ރާއްޖެ ސިޓީ ކައުންސިލުން މާލެ ސިޓީގެ ހުރިހާ ގޭބިސީތަކަށް ފޮތި ކޮތަޅު ބަހަނީ މާލޭގެ ގޭބީސީތަކަށް ތިމާވެއްޓާ ރައްޓެހި ގިނަފަހަރު ބޭނުންކުރެވޭ ފޮތި ކޮތަޅު ބަހަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 100 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މިއަދު ބޭއްވި ޖަލްސާގައި ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް މާލެ ސިޓީ ކައުންސިލުން ތިމާވެއްޓާ ރައްޓެހި ކޮތަޅު އެ ކައުންސިލުގެ ޓީމުތަކުން ގޭބީސީތަކަށް ގޮސް ބަހާގޮތަށެވެ. މިކަމާއި ގުޅިގެން މި ޖަލްސާގައި މޭޔަރު ޑރ. […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަސްތުވާތަކެތީގެ ނެޓްވޯކް ބޮޑުވާތީ ނޮޅިވަރަމަށް ނުތަނަވަސްކަން ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ނޮޅިވަރަމުން 28 އަހަރުގެ އަންހެނަކު މަރާލާފައި އޮވާފެނުނެވެ. އެ މަރަށް ތުހުމަތުކުރެވި އޭނާގެ ފިރިމީހާ ހައްޔަރު ކުރެވުނެވެ. އެއީ މަސްތުވާތަކެތީގެ ދިގު މާޒީއެއް އޮތް މީހެކެވެ. މި އަހަރުތެރޭ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކުރިއެވެ. އެ މައްސަލާގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ. މި ހަފްތާތެރޭ ނޮޅިވަރަމު ބަނދަރުން އެ ރަށު ސްކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާއި އެކު ފުލުން ވަނީ ހައްޔަރު ކޮށްފައެވެ. މި ކަންކަމުން [... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ފަރުމައްޗަށް ބާޖަކާއި ޓަގު ބޯޓެއް އަރައިފި ހއ. ދިއްދޫ ފަރުމައްޗަށް ބާޖަކާއި ޓަގެއް އަރައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އެރަށުގެ އިރުމަތީ ފަރާތު ފަރުމައްޗަށް ބާޖަކާއި ޑަގުބޯޓެއް އަރާފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހެނދުނުއެވެ. މި ހާދިސާ ހިނގުމުގެ ރިޕޯޓް ލިބުމާއެކު ހަމަ އިއްޔެ އެކަން އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ”މިއަކީ މިރަށު ބަނދަރު މަޝްރޫޢަށް ހިލަ ހިފައިގެންއައި އިންޑިއާގެ ކުންފުންޏެއްގެ ބާޖަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގައި މި ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރެއްވުމުގައި، މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “އެކްޝަން ޕްލޭން ޓު ސްޓްރެންތެން ރީޖަނަލް ކޯޕަރޭޝަން އޮން ސޯޝަލް ޕްރޮޓެކްޝަން އޮފް މޯލްޑިވްސް” އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ. ހޮޓެލް ޖެން ގައިި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގައުމީ އިޖްތިމާއީ ރައްކާތެރިކަމުގެ އައު އޮ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރައީސް އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މިރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު، މިޢުވާން މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅަކީ އެގައުމުގެ ރަސްކަމާ، ރަސްގެފާނު ޗާލްސް ތިނެއް ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ރަސްމިއްޔާތު އޮންނާނީ މި މެއި މަހުގެ ހަވަނަ ދުވަހު އެވެ. ރައީސް ގެ މިދަތުރުފުޅުގައި ކޮމަންވެލްތ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ގައުމީ ދާރުލްއާސާރު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި ގައުމީ ދާރުލްއާސާރު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އެކަމަށްޓަކައި ގައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނި ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމުގެ އެއްބަސްވުމުގައި ހެރިޓޭޖް މިނިސްޓަރުގެ ނާއިބު އަހްމަދުﷲ ޖަމީލު ސޮއި ކުރެއްވިއިރު، ޑައިނޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަލީއެވެ. ބޭންކް އޮފް މޯލްޑިވްސް (ބޭއެމްއެލް) ގެ ސީއެސްއާރްގެ ދަށުން ކުރިޔަށްގެންދާ މި މަސައްކަތަށް އެ ބޭ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކަންބޮޑުވުންތަކުގެ އަޑު އިއްވަން އިދިކޮޅު ވަފުދެއް ކޮލަމްބޯއަށް ފުރަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ދެ ލީޑަރުން ކޮލަމްބޯއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން ބުނީ ކޮލަމްބޯ އަށް ވަޑައިގަންނަވާނީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަމަށާއި އެ ދެ ބޭފުޅުން މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް ވެސް ބުނެއެވެ. އެ ދެބޭފުޅުން ކޮލޮމްބޯއަށް ވަޑައިގެން ބޭރުގެ ޑިޕްލޮމެޓުންނާއި ރައީސް ޔާމީންގެ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް އެމްއެމްސީން ފޯރަމެއް ބާއްވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ފޯރަމްއެއް ބާއްވަން ނިންމައިފިއެވެ. އެމްއެމްސީ އިން ބުނީ މިއީ އެ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ ހަރަކަތެއް ކަމަށެވެ. މި ފޯރަމްގައި އެންމެ ޚާއްސަ އެއް ހަރަކާތަކީ މީޑިއާގެ މިނިވަންކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ދެ ދުވަހުގެ ފޯރަމް ކަމަށާއި މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޔާމީން ރިޝްވަތެއް ނުހިފާ, ސިޔާމާއެކު ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް: ވަކީލުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އަތުން ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ. 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތު […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ވިޔަފާރި ހިތާދޫ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށައިފި ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށި ލުމާއި އެއްގަމުތޮށި ލުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން އެއްގަމުތޮށުލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 14,929 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,101 ކިއުބިކް... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކޮލަމް ބޭފުޅިޒަމަކީ ކޮބާ؟ “ބޭފުޅިޒަމް” އަކީ ރޭސިޒަމް ނުވަތަ ނަސްލީ ތަފާތުކުރުމާ އެއްފަދަ ތަފާތުކުރުމެކެވެ. ހަގީގީ ބޭފުޅިޒަމް އޮތީ ރާއްޖޭގައި ކުރިން އޮތް ރަސްކަމާއި ރަސްކަމުގެ ކޮއިލުތެރެއާ ގުޅިފައެވެ. ބޭފުޅިޒަމަކީ ބޭފުޅުންގެ ދަރަޖައިގައި ގިންތިކުރެވޭ ބައެއް ބޭފުޅުންގެ ފަރާތުން ފެންނަ އަބުއިކަމާއި، ޢާއިލީ ދަރިކޮޅާއި ނަސަބާއި ހަސަބަށް ފަޚުރުވެރިވެވަޑައިގެންވުމާއި އެހެން މީހުންނަކީ މާދެރަ ބައެއްގެ ގޮތުގައި ދެކެވަޑައިގެން، ކުޑައިމިސް ކުރައްވައި ނިކަމެތިކޮށްލުމެވެ. ބޭފުޅުންނޭ ކިޔައިގެން މިޒަމާނުގައި ވާހަކަދައްކާ ބޭފުޅުންނާއި ރ... ޢަބްދުﷲ ސަޢީދު · 3 އަހަރު ކުރިން
ރާއްޖެ "ނޫސްވެރިކަން މިނިވަންކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ" ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދު ވެސް ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު އޮސަސޫނާ ބަލިކޮށް ބާސާއިން ލީގު ކާމިޔާބު ކުރުމާއި ގާތަށް ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލީގުގެ ޗެމްޕިއަންކަން ހޯދުމާއި ފިޔަވަޅަކަށް ގާތަށް ބާސާ ޖެހިލައިފިއެވެ. ރޭ މެޗުގެ ބޮޑުބައި ދިހަ ކުޅުންތެރިނަނާއިއެކު ކުޅުނު އޮސަސޫނާގެ މައްޗަށް ބާސާއިން ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ރެއާލް މެޑްރިޑް ރޭ ވަނީ ރެއާލް ސޮސިއެޑާޑް އަތުން 2-0 ގެ ނަތީޖާއިން ބަލިވެފައެވެ. މި ނަތީޖާތަކާއިއެކު މިވަގުތު ބާސާ އެއްވަނާގައި އޮތީ ކުޅުނު 33 މެޗުން ލިބުނު 82 […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭވައިއެސް ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ އެއްވަނަ އަޝްފާ އަށް ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތް އަޝްފާ އަސްލަމް ކާމިޔާބު ކޮށްފިއެވެ. ފާއިތުވި ރަމަޟާން މަހު ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ކުމުންދޫ ޔޫތު ސްޕޯޓްސް ރަންތަރި ޤުރުއާން މުބާރާތް 1444” އާއި “ކުމުންދޫ ޔޫތު ސްޕޯޓްސް މަދަހަ މުބާރާތް 1444” ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މި ހަފްތާ ހޯމަ ދުވަހުގެ ހަވީރު ވަނީ ބާއްވާފައެވެ. އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު އިތުރަށް މެޗް ކުޅެގެން އާސެނަލް އެއްވަނައަށް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި އާސެނަލުން ވަނީ 3-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. މިއީ އާސެނަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމް މޮޅުވި ފުރަތަމަ މެޗެވެ. މި މެޗުން މޮޅުވުމާއިއެކު ދެވަނާގައި އޮތް ސިޓީއަށްވުރެ ދެ މެޗު އިތުރަށް ކުޅެ އާސެނަލުން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން