ތިލަދުންމަތީ ޚަބަރު ބާރުގަދަ ގޮވުމުގެ ވަގުތުކޮޅު އިއްޒަގެ ގަލަމުން ހދ. މަކުނުދޫގައި އިއްޔެ ހަވީރު 4:15 ހާއިރު ގޭސް ސިލިންޑަރެއް ގޮވައި ދެ މީހެއްގެ ފުރާނަ ގެއްލުނު ހާދިސާއަކީ މުޅި އެރަށަށާއި، ރާއްޖެ އަށް ވެސް ކުއްލި ޝޮކެއް ގެނުވި ހާދިސާއެކެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތަށް އެރަށަށް ގޮސް އުޅުނު އަވަށްޓެރި އިންޑިއާ އަށް ނިސްބަތްވާ ދެ މީހެކެވެ. މި ހާދިސާ ހަމަލޮލަށް ދުއް މީހެއްގެ ހައިސިއްޔަތުން، 2021 ވަނަ އަހަރު ދިވެހިބަހާ ސަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޒުވާނުންގެ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު ސެވިއްޔާއާއި ރެއާލްގެ ކުރިމަތިލުން އެއްވަރު ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި އެންމެ ގިނަ ބައެއްގެ ލޯތަށް އަމާޒުވީ 37 އަހަރުގެ ސްޕެއިންގެ ޑިފެންޑަރ ސާޖިއޯ ރާމޯސްއަށެވެ. ރާމޯސައަކީ ރެއާލަށް 2005 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 16 ސީޒަންގައި ކުޅެ އެ ޓީމާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ 3.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި 3.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފިއެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ ކުރިއާ އަދި އެއާކާގޯ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 3 ޝިޕްމެންޓު ކަމަށެވެ. މީގެ ތެރެއިން ފުރަތަމަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ މިދިޔަ ސެޕްޓެމްބަރ 27 ވަނަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް ޖަރުމަންވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނުމު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން މުއިއްޒު ގޮވާލައްވައިފި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސް ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. މުއިއްޒު އެގޮތަށް ގޮވާލެއްވީ، ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ދެ ބިދޭސީއަކު މަރުވެފައިވަނިކޮށެވެ. މުއިއްޒު ވިދާޅުވީ މަކުނުދޫގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ދެ މީހަކު މަރުވި ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ. މަކުނުދޫގައި އެފަދަ ހާދިސާއެއް ހިނގި އިރު، ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި މިދި... މުޙައްމަދު · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ އިންޑިއާގައި މިނިކާވަގު މަރުވާ އަދަދު އިތުރުވަނީ! ދުނިޔޭގެ ނިސްބަތުން މިނިކާވަގުގެ އާބާދީގެ 75 އިންސައްތަ ދިރިއުޅެނީ އިންޑިާގެ ޖަންގަލިތަކުގައެވެ. އެގޮތުން ދާދިފަހުން ކުރި ދިރާސާއަކުން ހާމަވިގޮތުގައި މިފަހަކަށް އައިސް މިނިކާވަގުގެ އާބާދީ އެ ގައުމުގައި އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ވަކި ސަބަބެއް ނޭނގި ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ގިނަ އަދަދައްގެ މިނިކާވަގު މަރުވެފައިވާތީ ކަމާބެހޭ ފަރާތްތަކުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންޑިއާގެ ނޭޝަނަލް ކޮންޒަވޭޝަން އޮތޯރިޓީ (އެންޓީސީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު... މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރާތް ކުޅުދުއްފުށީގައި ހޯސްޓުކުރަން ލިބުން: މޭޔަރު އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރާތް ކުޅުދުއްފުށީގައި ހޯސްޓުކުރަން ލިބުން ކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އެ ސިޓީގައި ބޭއްވި އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ 1124 އެތްލީޓުންނާއެކު ރާއްޖޭގެ އަތޮޅުތެރޭގައި ބޭއްވުނު އެންމެބޮޑު މުބާރާތް ކުޅުދުއްފުށީގައި ބޭއްވުނުކަމީ އެ ސިޓީގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ. މޭޔަރު ވިދާޅުވީ އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ބޭސް ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ވާހަކަ ދޮގުކޮށްފި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކުގައި އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމަށް ބުނެ، އިންތިހާބީ ރައީސްގެ އޮފީހުން ދެއްކި ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އެސްޓީއޯއަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމ... މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނޫދޫގައި ގޮވާފައި ވަނީ ގޭސް ސިލިންޑަރެއް، ނިޔާވީ ދެ ބިދޭސީން ހދ. މަކުނުދޫގައި މިއަދު ހަވީރު ގޮވާފައި ވަނީ ގޭސް ސިލިންޑަރެއް ކަމަށާއި، މިހާދިސާގައި ނިޔާވެފައި ވަނީ ދެ ބިދޭސީން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު އެ ރަށު ބަނދަރު ސަރައްދުގައެވެ. މައުލޫމާތު ލިބޭގޮތުގައި ނިޔާވީ މަކުނުދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތަށް އެރަށަށް ގޮސް އުޅުނު ބަޔެކެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ގޭސް ސިލިންޑަރ ގޮވުމާއެކު އެ ދެ މީހުން ވަނީ ވިއްސައިގެން