މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ފުނަދޫގެ ތެޔޮޝެޑްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ފަތްމިނި ޝެޑަށް ބަދަލުގައި އެހެން ބިމެއް 📍 ށ. ފުނަދޫ 2 މިނިޓު

ފުނަދޫގެ ތެޔޮޝެޑްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ފަތްމިނި ޝެޑަށް ބަދަލުގައި އެހެން ބިމެއް

ށ. ފުނަދޫ ބަނދަރުގައި ހުރި ފަތްމިނި ތެޔޮޝެޑުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޝެޑަށް ބަދަލުގައި އެހެން ބިމެއް ހަމަޖައްސައިދީ، ރަށުގެ ތެޔޮ ޝެޑްތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން ކައުންސިލުން ނިންމައިފިއެވެ.

ފާތިމަތު ސަޙާ
ޅައިމަގަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގޭގެއާއި މަގުތައް ސާފުކުރުމުގައި ނަމޫނާ 📍 ށ. ޅައިމަގު 2 މިނިޓު

ޅައިމަގަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގޭގެއާއި މަގުތައް ސާފުކުރުމުގައި ނަމޫނާ

ށ. ޅައިމަގަށް އެރި ނަގޫރޯޅީގެ ސަބަބުން އެކި ސަރަޙައްދުތަކަށް ލިބުނު ގެއްލުންތައް ފިލުވައި، ގެއްލުންވި ގޭގެއާއި މަގުތައް ސާފުކުރުމުގައި އެ ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުން ނަމޫނާ ދައްކައިފިއެވެ.

ފާތިމަތު ސަޙާ
ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވަން ފުނަދޫގައި ޚާއްޞަ ޕްރޮގްރާމެއް ހިންގައިފި 📍 ށ. ފުނަދޫ 2 މިނިޓު

ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވަން ފުނަދޫގައި ޚާއްޞަ ޕްރޮގްރާމެއް ހިންގައިފި

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ފުނަދޫ ކައުންސިލާއި ށ. އަތޮޅު ހޮސްޕިޓަލް ގުޅިގެން އެ ރަށުގައި ޚާއްޞަ ޕްރޮގްރާމެއް ބާއްވައިފިއެވެ.

ސަލާމާ ޢަބްދުލް ޢަލީމް
ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް، ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ 📍 ށ. ޅައިމަގު 2 މިނިޓު

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް، ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ

ށ. ޅައިމަގަށް އެރި ނަގޫރޯޅިއެއްގެ ސަބަބުން ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހަކަށް އަނިޔާވެ، ގެތަކަށާއި ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ޝިއުނާ އާދަމް
ރޯދަމަހުގެ ދަނޑުވެރިކަމަށް އެހީވާން ގޮއިދޫ އަންހެނުންގެ ކޮމިޓީން 'ޔާރާމިލާ' ބަހަނީ 📍 ށ. ގޮއިދޫ 2 މިނިޓު

ރޯދަމަހުގެ ދަނޑުވެރިކަމަށް އެހީވާން ގޮއިދޫ އަންހެނުންގެ ކޮމިޓީން 'ޔާރާމިލާ' ބަހަނީ

ކުރިއަށް އޮތް ރަމަޟާން މަހުގެ ދަނޑުވެރިކަމަށް އެހީތެރިވުމުގެ ގޮތުން، ށ. ގޮއިދޫގެ ދަނޑުވެރިންނަށް 5 ކިލޯގެ ޔާރާ މިލާ ހަދިޔާކުރުމަށް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފުރުޞަތު ހުޅުވާލައިފިއެވެ.

ފާތިމަތު ސަޙާ
ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޚާއްޞަ ސެޝަނެއް މިރޭ ފުނަދޫގައި، ހުރިހާ ރައްޔިތުންނަށް ދަޢުވަތު 📍 ށ. ފުނަދޫ 2 މިނިޓު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޚާއްޞަ ސެޝަނެއް މިރޭ ފުނަދޫގައި، ހުރިހާ ރައްޔިތުންނަށް ދަޢުވަތު

ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ށ. އަތޮޅު ހޮސްޕިޓަލާއި ފުނަދޫ ކައުންސިލް ގުޅިގެން މިރޭ ބާއްވާ ޚާއްޞަ ސެޝަނުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވައިފިއެވެ.

ސަލާމާ ޢަބްދުލް ޢަލީމް
ކުނި ވަކިނުކުރާ ގޭބިސީތަކުން ކުނި ނުނަގަން މިލަންދޫ ކައުންސިލުން ނިންމައިފި 📍 ށ. މިލަންދޫ 2 މިނިޓު

ކުނި ވަކިނުކުރާ ގޭބިސީތަކުން ކުނި ނުނަގަން މިލަންދޫ ކައުންސިލުން ނިންމައިފި

ގޭބިސީތަކުން ކުނި ނެރޭއިރު ބަދިގޭ ޑަސްބިނަށް އެހެން ބާވަތްތަކުގެ ކުނި އެއްކޮށްފައި ހުންނަ ނަމަ، އެފަދަ ގެތަކުން ކުނި ނުނެގުމަށް ށ. މިލަންދޫ ކައުންސިލުން ނިންމައިފިއެވެ.

ފާތިމަތު ސަޙާ
މިލަންދޫގައި ދުވާރުމަތީ ވެހިކަލް ޕާކުކުރާނަމަ ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅަނީ 📍 ށ. މިލަންދޫ 2 މިނިޓު

މިލަންދޫގައި ދުވާރުމަތީ ވެހިކަލް ޕާކުކުރާނަމަ ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅަނީ

ށ. މިލަންދޫގައި ދުވާރުމަތީގައި ވެހިކަލް ޕާކުކުރާ ފަރާތްތަކާމެދު ފުލުހުން މެދުވެރިކޮށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ.

