކޮށްފައި ވަނީ 05 ނޮވެންބަރު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ […]

15 އަހަރު ހިންގާފައިވާ ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލު ކުރެވޭ އިސްލާހްގެ ބިލު ފާސްކޮށްފި
Raajje

15 އަހަރު ހިންގާފައިވާ ކޮލެޖްތައް ޔުނިވާސިޓީތަކަށް ބަދަލު ކުރެވޭ އިސްލާހްގެ ބިލު ފާސްކޮށްފި

ރާއްޖޭގައި ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބުމަށް ހިނގާ މުއްދަތު ކުރުކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢުއެވެ މި ބިލު މިއަދު ފާސްކޮށްފައިވާއިރު، ކުރިން ޔުނިވަސިޓީއަކަށް ބަދަލުވެވޭނެކަމަށް އޮތް 20 އަހަރުގެ މުއްދަތު މިހާރު ވަނީ 15 އަހަރަށް ދަށްކޮށްފައ...

ރާއްޖޭގެ ދަރިވަރުންނަށް ސައުތު ކޮރެއާގައި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު
Raajje

ރާއްޖޭގެ ދަރިވަރުންނަށް ސައުތު ކޮރެއާގައި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު

ރާއްޖޭގެ ދަރިވަރުންނަށް ސައުތު ކޮރެއާގައި މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) ސްކޮލަރޝިޕް ފެލޯޝިޕް ޕްރޮގްރާމް 2026 ގެ ދަށުންނެވެ. މިކަން ހާމަކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އިއްޔެ ކުރި ޢިއުލާނުގައި ބުނެފައިވާ ގޮތުން، ދިވެހި ދަރިވަރުންނަށް ކޮރެއާގެ ފަސް ޔުނިވަރސިޓީއަކުން މާސްޓަރސްގެ ފަސް ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅު...

އެގްރިކަލްޗަރަލް ސައިންސް ދާއިރާއިން މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި
Raajje

އެގްރިކަލްޗަރަލް ސައިންސް ދާއިރާއިން މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި

ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން މިއަދު އެގްރިކަލްޗަރަލް ސައިންސް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް 10 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ސްކޮލާޝިޕްތަކަކީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ “ޓްރާންސްފޯމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް” ޕްރޮޖެކްޓްގެ ދަށުން ދެވޭ ފުރުސަތުތަކެކެވެ. މި ސްކޮލާޝިލްގެ ދަށުން ކިޔަވާނީ ދިވެހިރާއްޖޭގެ ޤައ...

ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސް ނިންމަވައިފި
Raajje

ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސް ނިންމަވައިފި

މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ކުރިމަތިލައި ޝަރުތު ހަމަވި ހުރިހާ ދަރިވަރިންނަށް ވެސް ލޯނު ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފައެވެ. މިއަހަރު ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 500 ފުރުޞަތަށް ޖުމްލަ 1338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މި ދަރިވަރުންގެ ތެރެއިން...

އަޔަލެންޑް ފެލޯޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް
International

އަޔަލެންޑް ފެލޯޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް

އަޔަލެންޑް ސަރުކާރުން ކުރިއަށް ގެންދާ “އަޔަލެންޑް ފެލޯސް ޕްރޮގްރާމް 2026/2027” ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ. މި ފެލޯޝިޕް ޕްރޮގްރާމަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އައިރިޝް މަތީ ތަޢުލީމީ މަރުކަޒުތަކުގައި މާސްޓަރސް ފެންވަރުގެ ފުލްޓައިމް ކޯސްތައް ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދޭ ޕްރޮގްރާމެކެވެ. މަތީ ތައުލީމާބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ކޯހަށް ހޮވޭ ފަރާތްތަކުން، ކޯސް ފެށުމުގެ ކުރިން މޯލްޑިވްސް ކޮލ...

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ޓެކްސް ފައިސާ ހަމަޖައްސައިދެނީ
Raajje

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ޓެކްސް ފައިސާ ހަމަޖައްސައިދެނީ

މެލޭޝިއާގައި ކިޔަވާ ކުދިން ދައްކަންޖެހޭ ޓެކްސް ފައިސާ ހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ. ހަޔަރ އެޑިޔުކޭޝަނުން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދަނީ ފޮނުވަމުންކަމަށެވެ. މީގެ އިތުރުން މެލޭޝިއާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީ އެއް ދައްކަން ޖެހޭ ކ...

އަޒްހަރު ޔުނިވަރސިޓީގެ 22 ސްކޮލަރޝިޕަށް ފުރުސަތު ހުޅުވާލައިފި
Raajje

އަޒްހަރު ޔުނިވަރސިޓީގެ 22 ސްކޮލަރޝިޕަށް ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައި ކިޔެވުމަށް 22 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ ޝަރީޢާ ދާއިރާއިން 5 ސްކޮލަރޝިޕާއި ސައިންޓިފިކް އަދި ތިއަރެޓިކަލް ދާއިރާއިން 17 ސްކޮލަރޝިޕެވެ. މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނީ ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވާ ފަރާތްތަކަށެވެ. އަދި ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތުތަކެއް ބަޔާންކޮށްފައިވާނަމަ، އެ ޝަރުތުތައްވެސް ފުރިހަމަވާންޖެހޭނެއެވެ. މި...

މިއަހަރުގެ އޯލެވެލް އިމްތިހާން ފަށައިފި
Raajje

މިއަހަރުގެ އޯލެވެލް އިމްތިހާން ފަށައިފި

މިއަހަރުގެ އޯލެވެލް އިމްތިހާނުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު އާންމުކޮށްފައިވާ ގޮތުގައި މިއަހަރުގެ އުގެ އިމްތިހާނުތައް ޖުމްލަ 260 ސެންޓަރެއްގައި ކުރިއަށްދާނެއެވެ. މިއަދު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ އިސްލާމް އަދި ދިވެހި މާއްދާގެ އިމްތިހާނެވެ. މި އިމްތިހާނުގައި ބައިވެރިވަނީ ނިމިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ގައި ކިޔެވި ދަރިވަރުންނެވެ. ތަޢުލީމީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި އެސްއެސްސީ އިމްތިހާނު...

ލޯނު ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަނީ
Raajje

ލޯނު ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑް މިއަދު ވަނީ ކުރިއަށް ގެންދަވާފައެވެ...

ސްޓޫޑެންޓް ލޯނު އިސްލާމީ ހަމަތަކަށް ފައްތައި އިދާރީ ފީ ކަނޑާލަނީ
Raajje

ސްޓޫޑެންޓް ލޯނު އިސްލާމީ ހަމަތަކަށް ފައްތައި އިދާރީ ފީ ކަނޑާލަނީ

އިސްލާމީ ޝަރީއަތާ އެއްގޮތަށް ސްޓޫޑެންޓް ލޯނުތައް ދޫކޮށް، ލޯނަށް ވުރެއް އިތުރަށް ފައިސާ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، “ޝަރީޢާ ކޮމްޕަޔަލަންޓް” ލޯނުތަކަކަށް ހެދުމަށް ބައެއް ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށެވެ. އެގޮތުގެ މަތ...

ސީއެޗްއެސްއީ އިން ލިބުނު ޖާގަދޫކޮށްލާނަމަ ފީ ދައްކައިނުދޭނެކަމަށް އަންގައިފި
Raajje

ސީއެޗްއެސްއީ އިން ލިބުނު ޖާގަދޫކޮށްލާނަމަ ފީ ދައްކައިނުދޭނެކަމަށް އަންގައިފި

މަތީ ސާނަވީގައި ކިޔެވުމުގެ ފުރުސަތު ހޯދުމަށް ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް ފޯމު ހުށަހަޅައި، އެޕްލިކޭޝަނަށް ޖާގަ ހަމަޖައްސައި ރަޖިސްޓަރީވާން އަންގާފައި ވަނިކޮށް، އެ ޖާގަ ދޫކޮށްލައި މާލޭގައި ހުރި މަތީ ސާނަވީ އެހެން ސްކޫލަކަށް ވަންނަ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ފީ ދައްކައި ނުދޭނެކަމަށް ބުނެ އެ ފަރާތްތަކަށް ސިޓީ ފޮނުވައިފިއެވެ. މާލޭ ސަރަހައްދުގައި މިވަގުތު މަތީ ސާނަވީއަށް ތައުލީމް ފޯރުކޮށްދޭ ހުރީ ތިން ސްކޫލެކެވެ. އެއީ ސީއެޗްއެސްއީއާއި، ވިލާ އިންޓަނޭޝަނަލް...