މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢަޞްރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
149 ފަރާތަކުން ބާ އިމްތިހާނު ފުރިހަމަ ކޮށްފި

149 ފަރާތަކުން ބާ އިމްތިހާނު ފުރިހަމަ ކޮށްފި

ރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ހޯދަން ފުރިހަމަކުރަން ޖެހޭ ބާ އިމްތިހާނުގައި މި އަހަރު 149 ދަރިވަރުން ބައިވެރިވެ އިމްތިހާނު ފުރިހަމަކޮށްފިއެވެ. އެ ކައުންސިލުން ނެރުއްވި ނުސްބަޔާނެއްގައި ވިދާޅުވެފައިވަނީ މި އިމްތިހާނު ފަރުމާކޮށްފައިވާނީ ރާއްޖޭގެ ބާ ކައުންސިލް އަދި އިނގިރޭސި ވިލާތުގެ ސޮލިސިޓާސް އިމްތިހާނު ކުރާ ކެޕްލާން ފައިނޭންޝަލް ލިމިޓެޑާ ގުޅިގެން ކަމަށެވެ. މާލޭގައި ބޭއްވި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 99.33 ޕަސެންޓު ދަރިވަރުން އިމްތިހާނަށް ހާޟިރުވެފައިވާ ކަމަށާއި މި އިމްތި...

މުޙައްމަދު އަފްރާޙް
މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓުން ހުރިހައި ގޮނޑިއަކަށް ވާދަކުރަނީ

މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓުން ހުރިހައި ގޮނޑިއަކަށް ވާދަކުރަނީ

އަންނަ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ހުރިހައި ގޮނޑިއަކަށް ވާދަކުރުމަށް ނިންމައިފިއެވެ. އެ ޕާޓިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ މަަޖިލީހުގެ 93 ގޮނޑިއަށް ވާދަކުރުމުގެ މަސައްކަތް އެޕާޓީން ކުރާނެ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ދާއިރާތައް 76 ދާއިރާއަށް މަދުކޮށް، މަޖިލިސް އިންތިހާބު ކ...

މުޙައްމަދު އަފްރާޙް
ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި އެންމެބޮޑަށް ވަކާލާތު ކުރައްވާ ދިވެއްސަކީ އިމްރާން: ޝިފާއު

ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި އެންމެބޮޑަށް ވަކާލާތު ކުރައްވާ ދިވެއްސަކީ އިމްރާން: ޝިފާއު

ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި އެންމެބޮޑަށް ވަކާލާތު ކުރައްވާ ދިވެއްސަކީ އަދާލަތު ޕާޓިގެ ރައީސް، ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ 2021 ވަނަ އަހަރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލަށް ބޭއްވި ސައިކަލު ބުރު ހުއްޓުވުމަށްފަހު، އިޒްރާއީލުން ޣައްޒާ އަށް މިހާރު ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ނިކުތުމުން ފާޑުކިޔުން އަމާވެފައިވާ...

މުޙައްމަދު އަފްރާޙް
ނަރުދޫ ސްކޫލްގެ ތިން ބުރީގެ އިމާރާތް ނިމި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައިފި

ނަރުދޫ ސްކޫލްގެ ތިން ބުރީގެ އިމާރާތް ނިމި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައިފި

ށ. ނަރުދޫ ސްކޫލްގައި މި ސަރުކާރުން އިމާރާތްކުރި ތިން ބުރީގެ ޢިމާރާތް ނިމި، ބޭނުންކުރަން ފަށައިފިއެވެ. އެ އިމާރާތުގައި ކިޔަވައިދޭން ފަށާފައިވާއިރު، މިއަދުން ފެށިގެން އެ ސްކޫލްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށް ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ. އެ ސްކޫލު ހިންގެވުމާ ހަވާލުވެހުންނެވި ހަސަން ސުޖާއު ‘ތިލަދުން’ އަށް ވިދާޅުވީ މި އިމާރާތް ރަސްމީކޮށް ހުޅުވައިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެރަށަށް ވަޑައިގެން ދަތުރުފުޅުގައި ކަމަށެވެ. އެހެންނަމަވެސް ކިޔަވައިދޭން ނުފެށި ހުރީ، ބައެއް ކަ...

މުޙައްމަދު އަފްރާޙް
ވިނަރެސް ފްލެޓުތަކަށް ދިގުމުއްދަތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އިންޓްރެސްޓް ރޭޓު ކުޑަކޮށްދީފި

ވިނަރެސް ފްލެޓުތަކަށް ދިގުމުއްދަތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އިންޓްރެސްޓް ރޭޓު ކުޑަކޮށްދީފި

ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓްތަކަށް ކުލިދައްކާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް ކުޑަކޮށްފިއެވެ. އާބަންކޯއިން ބުނެފައިވާ ގޮތުގައި މިހާރު 9 އިންސައްތައިގައި ހުރި އިންޓްރެސްޓް ރޭޓު މިހާރު ވަނީ 6 އިންސައްތައަށް ކުޑަކޮށްފައެވެ. މީގެ ސަބަބުން ދިގު މުއްދަތަކަށް ބަހާލައިގެން ކުލި ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި ވެގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ބަދަލު ގެނެވިފައިވަނީ ހަމައެކަނި ދިގު މުއްދަތައް ބަހާލައިގެން ފައިސާދައްކާ ފަރާ...

އަޙްމަދު ވަހީދު
ސިވިލް ކޯޓު ގާޒީކަމަށް 15 ބޭފުޅަކު ކުރިމަތިލައިފި

ސިވިލް ކޯޓު ގާޒީކަމަށް 15 ބޭފުޅަކު ކުރިމަތިލައިފި

ސިވިލް ކޯޓު ގާޒީކަމަށް 15 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ވިދާޅުވެއްޖެއެވެ. އެ ކޯޓަށް ގާޒީ އެއް ހޯދަން ޖޭއެސްސީން ޢިއުލާން ކުރީ މި އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އެ ޢިއުލާނަށް ސުން ގަޑި މިމަހުގެ 19ގައި ހަމަވިއިރު 15 ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ. އިއުލާނުގެ މުއްދަތު ހަމަވި އިރު އެމަގާމަށް ކުރިމަތިލެއްވީ 17 ބޭފުޅުންނަކީ: މުހައަމަދު ނިޒާމް، މއ. މޮޑަންކޮމެޓް/މާލެ ނަފީލް މުހައްމަދު، ލަކީ ހޯމު/ގއ. […]

ޔުމްނާ ޢަލީ
ވީއައިއޭ ތެރޭގައި އަޑުގަދަކުރި ޗައިނާ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި

ވީއައިއޭ ތެރޭގައި އަޑުގަދަކުރި ޗައިނާ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތެރޭގައި އަޑުގަދަ ކުރަމުންދިޔަ ޗައިނާ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ވީއައިއޭ ތެރޭގައި އެހެން މީހުންނަށް އުނދަގޫކޮށް، ބޭއަދަބީ ޢަމަލުތައް ހިންގަމުން ދަނިކޮށް ހައްޔަރުކުރި ޗައިނާ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނައީ ވީއައިއޭ ތެރޭގައި އެހެން މީހުންނަށް އުދަނގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން...

މުޙައްމަދު އަފްރާޙް
ނޫރު މަރާލުމުގައި ބައިވެރިވި ކުއްޖާއަށް މަރުގެ އަދަބު ނުދެވޭނެ: ހައިކޯޓު

ނޫރު މަރާލުމުގައި ބައިވެރިވި ކުއްޖާއަށް މަރުގެ އަދަބު ނުދެވޭނެ: ހައިކޯޓު

އައިޖީއެމްއެޗް ކައިރީގައި ހަމަލާދީ މަރާލި ނޫރު އާދަމް ހަސަންފުޅުގެ މައްސަލާގައި ކުށް ސާބިތުވި ކުއްޖާގެ މައްޗަށް މަރުގެ އަދަބު ދެވެން ނެތުމުން އޭނާގެ މައްޗަށް އަލުން އަދަބު ކަނޑައަޅަން ހައި ކޯޓުން އަންގައިފި އެވެ. މާޗް، 2015 ގައި ގްރޫޕަކުން ގޮސް ނޫރު އާދަމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އެ ކުއްޖާ މަރަން […]

ހުސައިން ހަބީބް
މުރައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

މުރައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތް 90 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު ނެރު ފުންކުރުމުގެ މަސައްކަތް...

އަޙްމަދު ވަހީދު
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ޒީރުއާއި ލަޔަން

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ޒީރުއާއި ލަޔަން

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި ލަޔަން ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ކުޅެފައިވާއިރު ފުރަތަމަ ސެމީގައި އިއްޔެ ހަވީރު ބައްދަލުކުރީ ލަޔަންއާއި އައްޓޯ އެފްސީއެވެ. މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1 އިން ކުރި ހޯދައި ލަޔަން […]

އިބްރާހިމް ޚަލީލް
ސްޓޭޓް މިނިސްޓަރު ތޯރިގު އުތީމަށް 100 ރުއް ހަދިޔާ ކޮށްފި

ސްޓޭޓް މިނިސްޓަރު ތޯރިގު އުތީމަށް 100 ރުއް ހަދިޔާ ކޮށްފި

އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު، ހއ. އުތީމު ރައްޔިތުންނަށް 100 ރުއް ހަދިޔާ ކުރައްވައިފއެވެ. މިކަމާއި ގުޅިގެން އެރަށު ކައުންސިލުން ވިދާޅުވީ މިއި މެލޭޝިއާގެ ރުއް ކަމަށާއި މި ރުއްތައް އެރަށުގެ ލޭންޑްޔޫޒް ޕްލޭނާ އެއްގޮތަށް އިންދަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މިއީ އާންމުންނަށް ބެހުމަށް ނިންމާފައިވާ ރުއް ނޫން ކަމަށާއި އަމާޒަކީ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ރުއްތައް އިންދައި، ކައުންސިލަށާއި ރައްޔިތުންނަށްް މުސްތަގުބަލުގައި ފައިދާއެއް ވުން ކަމަށ...

މުޙައްމަދު އަފްރާޙް
ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން އެފްއޭއެމްއަށް ވަދެއްޖެ

ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން އެފްއޭއެމްއަށް ވަދެއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)އާ ގުޅޭ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން އެ އިދާރާއިގެ މައި އޮފީހަށް މިއަދު ވަދެއްޖެއެވެ. މާފަންނު ސްޓޭޑިއަމް ހުޅަނގުގައި ހުންނަ އެފްއޭމުގެ މައި އޮފީސް ”އެފްއޭއެމްހައުސް”ގައި ފުލުހުން ހަރަކާތެރިވަމުން އަންނައިރު، ފުލުހުން އެތަނަށް ވަދެފައި ވަނީ ފައިސާގެ ހިޔާނާތް ހިންގާފައިވާކަމަށް ތުހުމަތުކުރެވިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަކަށް ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައ...

ޔުމްނާ ޢަލީ
ނަޝީދުގެ އިތުބާރުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރަނީ

ނަޝީދުގެ އިތުބާރުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރަން ނިންމައިފިއެވެ. ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ ކަން މަޖިލީހުގެ މެންބަރުންނަށް މިއަދު ވަނީ އަންގާފައެވެ. ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކުރާނެ ކަން މަޖިލީހުގެ މެމްބަރުންނަށް އަންގަވައި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ...

ޔުމްނާ ޢަލީ
އެޗްއާރުސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

އެޗްއާރުސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ދެވަނަ ފަހަރަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ. އެޗްއާރުސީއެމުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް އަލުން ހުޅުވައިމިލީ، އެ ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ އަދަދަކަށް އެ މަޤާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އެޗްއާރުސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 އޮކްޓޫބަރ...

ޔުމްނާ ޢަލީ
ރޮނާލްޑޯގެ ލަނޑުން މޮޅުވެ އަލް ނަސްރު ކުރިއަށް

ރޮނާލްޑޯގެ ލަނޑުން މޮޅުވެ އަލް ނަސްރު ކުރިއަށް

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި ދަމަކް ކުލަބް ބައްދަލުކުރި މެޗު އަލް ނަސްރުން ކާމިޔާބު ކޮށްފިއެވެ. ސީޒަންގެ ފުރަތަމަ މެޗުތަކުގައި ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް އަލް ނަސްރުން މިހާރު އަންނަނީ ލީގުގައި މޮޅަށް ކުޅެމުންނެވެ. ރޭ ލިބުނު ތިން ޕޮއިންޓާއިއެކު އަލް ނަސްރު ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އަލް ނަސްރަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އަލް ތާވުން އަށް ލިބިފައި ވަނީ 10 މެޗުން […]

އިބްރާހިމް ޚަލީލް