ފާތިމަތު ސަޙާ
މަރޮށީ އަންހެނުންގެ ކޮމިޓީން ޤުރުއާން ތިލާވަތާއި ތަޖުވީދު ވެބިނާއެއް، ނަންނޯޓުކުރަން ހުޅުވާލައިފި 📍 ށ. މަރޮށި 1 މިނިޓު

މަރޮށީ އަންހެނުންގެ ކޮމިޓީން ޤުރުއާން ތިލާވަތާއި ތަޖުވީދު ވެބިނާއެއް، ނަންނޯޓުކުރަން ހުޅުވާލައިފި

ށ. މަރޮށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން، 13 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްޞަކޮށްގެން ޤުރުއާން ތިލާވަތާއި ތަޖުވީދު ވެބިނާއެއް ބޭއްވުމަށް ނިންމައި ނަންނޯޓުކުރުމަށް ހުޅުވާލައިފިއެވެ.

ސަލާމާ ޢަބްދުލް ޢަލީމް
ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި 2 މިނިޓު

ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ސްޓެލްކޯއާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެ ކުންފުންޏާ ދެމެދުގައެވެ. އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ...

އަޙްމަދު ވަހީދު
ތެލުގެ ވިޔަފާރި ބިންތަކާ ކަންބޮޑުވުންތަކާއި ފިޔަވަޅުތަކާ މެދު ފުނަދޫ ރައްޔިތުންގެ މަޝްވަރާ ހޯދައިފި 📍 ށ. ފުނަދޫ

ތެލުގެ ވިޔަފާރި ބިންތަކާ ކަންބޮޑުވުންތަކާއި ފިޔަވަޅުތަކާ މެދު ފުނަދޫ ރައްޔިތުންގެ މަޝްވަރާ ހޯދައިފި

ށ. ފުނަދޫގައި ހިނގައިދިޔަ އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ރަށުގައި މިހާރު ތެލުގެ ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިންތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިފިއެވެ. ފުނަދޫ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، ފުނަދޫ ކައުންސިލުން ބުނީ، މި ބައްދަލުވުމުގައި މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިފަ...

ޔުމްނާ ޢަލީ
ދޮޅިޔަދޫ ކައިރިން ކަނޑުމަތީގައި ގިނަ އަދަދަކަށް ލަކުޑި އޮޔާދާތީ ސަމާލުވާން އެދިއްޖެ

ދޮޅިޔަދޫ ކައިރިން ކަނޑުމަތީގައި ގިނަ އަދަދަކަށް ލަކުޑި އޮޔާދާތީ ސަމާލުވާން އެދިއްޖެ

ށ. ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ބާވަތްތަކުގެ ލަކުޑި ކުނިބުނި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލުން އެދިއްޖެއެވެ.   މާއުނގޫދޫ ކައުންސިލުން ބުނީ މި ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އެންގުމެއް ނެރެފައިވަނީ، ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ޒާތުގެ ލަކުޑިއާއި ކުނިބުނި އޮޔާދާކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ. މިކަމާ ގުޅިގެން އެ ކައުންސިލުން ވަނީ، އެ ސަރަހައްދުން ދަތު

ޔުމްނާ ޢަލީ
ކޮމަންޑޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފި

ށ. ކޮމަންޑޫ ކައުންސިލުން ކުރިއަށް ގެންދާ އެ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ 2026ގެ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެރަށު ހެލްތް ސެންޓަރު ހޯދައިފިއެވެ. މި މުބާރާތުގެ ތަށި ކޮމަންޑޫ ހެލްތް ސެންޓަރު އުފުލައިލީ ފައިނަލްގައި އެރަށު ސްޓެލްކޯ ބްރާންޗާއި ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި ފައިނަލް މެޗުގެ ދެ ސެޓް ވެސް ކޮމަންޑޫ ހެލްތް ސެންޓަރު ގެންދިޔައީ 21-15 އިން ނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަރަޕް ޓީމަށް ކޮމަންޑޫ ކައުންސިލްގެ ފައިސާގެ އިނާމާއި، […]

ޔުމްނާ ޢަލީ
އެއްބައިވަންތަކަމުގެ ނަމޫނާއެއް، މާއުނގޫދޫ ކޮމިއުނިޓީ ގްރޫޕުން އިސްނަގައިގެން ހެދި ''ބޮޑުމަގު މައިޒާން'' ރަސްމީކޮށް ހުޅުވައިފި

އެއްބައިވަންތަކަމުގެ ނަމޫނާއެއް، މާއުނގޫދޫ ކޮމިއުނިޓީ ގްރޫޕުން އިސްނަގައިގެން ހެދި ''ބޮޑުމަގު މައިޒާން'' ރަސްމީކޮށް ހުޅުވައިފި

ށ. މާއުނގޫދޫގެ އާންމު ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތަކާއެކު، އެ ރަށު “ބޮޑުމަގު މައިޒާން” ރަސްމީކޮށް ހުޅުވައިފިއެވެ. މި މައިޒާނަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އިސްނަގައިގެން ތަރައްގީކުރި ހިތްގައިމު ތަނެކެވެ. މި މައިޒާނަކީ މާއުނގޫދޫގެ އާންމުންގެ މައްޗަށް އެކުލެވޭ ފަރާތެއް ކަމަށްވާ “ކޮމިއުނިޓީ ގްރޫޕް”ގެ އިސްނެގުމުގެ މަތިން ތަރައްގީކުރި ތަނެކެވެ. މައިޒާނުގެ ޢަމަލީ މަސައްކަތްތައް އެއްކޮށް ނިންމުމަށްފަހު، މިހާރު ވަނީ

ފާތިމަތު ސަޙާ