އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެއީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައިހުރި މީހެއް ކަމަށެވެ. އަދި އެއީ 25 އަހަރުގެ ދިވެއްސެއް ކަމަށެވެ.
އޭނާ ފިލާފައިވަނީ މި މެއި މަހުގެ 5 ވަނަ ދުވަހު ގޮޅިން ނެރެފައި ހުއްޓާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެެވެ.
ފުލުހުން ބުނީ އެމީހާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނާތީ، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ސައްހަނޫން ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!