ތިލަދުންމަތީ ޚަބަރު ޒުވާން މަސްވެރިޔާގެ ލެންސުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު މުޅި އުތުރުގެ އުންމީދާއި ގުޅިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް […] ޙުސައިން ޝަހުދީ · 3 އަހަރު ކުރިން
ޚަބަރު ކޯވިޑް-19 ގެ ކުއްލި ހާލަތު ނިމުމަކަށް ގެނެސްފި 2019 ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ، ކޯވިޑް-19 އަކީ މިހާރު، ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ. އެ ޖަމިއްޔާއިން ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސޫސް ވިދާޅުވީީ މިގޮތަށް ނިންމީ އިމަޖެންސީ ކޮމިޓީން 15 ވަނަ ފަހަރަށް ބައްދަލުކޮށް، ބައިނަލްއަގްވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް އޭނާއަށް ލަފާ ދީފައިވާތީ ކަމަށެވެ. […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރަސްދޫގައި ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ފިލައިފި އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެއީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައިހުރި މީހެއް ކަމަށެވެ. އަދި އެއީ 25 އަހަރުގެ ދިވެއްސެއް ކަމަށެވެ. އޭނާ ފިލާފައިވަނީ މި މެއި މަހުގެ 5 ވަނަ ދުވަހު ގޮޅިން ނެރެފައި ހުއްޓާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެެވެ. ފުލުހުން ބުނީ އެމީހާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާލެއިން ބޭރުގައި ބޭއްވި އުރީދޫގެ ފުރަތަމަ ފަންރަން އަށްވެސް ބޮޑު ތަރުހީބެއް! އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވާ “ފަން ރަން” އަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އެހެން އަހަރުތަކުގައި މި ހަރަކާތް އުރިދޫއިން ބާއްވާފައިވަނީ މާލެ ސަރަހައްދުގައެވެ. ނަމަވެސް މިއަހަރު ފުރަތަމަ ފަހަރަށް މި ހަރަކާތް ވަނީ އަތޮޅުތެރެއަށް ބަދަލުކޮށްފައެވެ. އެގޮތުން، މިއަހަރުގެ ހަރަކާތް ބާއްވާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. މާލެއިން ބޭރުގައި ބޭއްވި މި ފުރަތަމަ “ފަން ރަން” އަށް އާއްމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ކުދި ބޮޑު އެންމެން […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިނޭގައި ބާއްވާ މޭކަޕް ކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މޭކަޕްކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ނިންމާފައި ވަނީ މި ހިނގާ މެއި މަހުގެ ތެރޭގައެވެ. މި ކޯހުގައި ކޮންމެ ބައިވެރިއެއްގެ އަތުން 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައިވާއިރު، ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ އެންމެ މަދުވެގެން ދިހަ ބައިވެރިން ހަމަވާ ނަމައެވެ.... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ "ރުކުގެ އާ ޖީލެއް" ބިނާކުރުމުގެ ޕްރޮގްރާމްގެ ދަށުން ނޭކުރެންދޫގައި ރުއް އިންދައިފި ރާއްޖޭގައި “ރުކުގެ އާ ޖީލެއް” ބިނާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިއްޔެ ފެއްޓެވި ޕްރޮގްރާމްގެ ދަށުން ހދ. ނޭކުރެންދޫގައި ރުއް އިންދައިފިއެވެ. މި ޕްރޮގްރާމް އިއްޔެ ފަށާފައި ވަނީ ހދ. ވައިކަރަދޫގައެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރުު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. ވައިކަރަދޫއަށް ފަހު އިއްޔެ ހަވީރު ނޭކުރެންދޫގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އެރަށުގައި ވެސް ރުއް އިންދަން ފައްޓަވައި ދެއްވީ ވަޒީރު، ޑރ. ހުސެން […] ޙުސައިން ޝަހުދީ · 3 އަހަރު ކުރިން
ރާއްޖެ ''ސިއްހީ ހިދުމަތް ލިބެން ހުރިނަމަވެސް ބަލިތަކުން ރައްކާތެރިވުމަށް ފަރުވާކުޑަކޮށްގެން ނުވާނެ'' ޞީއްޙީ ޚިދުމަތް ލިބޭނެ ތަންތަން ހުރުމަކީ، ބަލިތަކުން ދުރާލައި ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްލައިގެންވާނޭ ކަމެއް ނޫންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ޕްރައިމަރީ ހެލްތުކެއާ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ފ. އަތޮޅުގައި ރަސްމީކޮށް ފެށުމަށް އެ އަތޮޅު ނިލަންދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، 1980 އާއި 1990ގެ އަހަރުތަކުގެތެރޭގައ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ހިޔާގެ ދެ އެޕާޓްމަންޓް އެއްކޮއްލި މައްސަލާގައި 200،000ރ. ގެ ޖޫރިމަނާއެއް ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލައެއްގައި އެއިން ކޮންމެ އެޕާޓްމަންޓެއްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާކޮށްފިއެވެ. އާބަންކޯ އިއްޔެ ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އެ ކުންފުންޏަށް ލިބުމުންއެކަން ބަލާފައިވާ ކަމަށެވެ. އެ ކުންފުނިން ބެލި ބެލުމުގައި ހިޔާ ޓަވަރެއްގެ ދެ އެ ޕާޓްމަންޓްގެ އިންޓީރިއާ ހެދުމުގެ މަސައްކަތްކޮށްފައި ހުރީ އުސޫލުތަކާ ހިލާފަށް، ދެ އެޕާޓްމަންޓްގެ މެދު... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ޕްރައިމަރީ ހެލްތުކެއާ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ފ. އަތޮޅުގައި ފަށައިފި ޕްރައިމަރީ ހެލްތުކެއާ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ފ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ. މިކަމަށްޓަކައި ފ. ނިލަންދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޕްރައިމަރީ ހެލްތް ކެއަރ ރެޖިސްޓްރީ އިފްތިތާޙްކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލްގެ 27ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ފެށި މަސައްކަތުގެ ދަށުން ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ޚިދުމަތްދިނުމުގައި ޢަމަލު ކުރުމަށް މިހާރުވަނީ އައު “ކެއަރ ޕާތްވޭ” އެއް އެކުލަވާލ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ކޮމަންވެލްތު ލީޑާސް އިވެންޓުގައި ރައީސް ބައިވެރިވެވަޑައިގެންފި ކޮމަންވެލްތު ލީޑާރސް އިވެންޓުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މި އިވެންޓު ބާއްވާފައިވަނި ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ، މާލްބޮރޯ ހައުސްގަ އެވެ. މި އިވެންޓު ބާއްވަނީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމާއި ކޮމަންވެލްތުގެ އިޔަރ އޮފް ޔޫތް އަދި ކޮމަންވެލްތު އިޔަރ އޮފް ޕީސް އަދި ވަކިން ޚާއްޞަގޮތެއްގައި ކޮމަންވެލްތުގެ އާވެރިޔާ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތާއި ވެސް މުނާޞަބުވާ ގޮތަށެވެ. މިފަހަރުގެ ކޮމަންވެލްތު ލީޑ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ ޔުކްރޭން ގެ އެމްޕީއަކު ގެންގުޅުއްވި އެގައުމުގެ ދިދަ ރަޝިޔާގެ އޮފިޝަލުން ދަމައިގަތުމުން ތަޅާފޮޅުމަކަށް! ޔޫކްރައިން ގެ އެމްޕީއަކު ގެންގުޅުއްވި އެގައުމުގެ ދިދަ ރަޝިއާގެ އޮފިޝަލުން ދަމައިގަތުމުން ތަޅާފޮޅުމަކަށް ހިނގައްޖެއެވެ. މިކަމެއް ހިނގާފައިވަނީ ކަޅު ކަނޑުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ތުރުކީގެ އަންކާރާގައި މަންދޫބުންގެ ބައްދަލުވުމުގެ ތެރެއިން ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ. މި ހާދިސާގެ ވީޑިއޯ އާންމުވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަގޮތުގައި ރަޝިއާގެ ޑެލިގޭޝަންގެ އިސްވެރިއަކު ވާހަކަ ދައްކަވަން ހުންނަވަނިކޮށް ޔޫކްރައިން އެމްޕީ، އެގައުމުގެ ދިދަ އެއް ހިފައިގެން ރަޝިއާ އޮފިޝަލްގެ ފަހ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ގްރޭންޕްރީ ލެވަލްގައި ޕެރަ އެތުލެޓިކްސް އިން ރާއްޖެއަށް ފުރަތަމަ ރަން މެޑަލް މާޒިން ހޯދައިދިފި ޕެރަ އެތުލެޓިކްސް އިން މާޒިން، ރާއްޖެއަށް ރަންމެޑަލް ހޯދައިދީފިއެވެ. އޭނާ ރަން މެޑަލް ހޯދާފައިވަނީ އިންޑިޔާގެ ބެންގަލޫރުގައި މިހާރުކުރިއަށްދާ 5 ވަނަ އިންޑިއަން އޯޕަން އިންޓަރނޭޝަނަލް ޕެރައެތުލެޓިކްސް ޗެމްޕިއަންޝިޕް 2023 މުބާރާތުގައި ޓީ 11 ގެ ކެޓަގަރީން 100 މީޓަރގެ ދުވުމުން ނެވެ. މިއީ މި މެއި މަހުގެ 4 ން 7 ގެ ނިޔަލަށް ކުރިޔަށް ދާ މުބާރާތެކެވެ. އިންޓަރނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީގެ ގްރާންޓް ދަށުން ބައިވެރިވި މިމުބާރާތުގައި 12 ޤައުމަކުން ވާދަކުރެއެވެ. ރީޖަނަލް ސްޕޯރޓްސް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ސްވިމާސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި ސްވިމާސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ސްވިމިން އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަނުން ކުރިއަށް ގެންދާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު، ސަބްމިޓް ކުރުމަށް ވަނީ އެދިފައެވެ. އެ އެސޯސިއޭޝަނުން ބުނީ މި ޕްރޮގްރާމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހެނދުނު 06:00 ން 07:00 އަށ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ދެކުނުގެ ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ސައުތް ސެންޓްރަލް ޕޮލިސް ރީޖަން (މ. ފ. ދ. ތ. ލ އަތޮޅު) ހިމެނޭ ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް އޭޕްރިލް 29 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މެއި 2 ވަނަ ދުވަހު ކޯޓު އަމުރެއްގެދަށުން 38 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާގެ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ރުކުގެ އާ ޖީލެއް" ބިނާކުރުމަށް ހިންގާ ޕްރޮގްރާމް ވައިކަރަދޫގައި ފަށައިފި ރާއްޖޭގައި “ރުކުގެ އާ ޖީލެއް” ބިނާކުރުމަށް ހިންގާ ޤައުމީ ޕްރޮގްރާމް ވައިކަރަދޫގައި މިއަދު ފަށައިފިއެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުން ހިންގާ ‘ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމް’ ގެ ތެރެއިން ހދ. ވައިކަރަދޫގައި މިއަދު ވަނީ ރުއް އިންދާފައި ކަމަށެވެ. މި ހަރަކާތް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރުު ޑރ. ހުސައިން ރަޝީދު ހަސަން ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ. މި ހަރަކާތް ހިންގުމަށް މޯލްޑިވްސް ގްރީން ފަންޑުގެ މާލީއެހީގައި 3 އަހަރު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން