މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ދިއްދޫ ބަނދަރުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ދިއްދޫ ބަނދަރުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ހއ. ދިއްދޫ ބަނދަރު ތަރައްގީކުރަން ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަގައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހާނެއެވެ. މީގެ އިތުރުން، 378 މީޓަރުގެ ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 630 މީޓަރުގެ އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަ ޕޭވްމ...

އަޙްމަދު ވަހީދު
ކެއަރ ސޮސައިޓިގެ ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް އެމްއޭސީއެލް އިން ފަށައިފި

ކެއަރ ސޮސައިޓިގެ ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް އެމްއޭސީއެލް އިން ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކެއަރ ސޮސައިޓިގެ ދަރިވަރުންނަށް ޙާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ. ކެއާ ސޮސައިޓީ އާއި ގުޅިގެން އެމްއޭސީއެލް އިން ފެށި އިންޓާންޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން މިއަދު އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާޙިމް ތޯހާ އެވެ. ކެއަރ ސޮސައ...

މުޙައްމަދު އަފްރާޙް
މުލީ ބަނދަރުގެ ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތް ކުރިއަށް

މުލީ ބަނދަރުގެ ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތް ކުރިއަށް

މ. މުލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 70 އިންސައްތަ ނިންމާލައިފިއެވެ. މި މަޝްރޫއުގެ މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދެމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ކުރިއަށްދަނީ ހާބަ ބޭސިން ފުން ކުރުމާއި އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތެރެ ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 55 އިންސައްތަ […]

އަޙްމަދު ވަހީދު
އައިޔޫއެމް އިން ބާއްވާ ރިސާޗް ކޮންފަރެންސް މި މަހު 6 ގައި ފަށަނީ

އައިޔޫއެމް އިން ބާއްވާ ރިސާޗް ކޮންފަރެންސް މި މަހު 6 ގައި ފަށަނީ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން އިންތިޒާމުކުރާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ ކޮންފަރެންސް މި މެއި މަހުގެ 6 ވާ ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފިއެވެ. އައިޔޫއެމް އިން ބުނީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސް އޮންނާނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެ ޔުނިވާސިޓީގައި ކަމަށެވެ. މި ކޮންފަރެންސްގައި މައިގަނޑުކޮށް އޮންނާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުން...

މުޙައްމަދު އަފްރާޙް
ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ. މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދަށް އާންމު ވައި ބާރުވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ގަދަވެ، ކަނޑުތައް ގަދަވެ، ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މިއުވާން

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މިއުވާން

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އެމަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް އެމަސައްކަތް ކުރިއަށް ދާ ކަމަށާއި ވަރަށް އަވަހަށް އެމަސައްކަތް ނިމެނޭ ކަމަށެވެ. އެހެންނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ. ފަތުވާ މަޖިލީހަކީ، ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚި...

މުޙައްމަދު އަފްރާޙް
ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ

ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ

ކެމްބޯޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ މުއްދަތަށް އޮން-އެރައިވަލް ވިސާ ލިބޭގޮތް ހަދައިފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ އެގޮތަށް ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. ދިވެހިންނަށް މި ލިބިދިން ވިސާގެ ލުއިތަކުގެ ދަށުން ސައްހަ ޑިޕްލޮމެޓިކް، އޮފިޝަލް އަދި އޯޑިނަރީ ޕާސްޕޯޓް އޮންނަ ދިވެހިންނަށް ކެމްބޯޑިއާއަށް އެތެރެވެ، 30 ދުވަހަށް ތިބެވޭނެގޮތް ހަމަޖައްސާފައި މިވަނީ 16 ޖެނުއަރީ 2023 ގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ވިސާ އެކްސްޕެންޝަން އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވު...

މުޙައްމަދު އަފްރާޙް
މުދަލާއި ގެދޮރަަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށް އިލްތިމާސް ކޮށްފި

މުދަލާއި ގެދޮރަަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށް އިލްތިމާސް ކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން މުދަލާއި ގެދޮރަަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން މިހެން އިލްތިމާސް ކުރީ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ދެވޭ ރައްކާތެރިކަމުގެ އިރުޝާދުގައެވެ. އެ އިރުޝާދުގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމު ވައި ބާރުވެ، ކަނޑުތައް ގަދަވުމ...

މުޙައްމަދު އަފްރާޙް
މޫނު ބުރުގާގައި ސްކޫލަށް ދެވޭ ގޮތަށް ވަގުތީ އަމުރު ނުދިން މައްސަލަ ހައި ކޯޓަށް

މޫނު ބުރުގާގައި ސްކޫލަށް ދެވޭ ގޮތަށް ވަގުތީ އަމުރު ނުދިން މައްސަލަ ހައި ކޯޓަށް

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭ ފަދަ ވަގުތީ އަމުރެއް ނުދޭން ސިވިލް ކޯޓުން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. އަރަބިއްޔާގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން ހުއްޓުވާތީ އެކަމާ ދެކޮޅަށް ބެލެނިވެރިންތަކެއް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު، މައްސަލަ ނިމެންދެން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭފަދަ ވަގުތީ އަމުރަކަށް އެދުނެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނިންމީ އަމުރު ނެރެނުދިނުމަށެވެ. އެ ނިންމުން އިސްތިއުނާފް […]

ހުސައިން ހަބީބް
ހުޅަނގު މޫސުން ވަނީ ފެށިފައި: މެޓް އޮފީސް

ހުޅަނގު މޫސުން ވަނީ ފެށިފައި: މެޓް އޮފީސް

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. އެ އިދާރާ އިން ބުނީ އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު، ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. މީގެ އިތުރުން މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުމުގެ […]

މުޙައްމަދު އަފްރާޙް
ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފި

ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފި

ޚަބަރު ނުވެގެން ހޯދަމުންދާ ސަވާރީ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފިއެވެ. މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓުގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފް ހާމަކުރެއްވީ މިއަދު ހެނދުނު 11:17 ހާއިރުއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިފައިވާ ސަވާރީ ބޯޓު ހޯދުމަށް ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން މިބޯޓުން ދަތުރުކުރި 6 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފައިވާ ކަމަށެވެ. “މިމީހުން […]

ޔުމްނާ ޢަލީ
އޭޓީއެމް ފެއާގެ ހަވާސާގައި 'މޯލްޑިވްސް މީޑިއާ މީޓް' ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް

އޭޓީއެމް ފެއާގެ ހަވާސާގައި 'މޯލްޑިވްސް މީޑިއާ މީޓް' ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް

އޭޓީއެމް 2023ގެ ހަވާސާގައި އެކްސްކްލޫސިވް ‘މޯލްޑިވްސް މީޑިއާ މީޓް’ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ބޭއްވި ބައްދަލުވުމެކެވެ. މެއި 2 ވަނަ ދުވަހު، އަލް އައިން ސުއީޓް ބީގެ ހޯލް 3 ގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި މެދުއިރުމައްޗާއި ދުނިޔޭގެ މުހިންމު މީޑިއާތަކުގެ 50 އަށް ވުރެ ގިނަ މެންބަރުން ވަނީ ބައިވެރިވެފައެވެ. މި ނޫސްވެރިންގެ ބައްދަލުވުން ފަށާފައިވަނީ […]

މުޙައްމަދު އަފްރާޙް
މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ބޯއްޓެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ބޯއްޓެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަމުން އަންނަކަމަށް ގައުމީ ދިފާއީ ބާރުން ހާމަކޮށްފިއެވެ. އެ އިދާރާ އިން ބުނީ މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓު ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަުން އަންނަކަމަށެވެ. “ސާވާރީ” ނަމަކަށް ކިޔާ އެ ބޯޓުގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށް ވެސް ބުނެއެވެ. މި ބޯޓު ދަތުރު ކުރަމުން […]

މުޙައްމަދު އަފްރާޙް
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (28)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (28)

ކުރީގެ ޢަދަދާއިގުޅޭ، ” ނޫޙުގެ ބައްޕަ ވަރަށް އަވަހަށް އަންނާނެ! ނޫޙުގެ ބައްޕަ އައިސް މަންމަޔާ ނޫޙު ގޮވައިގެން އެހެން ގެއަކަށްދާނީ! އޭރުން ޒަޔާކޮއްކޮ ނޫޙުމަތިން ހަނދާންވާނެތަ؟ ” ނޫޙުގެ އަތުގައި ހިފުމަށްފަހު އުޝާ ވާހަކަ ދެއްކީ ގަދަކަމުން ހިނިތުންވަމުންނެވެ. އުޝާ އެހެން ބުނުމާއެކު ނޫޙު ހީލީ، ޒަޔާއަށް ބަލާލަމުންނެވެ. ” ނޫޙުމަތިން ހަނދާންވާނެ ދޯ ބައްޕީ! ” ” ލައްބަ! ވަރަށް ހަނދާންވާނެ! ނޫޙުއާ ނޫޙުގެ މަންމަ މަތިންވެސް ވަރަށް ހަނދާންވާނެ! ” ޒައިން އެހެން […]

ސަލާމާ ޢަބްދުލް ޢަލީމް
ޖުލައި މަހުން ފެށިގެން ހިޔާ ފްލެޓުތަކުގެ މެއިންޓެނެންސް ބަލަހައްޓަން ޖެހޭނީ އަމިއްލައަށް

ޖުލައި މަހުން ފެށިގެން ހިޔާ ފްލެޓުތަކުގެ މެއިންޓެނެންސް ބަލަހައްޓަން ޖެހޭނީ އަމިއްލައަށް

އަންނަ ޖުލައި މަހުން ފެށިގެން ހިޔާ ފްލެޓްތަކުގައި ދިމާވާ މައްސަލަތަކުގެ ތެރެެއިން އާބަންކޯއިން ބަލަމުންގެންދާނީ، އެ އިމާރާތްތަކުގެ އާއްމު ތަންތަނާއި ވަސީލަތްތަކަށް ދިމާވާ މައްސަލަތައް އެކަނިކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން މިހާތަނަށް ދޫކޮށްފައިވާ ފްލެޓްތަކުގައި ދިމާވާ ފެން ލީކުވުމުގެ މައްސަލައާއި، ފާޚާނާ، އަދި ބެލްކަނީގެ ސްލޯޕްގެ މައްސަލަތުގެ އިތުރުން ފާޚާނާގެ ޑްރެއިން ބްލޮކްވުމާއި ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދިނުމުގެ މަސ...

އަޙްމަދު ވަހީދު