ގޮސްފައެވެ. އެތަނުން އެކަކު އޮތީ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު ނިޔާވެއްޖެ ހދ. މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވިގޮތުގައި މަކުނުދޫގައި ނަރުދަމާ މަސައްކަތްކުރާ ސައިޓެއްގައި އެއްޗެއް ގޮވާފައިވާ ކަމަށް އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގައި ދެމީހަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މަކުނުދޫން ”ތިލަދުން” އާއި ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ނިޔާވި އެކަކު އޮތީ ވިއްސައިގެން ގޮސް އެ އެތި ގޮވި ސަރަހައްދާ 100 ވަރަކަށް ފޫޓޫ ދުރުގައެ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެންމެމޮޅު އަންހެން އެތުލީޓަކަށް އަހުނާ، އަންހެން ޗެމްޕިއަން ޓީމަކަށް ޖަލާލުއްދީން ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023ގެ އެންމެމޮޅު އަންހެން އެތްލީޓަކަށް އިބްރާހިމް ނާހިލް ނިޒާރާއި އަހުނާ ނިޒާރު ހޮވިއްޖެއެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި މި މުބާރާތުގެ އެންމެމޮޅު އަންހެން އެތްލީޓަކަށް ހޮވުނު ޖަލާލުއްދީން ސްކޫލުގެ އަހުނާއަކީ ގައުމީ ޓީމުގައި ވެސް ހިމެނޭ އެތްލީޓެކެވެ. އަދި އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ނާހިލް އަކީ ޓްރެކް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރިޕޯޓް ސްކޫލްތަކުގެ ސަޕޯޓު ސްޓާފުންގެ މުސާރައިގެ އޮނިގަނޑާމެދު ކަންބޮޑުވުންތަކެއް! ސްކޫލްތަކުގެ ސަޕޯޓު ސްޓާފުންގެ މުސާރައިގެ އޮނިގަނޑާއިމެދު ކަންބޮޑުވުންތަކެއް ހުރުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ބައެއް ސްކޫލުތަކުގެ ސަޕޯޓު ސްޓާފުން ފަށައިފިއެވެ. ‘ތިލަދުން’ އަށް ވާހަކަ ދެއްވި މީހަކު ބުނީ ސްކޫލުތަކުގެ މަސައްކަތު މީހުން ނުވަތަ ސަޕޯޓު ސްޓާފުންނަކީ ކޮންމެދުވަހަކު ވެސް ވަރަށްބުރަކޮށް މަސައްކަތްކުރާ ބައެއް ކަމަށާއި އެކަމަކު މުސާރައިގެ ގޮތުގައި ލިބެނީ ނިސްބަތުން ކުޑަ އަދަދެއް ކަމަށެވެ. އެގޮތުން އޭނާ ބުނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 4 ނުވަތަ 5 ޖަހާއިރު، ސްކޫލަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ ކޭކް ޑެކަރޭޝަން ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފި ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލް ކޭކް ޑެކަރޭޝަން ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގެ ނިންމުމުގެ ހަފްލާ ބާއްވާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ހަފްލާގައި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް، ކޯހުގައި ކިޔަވައިދެއްވި “ފަނާރު ކޭކް” ގެ ފަރާތުން ވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ. ކޯސް ނިންމުމުގެ ހަފްލާގައި... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކޮލަމް ދީނީ ޣީރަތްތެރިކަން ނެތި ދިޔުމަކީ، ދީން ނެތި ހިނގައިދާނެ ކަމެއް! ދީނީ ޣީރަތްތެރިކަން ދެމެހެއްޓުމަކީ އެ މުޖުތަމަޢެއްގައި އޮތް ދީން ޙިމާޔަތް ކުރުމަށް ކޮންމެހެން ލާޒިމު ކަމެކެވެ. ދީނީ ޣީރަތްތެރިކަން ނެތިއްޖެ މުޖުތަމަޢެއްގައި ދީނެއް ނޯންނާނެއެވެ. ފަހަރެއްގައި ނަމެއްގައި ދީން އޮވެ ދާނެއެވެ. ނަމަވެސް އިޢުތިޤާދީ ގޮތުންނާއި ޢަމަލީ ގޮތުން ދީން އޮންނާނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދީނުގެ ޢަދުއްވުން އިސްލާމީ ޢާއިލީ ނިޒާމާއި، މުސްލިމް ޅަދަރީންގެ ސިކުނޑިތަކަށް ދީނާ ދުރު ފަލްސަފާތަކާއި ފިކުރުތައް ވައްދަން މަސައްކަތް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އެއީއެވެ. ދީނީ މުޤައ... ޝެއިޚް ޝަފީއު އަބްދުﷲ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށިން ގައުމީ ފެންވަރުގެ އެތުލީޓުން ވަނީ ފެނިފައި: އާތިފް ކުޅުދުއްފުއްޓަކީ އެތްލެޓިކްސްގައި ގަދަ ރަށެއް ކަމަށާއި ގައުމީ ފެންވަރުގައި ގުނާލެވޭ އެތްލީޓުންތަކެއް ފެނިގެން ގޮސްފައިވާ ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމަޕިއަންޝިޕް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ 1979 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެތްލީޓުން ބައިވެރިވެގެން މާލޭގައި ބޭއްވި އެތްލެޓިކްސް މުބާރާތުން ވެސް އެއްވަނ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ފޯރިއާއެކު އުރީދޫ ނޭޝަން ގޭމާސް ލޭންޑް ކުރިއަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިން ފެސްޓިވަލް އުރީދޫ ނޭޝަން ގޭމާސް ލޭންޑް ބުރާސްފަތި ދުވަހު ވަނީ ފަށައިފައެވެ. ރަޖިސްޓްރީކޮށްފައިވާ 350 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްދާ މި ހަރަކާތުގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ، ކޮސްޕްލޭ، އެފްސީ24، ރޭސިން ސިމް އަދި ޓެކްކެން މުބާރާތް މި ހަފްތާ ބަންދު ތެރޭގައި ކުރިއަށްއެބަދެއެވެ. ގޭމާސް ލޭންޑް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައިވަނީ މި އިވެންޓް ގެ ޝަރަފުވެރި މެހެމާނު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫޙް […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން