ރާއްޖެ ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި ސަރުކާރުގެ ހިއްސާއެއް ނެތް: އައްބާސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ސަރުކާރުގެ ހިއްސާއެއް ނެތް ކަމަށް އެ މައްސަލަ މޮނިޓާ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އައްބާސް ވިދާޅުވީ ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި، އެމަނިކުފާނާ ސިޔާސީ ގޮތުން ފިކުރު ތަފާތު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭގޮތް ހަދައިފި ރަސްމީ ބަންދު ދުވަހު މަސަައްކަތްކޮށްފިނަމަ، ހާޟިރީ އެލަވަންސް ލިބޭގޮތް ހަދައިފިއެވެ. މި ބަދަލު ގެނައީ މިނިސްޓްރީ އޮފް ފިނޭންސް އިން އާންމުކޮށްފައިވާ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ އިސްލާހުގައެވެ. އެގޮތުން ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާނަމަ، ހާޟިރީ އެލަވަންސް ދޭންޖެހޭ ގޮތަށް މިހާރުވަނީ ޕްރޭމްވޯކް ގައި ހިމަނާފައެވެ. އެހެން ނަމަވެސް، އިސްލާހުގައިވާ ގޮތުގައި، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް އުމުރުފުރާއަށް ބަދަލެއް ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް، މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާއަށް ބަދަލު ގެނެސްފިއެވެ. ކުރިން މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހުޅުވާލާފައި އޮތީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައެވެ. މި މުބާރާތުގައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ހުނަރު އިތުރުކުރުން މުހިންމު: ނައިބު ރައީސް ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ހުނަރު އިތުރުކުރަން މަސައްކަތް ކުރުން މުހިންމު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، ވިލާ ނޯޓިކާ ރިސޯޓުގައި މިއަދު ފެށި “ކޯޗިންގ މާސްޓަރ ކްލާސް” ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ހެނދުނު ކުރިއަށް ދިޔަ މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ހަލުވި ދުވެއްޔާއި އެކު ބަދަލުވަމުން އަންނަ ދުނިޔޭގައި،... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
މަޖިލިސް ސަޕްލިމަންޓްރީ ބަޖެޓު މިހާރު އޮތްގޮތައް ތަޅުމަށް ހުށައެއްނޭޅޭނެ: އާޒިމް މިނިސްޓްރީ އޮފް ފިނޭންސުން ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ސަޕްލިމަންޓްރީ ބަޖެޓް ތައްޔާރުކޮށްފައި އޮތީ މާލިއްޔަތު ޤާނޫނާއި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއި ޚިލާފަށް ކަމަށާއި، އެ ބަޖެޓް ޤާނޫނާއި އެއްގޮތައް ތައްޔާރުކުރުމަށްފަހުގައި ނޫނީ މަޖިލިސް ތަޅުމަށް ހުށަނޭޅޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ކ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އިހުމާލުގައި މަލަން އަޅަން ޕީޖީން ހައި ކޯޓަށް ދާތީ ހައި ކޯޓު ރަތަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުވާ މީހަކު ދޫކޮށްލުމުގައި ދައުލަތުގެ އިހުމާލުތައް ފޮރުވަން “މަލަން އަޅަން” ހައި ކޯޓަށް އަންނަނީ ކަމަށް ބުނެ ހައި ކޯޓުގެ ހޫނު ހަމަލާތަކެއް ދައުލަތަށް އަމާޒުކޮށްފި އެވެ. މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލީ ފަސް އަހަރު އެ މީހާގެ ކުށުގެ ރެކޯޑެއް ނެތުމުން ކަމަށް ބުނެ އެވެ. އެ މީހާ ހައްޔަރުކުރި ކޮޓަރިން، މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކަށްޓާ އާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ކުޅިވަރު ޓޮޓެންހަމް އެއްވަނައަށް ސޮން ހެއުން މިންއާއި މެޑިސަންގެ ލަނޑުތަކުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޓޮޓެންހަމް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމުން ވަނީ 2-0 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ. މި ސީޒަންގައި ޓޮޓެންހަމުން ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން އެ ޓީމް އަދި ބަލިވެފައިނުވެއެވެ. ނުވަ މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކުރިއިރު ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެއީ އާސެނަލްއާއި ބްރެންޓްފޯޑާއި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ. މިއަދުގެ ޖަލްސާ ހެނދުނު 9 ޖެހިއިރު ފެށުމަށް ނިންމާފައިވީނަމަވެސް ގަޑިޖެހުނުއިރުވެސް ކޯރަމް ހަމަވާ ވަރަށް ތަޅުމުގައި މެމްބަރުން ނެތުމުގެ ސަބަބުން މެމްބަރުން ހަމަވޭތޯ ގާތްގަނޑަކަށް 10 މިނެޓު ވަނީ މަޑުކޮށްފައެވެ. އެހެންނަމަވެސް ޖަލްސާގެ ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން ހަމަވެފައި ނުވާތީ މިއަދުގެ ޖަލްސާ ވަނީ ނިންމައިލާފައެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ކޯރަމް ބެލް ޖެހުމަށް ފަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގަޕޯ އައު ދައުރަކަށް ހަނިމާދޫ ދާއިރާ ގޮނޑިއަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލިސްގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލް ޣަފޫރު މޫސާ (ގަޕޯ) އަންނަ ދައުރަށް ވެސް ހަނިމާދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ނިންމާފައިވާކަން ޢިއުލާންކުރައްވައިފިއެވެ. އައު ދައުރަކަށް ހަނިމާދޫ ދާއިރާގެ ގޮނޑިއަށް ގަޕޯ ކުރިމަތިލައްވަން ނިންމާފައިވާކަމުގެ ޕޯސްޓަރެއް އޭނާގެ ސަޕޯޓަރުން މިހާރު މީސް މީޑިއާގައި ދައުރުކުރުވަމުން އަންނައިރު، ގަޕޯ އަންނަ ދައުރަށް ވެސް ހަނިމާދޫ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވާފައި ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައެވެ. ގަޕ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލުން ވަނަ ހޯދި ފަރާތްތަކަށް އެވޯޑު ދީފި އުރީދޫ ނޭޝަން ގޭމާސް ލޭންޑް ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމާލުމުގެ ގޮތުން ރާއްޖޭގެ މޮޅެތި ގޭމަރަންނާއި، ޓީމުތައް އަދި އީސްޕޯޓްސް ކުރިއެރުވުމަށް ހަރަކާތްތެރިވާ ފަރާތްތައް ފާހަގަކޮށް އުރީދޫ ނޭޝަން ގޭމާސް އެވޯޑް ބާއްވާފިއެވެ. އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލް ކުރިއަށް ދިޔައީ 19 އޮކްޓޯބަރުން ފެށިގެން 22 އޮކްޓޯބަރު ގެ ނިޔަލަށެވެ. 350 އަށްވުރެ ގިނަ ގޭމަރުންނާއި އީސްޕޯޓްސް އަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވި މި ހަރަކާތުން ހުނަރުވެރިކަމާއި ވަރުގަދަ ވާދަވެރިކަމެއް ފެނިގެންދިޔަ ކަމަށް […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 5،000 އަށް ވުރެ މައްޗަށް ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ދީފައިވާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 5000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، ޝަހީދުވި މީހުންގެ 40 އިންސައްތައަކީ ކުޑަކުދިން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ. މި މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއ... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ އުކުޅަހުގައި އަޅާ ސިޓީ ހޮޓާލުގެ މަސައްކަތް ކުރިއަށް، 2025 ގައި ނިންމަނީ އއ. އުކުޅަހުގައި ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ފަރާތުން އަޅާ ސިޓީ ހޮޓާ 2025 ވަނަ އަހަރުގެ އޭޕްރީލްގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އުކުޅަހުގައި ސިޓީ ހޮޓަލެއް އެޅުމަށް ކާނި ހޮޓެލްސް އާއި އެ ރަށު ކައުންސިލާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 22 ގައެވެ. އެ ރަށުގައި ސިޓީ ހޮޓަލެއް އެޅުމަށް ކާނި ހޮޓެލްސް އަށް ލިބުނީ އޯޕަން ބިޑެއް ކާމިޔާބުކޮށްގެންނެވެ. ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ސީއީއޯ އަދި […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ކުންފުނީގެ އެއްވެސް މުހިންމު ލިޔެކިޔުމެއް ނައްތައެއް ނުލަން: އެފްއެސްއެމް ކުންފުނީގެ އެއްވެސް މުހިންމު ލިޔެކިޔުމެއް ނައްތާނުލައި ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިދާޅުވެއްޖެއެވެ. އެ ކުންފުނިން މިހެން ވިދާޅުވީ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ ނެރުއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ އެކުންފުނީގެ މުހިންމު އެއްވެސް ލިޔެކިއުމެއް ކުންފުނިން ނައްތާލާފައި ނުވާނެ ކަމަށާއި ނައްތާލާފައިވަނީ ގިނަދުވަސްވެފ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ ހަނގުރާމައިގެ ސަބަބުން އިސްރާއީލްގެ ދެ ލައްކަ މީހުން ގެދޮރު ގެއްލިފައި! މި މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލުގެ އުތުރުން ލުބުނާން ބޯޑަރުގައި ހިޒްބުﷲ ޖަމާއަތާ ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން އެކުވެ އިސްރާއީލަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، އިސްރާއީލުގެ 200،000 ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އިސްރާއީލުން ހާމަކޮށްފިއެވެ. އިސްރާއީލުގެ ބޮޑުވަޒީރުގެ ތަރުޖަމާނަކު އާއްތަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި ޣައްޒާއާއި ލުބުނާނު ބޯޑަރާ ކައިރި ހި... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ނަރީޝް މަޖިލިސް އިންތިހާބުގައި ކުޅުއްފުށީ އުތުރު ގޮނޑިއަށް ވާދަކުރައްވަނީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން މިއަދު އިއުލާން ކުރައްވައިފިއެވެ. ނަރީޝް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށެވެ. މާލޭގެ މޭޔަރު ކަމުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ވާގިފުޅާ އެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވާފައިވާ ކަމަށެ... މުޙައްމަދު · 3 އަހަރު ކުރިން