އަންނަ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ހުރިހައި ގޮނޑިއަކަށް ވާދަކުރުމަށް ނިންމައިފިއެވެ.

އެ ޕާޓިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ މަަޖިލީހުގެ 93 ގޮނޑިއަށް ވާދަކުރުމުގެ މަސައްކަތް އެޕާޓީން ކުރާނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ދާއިރާތައް 76 ދާއިރާއަށް މަދުކޮށް، މަޖިލިސް އިންތިހާބު ކުރާ ގޮތަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން އިތުރަށް ވިދާޅުވީ ހުރިހައި ގޮނޑިއަކަށް ވާދަކުރަން ނިންމި ކަމުގައިވިޔަސް، އެންމެ އިސްކަންދީގެން ކުރާނެ މަސައްކަތަކީ އިލްޔާސް ލަބީބު އެ ހުށަހަޅުއްވާފައި އޮތް އިސްލާހުގައި، ގާނޫނު އަސާސީއަށް އެ ހުށަޅުއްވާފައި އޮތް އިސްލާހުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަން ކުޑަކުރުމަށް ކުރެވޭ މަސައްކަތް ކަމަށެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މަޖިލިސް އެކުލެވިގެންވާނީ 76 މެމްބަރުންގެ މައްޗަށް ކަމަށެވެ. އެ އިސްލާހުގެ ދަށުން މަޖިލިސް އެކުލަވާލެވޭނީ އިދާރީ ދާއިރާތައް ތަމްސީލުވާ 55 މެމްބަރުންގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވެއެވެ.